އާންމު ސިއްހަތުގެ ރައްކާތެރިކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހުއްދަ ދޫކުރަން ފެށުމާއި ގުޅިގެން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް، ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ސީދާ ރައީސް ނަޝީދުގެ ނަންފުޅު ހާމަނުކުރެއްވި ނަމަވެސް އެމަނިކުފާނުގެ ނިންމެވުމަށް އިޝާރާތްކުރައްވަމުން ޑރ. ދީދީ ވިދާޅުވީ، ވެރިކަމުގެ އުސޫލަށް އިޚްތިރާމް ނުކުރުމަށް ދެވިހިފާފާއި ތިބި ބަޔަކަށް ވިސްނައިދިނުމަކީ މޮޔަކަމެއް ކަމަށެވެ.

ޑރ. ދީދީ މިގޮތަށް ވިދާޅުވެފައި ވަނީ، އެއްވެސް އިދާރާއެއްގެ ހުއްދަ ނެތި ރައީސް ނަޝީދު އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައި ވަނިކޮށް، އެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުލުހުން މެދުވެރިކޮށް މެމްބަރުންނަށް ދެމުންދާ ދަނޑިވަޅެއްގައެވެ.

ކުރީގެ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަހްމަދު ކުރައްވާފައިވާ ޓްވީޓެއް، ރީޓްވީޓު ކުރައްވަމުން މިރޭ ޑރ. ދީދީ ވިދާޅުވީ، "ރޫލް އޮފް ލޯ އަށް އިޚްތިރާމް ނުކުރަން ދެވިހިފާފައި ތިބި ބަޔަކަށް ވިސްނާދިނުމަކީ މޮޔަކަމެއް!" ކަމަށެވެ.

އަންގާރަ ދުވަހު ޖަލްސާ ބާއްވަން ހުއްދަދެމުންދާ ދިއުމާއި ގުޅިގެން ޑރ. ޖަމީލް މިރޭ ކުރެއްވި ޓްވީޓުގައި ވަނީ، މި ހާލަތުގައި މަޖިލީހުގެ ޖަލްސާތައް ތަޅުމުގައި ބޭއްވުމަށް ހުއްދަ ދެނީ ކޮން ޤާނޫނެއްގެ ދަށުންތޯ އާއި ރައްޔިތުން ބަލަންވީ ފުރަބަންދު ނިމުމަކަށް އައިކަމަށްތޯ ސުވާލު ކުރައްވާފައެވެ.

އެ ޓްވީޓުގައި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، ދެ ސެޓް އޮފް ރޫލްސް މި ޤައުމުގެ ރައްޔިތުން ބަލައެއް ނުގަންނާނެ ކަމަށާއި، އެމްޑީޕީން ޤަބޫލުކުރާ ހަމައަކީ "ބޮޑުންނަށް ވަކި އުސޫލެއް، ދެންތިބި އެންމެނަށް އެހެން އުސޫލެއް" ކަމަށެވެ.

މަޖިލީހުގެ ޖަލްސާއެއް އަންގާރަ ދުވަހު ބޭއްވުމަށް ނިންމަވައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނު އަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ.

މި ނިންމުމާއި ގުޅިގެން މަޖިލީހުގެ މެމްބަރުން ހިމެނިވަޑައިގަންނަވާހެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެއީ ޤާނޫނާއި ޚިލާފަށް ނިންމެވި ނިންމެވުމެއް ކަމަށްވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޢަނެކު

    ޢަނެކަކު ނިކުތީ! ބަހުގެ ހަމަލާ ދޭން! ރައީސް ޙާދަ ވައި ފަދައޭ ދެއއްތޯ؟ ރޯނު ނަކަތުގަ ވާގޮތްތޯ މީ ހަމަ؟

    6
    41
    • Anonymous

      މިއީ ދިވެހިންގެ އުސޫލު، ރަނގަގަޅު ވާހަކައެއް ބުނެފިއްޔާ އެމީހަކަށް ހަޖޫ ޖެހުން.

