ދެން ރާއްޖެ ފުރަބަންދުގައި ބާއްވާނަމަ ދިވެހީން މަރުވާ އަދަދު އިތުރުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މާދަމާ ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ޖަލްސާތައް އަލުން ފަށަން ނިންމުމުން ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާތީ މެންބަރުން ތިއްބަވާ "ވަޓްސްއެޕް" ގްރޫޕަކަށް ފޮނުވި މެސެޖެއްގައެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި ދެން ރާއްޖެ ފުރަބަންދުގައި ބާއްވައިފިނަމަ ދިވެހީން މަރުވާ އަދަދު އިތުރުވެ، އަދި ދިވެހީންގެ އާންމު ހާލަތުވެސް ދަށްވާނެ ކަމަށެވެ. ރައްކާތެރިކަމާއެކު ކަންކަން ކުރާގޮތުގެ މިސާލުދައްކަން އެންމެ ރަނގަޅު ބަޔަކީ މަޖިލިސް މެމްބަރުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. "މަޖިލިސް ޖަލްސާ އޮންނާނީ ވަރަށް ރައްކާތެރިކޮށް. އެއްވެސްބޭފުޅަކާ އަނެއް ބޭފުޅެއް ދިމާއެއްނުވާނެ،" \ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފަށަން މި މަހުގެ 28 ވަނަ ދުވަހަށް މަޑުކުރަން ދަތިކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު މަދުނުވެ، އަދި ފުރަބަންދަށް އެއްވެސް ލުޔެއް ދޭން ސަރުކާރުން ނުނިންމަނީސް މާދަމާ ޖަލްސާތައް ފަށަން މިއަދު ވަނީ އުސޫލެއް އާއްމު ކޮށްފައެވެ.

އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް، މަޖިލިސް ޖަލްސާއެއް ބޭއްވިދާނެ ކަމާއި މެދު ބައެއް ޤާނޫނީ ވަކީލުން ވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ތާކިހާ

    ޤާނުނަށްވުރެ މަތީގައި ތިބެވޭބަޔަކު ޤައުމެއްގައި އުޅޭނަމަ ޤައުމަކަށް ވާނެ އެންމެ ދެރަ ކަން ދެރަގޮތް ކަންކަމުން ލިބިމުގެ ފުރުޞަތު އޮތް ޤައުމަކީ ދިވެހިރާއްޖެ،
    ޝުކުރިއްޔާ މަޖިލީސް ރައީސް

    26
    2
  2. ދޮހިކަރު

    މިފަހެެ މޮޔަވެފަ ހުންނަ މީހެއްތަ...

    32
    2
  3. ތާކިހާ

    ފުރަ ބަންދަކީ ދިވެހިން ބަނޑަށް ޖައްސަން ބޭއްވި އިވެންޓެއް ތޯ ސުވާލަކީ؟ މިހެންމިދަންނަވަނީ އިތުރަށް ބަނޑަށް ޖެހޭނެ ވާހަކަ ވިދާޅުވާތީ ، ދިވެހިން ބަނޑަށް ޖެހިގެން މިރާއްޖޭގައި ދާނެކަމަށް އަޅުގަނޑަށް ފެންނަނަނީ ، އަޅުގަަަަަަަނޑަށް ފެންނަފެނުމުގައި ބަޑަށް ޖެހޭނީ މި ސަރުކާރުގެ ނާޤާބިލުކަމުން.

    27
    2
  4. އައިމީ

    ކިހިނެތްވެގެންތަ އަޅެ މިއުޅެނީ.. ދެފަޔަށް ހިނި އަރައިގެން މަޑުން ނުތިބެވިގެން

    28
    2
  5. ސާބަހޭ

    މީނަ ވެސް ޔާމީނު ހުރި ތަނަށް ގެންގޮސްބަލަ، އަދި ހަތަރެސްފައިގައި ލޮކުއަޅުވާބަލަ

    29
    2
  6. ރައްޔަތު އަހުމަދު

    ގާނޫނާއި ޚިލާފުމިވަނީ އެގާނޫނު ތައް ހަދާފަރާތުން..
    އެމީހުންނަށް ދަތިވީމަ ގާނޫނު ނުވޭ އެއްޗަކަށް.. އާންމުމީހާ ޚިލާފުވެއްޖެނަމަ އަދަބުލިބޭ.. މީ ތޯ އެޖެންޑާ 19 ގެ އިންސާފަކީ..

