ށ. ނަރުދޫ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ އެވެ.

އެމީހުން ދިޔައީ ކޮވިޑް-19 ގެ ބަލިމަޑުކަން ނަރޫދޫގައި ފެތުރުމުގެ ކުރިން ފެށިގެން، އިއްޔެ އާއި ހަމައަށް ޑޮކްޓަރުންނާއި މަޢުލޫމާތު ޙިއްސާކުރަމުންނެވެ.

ކުއްޖާ ވިހަން ހަމަޖެހިފައި އޮތީ މިމަހުގެ 30 ވަނަ ދުވަހުއެވެ. އެހެންވެ މީގެ ތިން ދުވަސްކުރިން ފެށިގެން ށ. ފުނަދޫ ހޮސްޕިޓަލާއި ވެސް އެ ދެމަފިރިން ދިޔައީ މަޢުލޫމާތު ޙިއްސާކުރަމުންނެވެ. ނަމަވެސް އެ ރަށު ހޮސްޕިޓަލުގައި ހުރި އަންހެނުންގެ ޚާއްސަ ޑޮކްޓަރު، މި މާބަނޑު އަންހެން މީހާ އެރަށް ގެންގޮސްގެން ނުވާނެ ކަމަށާއި، އެރަށުން އޭނާއަށް ފަރުވާ ނުދެވޭނެ ކަމަށް ބުނެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން އާއިލާއިން ވަނީ ނަރުދޫގައި ކޮވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓާސްކްފޯސް އާއި ގުޅިގެން ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރަށްވެސް ގުޅާފައެވެ. ނަމަވެސް "ހޮސްޕިޓަލް މެނޭޖަރު ވިދާޅުވީ، ޑޮކްޓަރ ދެކޮޅު ހަދަންޏާ ކުރެވޭނެ ކަމެއް ނެތް" ކަމަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައި ވެއެވެ.

ނަރުދޫން މަޢުލޫމަތުދިން ފަރާތުން ބުނެފައި ވަނީ، ޑޮކްޓަރ އެގޮތަށް ކަންތައް ކޮށްފައިވަނީ ނަރުދޫ އަކީ ކޮވިޑް-19 އޮތް ރަށަކަށް ވާތީ ކަމަށެވެ.

ފުނަދޫން އަންހެން މީހާ ވިހޭނެ ގޮތެއް ހަމަނުޖެއްސުމުން ދެން އާއިލާއިން މަސައްކަތް ކޮށްފައި ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިއުމަށެވެ. އެ ހޮސްޕިޓަލުން ހުއްދަދިނީ، މާބަނޑު މީހާ ހިމެނޭގޮތަށް އެންމެންގެ ސުންކު (ސާމްޕަލް) ނެގުމަށްފަހު ކޮވިޑް-19 އަށް ނައްސި (ނެގެޓިވް) ވުމުން އެރަށަށް ގެންދިއުމަށް ނުވަތަ އެރަށަށް ގެންދާ ގޮތަށް މާބަނޑު މީހާ ހޮސްޕިޓަލަށް ގެންދިޔަނަމަވެސް އާއިލާގެ އެހެން މީހުން ކަރަންޓީނަށް ގެންދިއުމަށެވެ.

މިކަމާއި ގުޅިގެން ރޭ އެ އަންހެން މީހާ އާއި އާއިލާގެ މީހުންގެ ސުންކު ނެގުމަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް އޭނާ ގެންދިޔައީ މިއަދުއެވެ. ނަމަވެސް އޭރު އެ ސުންކުގެ ނަތީޖާ ލިބުނުކަމެއް ޔަޤީނެއް ނުވެއެވެ.

އެނގިފައިވާ ގޮތުން އަންހެން މީހާގެ ބަނޑަށް ދަރިފުޅު ނިޔާވިކަން އެނގުނީ މިއަދު ހަވީރުއެވެ. އޭގެ ފަހުން ގިނައިރުތަކެއް ވެގެން ގޮސްފައިވާއިރު، އަދިވެސް ދަރިފުޅު އޮތީ އަންހެން މީހާގެ ބަނޑުގައި ކަމަށް މަޢުލޫމާތު ލިބެއެވެ. އެ އަންހެން މީހާ އާއި އޭނާގެ ފިރިމީހާއަކީ ތެލެސީމިއާ އަށް ވާރުތަކުރާ ދެމަފިރިން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު "ވަގުތު" އަށް ވިދާޅުވީ، މާބަނޑު އަންހެން މީހާ ކުޅުދުއްފުއްޓަށް ގެންދިއުމުގެ ހުއްދަ އިއްޔެ ހޮސްޕިޓަލުން ދީފައިވާ ކަމަށެވެ.

"ރަނގަޅު ވާހަކައެއް ނޫން އެއީ. ހޮސްޕިޓަލުން ނުބުނޭ ކޮވިޑް-19 އަށް ޓެސްޓް ހެދުނީކަމަށް ކަމަށް އެޑްމިޓްކޮށްދޭނީ. އިއްޔެ ނަރުދޫއަށް ރެންޑަމް ސާމްޕަލްތަކެއް ނަގަންގޮސް އުޅެނިކޮށް އަޅުގަނޑުމެން ބުނީ އެ ސާމްޕަލްތައްވެސް ނަގާލަން،" ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެންމެ ފުރަތަމަ އެ އަންހެން މީހާ މިއަދު ގެންދިޔައީ ށ. މިލަދޫ ސިއްޙީ މަރުކަޒަށް ކަމަށާއި، އެތަނުން ކުޅުދުއްފުއްޓަށް އޭނާ ގެންދަން ލަފާދިނީ ކުއްޖާގެ ވިންދު ނެތުމުން ކަމަށެވެ. އެއަށްފަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް އެ އަންހެން މީހާ ގެންދެވުނީ މިއަދު މެންދުރުފަހު 3:00 ހާއިރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުއްޖާ ނިޔާވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުންތޯ ނުވަތަ އޭގެ ކުރިންތޯ ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މެނޭޖަރު އެކަމަކަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. ނަމަވެސް، "އަޅުގަނޑުމެންނަށް މިލަންދޫ މަރުކަޒުން މަޢުލޫމާތު ދެއްވީ ކުއްޖާގެ ވިންދު ނެތްކަމަށް" ތަކުރާރުކޮށް އޭނާ ވިދާޅުވިއެވެ.

"މިކޮޅަށް ވަރަށް ފަހުންވެސް އެކި ރަށްތަކުން ހަތަރު މީހަކު ގެނެސްފަ ވަނީ. ކޮވިޑް-19 ފެތުރިފަ އޮތް ރަށެއްވީމަ ފިޔަވަޅުތައް އަޅާނެ އެޑްމިޓްކުރާއިރު. އެކަމަކު ޓެސްޓު ކުރެވުނީމައޭ އެޑްމިޓް ކުރާނީ ނުބުނަން،"

މިއީ ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރި ފިޔަވަޅު އަޅާފައި ވަނިކޮށް، ފަރުވާނުދެވިގެން މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވި ދެވަނަ ހާދިސާއެވެ. މީގެ ކުރިން އެފަދަ މައްސަލައެއް ފެންމަތިވެފައި ވަނީ އއ. ތޮއްޑޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

62 ކޮމެންޓް

  1. Mr.doc

    ޙިތާމަ ވެރި ކަންކަން???
    ފުނަދޫ ޑޮކްޓާރގެ ސަސްޕެންޝަން އައް ގޮވާލަން ..