      31
      3
      • Anonymous

        ސުރިޚީ ބައްލަވާ ލައްވާ. ހަމަ ތެޅިފޮޅި ގަތަކަސް ކަމަކުނުދާނެ. ސުރުޚީއެއް ޚަބަރެއް ނުކިޔައޭ. ކޮމެންޓު ތަކުން ކުރުކޮށް ހުންނަ ކޮމެންޓުތަށް ކިޔާލާފަ އަވަހަށް ރިޕްލައި ކުރަނީ ތިޔަ.

  2. ސީދީ

    ރޯނު ނަކަތް މެދު ޖެހެނީ. މިއަދު ނަކަތުން 7. ޥައިގަދަވަނީ. ޢަންނި ހަމަމޮޅީ. 10ކުޅި ފެނެޔޭ ވިދާޅުވީ.

    4
    47
    • އައްމަޑޭސަމީރު

      ނަޝީދަށް އެއްޗެހިފެންނަނީ ލޮލަކަށެއްނޫން ހިނދުކޮޅުގަ ހުންނައިރު
      ޙިޔާލަށް

  3. ޞީރުބޭ

    ބާވެ ހަސްނެތި މަދަން އަޅާ ކޮޅަން ޖެހޭ އޮޑިފަހަރާ، ބޭނުން ނުކުރެވިގެން ބޯކޮޅު އެއްގަމަށް އެހެލަން ޖެހޭ އޮޑިފަހަރާ، ގަދަ ކަނޑުގަ ދުއްވޭހާ ވަރުހުރި އޮޑިފަހަރު މިނަކަތް ނިމޭއިރު ވާނެ ފާހަގަ ކުރަން. ނަކަތުން7. ބާކީ ހަތްދުވަސް. މިޔަހެލި، އަދަ، ފުނޯސް ފުސް ގަދަ ނަކަތްތަކޭ ހުރީވެސް. ބާ އޮދިފަހަރެއް ނުހިފަހައްޓާނެ މިގަދަޔަކު.

    4
    20
  4. ކެޔޮޅު

    މުގުރި ރާލުގެ ފުއްޓަރު ފަރާތޭ ގުގުރާ ވިދުންތަށް ގިވެސް ވަނިއްޔޭ. ނުގުޑާނެހެން ކަނޑުގަ ހިތްވަރު ކުދިންނޭ މުގުލަށްވެ ތައްޔާރު ހަންޖާ ތިބޭށޭ.
    ހަޑިވެ އުދަރެސް ނުފެނެވި ދަނިއްޔޭ ބަނޑިލާ ނަގާ ބޯ މަތިކޮށް ނިމިއްޖޭ. އިރުއޮއްސިވާ އަނދިރި ކުޑަތަން ވަނިއްޠޭ.ދިރުބާކޮޅަށް ރަނގަޅު ކުއްޖަކު އަރާށޭ.

    42
    1
  5. ކިހާ

    ކިހާދު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެމް.ޑީ.ޕީ ކުރިމަތިލި ސާފީމެން ކަހަލަ ގާނޫނެއް ނެއްގޭމީހުން ޕޯސްޓް ކުޜާއިރު ރަގަޅައް ގާނޫނު އެގޭބާ އަގަފުޅކުރާއިރު... މާއިގޭމީހަކައް ވެގެން މީހުންނައް ވަގައްގޮވަމުން ފޭސްބުކުގަ މިދަނީ... ބަލަ އެސަރުކާރުންނޭ އާއިލާ އައްލާރި ހޯދާފައި ހުރީ.. ނެއްގޭތަ.. މުޅިން އެގޮތުން ނަގަމުންދިޔައީ ޒުވާނުންގެ ނަމުގާވެސް..

    1
    14
  6. ހޭލާ

    ބުއްޅަބޭ ތީ ދިވެހިރާޖޭގެ ގާނުނުތަކާ ގަވަދުތަކަށްވުރެ މަތީ ހުންނަ މިހެއް މިވެރިކަމު ބުއްޅަބެ ހަދާނި ހަދާނެ އެއްޗެއް ދިވެހި ދިދަޔަށްވުރެ މަތީ އުޅޭ މީހެއް ތި މިގައުމުގެ އިޖްތިމާއިފެރަން އިރާލަ މިހުން ގާނޫނާ ގަވަދައް ހުރުމަތްތެރި ކޮށް ނިހިތާ މުޅިގައުމުގާ ފިތުނަ ފަސާދަ އުފަންކުރުވީ ތިމިހަކު އޭނަ ހަދާނެ އެއްޗެއްހަދާނީ މިގައުމުގާ ނޮންނާނެ އޭނާގެމައްޗަށް އަމުރު މައުރޫފް ހިންގޭނެ ފަރާތެއް

    42
    1
  7. ސޮމެޮނެ

    ރީދޫ މޭޔަރުންގެ ގޮޑި ދުވަސް ކޮޅަ ކަށް ނަމަވެސް ބޭނުން ކުރަން...