    ހާދަ ހާވާ ޖާހިލިއްޔަޒަމާނުގެ އުސޫލުތަކެކޭ މީނާ މިގެންގުޅެނީ.. ބޮޑުންނަށް ގާނޫނު ނުހިގާ އެމީހުން ކުށް ކުށަކަށް ނުވޭ.. މީނާދޮގު ކިތަންމެ ވަރަކަށް ހެދިޔަސް އެކަމެއް ނުބެލޭ.. ހަމަ ދިވެހީން މިގޮތް ގަބޫލު ތޯ؟

    26
    2
  7. ބޭޗާރާ

    މީނާއާ އިންސާނުން މަރުވުމާއި ދިރިހުރުމާބެހޭ ކަންކަން ހަވާލުވީ ކޮން ދުވަހަކު؟ މިއަށްވުރެ ބޮޑު މުޞީބާތެއް މިގަރުނުގައި މި ޤައުމަށް ޖެހުނު ހެނެއް ހިއެއް ނުވޭ.

    33
    2
  8. މަބޭ

    އެއްފަހަރު ފުޅައްމަތިން ފުންމާލި ބަކަރި އަނެއްފަހަރުވެސް ފުންމާލާނެޔޭ ބުނެއުޅޭ ގާނޫނާހިލާފައް ސުޕްރީމްކޯޓްގަ ތަޅުއަޅުވާ ފަންޑިޔާރަކު ވަގައްނެގިމީހަކު ގާނޫނާހިލާފު ކަންކަންކުރުމައް ދެވިހިފާފަހުންނާނީ. ވަރައްސަލާން

    24
    2
  9. ނުޖެހޭނެއޭ

    މަޖްލީހަކީ ރައްޔިތުންގެ ތަނެކޭ އެތަނުގެ ރައީސް ނިންމަވާ ނިންމެވުމަށް ސަރުކާރުން ގޮން ނުޖެހޭނެއޭ މައްސަލަ އެއް އޮވެއްޖެނަމަ ސަރުކާރުން ޖެހޭނީ ކޯޓް އަމުރު ގެންނާން މަޖްލީހުގެ ޖަލްސާ އަށް މަޖްލީހުގެ ރައީސް ދާނެ ދެން މަޖްލީހުގެ މެމްބަރުންގެ ކިބައިގައި ގަޓެއް ހުރި ނަމަ ދާންވީއޭ އިނގޭތޭ...

    7
    13
  10. ކާފަ

    58 ވެސް މީ 50-30 ދެމެދުގެ އަދަދެއް. ޢަލުން މެތްސް އޯލެވެލް ހަދަން މިޖެހުނީ...
    ޜާއްޖޭގެ 58 މީ ޗައިނާގެ އާބާދީގެ ނިސްބަތުން 154,594 މީހުން ދުވާލަކަށް.
    މުޅި ޗައިނާއިން 5 މަސްދުވަހުން ޖެހުނު އަދައްވުރެން ވެސް ބިޑި އަދަދެއް.
    ޢެކަމު ފަޅާ ކަރާތަކުގެ އޮއް ބުރާވަރުން މިއުޅެން ޖެހެނީ...

    16
    3
  11. އަހްމަދު

    ކަލެއައް ހުރިހާ ކަމެއް އެނގޭތީ އަހުން ހަމަ ހައިރާން ވެއްޖެ.

    16
    3
  12. ދޭންވީއޭ

    މަޖްލީހުގެ ރައީސް މަޖްލީހުގެ ޖަލްސާ އަށް ސީދާ ގޮތުގައި ދާނެއޭ އެއީ މާއްދީ ދިވެހި މަޔަކާއި ދިވެހި ބަފަޔަކަށް ލިބިފައިވާ ދިވެހި ދަރިއެކޭ އެކަން ދަންނާތި ސަރުކާރުން މަމެންނަށް ފެންނަނީ މިހާރުން މިހާރަށް އެޗްޕީއޭ އިން މަޖްލީހުގެ ޖަލްސާ ތައް މަޖްލީހުގެ ރައީސް ބޭނުންފުޅުވާ ގޮތަށް ބާއްވަން ހުއްދަ ދޭން ރައީސް އިބޫ ހުއްދަ ދެއްވީމާ ދެވުނީއޭ ކޮން އެޗްޕީއޭ އެއްތޭ ރައީސް އޮފީހަށް ވުރެން އެޗްޕީއޭ ބޮޑެއް ނުވާނެ ކަން އެއީ މަމެން ތަމެން ވެސް ދަންނަ ކަމެކޭ އިނގޭތޭ