    156
    3
    • ޙައްގުބަސް

      ވަރަށް ދެރަ! އަނެއްކާ ބޮޑު އިހުމާލެއް! މިހާރު މިގައުުމުން ފެންނަނީ ބައިވަރު ސަރުކާރުތައް!! އެބަޔަކު ބޭނުން އެއްޗެއް ހަދަނީ؟ ހޮސްޕިޓާތަކަކީ ވަކި ސަރުކާރެއް! ކައުންސިލްތަކަކީ ވަކި ސަރުކާރެއް!މަޖްލީހަކީ ވަކި ސަރުކާރެއް! ދެން ކޮބާ 2018 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވޯޓްލައިގެން އަދި ތުހުމަތުކުރެވޭ ފަދަ ކަންތައްތަކެއްގެ ތެރެއިން އިލެކްޝަންގެ އެހީތެރިކަމާއެކު އެވޯޓް ގަޑުބަޑުކޮށްގެން އައި ސަރުކާރު!! ދެ ތުއްތުކުދިން މަރުމިވީ އިހްމާލުން ކަމަށް ބެލެވޭ! އޭޑީކޭގައި އިހައްދުވަހު ނިޔާވި ކުއްޖާއި މިކުއްޖާ! ކޮބާ ހެލްތު މިިނިސްޓްރީ؟ ކޮބާ ދައުލަތުގެ ބަސް؟ ކޮބާ އެލްޖީއޭ؟ ކޮންފިޔަވަޅެއް އެޅެނީ؟ ކިހިނެތް މިހާގިނަ މިރާއްޖޭގައި ހިންގަނީ؟ އަދި ބޭރު ދުނިޔެއިން އެބަގޮވާ މިތާ މިއޮތީ އިިންޑިޔާގެ ޕަޕެޓް ސަރުކާރެކޭވެސް! ދެން ކިހިނެތް ރައްޔިތުން ހަަދަންވީ؟ ހަމަ ރޯލަރޯލަ ތިބެންވީތަ؟ ބޭނުންހާ އެއްޗެއް ހަދާތަން ބަލަން ހަމަ ތިބެންވީތަ؟

      100
      13
    • Anonymous

      ކޮބާތަ މިގައުމުގެ ވެރިކަމަހަވަލުވެ އަމާޒަށް ބަޑިޖާ މީހާ. ބޮޑު މުސާރައާއި ޝާނާ ޝައުކަތުގައި ގައުމަށް ނުކަތާވަރުގެ އިނާޔަތް ނަގައިގެން އެހުންނަނީ. ގައުމު ފަނާވެގެންދަނީ. ޒިންމާވާ އެކަކުނެތް. ކަރުދާސްގަނދެއްހިފައިގެން ޓީވީއަށް އަރާނެ ދަމަކުން ބަޑިޖަހާހެން. ދެންހުރެ. އަމާޒު ހިފުންނޫން ކަމެއް ނުކުރާނެ. އެއްކަމެއްވެސް ކުރެވޭފަދަ ލަޔާގަތެއް ހުރި މީހެއްނޫން މިރައީސްމީހާއަކީ.

      70
      2
    • އާދިި

      ހަމައެއްވެސް ރަށެއްގެ ސިއްހީމަރުކަޒަކުން ޚިދްމަތެއް ނުލިބޭ. އެމީހުން ބިރިމަރުވަނީ. މިގައުމެކޭ އެއްގޮތް ދައުލަތެއް ނެތްތަނަކޭ. އެމީހަކާ އެމީހެެއް. ސިއްހީ ނިޒާމު ފެއިލްވެފައި. މަބުރޫކު ހިންގާތީ މާލެވެސް މިހިނގަނީ. ރައީސްއެކޭ ކިޔާފަ ހުރީ މީދާކޭ އުނބެއް. އަހަރެމެން ހޯދައިގަތް ހާލަތެއް މިއޮތީ. ދެން ޝުކުރުކޮށްލާ. އިންޑިޔާ ޕަޕެޓް ދިވެހިރާއްޖެ. ދިވެހިންގެ ގައިންވެސް ދުވަސްކޮޅަކުން ކުޑަކަމުދާ އެއްޗެހީގެ ހިކިވަސް ދުވަން ފަށާފާނެ.

      60
      3
    • އާދިި

      ހަމައެއްވެސް ރަށެއްގެ ސިއްހީމަރުކަޒަކުން ޚިދްމަތެއް ނުލިބޭ. އެމީހުން ބިރުމަރުވަނީ. މިގައުމެކޭ އެއްގޮތް ދައުލަތެއް ނެތްތަނަކޭ. އެމީހަކާ އެމީހެެއް. ސިއްހީ ނިޒާމު ފެއިލްވެފައި. މަބުރޫކު ހިންގާތީ މާލެވެސް މިހިނގަނީ. ރައީސްއެކޭ ކިޔާފަ ހުރީ މީދާކޭ އުނބެއް. އަހަރެމެން ހޯދައިގަތް ހާލަތެއް މިއޮތީ. ދެން ޝުކުރުކޮށްލާ. އިންޑިޔާ ޕަޕެޓް ދިވެހިރާއްޖެ. ދިވެހިންގެ ގައިންވެސް ދުވަސްކޮޅަކުން ކުޑަކަމުދާ އެއްޗެހީގެ ހިކިވަސް ދުވަން ފަށާފާނެ.

      28
      2
    • ހހހހގ

      މމޕރސ ގެ 258 މީހުންގެ މައްސަލައިގައި 257 މީހުނަކީ ދައުލަތުގެ ހެކިން. ބާކީހުރީ 1. އެއީ ރައީސް ޔާމީން. ރައީސް ޔާމީން ގެ އިސްތަށިފުޅުގައި އެޅެނީ 257 މީހުންގެ ޚިޔާނާތް. އެއީ ރައީސްއަކަށް ހުރީމަޔޯ. އެހެންވީމަ، ދައުލަތުގެ މުވައްޒަފުންގެ ފަރުވަަކުޑަކަމުން މަރުވާ އެންމެގެ މަރުގެ ޒިންމާވެސް ނަގަންޖެހޭނީ ރައީސްނޫންބާ! 2018 ގެ ވެރިކަމަށްފަހުވެސް މިއުސޫލުހިނގާތީތާ 2 އިރުކާ ބޭހެއްހެން ރައީސް ޔާމީން ތަހުގީގަށޭ ކިޔައިގެން ހާޟިރު އެކުރަނީ. ދިވެހި ރައްޔިތުން ނިކަން ވިސްނާ ފިކުރުކުރޭ މިގައުމުގެ އިންސާފާ ހަމަ އޮތްގޮތް.