  8. ކާފަބޭ2020

    ޑޮ ކްޓަރވީމަދަންނަވަންލަދުވެސްގަނޭ ނަމަވެސްޙަޤީޤަތަކީ މިހާރުތިޔަހަރީ ޓޮއިލެޓް ޕޭޕަރަށްހަދާފަފޮހެފައެއްލާލާފަ ދެން ކޮންމެގޮތެއްވިއަސް ޒިންމާއިންބައެއްއުފުއްލަވަން ޖެހިވަޑައިގަންނަވާނެ އެއީ ވެދިޔަތަނުންބަލާއިރުވެފާއޮށްގޮށް

    2
    4
  9. ޒަބީބު

    އެހެން މީހުންނަށް ބަހުގެ ހަމަލާ ދޭއިރު ތިމާގެ އަމިއްލަ ނަފްސާއިމެދު ވިސްނާލަން ވާނެ. ދީދީ ތިޔައީ އެހެން މީހުންނަށް ބަހުގެ ހަމަލާދެވޭ ވަރު ބޭފުލެއް ނޫން. އުއްތަމަ ފަނޑިޔާރުގެ ލަޤަބު ހޯއްދެވީ ކިހިނެތް؟ 1 ފެބރުއަރީގެ ބޮޑު ހުކުމަށް ދެއްވި ރައުޔު ކުއްލިއަކަށް ބަދަލު ކުރެއްވީ ކޮންހަމަޔަކުން؟ އެއަށްފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުތަކާއި ހުކުމްތައް ނެރުނީ ކޮން ޤާނޫނީ ހަމަޔަކުން؟ 1 ފެބްރުއަރީގެ ބޮޑުހުކުމަށްފަހު ދެން އަޑިއަޑިން ހިންގެވި ކަންކަމަށްފަހު އުއްތަމަ ފަނޑިޔާރުގެ ތާޖު ބޮލުގައި އެޅުއްވުމަށްފަހު "ރޫލް - އޮފް - ލޯ" ކިޔާއެއްޗެއްގެ މަތީން ދީދީ ހަނދާން ހުރިތޯ؟ މިއަދު އެހެން މީހުންނަށް ބަހުގެ ހަމަލާދޭން ދީދީގެ އެއްވެސް މޯރަލް އޮތޯރިޓީއެއް އޮތް ކަމަކަށް ޤަބޫލެއް ނުކުރެވޭ. ދީދީ ނަޝީދަުއަށް ބަހުގެ ހަމަލާދިނީމަ ހަނދާނަށް އަންނަނީ އިންގިރޭސި މުހާވިރާއެއް އެއީ" Pot calling the kettle black "

    8
    6
  10. ހޫދު

    ބަލަ ފުލުހުން މީނަ ހައްޔަރު ކޮއްގެން މައްސަލަ ބަލަންއެބަ ޖެހޭ...

    5
    3
  11. ާައަހުމަދު

    ކިތަންމެ ރުޅިއަޔަސް އޮންނާނީ ބޭރުކޮްފަ ތީމިހާރު އާދައިގެ މީހެއް.

    2
    11
  12. އްބާސް

    އެމްޑީޕީ އަކީ ލަދުގެ ކަންފުޅެއްވެސް އޮންނަ ބައެއްނޫން

    21
    1
  13. މޮޑަން

    ދީދީ ކަލެއަކަށްނު ގާނޫނު އެންގެނީ ފެބުރުއަރިީ 1 ކަކު ނެރުނު އެތިފުދޭ ހެށްކަކަށް!!!

    4
    8
  14. މާލެ ބޭބެ

    އަބުދުﷲ ދީދީ އަކީ ޚިޔާނާއްތެރިއެއް... ގޭގަ އޮވޭ އިތުބާރެއްނެތް...

