އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބަރުލަމާނީ ނިޒާމަކަށް ތާޢީދު ކޮށްފިއެވެ.

މިއީ އިދިކޮޅުން ބަރުލަމާނީ ނިޒާމަކަށް ތާޢީދުކުރި ފުރަތަމަ ފަހަރެވެ.

މިކަން ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާ ތަމްސީލުކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ، ސަރުކާރު ބަލިކަށިވެ "އެންމެ ފަހުން ސަރުކާރު ބައިބައިވެއްޖެ" ކަމަށެވެ.

އެހެންކަމުން މިހާރު ރައްޔިތުންގެ އިތުބާރެއް ސަރުކާރަށް ނެތް ކަމަށާއި ދެން އޮތީ، "މިޑް-ޓާމް އިލެކްޝްން" އެއް ބޭއްވުން ނުވަތަ ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ޤާނޫނު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ރިފެރެންޑަމް އަކަށް ދިއުން ކަމަށެވެ.

ސަރުކާރު ބައިބައިވެފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވެފައި މިވަނީ، ރާއްޖޭގައި އާންމު ސިއްހަތުގެ ރައްކާތެރިކަމަށް، ކަމާ ބެހޭ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ފުރަބަންދުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް، އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ނިންމެވުމާއި ގުޅިގެން ބައެއް މެމްބަރުންގެ ނުރުހުންވުން އެކަމަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭ ގޮތަށް ބައެއް މެމްބަރުން ވަނީ، ރަސްމީ އިދާރާއެއްގެ ހުއްދަ ނުލިބެނީސް އެ އެންގުމަށް ތަބާ ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ޤާނޫނާއި ޚިލާފު ނިންމެވުމެއް ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވެފައި ވެއެވެ.

އެއްވެސް އިދާރާއެއްގެ ހުއްދަ ނެތި ރައީސް ނަޝީދު އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައި ވަނިކޮށް، އެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުލުހުން މެދުވެރިކޮށް މެމްބަރުންނަށް މިރޭ ވަނީ ދީފައެވެ.

މި ދަނޑިވަޅުގައި އިދިކޮޅު ޕީއެންސީން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާކަން މިރޭ ހާމަކޮށްފައި ވާއިރު، ރައީސް ނަޝީދު މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވަނީ، ދިވެހިރާއްޖެއަށް ބަރުލަމާނީ ވެރިކަމެއް އަތުވެއްޖެނަމަ، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވެފައެވެ. އަދި އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ކަމަށާއި އެމްޑީޕީގެ ފަލްސަފާ އަކީ އެއީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. ނާނަ

  ލާރި ލާރި...ޔެސް ޔެސް...

  35
 2. އަހަން

  ލާރި ލާރި..ޔެސް ޔެސް..

  32
  1
 3. Anonymous

  ރާއްޖޭގައި މިހާތަނަށް ހެދުނު އެންމެ ބޮޑު ޕޮލިޓިކަލް ބިގް ޑީލް. އެހެންވެ މި ދެތިން ދުވަހު އަންނި ޔާމިން ދޫކޮށްލުމަށް އަޑިއަޑީން ކުޅޭނީ. ދެން ލަހެއް ނުވެ ޔާމިން ދޫކޮށްލާނެ. ހިތްމަތާއި އެކު މި ގެނައީ ސަރުކާރު ފެއިލްވެއްޖެ..

  65
  4
  • ލޮލްލޮލް

   ތިބޭޅާގެ ރާގުވެސް ބަދަލުވެއްޖެ...ވަރަށް ދަންނަ އައިޑީ އެއްތީ. އަތަށް ގޮވީތޯ އަމިއްލަ އައިޑިއޮލޮޖީ...ހެހެހެހހެހެހެ

  • އާވް

   ސާބަސް ހަގީގަތް ނުބަލާ ވާހަކަ ދައްކަންވާނެ. އަންނި ނުބުނޭ ޔާމީން މިނިވަން ކުރާށެކޭ. އަންނި ބުނީ ޔާމީން އެކަނި ޖަލުގަ ހުރުން އިއިންސާފުވއިންސާފެއް ނޫނޭ، މާނައަކީ އޭނާ އާއެކި ދައުލަތުގެ މާލިއްޔަތު ކާލުމުގއި ބައިވރިވި އެންމެނަށް ޖަލު ހުކުމް އިއްވާށޭ.މި ސަރުކާރު އައިއްސަ ނޫސްވެރިންނަށް މިނިވަންކަން ދިނީމަ ފިތުނަ ފަސާދަ އުފެއްދުން ނޫން ކަމެއް ނުކުރޭ މި އާލާތުން. ހާއްސަކޮށް މިވަގުތު މީހުން މީ ޤައުމަށް ޖެހިފަ ބޮޑު ނުހޮރޮއްޕާނެއް. ވަގުތު މީހުން ބުނެބަލަ މީ ރޭގަނޑޭ، ދުވާލެއް ނޫނޭ ބުނީމާވެސް ގަބޫލުކޮށްލާތި

   5
   18
   • ދެންނުހުރެވޭނެ

    އެހެންވީމަ އަންނި ވެސް ޖަލަށް ދެއްތޯ. ވަގުތުން އަވަހަށް ތެދުހަބަރު ގެނެސްދޭތީތޯ ފަސާދަ އަކަށްވީ.