      46
      1
  2. މަނިކެ

    ކިހާބޮޑުވެއްޖެކަމެއް ކޮވިޑުދެކެބިރުގަތަސް ތިޔެއީފުކެއް ބޮޑުވަރު ބޯހަލާކު

    138
    4
    • ހުސެއިން

      މީދެން ބޮޑުވަރު އިނގޭ ... މިހާބިރުން އުޅެ ޑޮކްޓަރުން ވަގުތުން ވަޒީފާ ވަކިކުރޭ.. އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތް 2 ޑޮކްޓަރުން ތީ...

      117
      3
  3. ތެދު

    ފުނަދޫގަ އިންނަ ޑޮކްޓަރަކީ ފޮނި މީހެއް

    107
    2
    • ހހހހ

      ހއ ތަކަންދޫން ފައްސިވުމާއެކު ހީވީ އުޑުބޮލަށްވެއްޓިގެން ތެޅޭހެން. ޑިރެކްޓްކޮންޓެކްޓެއް އެއެއްމިއެއްނުބަލާ އަތުޖެހުނު މީހަކު ގޮވައިގެން ގޮސް 7 ސްޓަރގެ ރިސޯޓަށްލީ. ލައިޓްނިންގ ސްޕޯޑް އަންނަނީ މަޖްލީސް މެންވަރުންނާ މޑޕ އަށް ޚަރަދުކުރާ ވިޔަފާރިވެރިންގެ އާއިލާއަށްވީމަ އެކަނި.

      4
      1
  4. އަހުސަން

    ޑޮކްޓަރ ގެ މައްޗަށް ދަޢުވާ ކުރޭ.. ދެރަކަމެއްނު

    121
    5
    • Anonymous

      ތިކަން ވާނެ ގޮތެއްބުނެބަ! އިނޑިޔަ ޑޮކްޓަރެއް. އިންޑިޔާ މީހުނަކީ މިތާނގައި ހިމާތްކުރެވިދައި ތިބޭ ބައެއް. އެމީހުންނަކީ ގާނޫނު ތަކަށްވުރެ މަތީ ބައެއް. މިތާ އޮތީ އިންޑިޔާގެ ޕަޕެޓް ސަރުކާރެއް.

      54
      5
  5. ހައްޕު

    ކޯވިޑް ޖެހިގެން މަރުވި މީހުންނަށްވުރެ ކޯވިޑާހުރެ މަރުވި މީހުން މާގިނަވެއްޖެ.

    145
    2
  6. ބޯގޯސް

    މާބަނޑު މީހަކަސް ބަލިވެ އުޅޭ މީހަކަސް މިހާރު ޖެހޭނީ ސަންދޮއްޖަހައިގެން ތިބެން މިއޮތީ ވާ ސަރުކާރެއް މިތަނައް ފާވެފަ

    126
    12
  7. Anonymous

    ވަރަށް ބޮޑު ހިތާމައެއް. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
    ހިންގުންތެރި ސަރުކާރު. ދަރިންނޭ ބަލަންތިބޭ. މިކަހަލަ ކިތަށް ހިތާމަވެރިކަންތައްތޯ ދިމާވަނީ ބަލަން. އެއވެސް ބައެއްގެ ހާލަތު ބަދަލުނުވާނެ އެބަޔަކު ބަދަލުކުރަން ނެތިއްޔާ. ﷲ ތަޢާލާގެ ނަޞްރު އަންނާނީ ނަމުން މުސްލިމުންގެގޮތް ދޫކޮސްލާ ހިތުގެ އަގީދާއިން މުސްލިމުންނަށްވެ، ަފ ގެ އަދުއްވުންނާއި ﷲ ގެ މަގުގައި ތިބި ﷲ ގެ ދީން ކުރިއަރުވާ ހިމާޔަތް ކުރާބަޔަކަށް ވުމުން.

    88
    3
  8. ށީޏު

    ކޮވިޑާހުރެ އޭކިޔާފަ އެހެން ބަލިތަކަށް ފަރުވާ ނުދެވި މީހުން މިދުނިޔއދޫކުރަނީ. ....ފެއިލް

    90
    7
  9. ނަފީސާ

    އެޗް.ޕީ.އޭ. މިނިސްޓްރީ އޮފް ހެލްތް. ?????????????????????????? ކޮންމެ ހާލަތެއްގަ ވެސް ރައްޔިތުންނަށް ސިއްހީ ފަރުވާދީ. މިހާރު ހީވަނީ ހަމައެކަނި ފަރުވާ ދޭންޖެހެނީ ކޮވިޑަށް ހެން. އިރުކޮޅަކުން ތިމައްސަލަ ބަލަމުން މިދަނީއޭ ކިޔާފަ އޮމާން ފަށުވިން ބަޔާންތައް ނެރެލާނެ. އޭރުން ހުރިހާކަމެއް ފުރިހަމަވީހެން ހީވާނެ. އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

    95
    5
  10. Mr.doc

    ފޮނި ޑޮކްޓަރެއްތާ ދޯ ފުނަދޫގަ އޭނަ ހައްޔަރު ކުރޭ
    ސިއްހީ ނިޒާމަކީ ހަގީގަތުގައި ތިކިޔާ ލާމަރުކަޒީ.އެއް ވާންވި ނިޒާމަކީ......

    52
    5
  11. ހަމަދު

    މިއީ ބޮޑުވެގެންވާ ޖަރީމާއެއް. ކާކުބާ ޒިންމާވާނީ. ފުނަދޫ. ކުޅުދުއްފުށި. ހޮސްޕިޓަލް.
    ކޮރޯނާ ޖެހިގެން މަރުވިކަަމަށް ވަނީ 4
    ކޮރޯނާޢާ ގުޅިގެން ހިންގަމުންދާ ލާއިންސާނީ ލޮކްޑައުންގައި މިހާތަނަށް އެނގިގެން 3 ނޭނގި ކިހާވަރެއްބާ.
    މި ސުންޕާ ލޮކްޑައުންގެ އަނިޔާވެރި ޢަމަލުން މި ރާއްޖެއާއި ދުނިޔެ ސަލާމަތް ކޮށްދެއްވާށި. އާމީން.

    60
    2
  12. ރާޒީ

    ނޫނެ އަދިވެސް މަޖިލިސް ބޭއްވޭތޯ ބަލަައި މެންބަރުން ބިއްލޫރި ޓޭންގަ ތިބެގެންވެސް. އަންނި ހީވަނީ މަޖިލިސް ފެއްޓީމަ ހުރިހާ ކަމެއް އޯކޭ ވާނެ

    38
    2
  13. ހިތާމަހުރި ކަމެއް!