    6
    2
  15. ސަނާ

    ފެބްރުއަރީ 1 އެއީ މަތީން ބާވައިލެއްވި ދުވަހެއްނޫން. އެއީ ބަޔަކަށް ރިޝްވަތު ދީގެން އެމްޑީޕީ މީހުން ވެރިކަމަށް ބޫތު ކައިފަ ތިބި ވަރުން ގެނެވުނު ދުވަހެއް.އެދުވަހަށް ޢަމަލުކުރާކަށް ނުޖެހޭނެ.މިއީ އެމްޑީޕީ މީހުންނަށް ވެރިކަން ލިބުމުން ވާގޮތް.

    7
    2
  16. މަލާ

    އަމާނާތްތެރީ ކޮންބައެއްކަން އެނގޭނީ މިވެރިކަން ވެއްޓުނު ދުވަހަކުން އޭރުން ކެޔޮކޭވަރު އެނގޭނެ. ހުރިހާ މޮޅެތި ވާހަކަތައް ދައްކަމުން އިންސާފާ ހަމަހަމަ ކަން މިޤައުމުން ފޮހެލަން އައިބަޔަކަށް ރައްޔިތުންނަށް ދެވުނީ އިތުރު މާޔޫސް ކަމަކާ ހިތްދަތިކަން .ފާއިތުވި ސަރުކާރުގެ ނާޤާބިލްކަން ރައްޔިތުންނަށް ދައްކާފަ ރައްޔިތުން ގުނބޯހައްދައިގެން ގެނައި ސަރުކާރަކަށް ރައްޔިތުން ގެންގުޅެންވެސް ނޭނގުނު.ހަނދާނެ ނަހަދާނެ ގޮތް ނޭނގި ހަތަރު އުދަރެސް ފެނު ޖެހިއްޖެ. ޑީޑީ އަކީ ކޮންމެ ފަދަ ބޭފުޅކަށް ވިޔަސް ޑީޑީ އެވިދާޅުވީ ތެދުބަހެއް.

  17. އައްޑޫ ދޫ

    ރައީސް ނަށީދާ އޭނާޔައް ސަޕޯޓުކުރާ އައްޑޫ މަދުބަޔަކު ޖެހޭނީ ބޫޓުސައިޒު އޮޅިފަވާތީ ސައިޒު ހެޔޮވަރު ކޮއްދޭން އޭރުން ސަރުކާރައް ވަރައް ފަސޭހަވާނެ

  18. ާވަތުބަތާނަ

    ތި ނަޝީދަށް ތިތަނަށް އާދެވުނީ މީނާކު ރިކަމަކުން ނޫންތޯ؟ ދެން ކޮން އަނގައެއް ތަޅާކަށް.

  19. އައްމަޑޭސަމީރު

    ނަޝީދަށް އެއްޗެހިފެންނަނީ ލޮލަކަށެއްނޫން ހިނދުކޮޅުގަ ހުންނައިރު
    ޙިޔާލަށް

  20. ޢީސާފުޅު

    ޢެޗްޕީއޭގެ އެންގެވުންތަކަށް އިޙްތިރާމް ކުރުމާއިއެކު މިދިޔަ މުއްދަތުގައިވެސް ކޮންމެ އިދާރާއަކުން އެހިނދަކަށް ކުރަންޖެހުނު ކަމެއް ކުރަމުން ދިޔަކަންވެސް ނޭންގެނީ ބާއޭ ހިތައްއަރައެވެ. މީހަކަށް ފާޑުކިޔޭނީ ތިމާޔަށް ރައްޔިތުންގެ މަޖްލިސްގެ ހައިސިއްޔަތު އެގިގެން ނޫންބާއޭވެސް ހިތައް އަރައެވެ. ޕަޕެޓް ހެދިގެން ރައްޔިތުންގެ މަންދޫބުންގެ ޤާނޫނީ ވާޖިބަށް ހުރަސްއެޅީ މަޖްލިސްގެ ހައިސިއްޔަތާއި ދަރަޖަ ކިހާވަރަކަށް އެނގިގެން ބާއޭވެސް ހިތައް އަރައެވެ. ގުދޯ ގުދޯ ގޮވީމަ ރީއްޗެއްނޫން..