    7
    11
  13. ދޭންޖެހޭނެއޭ

    ރައްޔިތުންގެ މަޖްލީހަކީ އެއީ ރައްޔިތުން ހޮވާފައިވާ މެމްބަރުން ތިބޭ ތަނެއް އެތަން ހިންގާނީ ރައްޔިތުން ހޮވާފައިވާ މެމްބަރުން ވޯޓް ދީގެން ހޮވާ މެމްބަރަކު ރައީސް ކަމާއި ނައިބް ރައީސް ކަން ކުރުމަށް މަޖްލީހުގެ ރައީސް އެއަންގަވަނީ މާދަމާ މަޖްލީހުގެ ޖަލްސާ އޮންނާނޭ ކަމަށް އެހެން ވެއްޖެނަމަ ޖަލްސާ އޮންނާނެއޭ ދެން މަޖްލީހުގެ ނައިބް ރައީސް މިކަމުގައި ހިމޭނުން ހުރުން އެއީ މަމެން ވަރަށް ދެރަވެ މާޔޫސްވެ ގޮތް ހުސްވާ ކަމެކޭ މަޖްލީހުގެ ނައިބްރައީސް އެއްބާރުލުން ދޭންޖެހޭނެއޭ ދޭންޖެހޭނެއޭ ދޭންޖެހޭނެއޭ...

    4
    8
  14. ލައިލާ

    ބްރާންޗާ ފުރަބަންދު ވެގެންތަ މީހުން މަރުވަނީ

    22
    2
  15. އުސައިދު

    ފުރަބަންދު ނިމުނީމަ ރައްޔިތުން ނިކުމެ ހައްދުފަހަނަ އަޅާފަހުރި ލާދީނީ ބޮޑުވަޒީރާ މެދު ގޮތެއް ނިންމުމުގެ ކުރިން ސަލާމަތީ ބާރުތަކުން ބޮޑުވަޒީރު ކުރަންއުޅޭ ކަންތައްތައް ހުއްޓުވައި އޭނާ ހިފާ ހައްޔަރުކޮށް ބާކީ އޮތް ހުރިހާ ދުވަހަކަށް ކަރަންޓީނު ކުރުމަށް އެދެން..

    20
    2
  16. ރޯނު

    ޢަވަހަށް ސަލާމަތްވާން ސްޓަންޓެއް ޖެއްސީދޯ!

    12
    2
  17. ހުޅުލޭ ބޮޑުމީހާ

    އޯކިޑް ގެ ދެވަނަބައެއް ލިޔަން ޖެހުމުގެ ކުރިން މައިތިރި ކުރަން ފެނޭ.

    14
    2
  18. ރަބަރޭ

    މި ކެނެރީ 19 ގެ ސަބަބުން މިގައުމު ދުވަހަކު ދެކިފާނުވާ ބިރުވެރި ދުވަސް ތަކަކާ ދިވެހިން ކުރިމަތިލާން ޖެހިދާނެ ދިވެހިންނަކީ ވިސްނާ ފިކުރު ކުރާބަޔެއް ކަމުގާއި ލަށްވާފާދޭވެ އާމީން

    20
    2
  19. ޭެޔާޔާ

    ކޮންފަދަ ބޮޑު މުސީބާތެއް މީ ރާއްޖެ އަށް ޖެހިފައޮތް މީނާގެ ހަބަރުތައް ނޫސްތަކުގަ ނުޖަހަން ވެއްޖެ އެންނުމިހާރު

    20
    2
  20. ޔާޔާ

    ޢެހެންތަ. ތައްޔާރަށްތިބޭ .ލޮކްޑައުން ފިލުވާލާއިރަށް އެމްޑީޕީ ވެރިކަންވައްޓާލަން މިތިބީތައްޔާރަށް

    20
    2
  21. ހެޔޮނުވާނެއޭ

    ހެޔޮނުވާނެއޭ ތިހެން ނަހައްދަވާ މަޖްލީހުގެ ރައީސް މަޖްލީހުގެ ޖަލްސާ އެއް ބާއްވަން އުޅުމުން އެކަމަށް އެއްބާރު ލުން ދޭށޭ އެއީ ރަނގަޅު ފާލެއް ކަމަށް ވުން އެއީ ގާތް ކަމެކޭ ކޮވިޑް ރާއްޖޭން ނެތިގެން ދިއުމަށް އެޅޭ ފާލެއް ކަމަށް އެފާލުވެދާނެ ކަމަށް ވެސް ވެދާނެއޭ..

    5
    19
  22. އަމީން

    ދެން ފުރަބަންދު އުވާލާށޭތަތިކިޔަނީ އެއިރުންނޯ މަރުވާމީހުންގެ ޢަދަދު ދައްވާނެ؟ މީކޮންކަހަލަ މީހެއް؟

    19
    2
  23. ދަރަނި ދަންތުރަ

    ގައުމު ހަލަބޮލިކުރާހިތުން ކެއްނުވެގެން މިތިޅެނީ ، މައިމޫނާޔާ ދެކޮޅަށް މުޒާހަރާ ކުރަން ރީދޫ ގުރޫޕު މަގުމަށްޗައްނެރޭ އަވަހަށް މިއީ ގައުމުގެ ރައީސް އިބޫ އަށްވުރެވެސް ބާރުގަދަކަން ދައްކަންއުޅޭ ބުރާންޗެއް...