    މިހާރު އަނގައެއް ނެތް މީހަކު ވިއްޔާ، ތަނަކުން އަނގައެއް ހޯދައިގެން ނަމަވެސް، އެއްޗެކޭ ނުބުނެއެއް ނުހުރެވޭނެ އެވެ. ކޮވިޑް 19 ފެތުރިފަ އޮތަކަސް، އެހެން ކަންކަމަށް ފަރުވާ ކުރެވެންޖެހޭނެ އެވެ. ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މާނައަކީ، އެހެން ކަންކަމަށް ފަރުވާ ލިބުމުގެ މަގު ބަންދު ކުރުމެއް ނޫނެވެ. ކޮވިޑަށް ގޮސް ހުސްވީމަކާ އަދި ކަމަކުނުދެ އެވެ. އެހެން ބަލި މީހުންނާ ކުރިމަތިނުލައި، ހުރިހާ ޑޮކަޓަރުން ހޮރަށް ވަދެ ފިލުމަކީ އިންސާނިއްޔަތަށް ދެވޭ ބޮޑު އަނިޔާއެކެވެ. ޑޮކްޓަރުކަން ކިޔެވީ ފެތުރޭ ބައްޔެއް ޢާންމު ވެއްޖިއްޔާ، ފިލާތިބެން ހެއްޔެވެ؟ ޑޮކްޓަރުންނާއި، ނަރުހުންނަކީ ވަޒީފާގެ ގޮތުން، ރިސްކު ނަގަންޖެހޭ ބަޔެކެވެ. ސިފައިންނާ، މޯލްޑިވިއަން ގެ ޕައިލެޓުންނާއި، އިންޖިނިއަރުން ވެސް، އެދަނީ މޫސުން ގޯސްވެ ގަދަވަޔާއި، ގަދަ ކަނޑުގައި، ފުރާނަ މުށުތެރެއަށް ލައިގެން ދިވެހި ރައްޔިތުންގެ ޙައްޤުގައި ޙިދުމަތް ކުރަމުންނެވެ. އެއީ ވެސް ކޮންމެސް މައެއްގެ ދަރިންނެވެ. ފިރިންނެވެ. އަނބިންނެވެ. އަދި ބައްޕައިން ނުވަތަ މަންމަ އިންނެވެ. އެޗް ޕީ އޭގެ ޓީމުން، އެމީހުންގެ ފަރާތުން ފިލާވަޅު ހޯދައި، ހިތްވަރު ލިބިގަންނާށެވެ!

    29
    2
  14. ދެރަ

    ވަރައް ފުރިހަމަ އިންރިޒާމް މާބަނޑު މީހުނައް ހަމަ ޖައްސާފައި ވާކަމައް ޑޮކްޓަރުން ނިއުސް ކޮންފަރެންސްގައި ވާހަކަ ދެއްކި. ޢެކަން އޮތީ ހަަަމައެކަނި މާލެ މީހުނައްތަ؟

    35
    2
  15. Anonymous

    ކޮވިޑް ހޮސްޕިޓަލް އަޅުމުގެ މަސައްކަތްކުރާތީ ފުނަދޫ ހޮސްޕިޓަލްގެ އޯޓީގެ މަސައްކަތްވަނީ ހުއްޓިފަ. އެހެންކަމުން ބަލިމީހާ ވީހާއަވަހަކަ ށް އޯޓީގެ ޚިދުމަތްވެސް ލިބެންހުރި ތަނަކަ ށް ދިއުމަ ށްވަނީ އެދިފަ.

    33
  16. ނިޔޯ

    ނިކަމެއްޗަކު ވެއްޖިއްޔާ ސަރުކާރުން މާބޮޑު ސަމާލު ކަމެއް ނުދޭނެ. ނަމަވެސް ސަރުކާރުގެ އިސްވެރިން އާއިލާ މީހަކު މިގޮތަށް ވިޔަ ނުދޭނެ

    40
    2
  17. ޢަލީ

    ހެލްތް މިނިސްޓަރ އިސްތިއުފާ

    40
    2
    • ޙައުލާ

      ހެލްތު މިނިސްޓަރާ، ރައީސްއާއި މުޅި ސަރުކާރު އިސަތުފާދޭންޖެހޭ.!

      37
      2
  18. ދުއްރަ

    ކޮބާތަ މިގައުމުގެ ވެރިކަމަހަވަލުވެ އަމާޒަށް ބަޑިޖާ މީހާ. ބޮޑު މުސާރައާއި ޝާނާ ޝައުކަތުގައި ގައުމަށް ނުކަތާވަރުގެ އިނާޔަތް ނަގައިގެން އެހުންނަނީ. ގައުމު ފަނާވެގެންދަނީ. ޒިންމާވާ އެކަކުނެތް. ކަރުދާސްގަނދެއްހިފައިގެން ޓީވީއަށް އަރާނެ ދަމަކުން ބަޑިޖަހާހެން. ދެންހުރެ. އަމާޒު ހިފުންނޫން ކަމެއް ނުކުރާނެ. އެއްކަމެއްވެސް ކުރެވޭފަދަ ލަޔާގަތެއް ހުރި މީހެއްނޫން މިރައީސްމީހާއަކީ.

    28
    2
  19. އާދިި

    ހަމައެއްވެސް ރަށެއްގެ ސިއްހީމަރުކަޒަކުން ޚިދްމަތެއް ނުލިބޭ. އެމީހުން ބިރިމަރުވަނީ. މިގައުމެކޭ އެއްގޮތް ދައުލަތެއް ނެތްތަނަކޭ. އެމީހަކާ އެމީހެެއް. ސިއްހީ ނިޒާމު ފެއިލްވެފައި. މަބުރޫކު ހިންގާތީ މާލެވެސް މިހިނގަނީ. ރައީސްއެކޭ ކިޔާފަ ހުރީ މީދާކޭ އުނބެއް. އަހަރެމެން ހޯދައިގަތް ހާލަތެއް މިއޮތީ. ދެން ޝުކުރުކޮށްލާ. އިންޑިޔާ ޕަޕެޓް ދިވެހިރާއްޖެ. ދިވެހިންގެ ގައިންވެސް ދުވަސްކޮޅަކުން ކުޑަކަމުދާ އެއްޗެހީގެ ހިކިވަސް ދުވަން ފަށާފާނެ.

    23
    1
  20. ކަކޫ

    ކޮބާ ކައުންސިލް، ކޮބާ ހެލްކޮޕްޓަރު، އަލީ ވަހީދު އަށް ބޭނުންއިރަކު ބުރުޖަހަންތަ ހެލްކޮޕްޓަރު އޮތީ. ނޫނީ ނޫހުން ސުރުހީ އަޅާލަން އެކަނި އޮންނައެއްޗެއްތޯ ހެލިކޮޕްޓަރަކީ. ?