 4. ވައިސް

  މިއީ އިދިކޮޅު ވަރަށް ބޮޑު ގުއި ރޯނެއްގައި ޖެހުން. ނަޝީދާ އިބޫ ވަނީ މިކަންތައްގަނޑު އާއިލާތެރޭގައާ ޕާޓީ ތެރޭ ފިސާރި ރަނގަޅަށް ރާވާފައި. ވެރިކަމުގެ މަސްތުގައި ހަމައާއި ގަބޫލުކުރާ ކުރުން އަވަސް އަވަހަށް ބަދަލު ކުރުމަކީ އަދަވަޅަކަށް ވެއްޓުން. އެމްޑީޕީ އަށްވަނީ މިލަނޑު ލިބިފައި. އީއީޒެޑް ކަންތަކާއި އަދީބު ބޮޑުވަޒީރަކަށް ގެނައުމަށް އެމީހުން އެއްބާރުލުން ދީގެން އެމީހުންގެ އެތައް ސަޕޯޓަރުން ގެއްލި ދުވަހެއް ދުވަހަކަށްވީ ބަލިކަށި.

  44
  1
 5. ޝަހީރު

  ރާއްޖޭގަ އޮންނަންޖެހޭ ނިޒާމު ކަނޑައަޅާނީ ރައްޔިތުންގެ ރެފެރެންޑަމް ވޯޓަކުން. އެކަން އޮތީ ކޮއްފަ. ލަފާ ކުރެވޭގޮތުގަ މި ހިނގަނީ އިބްރާހިމް ސޯލިހާއި ނަޝީދުގެ ރޭވުމެއްގެ ތެރެއިން އިންގިރޭސީންނާއި އިންޑިޔާ ބޭނުންވާގޮތައް މިތާގައި ބަރުލަމާނީ ނިޒާމެއް ގާއިމްކޮއް އެމީހުންގެ ޕަޕެޓް ސަރުކާރެއް ހިންގަން. ފުރަބަންދުގައި ރައްޔިތުން ބަހައްޓާފަ މަޖިލީސް މެމްބަރުން ތަޅުމައް ގެނެސް އެކަން އަވަހައް ހިންގާލީމަ ދެކޮޅުހަދަންވެސް ރައްޔިތުންނައް ބޭރައް ނުނިކުމެވޭނެތާ. އަދި ނިކުންނަ މީހުންނައް ކަރަންޓު ފިސްތޯލައިން ޝޮކުދެވޭނެތާ....

  67
  2
 6. އަދްލީ

  ރާއްޖޭގަ އޮންނަންޖެހޭ ނިޒާމު ކަނޑައަޅާނީ ރައްޔިތުންގެ ރެފެރެންޑަމް ވޯޓަކުން. އެކަން އޮތީ ކޮއްފަ. ލަފާ ކުރެވޭގޮތުގަ މި ހިނގަނީ އިބްރާހިމް ސޯލިހާއި ނަޝީދުގެ ރޭވުމެއްގެ ތެރެއިން އިންގިރޭސީންނާއި އިންޑިޔާ ބޭނުންވާގޮތައް މިތާގައި ބަރުލަމާނީ ނިޒާމެއް ގާއިމްކޮއް އެމީހުންގެ ޕަޕެޓް ސަރުކާރެއް ހިންގަން. ފުރަބަންދުގައި ރައްޔިތުން ބަހައްޓާފަ މަޖިލީސް މެމްބަރުން ތަޅުމައް ގެނެސް އެކަން އަވަހައް ހިންގާލީމަ ދެކޮޅުހަދަންވެސް ރައްޔިތުންނައް ބޭރައް ނުނިކުމެވޭނެތާ. އަދި ނިކުންނަ މީހުންނައް ކަރަންޓު ފިސްތޯލައިން ޝޮކުދެވޭނެތާ.

  37
  1
 7. ވިސްނޭ

  ޔާމީން ދޫކޮއްލަން ޑީލްހަދާލީ....

  51
  4
 8. ޢަހޫ

  ދަތްދޮޅިއާދަނު މޮޔަފުޅުވީތޯ .ފުރަތަމަބަލަންވީ ބައެއްގެދަތްދޮޅި ދުއްވާލަންބުނި މައްސަލަ. މޭމަތީގަ ބެގީކޮއްގެން ކަމަރުބަނދެގެންހުރޭ.

  13
  19
 9. މަ

  މިފަހަރު ވެސް ރައްޔިތުންގެ ވޯޓުން ނިންމަން ފެނޭ.
  މަޖުލީހުން އެކަނި ނުނިއްމެވުން އެދެން...