    12
    2
  24. ސީދީ

    ޤައުމު ހުޅުވާށޭ. މިގޮތަށް ގޭބަންދުވެގެން ސެޕްޓެންބަރު މަހުގެ ފަހުކޮޅު ލިބިދާނެ ވެކިސިނެއްގެ އިންތިޒާރުގަ ނުތިބެވޭނެ. މައިމޫނާ ނުނިކުންނަންޔާ މައިމޫނާ އިންނަވާ. އެދުވަހެއްގެ ފުރާގު އެދުވަހަކު ހޯދައިގެން އުޅޭ ދެރަ ނިކަމެތިން ތިހެން ހެއްދެވީމަ ކޮންތާކަށް ވަންނަނީ. ކާކު އެހީވަނީ. ކާކުދެނީ. ދެވޭވަރުގެ އެއްވެސް މުއްސަންޖަކު މިރާއްޖޭގަ ނެތްކަން ސާބިތެއް ނޫންތޯ؟ ރައްކާތެރި ވާނެތާ އަހަރުމެންވެސް. އެކަމަކުވެސް ފައިސާ ހޯދަން، ތިންއިރުގެ ޙަލާލު ރިޒުގު ދެއްވާތޯ މަސައްކަތް ކުރަންޖެހޭ. ނުކުންނަން އެބަޖެހޭ. އަނބި ދަރިންނަށް ޚަންދޭން އެބަޖެހޭ. ކޮވިޑު ޖެހުނިއްޔާ ރަނގަޅުވެސް ވާނެ،. ކޮވިޑު ޖެހިގެން މަރުވާން އޮތިއްޔާ ބޮޑު ފޮށީގަ ފިލާ އޮތަސް ޖެހޭނީދާން.

    3
    8
  25. ޢަހަރެން?

    ކަލޭ ހުންނަނީ އަޅެ ފަހެ ބުއްދި ގޯސްވެފަތަ!!!!އޭނ....

    14
    2
  26. ބީރުބޭ

    ހުޅުވަން ޖެހޭ. ހުޅުވައިގެން ވާން އޮތީ. "އަބަދު އަބަދު މީހުން ކުރިމަތީގަ ލަދެއްނެތި އަތްދިމާކުރުމީ ތިމާގެ އެދުން ތަކާމެދުގާ" އެއީ އަހަރުމެންގެ ކާބަފައިން ދިވެހިންނަށް ދެއްކި މިސާލެއްނޫން. ދަސް ކޮށްދިން ގޮތެއް ނޫން. އަމިއްލަ އަތުން ކުރާމަސައްކަތުން ހޯދާ ފަނަރަ ރުފިޔާއަށް ގަންނަ ރާގޮނޑީގަ ކައްކާ ގަރުދިޔާގަ މާ ރަހަ ގަދައޭ. ހުޅުވާށޭ. މިޤައުމު ފުނޑު ފުނޑު ވެދާނެ. އަސްލު ދިވެހިން، ދިވެހިންގެ ގޮތް، އުޞޫލު، ހިތްވަރު ގެއްލި ހިނގައިދާނެ. މީހަކު ދޭނެ އެއްޗަކަށް ބަރޯސާ ވެގެން ތިބޭ ބަޔަކަށް ވެދާނެ.