    39
    1
  21. މުހައްމަދު މުދުހިޝް Mudhish

    ބަނޑުގައި ދަރިފުޅު މަރުވީ. ބަނޑުތެރޭގައި މަރުވީ. ބަނޑަށްމަރުވާނީ ބަނޑަށްޖެހިގެން

    23
    2
  22. ދުއްމާރި

    މމޕރސ ގެ 258 މީހުންގެ މައްސަލައިގައި 257 މީހުނަކީ ދައުލަތުގެ ހެކިން. ބާކީހުރީ 1. އެއީ ރައީސް ޔާމީން. ރައީސް ޔާމީން ގެ އިސްތަށިފުޅުގައި އެޅެނީ 257 މީހުންގެ ޚިޔާނާތް. އެއީ ރައީސްއަކަށް ހުރީމަޔޯ. އެހެންވީމަ، ދައުލަތުގެ މުވައްޒަފުންގެ ފަރުވަަކުޑަކަމުން މަރުވާ އެންމެގެ މަރުގެ ޒިންމާވެސް ނަގަންޖެހޭނީ ރައީސްނޫންބާ! 2018 ގެ ވެރިކަމަށްފަހުވެސް މިއުސޫލުހިނގާތީތާ 2 އިރުކާ ބޭހެއްހެން ރައީސް ޔާމީން ތަހުގީގަށޭ ކިޔައިގެން ހާޟިރު އެކުރަނީ. ދިވެހި ރައްޔިތުން ނިކަން ވިސްނާ ފިކުރުކުރޭ މިގައުމުގެ އިންސާފާ ހަމަ އޮތްގޮތް.

    22
    1
  23. ބޭރުމީހާ

    މިކަހަލަ ޙާދިސާތަކުގެ ވާހަކަ މިދަނީ އަބަދު ތަކުރާރުވަމުންނެވެ. ސަރުކާރަށް މިވާގޮތެއް އެނގޭބާއޭ ހިތަށްއަރައެވެ.

    33
    2
  24. ކައި

    އެ ޑޮކްޓަރަށް މަރުގެ ހުކުމް އަންނަން ޖެހޭނެ

    29
    4
  25. ޒަމީރު

    ބައްޔެއްނު، ދިވެހި ބަޖެޓުން މުސާރަ ދިނީމަ އެ ޑޮކްޓަރައްތަ އެނގޭނީ ބަލާފަ ނުބަލާނެ މީހާ.

    36
    2
  26. ދަެއްޖާލު ޑރ ބުއްޅަ

    މި ޑޮކްޓަރުންގެ ބަލާ މިހާރު ވ ބޮޑު ބިރުންގޮސް ހޭބަލިވެގެން އުޅެނީ ކޮރާނާ ނޫނިއްޔާ މިހާރު ބައްޔެއްނުވެ ޔޯ. އެހެން ބައްޔެއްވެގެން ޑރ ކައްދެއްކެނީ އެއްނޫން

    32
    3
  27. މުރުސީ

    މިލޮކްޑައުންނާހުރެ ބޮޑުބަލާއެއް މީހަކާމީހެއް މަރުވަނީ ބަލާބޮޑު ސަރުކާރު އިބޫ އިސްތިއުފާ .

    29
    1
  28. އަލި ސަލީމް

    ރައްޔިތންގެ ހާލާއި ބޭނުންތަށް ނޭންގެ ބަޔަކު ވެރިންނަށް ތިބީމަ ވާގޮތް! މިގޮތަށް ނިޔާވި ދެވަނަ ކުއްޖާމީ ! މިކަމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަންޖެހޭ!

    32
    1
  29. ޒަމީރު

    އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ ކިނބޫ ހަމަމިހާރު އިސްތިއުފާ
    ރައްޔިތުންނަށް ހުރިހާ ޖެއްސުމެއް ފޯރަނީ! ދެން އަހަރުމެނަކަށް ކެތެއް ނުވާނެ ތަރައްގީގެ ބައްޕަ މިނިވަން ކުރަންވީ ހަމަމިހާރު! ތަރައްގީގެ ބާނީއަށް ރައީސްކަން ދޭންވީ މިހާރު!...
    ކިނބޫގެ ނަނާހުވަފެން ވައުދާ އަހުުދުތައް... ވީކަމެއް ހަރާން!
    އަދި އިހައްދުވަހު އޭޑީކޭގައި ތުއްތު ކުއްޖެއްވެސް މިދުނިޔެޔާ ޢަލްވަދާއު ކިޔާފަ އެދިޔައީ....... ބޯހަލާކު! މިހާރު ކިތައް ތުއްތުކުދިން ބަނޑަށް މަރުވެ ގޮސްފި ކިނބޫގެ ވެރިކަމުގަ....
    އަމީނު އިހްމާލް އިހްމާލް! ކެބިނެޓް އެންމެން އިސްތިއުފާ!!! ?

    2
    1
  30. ައަހުމަދު

    މިހާރު ކޮވިޑު ނުުނިއްޔާ ޑޮކްޓަރުން ބޭސްކުރުން މަނައީތަ ، ދެންކީއްކުރާ ޑޮކްޓަރުންނެއް ، ހަމަ ނެތަސް ވަރިހަމަނުން ދޯ ، ޑޮކްޓަރުން ތިބުމުގެބޭނުމަކީ ބަލިވީމަ ފަރުވާދޭން އެއީ ކޮނމެބައްޔެއްކަމުގައި ވިއަސް، ބަލިމީހާ ގެނެސްގެންނުވާނެޔޭ ބުނި ޑޮކްޓަރު ސަސްބެންޑު ކުރަން ގޮވާލަން،

    2
    1
  31. އާޔަން

    ކޮމެންޓް ލިޔާއިރު ކަންކަމުގެ ހަގީގަތް ބަލާލަން ޖެހޭ ކަންނޭނގެ....
    ތަނެއް ދޮރެއް ބަލާނުލާ ވާހަކަ ދައްކާނީ ގަމާރުން.... ޝުކުރިއްޔާ

    2
    1
  32. ދދދދދދ

    ކުޑަމޯޑީ އިސްތިއުފާ!

    3
    1
  33. Anonymous

    މީ ރައްޔިތުން ބޭނުންވެގެން ގެނެސްފައިވާ އޯގާތެރި ސަރުކާރެއް. އަދި މިސަރުކާރުގެ އޯގާތެރިކަމުން އިތުރަށް ބާރުގަދަކުރަން މަޖުލީހާއި ކައުންސިލްތަކާއި މިނިވަން މުވައްސަސާތައްވެސް ރައްޔިތުން ހިތުން ރުހުމުން ދީގެން މިތިބީ. ވީމާ ސަރުކާރުން ރައްޔިތުންނަށް ދެރަގޮތެއް ނުހަދާނެ. އަނެއްކާ ރާއްޖެ މިއޮތީ ކޮވިޑުގެ ހުރިހާ ހާލަތަކަށްވެސް ވަރަށް ބަރާބަރަށް ތައްޔާރަށް. އެއްވެސް ލެކްއެއް ނެތް. ވީމާ ސަރުކާރުން މިވީ ތައްޔާރާއި ސަރުކާރަށް ރައްޔިތުން މިދިން ބާރުގެ ބޭނުންކޮށް ސަރުކާރުން މިދަނީ ހަމަ އޯގާތެރިކަމާއިއެކު ރައްޔިތުން އިދަޖައްސައި މަރާހުސްކުރަމުން.

