ވެރިކަންކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޤަބޫކުކުރާ ހަމައަކީ، ވެރިންނަށް ވަކި އުސޫލެއް އޮތުން ކަމަށް ކުރީގެ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވެފައި ވަނީ، އާންމު ސިއްހަތުގެ ރައްކާތެރިކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ފުރަބަންދު އިއުލާނުކޮށްފައި ވަނިކޮށް އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ފުލުހުން މަޖިލީހުގެ މެމްބަރުންނަށް ހުއްދަ ދޫކުރަން ފެށުމާއި ގުޅިގެންނެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ޑރ. ޖަމީލް ވަނީ، މި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ހުއްދަ ދެނީ ކޮން ޤާނޫނެއްގެ ދަށުންތޯ ސުވާލުކުރައްވާފައެވެ. އަދި ރައްޔިތުން ބަލަންވީ ފުރަބަންދު ނިމުމަކަށް އައިކަމަށްތޯވެސް ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.

ޑރ. ޖަމީލް ވިދާޅުވީ، ރައްޔިތުން ޢަމަލުކުރުމަށް 2 "ސެޓް އޮފް ރޫލްސް" މި ޤައުމުގެ ރައްޔިތުން ޤަބޫލުނުކުރާނެ ކަމަށެވެ.

"ކޮން ހުއްދައެއް ކޮން ޤާނޫނެއްގެ ދަށުންތޯ ތިޔަދެއްވަނީ؟ ލޮކްޑައުން ނިމުމަކަށް އައިކަމަށް ރައްޔިތުން ބަލަންވީތޯ؟ ދެ ސެޓް އޮފް ރޫލްސް މި ޤައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ. ބޮޑުންނަށް ވަކި އުސޫލެއް، ދެންތިބި އެންމެނަށް އެހެން އުސޫލެއް؟ އެމްޑީޕީ ޤަބޫލުކުރާ ހަމަ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިދާރާތަކުން ދޫކުރަން ފަށާފައި ވަނީ، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ފެށުން ފަސްނުކޮށް، އަންގާރަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވާފައި ވަނިކޮށެވެ. އެކަމާ ގުޅިގެން އެމަނިކުފާނު ވިދާޅުވެފައި ވަނީ، މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނު އަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ.

މި ނިންމުމާއި ގުޅިގެން މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާހެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛ

    މިހިރީ އަނެއްބެ!!! ރަނގަޅު ހަމަ އެއް ގޮތެއްވެސް،ރަނގަޅު މީހަކުވެސް، ނުހުންނާނެ؟ އަޖަެިބެއްކަހަލަ މީހެކޭ މީވެސް! ކީއްތަކުރާނީ. ސިޔާސީ ދާއިރާގަ ތިންމީހުން ތިބިއްޔާ ދެމީހުން މިތިބެނީ މިކަހަލަ ދީވާނާއިން.

    4
    9
  2. ރާގޮޑިރާޖަ

    ޖަމީލުތިބުނީ ރަގަޅަށް. މިގައުމުގަ އެއްމެބޮޑުވައްކަންކުރި ޔާމީނު ޖަލުގަ އެއަރކޯން ގަނޑުވަރެއްގަ. ރިހާކުރުފުޅި ވަގައްނެގިމީހާ ކުޑަގޮޅީގަ. މިހާރު ޖަމީލުއަށް ހާދަވިސްނެޔޭދޯ. ނައިބަކަށްހުރިއިރު ތަންކޮޅެއްގަމާރީދޯ.

    2
    11