    7
    8
  27. ނުފެނެއޭ

    ލޮކް ޑައުން ތެރޭގައި ވެސް މަޖްލީހުގެ ޖަލްސާ ތައް ބޭއްވޭނެއޭ މަޖްލީހުގެ ރައީސް ބޭނުންފުޅުވާ ފޯރމެޓަށް އެއީ އެކަން ދުސްތޫރީ ގޮތުން ހަމަޖެހިފައި އޮންނަ ގޮތޭ އުސޫލެއްގެ ގޮތުން މަޖްލީހުގެ ރައީސް މަޖްލީހުގެ ޖަލްސާ މާދަމާ ބާއްްވަން އުޅެނީ އެއީ ގައުމަށް ނުހަނު ފައިދާ އެއްކުރާނޭ ކަމަކަށް ވުމަކީ ވެސް އެއީ ގާތް ކަމެކޭ ސަބަބަކީ މަޖްލީހުގެ ގިނަ މެމްބަރުން ވެސް ތިބޭނީ ސުންނަތް 6 ރޯދަ ހިފައިގެން ކަމަށޭ މަމެން ދެކެނީ ސަރުކާރުން މުޅި މާލެ އެއްކޮށް ލޮކް ޑައުން ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ބިންދައިގެން ހިނގައްޖެއޭ ސަރުކާރުގެ ކެބިނެޓް ގައި ނެތޭ ތަޖްރިބާ ހުރި އޯޕަން މައިންޑުން ވިސްނޭ އެކަކު ވެސް ޓޫރިޒަމް މިނިސްޓަރު އެއީ އަލަށް މަހަށްދާ މީހެކޭ އޭނާ އަށް ޓޫރިޒަމް އިންޑަސްޓްރީގެ އަލިފުބާ ވެސް ނޭގޭނެއޭ އެއީ އަދި އެހާ ހިންގުންތެރި މީހެއް ވެސް ނޫނޭ ދެން ފިނޭންސް މިނިސްޓަަަރަކީ އެއްވެސް ތަޖްރިބާ އެއް ހުރި މީހެއް ނޫނޭ ސިޗުއޭޝަން މިވަނީ ވަރަށް ކްރިޓިކަލްވެފައޭ އިކޮނޮމީ މިވަނީ ސެލްވޭޖްގައޭ މަމެންނަށް ނޭގޭ ސަރުކާރުގެ ޕޮލިސީސް ތައް ހުރި ގޮތުން އިގްތިސާދު ރިކަވަރ ކުރާނެ ގޮތް ވެސް ހަމަ އެކަނި ޗޮއިސް އަކީ މާލެ ސަރަހައްދުގައި އޮތް 2 ހާހެއް ހާ ފަޅު ދުނިޔެ އަދި ރާއްޖޭގެ މުއްސަނދިންނަށް ކޮންމެ ފަޅަކުން 10 މިލިއަން ޑޮލަރު ނަގައިގެން 100 އަހަރަށް ކުއްޔަށް ދިނުމޭ އެނޫން އެއްވެސް ގޮތެއް މަމެންނަށް އަދި އެއް ނުފެނެއޭ...

    4
    5
  28. އަލަމާ ސައީދު

    އެހެންވެޔޭ މިބުނަނީ ފަށް ފަށްކޮށް ގައުމުގެ ވެރިޔަކަށް ހުންނަނީ ބޮލެކޭ.. އެހެންވެތާ އޭނާއަށް ލިބޭބާރުތަކާއި އިމްތިޔާޒުތަކާއި ބުއްޅަބެއަށް ބޭނުން ކޮންމެ ވަގުތަކު ގަށާލެވެނީ.

    17
    2
  29. ފޯރމީ

    ލޮކްޑައުންތެރޭ ތަޅުމުގައި ޖަލްސާކުރުން ގާނޫނީ ސުވާލެއްގެ ތެރެއަށް ދާކަމަށް ބައެއް މެމްބަރުން ވިދާޅުވާނަމަ ކޮންފިއުޝަން އެން ކޮންޓްރަޑިކްޝަން އިން ސަލާމަތް ކުރުމަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ މަޖްލީހުގެ ރައީސަށް މަޖްލީހުގެ ޖަލްސާ ތައް ބާއްވަން މިހާރުން މިހާރަށް އެޗްޕީއޭ އިން ހުއްދަ ދިނުމޭ މިހުއްދަ ދެވޭނެއޭ ރައީސް އިބޫގެ އެންމެ ފޯން ކޯލަކުން ވެސް މަޖްލީހުގެ ޖަލްސާ ތައް މަޖްލީސް މެމްބަރުން އެކުވެގެން ބޭއްވުމުން އެއީ ކޮވިޑް އުތުރި އަރާ ކަމެއް ނޫނޭ މާލެ އެއްކޮށް ލޮކް ޑައުން ކޮށް ގެން އުޅޭތާ 3 މަސްވީއޭ ވައިރަސް ފެތުރޭ ވަރަށް ފެތުރޭ އެއަށް ކުޑަ ވެސް ބަދަލެއް ނާދޭ ޑޮކްޓަރުން ބުނާ އެއްްވެސް އެއްޗެއް ދިމާނުވެއޭ މީގައި އެބައުޅެއޭ ޑޮކްޓަރުންގެ ވަރަށް ބޮޑެތި އޮޅުވާލުމާއި މަކަރާއި ހީލަތް ހެދުން ވެސް އެއީ ވެސް އެކަށީގެންވާ ކަމެކޭ މަޖްލީހުގެ ރައީސަށް މަޖްލީހުގެ ޖަލްސާ ތައް ބާއްވަން ރައީސް އިބޫ ފުރުސަތު ދޭންވީ ކެއަރ އިނަފް ފޯރ ދަ ލިިވިންގް މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ

    3
    2
  30. ކާޅު

    މިކަލޭގެ ގޮވައިގެން ކަށްނޭގެ ކޮވިޑް-19 ދާނީ!