    3
    1
  34. ނާނު

    ކިހާދެރަކަމެއް މީ ދެން ކޮންެކަމެއް ކޮވިޑަށް ލުމަކުން ހައްލެއްނުވާނެ ފަރުވާދެވެންޖެހޭނެ ކޮންމެ ބައެއެއް އުޅުނަސް ސޭފް ގޮތުގަ ވަގުތުފާއިތުނަވަނީސް މިކަހަލަ ކަންކަމަށް ކުރިއަށްލާ ފަރުވާދެވޭނަ ހާދިސާތަށް ހިނގުން ދުރުވާނެ މި ސަރުކާރު ބޮޑުތަނުބްވަނީ ފެއިލްވެފަ ސިއްހީނިޒާމާ އެހެނިހެން މުވަށްސަސާތަށްވެސް ވަނީފެއިވެފަ އެންމެ ރަނގަޅުގޮތަކީ އިތުރަށް ކަންކަންގޯސްނުވަނީސް ވެރިކަމުން އިސްތިއުފާ ދީފަ ގައުމުހިންގޭ ވަރުގެ ރައްޔަތުންގެ ފުއްދުން ތެރިކަން ރަންގަޅު ހާލަތަކަށް ގެންދެވޭ ވަރުގެ ވެރި އަކާ ގައުމު އަވަހައްހަވާލު ކުރުން ވޭތިވެދިޔަ ފަސް އަހަރު މީގެ ދުވަހަކުވެސް ނުދެކޭވަރުގެ ކުރި އެރުމެއްގަ އިށްވާ މި ގައުމު މިވަނީ މީގެ 40 އަހަރު ފަހަތަށް ފައިބާފަ އަދިވެސް ބާރަށް އަތްޖަހާފަ މި ބައިގަނޑު ވެރިކަމަށް ގެނެވޭތޯ ބަލާތި 3 އަހަރުގެ ވެރިކަންވެސް ދިޔައީ މިކަހަލަ ގޮތަކަށް ހެޔޮ ނުވާނެ ރަތްއަތުންނަށް ވިސްނެންވެއްޖެ އެއްނު

  35. ސަމްސިއްޔާ

    ފާހަގަ ކުރެވޭ ކަމަކީ ރައްރަށުގައި ތިޔަތިބޭ ޑޮކްޓަރުންގެ ކޮންފިޑެންސް ނެތްކަން. މޮޅުވާހަކައެެއް ދައްކާފައި ކޮވިޑްްގެ ބޮލަށް ކަނޑާލަނީ

  36. ހަފްސާ

    ފުނަދޫ ގަހުރީ ޑޮކްޓަރުކަމަށް އެލަށޭނަ މީހެއް ނޫން. އެފަދަ މީހުން ބަލައި ނިގަނެވޭނެ. އެމަންމަ އަށް އިތުރު ނުރައްކަލެއް މެދުވެރި ނުވަނީސް ކުއްޖާ ބަނޑުން ނަގޭނެގޮތް މިންވަރު ކުރައްވާށި. އާމީން

  37. މަ

    ކޮވިޑް ޖެހިފަ ތިބޭ ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުން ލާ ކަހަލަ ހެދުމެއް ލައިގެން އެ ކޮވިޑް ނުޖެހިތިބި ބަލިމީހުންނަށް ފަރުވާ ނުދެވެނީތޯ؟ އަތެއް ފަޔެއް ބިނދިގެން ދިޔަސް، ދަތެއް ގަ ރިހޭތި އުޅުނަސް ފަރުވާ ދޭނެ ޑޮކްޓަރެއް ނެތް!! އެކަމަކު ފުރާނަ އަތްމައްޗަށް ލައިގެން މިތިބީ ޑޮކްޓަރުން...

  38. Unknown

    So here's the thing...funadhooge hospital ge ward thalhaaalaafa ot inyy beynunn kureveyy gothakah noon at present e eee ethaaga covid 19 aa gulhignn icu beds aaa ehchehi hedhumuge masaikaii kuraathy...and in this situation doctor beynumeii nuvaane dhoa risk eh nagaaakah patient mikolhah genayakas emergency ga Hama fonuvaalann jeheynyy...it takes time..milandhoo patient eh vx emergency Koh gndhann vgnn negi 4 days so preg woman akah ehnneii wait eh vx nukureveyne...mikolhunn bunyy kulhudhuhffuhtah dhaasheyy and arrange kohdhinyma dhiyunn dhoa meega muhimmmeee.. doctor ge aburah huthuru vaa kahala vaahaka nudheikihyyaa ragalhu vaany doctor Hama ragalhu decision eh negyy...mikolhah genes doctor ge athunn kameii vi nama blame kureveynyy...so I'm very sad and sorry for the parents .. doctor blame kuraane ehvx furusatheii neii...khabaru genes dhey irah maulooomaaathu saaafu kohladhinunnn edhnn

    2
    3
    • އިދާ

      ތިކަހަލަ މަދު މީހެއް ހަބަރުގަ ޖަހާހާ މައުލޫމާތަށް އަލިފާނަށް ދަރުއަޅާ އުސޫލުން މައްސަަލަ ގޯސްކުރަން ނޫޅެ ހަގީގަތް ހާމަ ކުރާނީ! މި ނޫސްވެރިން ޔާމީން ސަރުކާރުގަ އޮތީ ހުރިހާ ތަނެއްގަ ކަސްތޮޅު އަޅުވާފަ. މި ސަރުކާރުން އައިއްސަ މިނިވަންކަން ދިނީމަ، އަމިއްލަ މީހާ ފެނިފަ ތިބެނީ. ގައުމުގެ ރައީސަށްވުރެ މަތީގަ އުޅެނީ ަަަަަަަަަ އާލާތުންތައް. ފްރޮންޓްލައިންގަ މަސައްކަތް ކުރާ މީހުން އެޔޮށް ބުރަކޮށް އުޅެފަވެސް މި މީހުންގެ ހަޔާތްކުޑަ ސުވާލުތަކަށް ޖަވާބު ދޭން އެބަ އަރާ ދުވާލަކު 15 ފަހަރުވެސް. އެހެން ބަޔަކު ވެރިކަމުގަ ހުރިނަމަ ހުރިހާ ނޫސްވެރި އާލާތުން އޮންނާނީ ކުޑަ ގޮޅީގަ، މިމީހުނަށް މާ ރަނގަޅުވީމަ ފުއްޕަނީ މި އެއޗެހިން މިކަހަލަ ދަންޑިވަޅުގަ ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި ދޮގު ހަބަރު ޖަހާ ނޫސްތަކާ، ނޫސްވެރިން ވަގުތުން ކުޑަ ގޮޅިޔަށް ލާން ސަރުކާރަށް ގޮވާލަން. އަދި މި އެއްޗެހިންގެ ފިޔަވެސް ބުރިކުރާތި، ލިސްޓް ގެ އެންމެ ކުރީގަ އޮންނާނީ ވަގުތު. ގައުމަށް ޖެހިފަ ހުރި ބޮޑު ބަލާވެރިކަމެއް މިވަގުތު މީހުނަކީ. ދެން މިތާގަ ކުރާ ކޮމެންޓް ގަ ލިޔެފަ ހުންނަ އެއްޗެހިންނާ، 1 ކޮމެންޓް ކޮންމެ ފަހަަރަކު ރިޕީޓް ވުމުން އެބަ އިނގޭ ފިތުނަ ފަސާދަ އުފައްދާ މިދަނޑިވަޅުގެވެސް ވެރިކަމާއ ލާރިގަނޑާހެދި ހޭހޭބަލިވާ ޕީޕީއެމް ކުދިންކޮޅުކަން މިއުޅެނީ.ހަހަމަސަރުކާރާ ދެކޮޅަށް އޮންނަ ހަބަރުތަކަށް ކޮކޮމެންޓް ކުރަން ބަހައްޓާފަހުރި އެއްޗެހިންތަކެެއް. ކޮންމެ އައުގުރާނައެއް ގޮވާފަވެސް ވެރިކަން ވަވައްޓާރައްތިުންނަށް ނިކަމެތި ހާހާލުޖައްސާފަ ތިމާމަންލާރިގަނޑު ދަވާލާންވެގެން އެމީހުން ވެރިކަމުގަ ހެދި ގޮތަށް. ތިހާރައްޔިތުންނަށް ހެހެޔޮއެއެދެންޏާ ދަވާލިލާރިގަނޑު ދީބަލަ އަވަހަށް. .މީއެންމެ ރައްޔިތުން އޭގެބޭނުން ޖެހިފަ ހުރިގުތު

