ރާއްޖެ އިން އިތުރު 43 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އޭގެ ތެރެއިން 17 މީހަކު ފައްސިވީ އިއްޔެ އެވެ. ނަމަވެސް އެމައުލޫމާތު ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރާއްޖެއިން މުޅި ޖުމްލަ ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 1،438 އަށް އަރާފައިވާ ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ މީހުންނަކީ ބިދޭސީންނެވެ. މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރޭގައި 400އަށްވުރެ ގިނަ ދިވެހިން ހިމެނެއެވެ. އަދި މި ބަލި ރާއްޖެއިން ޖެހުނު މީހުންގެ ތެރެއިން 800އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 232 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާތަނަށް މި ބަލީގައި ފަސް މީހަކު ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ާއަލިބެ

    ތިވެސް ގޮތެއް! މަހަކު އެއްފަހަރު އިއުލާން ކުރިޔަސް އޯކޭ! ޢިއްޔެގެ ޖުމްލަ ކުރީދުވަހަށް ވުރެން އިތުރުވީމަ ޑައުންވާރޑް ކާރވް ނުފެނީދާނެތީ ދުވަސް ބަދަލުކޮށްގެން ވިޔަސް ބަލިޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދައްވާކަމަށް ފެންނަގޮތަށް ދައްކުވާ! ޝުކުރިއްޔާ.

    7
    1
  2. އަލިބެ

    ތިވެސް ގޮތެއް! މަހަކު އެއްފަހަރު އިއުލާން ކުރިޔަސް އޯކޭ! ޢިއްޔެގެ ޖުމްލަ ކުރީދުވަހަށް ވުރެން އިތުރުވީމަ ޑައުންވާރޑް ކާރވް ނުފެނީދާނެތީ ދުވަސް ބަދަލުކޮށްގެން ވިޔަސް ބަލިޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ދައްވާކަމަށް ފެންނަގޮތަށް ދައްކުވާ! ޝުކުރިއްޔާ

  3. ޝުކުރިއްޔާ ދިވެހި ސަރުކާރަށް.

    ބްރެޒިލްގެ ރައީސްއެކޭ، އެމެރިކާގެ ރައީސްއެކޭ، އެމެރިކާގެ ޑިމޮކްރަޓިކް ކެޑިޑޭޓްއެކޭ، ޔޫކޭގެ ބޮޑުވަޒީރުއެކޭ، އޮސްޓްރޭލިޔާގެ ބޮޑުވަޒީރުއެކޭ، އިންޑިޔާގެ ގެރިމޯޑީއެކޭ، ޕާކިސްތާނުގެ ރައީސްއެކޭ، ރާއްޖޭގެ އެކްޓިންގް ބޮޑުވަޒީރު އަންނިއެކޭ ވަކި ތަފާތެއްނެތް. މިބައިގަނޑަށް މިބައްޔަކީ އާދައިގެ އަރިދަފުހެއް. މީހުން އެކްސިޑެންޓްވެގެންވެސް ކެންސަރުޖެހިގެންވެސް ކޮންމެދުވަހަކު މަރުވާކަމަށް މިބައިގަނޑު ބުނޭ. އަމިއްލަ ޖީބަށް ވަންނަ ފައިސާ މަދުވެއްޖެއްޔާ ކަމަކުނުދޭ. ރައްޔިތުން ނިކަމެތިވެ ގޮތްހުސްވިޔަސް އޯކޭ. އެމްޑީޕީ ރައްޔިތުން އަދިވެސް ބަރަށް އަތްޖަހާ. އަންނި މަޖްލީހުގެ ރައީސަކަށް ލީ އެމްޑީޕީއިން. އެމްޑީޕީގެ ގޮތްދޫނުކުރާ ކެޑިޑޭޓުން އިންތިހާބް ކުރީވެސް އެމްޑީޕީ ރައްޔިތުންނާއި ބޯހަމަނުޖެހޭ ކޯލިޝަނުން. ޖަހާ ކޮންމެ ބެރަކަށް ކޯލިޝަން އެބަނަށާ. ރާއްޖޭގެ މިހާލަތު ގޯސްކުރި މިނިސްޓަރުންނަކީވެސް އެމްޑީޕީ ރައްޔިތުން އިސްކުރި ބައެއް. އެޑިޔުކޭޝަންވެސް މިއޮތީ ފެއިލްވެފައި. ދެންތިބި މިނިސްޓަރުންތައް އެވަނީ ކިޔޭނުކިޔޭ އެއްޗެއް ނޭނގޭވަރަށް ބޯގޯސްވެފައި. ލޮކްޑައުން އުވާލާ ޓޫރިސްޓުންވެސް ގެންނަންވީ. އިގްތިސާދު (ވެރިންގެ މުސާރަ) ރައްޔިތުންގެ ފުރާނައަށްވުރެ މުހިންމު.

    6
    1
  4. މޫސަ

    ރޫހާނީ ބޮޑު ވަޒީރު މިސްޓަރ ބޮއްޅަ ހުއްތުގެ ބަހަށް މުޅި ދައުލަތް ހެއްލި ރައްޔިތުން ނުރައް ކަލާ ދިމާއަށް. ސަރު ކާރުން ވެސް ދަނީ ބަލި ޖެހޭ މީހުންގެ އަދަދު މަދު ކަން ދައް ކަން އެ އަދަދުތައް އޮޅުވާލަމުން.

    3
    1