    14
    3
  31. މޭކްއިޓް

    މަޖްލީހުގެ ރައީސް މަޖްލީހުގެ ޖަލްސާ އެއް ބާއްްވަން އުޅުމުން ދެން އެޗްޕީއޭ އިން އެކަމަށް ހުއްްދަ ނުދިނުން އެއީ ދެން މަމެންނަށް ވަނީ ވަރަށް ނާތަހުޒީބީ ވަރަށް ދަށް ފެންވަރުގެ ކަމަކަށޭ މަމެން މިތިބީ ލަދުން ބުނާނެ އެއްޗެެއް ނޭގިފައޭ އެޗްޕީއޭގެ ހުުއްދަ ނުދީގެން ރައްޔިތުން ހޮވާފައިވާ ރައީސަކަށް މަޖްލީހުގެ ޖަލްސާ އެއް އެމަނިކުފާނު އެޖަލްސާ ބާއްވަން ބޭނުންވެގެން ނުބޭއްވޭނެ ހުއްޖަތް ތައް އެޗްޕީއޭ އިން ދައްކާތީވެ އެޗްޕީއޭ އަށް މާލޭގެ މަގުމަތީ މުޒާހަރާ ތައް ފެނުނުތޭ އެޗްޕީއޭ ގެ ބޮޑުންނަށް އެމްޑީޕީ އިނގޭބާ އެމްޑީޕީ ލާރޖް ކޮށް މާލޭގެ މަގުމަތީގައި މުޒާހަރާ ކުރަން ނިންމައިފިނަމަ ދެން އެޗްޕީއޭ ތިބެން ޖެހޭނީ ހޭރި ހޭރިއޭ ކޮވިޑް އާއި ކޮވިޑް އެއް މުޒާހަރާ ލާރޖް ކޮށް ޖައްސާ މާލޭގެ މަގުތައް ފުރާލާނެއޭ އެމްޑީޕީން މިކަން ވެސް އެޗްޕީއޭ އިން ދަންނަން ޖެހޭނެއޭ މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ...

    4
    6
  32. ނެތީމޭ

    މަޖްލީހުގެ ޖަލްސާ އެއް ބާއްވަން މަޖްލީހުގެ ރައީސް ބޭނުން ވުމުން އެކަމަށް އެޗްޕީއޭ އިން ހުރަސް އެޅޭނެ ކަމަށް ބަޔާން ކުރާ މިނަން ކިޔާ ގާނޫނެއް އަދި އެއް ރާއްޖޭގެ ގާނޫނުގެ ދަފްތަރު ގައި ނެތޭ ކޮން ގާނޫނަކާއި ތޭ ޚިލާފުވަނީ މަޖްލީހުުގެ ރައީސް ވިދާޅުވެގެން މަޖްލީހުގެ ޖަލްސާ އެއް ބާއްވަން ޖެހޭނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށް ދެން އެހެން ވެއްޖެނަމަ ސްޓެލްކޯ އާއި ދިރާގާއި ވެމްކޯގެ ހުއްދަ ވެސް ހޯދަން ޖެހޭނެ ދޯ އެއީ ކަރަންޓާއި އިންޓަރނެޓް ވެސް ހުރޭވިއްޔާ މަޖްލީހުގެ އިދާރާގައި އެޗްޕީއޭ އިން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާބޮޑަށް ތާހިރުވާނެއޭ މަމެން ބުނަން ނެތީމޭ...

    4
    3
  33. ނެތީމޭ

    ތަޅުމުގައި ޖަލްސާ ބޭއްވުމާ މެދު އެމްޑީޕީގެ މެމްބަރުން ދެބައި ވެފައި ވަނީ އެއީ ގާނޫނާއި ޚިލާފުވެގެން އެއީ ހުއްޖަތެއް ކަމަށް ދައްކައިގެންނޭ އެއީ ކައިގެންނޭ ފުރާނީ ނުކައެއް ނުފުރާނަމޭ ބުނުން ފަދަ ކަމެކޭ އެއީ ޖަސްޓް އެކްސްކިއުޒެސް ތަކެއް ކަމަށޭ މަމެން މިދެކެނީ ގާނޫނީ ގޮތުން ވަރަށް ބޮޑެތި ބާރު ތަކެއް އޮންނާނެ މަޖްލީހުގެ ރައީސަށް ވެސް އަދި މަޖްލީހުގެ ނައިބް ރައީސަށް ވެސް އެއީ މިނިވަން މުވައްސަސާ ތަކުގެ ބައްޕަ އެމެން ޖަލްސާ ބާއްވަން ބޭނުން ނަމަ އެމެންނަށް ލާރޖް ކޮށް ޖަލްސާ ގްރޭންޑް ލެވެލް ގައި ބޭއްވޭނެއޭ އެޗްޕީއޭ ޖެހޭނީ ޖަސްޓް ފެސިލިޓޭޓް ކުަރަން އެޗްޕީއޭ އެއީ މަޖްލީސް އިދާރާގެ ނޯކަރުން ކަން އެޗްޕީއޭ ދަންނަން ޖެހޭނެއޭ ސިވިލްސާރވިސްގެ ރައީސް މަޖްލީހުގެ ކޮމެޓީ އަށް ހާޒިރު ކޮށް ކުރުދޮށިން އެމެންގެ ޖަނގިޔާޒް ދަ ބޭލެނިންގް ވާވަރުވެސް މަޖްލީހަށް ކުރެވިދާނެއޭ އެޗްޕީއޭ ވެސް އެޗްޕީއޭ ގެ ސައިޒުގައި ތިބުން ރަނގަޅުވާހުށި ކަމޭ މަމެން ބުނަން ނެތީމޭ...