      1
      1
  39. ތުއްޕުޅު

    ބުނަން ވާހަކައެއް ކޮންމެ ތާކު ހުޓަސް ކޮންމެ ޓެސްޓެއްހެދިޔަސް ޑޮކްޓަރު ޝޫޓްމަތިން100ޝޫޓްލައިގެންދަގަޑު މާސްކް އަޅައިގެން ހުއްޓަސްﷲގެ މިންވަރުފުޅާ މަލަކުލްމައުތުފަހަނަ އަޅާނުދެވޭނެ ވީމާ އިހްސާންތެރިވެ އޯގާތެރިވުމަށް ﷲގެއަޅުންނަށް އިންސާނީއެހީދިނުމަށް ހޮސްޕިޓަލްތަކުގައި ވަޒީފާއަދާކުރާމީހުންނަށް ގޮވާލަން ޑޮކްޓަރުގެ ބޮޑާކަމުން ޒުވާން މަންމަޔަކު ކަރުނައަޅާރޮއިފި ﷲއީނިކަމެތިންގެވޭނީއަޑުއައްސަވާ އިޖާބަދެއްވާރަހްމާންވަންތަ އިލާހު

  40. ދެންއަތްޖަހާ

    ކިތަމެވަރަކަށް މަރުވިޔަސް މިސަރުކާ ރުން ޒިއްމާއެއް ނުނަގާނެ އިސްތިއު ފާއެއްވެސް ނުދޭނެ ފަރުވާއެއްވެސް ނުލިބޭނެ ބަލިޖެހުނު މީހެއް ވެއްޖިއްޔާ މަރުވާން ދޫކޮށްލާނެ އެމީހުން ބޭނުމީ ފައިސާ ރައްޔަތުން ތިތިބީ ފިސާރި ރަނގަ ޅަށް ގު ބޯހައްދާފަ ރީނދޫ ފިކުރު ތިބި ބަޔަކު މިދިވެހި ރާއްޖެ ހަލާކުގެ ތެރެޔަށް ވައްޓާލައިފި މީއަހަރެމެންގެ ވެސް ރާއްޖެ އެހެވީމަ އަހަރެމެން ޕޕއެމް މީހުން އެމްޑީޕީ އަށް ވޯޓު ނުދިނީ ކަމެއް ދިމާވީމަ ރޯންޖެހެނީ ވަކިބައެއް ނޫން އެހެންވީމަ ދެންތިބި މީހުނަށް ވެސް އަސަރުކުރާތީ އެއްޗެކޭ ބުނެވެނީ ކަމެއް ދިމާވީމަ މުޅިދިވެހި ރާއްޖޭގެ ރައްޔަތުން ޖެހެނީރޯން ކޮބާ ޤައުމަށްޓަކާ ދީނަށްޓަކާ ވެގެއުޅުނު ބޮޑު ކޯލިޝަނުގެ ލީޑަރުން ކިހާދެރަ އެމްޑީޕީ މީހުން އެއް ވެސް އެއްޗެއް ހިތަށް އަރާބާ!

  41. ދަރުބާރު

    ބަލަ ކޮވިޑް19ގެ ސަބަބުން އަޅައި ނުލެވިގެން ކިތައްފަރާތުގެ ފުރާނަ ގޮސްފައިވާކަން ނޫސްތަކުން ފެނެއްޖިބާ އެކަމަކު ވެސް ޓީވީއަށްއަރައި އަނގަފަތުރާއިރު ހީވަނީ ކަމެންހެން މުޅިންފޭލިވެއްޖެ

  42. އިސްތިއުފާ އިބުރާހިމު

    ޑޮކްޓަރުންނަކީ ބޭރުދުނިޔޭގަ ހީރޯއިންނަވީމަ ދިވެހިރާއްޖޭގެ ޑޮކްޓަރުންވެސް މީ ހީރޯއިންތަ....ހުރިހާ ހީރޯސްތައް ގައިގަންނަވާ ބިރު ހެއްދެވިފަރާތަ ނުގަނޭ....ބަލަ އިބުރާހިމާ އިސްތިއުފާދީފަ ރައްކާވޭ..ކިހާބޮޑު ބަލާވެރިކަމަކަ މިވެރިކަމެމިވީ...ނަޝީދޫ ކަލެއާ އިބުރށހިމާ ދެމީހުން ގުޅިގެން މިގައުމުގަ ޗަރުކޭސް ނުކުޅެ ރައްކާވެބަލަ ރައްޔިތުންނަ ހިތާމަނުދީ.....އެއްވެސް ކު ށެންތް ރައްޔިތުންތަކަ ކިހާބޮޑު އަނިޔާވެރިކަމެތިދެނީ..އަމީނު ކަލޭވެސް ލަދެނުގަނެ މުސާރަކައިގެން ތިހުންނަނީ...ލަދުކޮބާ ހުނަރެ އިލްމެނެތް ދާއިރާއެއްގަ މިނިސްޓަރުގެ މަގާމުގެ ފޮނިބޮމުންދާއިރު ރައްޔިތުން މަރުވަމުން މިދަނީ..