    4
    3
  34. ޢަހުމދު

    ޢަންނި އަށްބާ އެނގޭނީ މަރުވާނެ މީހުންގެ އަދަދު.

    12
    2
  35. ދަންނާތި

    ރާއްޖޭގެ ރައްޔިތުންގެ މަޖްލީހަކީ އެއީ ވަރަށް ހައިބަތުވަރުގަދަ ގާނޫނު ހަދާ މުވައްސަަސާއެކޭ އެމުވައްސަސާގެ އެންމެ އިސް ފަރާތަކީ އެއީ މަޖްލީހުގެ ރައީސޭ މަޖްލީހުގެ ރައީސް މަޖްލީހުގެ ޖަލްސާ އެއް ބާއްވަން ބޭނުން ވުމުން ސިވިލް ސާރވިސް ދަށުން އޮޕަރޭޓް ކުރާ އެޗްޕީއޭ އަށް މަޖްލީހުގެ ޖަލްސާ މަޖްލީހުގެ ރައީސް ބާއްވަން ބޭނުންވާ ގޮތަށް ހުރަސް ނޭޅޭނެއޭ އެ ލެޖިޓިމަސީ އެއް ނޯންނާނެއޭ އެޗްޕީއޭ އަށް އެޗްޕީްއޭ އިން ޖެހޭނީ މަޖްލީހުގެ މެމްބަރުންގެ ރައްކަލަށް ހުރިހާ ކަމެއް ކޮށް ދޭންއޭ މީގައި އޮވެގެން ނުވާނެއޭ އިތުރު ޗޮއިސް އެއްވެސް އަދި އިތުރު އެކްސްކިއުޒެްއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް ބައްލަވާއޭ އެއްްވެސް ބައްލަވާ އެއް ނޯންނާނެއޭ ތަމެން ތަމެންގެ ސައިޒުގައި އަބަދުވެސް ތިބެން ހަނދާން ކުރާ ހުށި ކަމޭ މާލެ ލޮކް ޑައުން ކޮށްގެން ކެއްކުނު ޑޮންޑޮނެއް ނެތެއް ނޫންތޭ...

    4
    5
  36. ފަރީދާ

    މީނަ ދެއްމީ ކާކުތަ؟ހާދަ ލަދުހަޔާންކުޑަ މީހެކޭ މީނައަންތަ އެގެނީ މީހުން މަރުވާނެ ދުވަހާ ވަގުތު ބަލަ ބޭކާރު ވާހަކަ ނުދައްކާ ކުރެވިފައިވާ ފާފަތަކަން ތައުބާވެ މާދަމާވެސް މަޖުލިސް ދިއުމުގެ ކުރިއްވެސް މަރުވެ ދާނެކަމަށް ދެކި ﷲގެ ހަޒުރަތުގައި ކުރެވިފަވާފާފަތަށް ފުއްސެވުމަސް އެދި ދުވާދައްނަވާ މަރަން ތަންޔާރުވެބަލަ

    11
    2
  37. ބޭއްވޭނެއޭ

    ރައްޔިތުންގެ މަޖްލީހުގެ ޖަލްސާ ބާއްވަން މަޖްލީހުގެ ރައީސް ބޭނުންފުޅުވަނީ މަޖްލީހުގެ މެމްބަރުން މަޖްލީހުގެ މާލަމަށް ހާޒިރު ކޮށްގެން ކަމަށްވާނަމަ އެކަން ކުރެވޭނެއޭ މިހާރު ރާއްޖެ ލޮކް ޑައުން ގައި އޮތް ނަމަވެސް ސަބަބަކީ ލޮކްޑައުން އަކީ ގާނޫނީ ގޮތުން މަޖްލީހުގެ ޖަލްސާ ނުބޭއްވޭނެ ހުއްޖަތެއް ނޫނޭ މަޖްލީހުގެ ޖަލްސާ ނުބޭއްވޭނެ ކަމުގެ ގާނޫނީ އެއްވެސް ހުރަހެއް އޮތް ނަމަ މަޖްލީހުގެ ރައީސަށް ލަފާދޭ މަޖްލީހުގެ ކައުންސިލަރ ޖެނެރަލް ބުނާނެއޭ ޖަލްސާ ނުބޭއްވޭނެ ނުބުނޭ ދޯ ދެން އެހެން ކަމަށްވާނަމަ މަޖްލީހުގެ ޖަލްސާ ބޭއްވޭނެއޭ މަޖްލީހުގެ ރައީސް ބޭނުންފުޅު ވުމުން ބޭއްވޭނެއޭ ބޭއްވޭނެއޭ ބޭއްވޭނެއޭ...

    4
    2
  38. ނާއިން

    އަސްލުވެސް ފުރަބަން ދު އިތުރު ކޮށްފިކަމަށްވާނަމަ ރާއްޖޭހެ ގިނަ ރަތްއަތުން ބަނޑުހައި ހޫނުކަމުގައި މަރުވެދާނެ ކަމަށް ލަފާކުރެވޭ ސަރުކާރުން ރަތްއަތުން ނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަށް ގާތަށްވެސް ހިދުމަތް ފޯރުކޮށްނުދެވޭކަންފާހަގަވޭ ފައިސާ ލިބޭނޭ ގޮތް ނެއްކަމަށްވާނަމަ އަނބިދަރިންނާ ކުޑަކުންދިންނަށް ކާންދެވޭނެ ގޮތެއްނެއް ޕެންސަން ފަންޑުގަ ހުރިފައިސާވެސް މި ކުޑަދުވަސްކޮޅު ތެރެ ވާނުވާއެއް ނޭގި ހުސްވީ އޭގެން މިންވަރެށް ލިބުނު ނަމަ ބޭނުންކޮށްލަިގެން ތިބެވުނީސް ދެން މިގޮވަނީ ލޯނު ދޭނަމޭ ލޯނު ނަގާސޭ ބުނި އިރު މީ ކެރިކުޅަދާނަވާގޮތަށް އޮތްކަމެއްނޫން ތެދުވެރިކަމާ އެކު ލޯނުނަގަން ބަލާއިރު އެކޮނަމިކު މިނިސްޓްރީ ލޯނު ނެގޭނެ ގޮތެއް އޮތީ ވަޒީފާ ގެއްލުނު މީހުންނަށް އެކަނި މީ އިންސާފަކީ ބޭންކް އޮފު މޯލްޑިވްސް ވެސް މި އަށްވުރެ ރަގަޅު ނަގާފަ ހުރި ލޯން ތަށް 6 މަސްވަންދެން ނުނަގާ ގޮތަށް ނިއްމީ އެކަމު ސަރުކާރުން ކަންކުރަނީ އަނިޔާވެރިކޮށް

    3
    1
  39. ލާމު

    ބަގާ ވާތެކެވެ. ސިފައިން ނިކުންނަން ވީ ގާނޫނު ދަމަ ހައްޓަން ށެވެ.

    10
    2
  40. Anonymous

    ފަހު ޒަމާންނަށް އެޅުނީމަ ދައްޖާލު ފާޅުވާނެކަމަށް ބުނެއުޅޭ

    5
    1
  41. ޏޖޖ8

    އޯމައި ގޯޑް. ސްޓުޕިޑް އެންޑް މޯ ވޯސްޓް ދެން ޓްރަމްޕް. ކިހިނެތް ކަން ބުނެލަ ދިނިއްޔާ ރަނގަޅު؟ ސައިންޓިފިކަލީ ޕްރޫވްކޮށްދީ؟

    2
    1
  42. އަރެންގެ ވަގުތު

    މިއަށްވުރެ ބޮޑު މުޞީބާތެއް މިގަރުނުގައި މި ޤައުމަށް ޖެހުނު ހެނެއް ހިއެއް ނުވޭ. މިފަހެެ މޮޔަވެފަ ހުންނަ މީހެއްތަ...މީނަ ވެސް ޔާމީނު ހުރި ތަނަށް ގެންގޮސްބަލަ، އަދި ހަތަރެސްފައިގައި ލޮކުއަޅުވާބަލަ

  43. ޓުކުރި

    މިސަރުކާރުގެ ރައީސްއަކީ ކާކުކަމެއް ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަނޭންގުނު
    ވަރަށް ހެއްވާކަމެއް މީނާއަކީކުރިންވެސް ޗާޓުން
    ބޭރުން އުޅެންހަދައިގެން ބޮނޑިބޮއިފަހުރިމީހެއް
    އަނެއްކާ މިފަހަރު ކިހާވަރަކުންދާނެބާ؟

  44. ޓުކުރި

    އަޅުގަނޑުދެކޭގޮތުގައި ދިވެހިރައްޔިތެއްވިއްޔާ
    ޢެންމެންނަށްވެސް އޮންނަންވާނީ އެއްގާނޫނެއް
    ޢެހެންނޫންނަމަ މުޖްތަމައުގެ ސުލްހަމަސަލަސް
    ކަމަށްބުރޫއަރާފާނެ.