  43. ބޮޑު މަންޒަރު

    މާބަނޑުމީހާ ކުޅުދުއްފުއްޓަށް ދިޔުމަށް 24 މޭ ގައި ނަރުދޫ ހެލްތު ސެންޓަރ އިން ހަމަޖެއްސިކަމަށްވެސް ބައެއްނޫސްތަކުގަ އެބަހުރި، ބްލޭމްކޮށް ކޮމެންޓް ކުރާއިރު މީވެސް ބަލާލުން ރަނގަޅު ހަގީގަތެއް. ކޮވިޑް ނެތްއިރުވެސް މިފަދަ ދެރަ ކަން ކަން މެދުވެރިވޭ، ށ. އަތޮޅުހޮސްޕިޓަލްނޫން އެހެން ތަނަކަށް ދިޔުމަށް ހަމަޖެހުމުން އެތަނަށް ނުދިއުމަކީ ވެސް ކުރެވުނު ދެރަކަމެއް.

    3
    8
  44. މަގޭ

    މިހާރުން މިހާރަށް ފުނަދޫ އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ ޒުމްރަތު މަޤާމުން ވަކިކުރުމަށް ގޮވާލަން. އަދި ޑަކްޓަރާ މެދުވެސް ފިޔަވަޅު އަޅަންޖެހޭ.

    9
    1
  45. ޢިކުރާމު.

    ދެންބާރައް އަތްޖަހާ އެމްޑީޕީ ކުދިން މުޅިގައުމު ބަނޑައްމަރުވަމުން މިދަނީ އިންޑިޔާގެ ޑޮކްޓަރުން ކޮބާ ހެލްކޮޕްޓަރުކޮބާ ރައްޔިތުން ބޮލައް ރެމުން އެދަނީ

    10
    2
  46. ޒަމީރު

    މަ ކޮމެންޓްް ކޮބާތަ އަޅެ... ކޮމެންޓް ޖަަހާނުލިއެއްނު..
    ޔަގީން ވަގުތު ނޫހުގައި ތިބެނީ އެމްޑީޕީ ކުދިންކޮޅެއް...

    5
    3
  47. ޒާހިދު

    ވެރިންނަށްވުރެ ޑޮކްޓަރު ގަދަވީނު.

    4
    4
  48. މަ

    ޑޮކްޓަރ ފަރުވާދެނީ އެ ޑޮކްޓަރަކު ބޭނުން މީހަކަށްދޯ.؟ ބަލިމީހާގެ އެހީތެރިންނަކީ ބަލި މީހާއަށް އެހީތެރިވާން ދާ ބައެއް ނޫންތަ؟؟ ބަލިމީހާގެ އެހީތެރިން ރަށްރަށައް އަރުވާފަ ކަރަންޓީނު ކުރީމަ ބަލިމީހާއަށް އެހީތެރިވަނީ ކާކު؟؟ އަޖައިބެއްނު.
    މައްސަލައަކީ އިހުމާލު ވީ ފަރާތުން އިހުމާލު ވީކަމަށް ގަބޫލު ނުކުރާތީ. އިހުމާލު ވެފަ ދެން އެއީ އިހުމާލެއް ކަމަށް ގަބޫލުނުކޮށް އެކަން ފަސްއަޅާ ފޮރުވާ އެކަމުގަ އިހުމާލު ވީ ފަރާތުގެ ކުށެއް ނެތްކަން ދައްކަން މޮޅެތި ވާހަކަ ދައްކާތީ. އޭގެ ބަދަލުގަ އިހުމާލު ވީފަރާތުން ކުށް ގަބޫލުކޮށް ދެން އެކަން ރަނގަޅު ކުރަން މަސައްކަތް ނުކުރާތީ ކަންކަން އިސްލާހު ނުވަނި. ތިއީ ވަރަށް ހިތާމަވެރި ކަމެއް. އެރަށެއްގަ ބަލިޖެހުން މީހުން ތިބިއްޔާ އޭގެ މާނައަކީ އެރަށު އެންމެންނަށް އެވަނި ބަލިޖެހިފައޭތަ؟؟؟ މަ ގަބޫލު ކުރަނި އަތޮޅެއްގަ ހުރި އަތޮޅު ހޮސްޕިޓަލުގަ އެފަދަ ކަންކަން ހަމަ ނުޖެހިވާނަމަ އަތޮޅުގެ އެހެން ރަށެއްގަ އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެކަމުގަ. އެއީ ދޯ ކޮންމެ ހާލަތަކަށްވެސް ތައްޔާރުވުމަކީ. އަބަދު ނިއުސްކޮންފަރެންސް އަށް އަރާފަ ނިއުނޯމަލް ނިއުނޯމަލް އޭ އޭއްޗެކޭ މީއްޗެކޭ ކީމަ ކަންތަކެއް ނުވޭ. ކޮންމެ ހާލަތަކަށްވެސް ތައްޔާރޭ ބުނާ ބަޔަކު ފަހުވަގުތު ޗޮކުން.
    އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަން.

  49. ޚ

    ވަރަށް ދެރަ. ކަން ވީގޮތް ރަނގަޅަށް ބަލަން ޖެހޭ.

  50. ކެޔޮޅު

    ފުރާނަޔަކީ އަގުހުރި އެއްޗަކަށް މިވަގުތު މި ބަލަނީ ކޮވިޑް ޖެހިގެން މަރުވީމަ. ކޮވިޑް ޖެހިގެން މިހާތަނަށް މަރުވީ 4 މީހުން. 3 މީހުންނަކީ އުމުރުން 80 އަހަރަށްވުރެ މަތިމީހުން. މީ ދުނިޔޭގެ ގިނަ ގައުމުތަކުގެ އާންމުކޮށް މަރުވާ އުމުރަށް ވުރެވެސް މަތި އުމުރެއް. 4 ވަނަ މީހާ ގައިގަ ބަލި ހުއްޓަސް މަރުވީ އެހެން ބައްޔެއްގެ ސަބަބުންކަމަށް ޑޮކްޓަރު ބުނި. ދެން އޮތީ މިމުއްދަތުގައި އަޅާފައިވާ ފިޔަވަޅުގެ ސަބަބުން އެކަށީގެންވާ ޞިއްޙީ ފަރުވާ ނުލިބިގެން މަރުވި މީހުން. ފަރުވާ ލިބުމަށް ދިމާވި ދަތިތަކުން މަރުވިކަމަށް ބުނާ 3 ކޭސް. ހުސް ތުއްތުކުދިން. އެބޭފުޅަކަށް ވިސްނޭގޮތަކަށް ތިލަފަތުގެ 2 ކޮޅަށް އަޅާ މި ދެބައި ކިރާލާ. މުސްކުޅިން ބުނޭ އެމީހެއްގެ އަތުގަ އޮތް ރޮނޑެއްގެ ހަންދަމާނީ އެމީހަކު ދަމާނެ ކޮޅަކަށޭ.

  51. ޠުޞޫ

    އަންހެނުން ބަޑުބޮޑު ވެއްޖެއްޔާ ސަންދޯކުވެސް ޖަހާފަބަހައްޓާ.....

  52. އެމަންޖެ

    މީ ނަސީދު ބޭނުންވާގޮތް.