  50
  6
 10. ައަމީލް

  އިންޑިޔާގެ ބާރުގެ ދަށުގައިވާ ބަރުލަމާނީ ސަރުކާރަކުން ދިވެހީން އަޅުވެތި ކުރުން ނޫންކަމެއްނުވާނެ.

  55
  3
 11. ސާޅަނގަ

  ރައީސް ޔާމިން މިނިވަން ކުރުމުގެ ޑީލްތޯ؟

  37
  5
 12. އޭނަ

  ޥެރިކަމާހެދި މޮޔަވަނީ.. މީނަ މީހަކައްހެދީ މައުމޫން... މިމިނިސްޓަރ އޭނައައްވެސް ދިނީ ލަޑު..

  34
  5
 13. ށުކުރު

  އެންމެ ނުކިއްސަރު ވަގުތު ރައްޔިތުން އަތްފައި މަސައްކަތްހުއްޓި، ބޮޑު ބަލިމަޑުކަމެއް ޖެހި މާޔޫސްވީހާލު އެއިގެ ނާޖާއިޒުފައިދާ ނަގަން ދެކާޅު ދެފަރާތުން އަރާ ތައްޔާރުވަނީ. ބޮޑެތި ޑީލުތައް ހެދި އެކަކު ބޮޑުވަޒީރުކަން ހޯދުމަށް ޖެހިދަންތުރަޔަކީ ވައްކަންކޮށް ރައްޔިތުނަށް އަނިޔާވެރިވި ލީޑަރަކު މިނިވަންކުރުމުގެ ދަންތުރެވެ.މި ގުއިރޯނުގަ ޕީއެންސީޖެހި ތާށިވީއެވެ. މިގައުމުގައި ދުވަހަކުވެސް ކޮރަޕްސަން ނުހުއްޓވޭނެއެވެ.މިއީ ޑިމޮކްރަސީގެ ބަލާވެރިކަމުގެ ނިޒާމްގެ ވަތުކިބައެވެ. ޑިމޮކްރަސީއަކީ އޭގެޒާތުގައި ވަބާއެކެވެ. ފަށުވި ބަސްރަކުން ރަން އަތްތަކަކުން ކުރާވައްކަމެވެ.ފޮރުވާލަނީ ރައްޔިތުމީހާއަށް އަވާމެންދުރު ދައްކާހާލުގައެވެ

  33
  7
 14. ޣޯސް

  އަހަރެމެން ބޭނުމެއްނޫން ބަރުލަާނީއެއް. އެންމެ ހައެއްކަ ސަތޭކަ ވޯޓް ހޯދައިގެން މަޖިލީހަށްވަދެ ބޮޱު ވަޒީރަށް ޱްރަގް ވިއްކާ މީހަކުވެސް ވެދާނެ. މިހާރުވެސް މި ބަލިމަޱުކަމުގައި ވެސް ތިޔަމަޖިލީހުގެ އުނދަގޫ ވޮޱުވެ ބޮލަށްތުރާ. އެހާކޮރޮޕްޓް ނުބައި ސިޔާސީމީހުން ގިނަ ގައުމެއްގައި ކުރަން ހެޔޮވާވަރު ކަމެއްނޫން

  45
 15. މުހައްމަދު

  އާދަމް ޝަރީފްވެސް އެއީ އެންމެ މީހެއް.އޭނާއަކަށް އެހެންމީހުން ތާއީދުކުރާގޮތެއްނޭގޭނެ.

  49
  1
 16. އުސައިދު

  މދޕ މީހުން ބޮޑުވަޒީރު ވަށައިގެން އެނބުރޭ ގޮތަށް އިދިކޮޅުން ވެސް އެނބުރެނީ ޔާންޓެ ވަށައިގެން..ޔާންޓެ މިނިވަން ކުރަން ހަދާފަފަ އޮތް ޑީލް އަކާ ވަރަށް ވައްތަރު...ސިޔާސީ މީހުންނަކީ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދިނުމަށް ވުރެއް އަމިއްލަ އެދުން އިސްކުރާ ބައެއް..

  6
  1
 17. ހަބާން

  ރާއްޖެއާއި މުޅި ދުނިޔެ ހަތަރުފަރާތުން މުސީބާތާއި ކުރިމަތިވެ ފިތިފައިވަނިކޮއް ވެރިކަމުގެ ނިޒާމާއި ތަރުތީބު ގެއްލުވާލާ ސިޔާސީ ފިތުނަފަށައިގަނެ ކަންކަން އޮޅުންބޯޅުން އަރުވައި ނިޒާމު ބަދަލުކުރުމައް ފައިނެގުމަކީ މި ދަނޑިވަޅުގައި ނުހަނު ގައުމަށާއި އަދި ގައުމުގެ މިނިވަންކަމައް ނުރައްކާތެރި އަދި ސުލްހަމަސަލަސްކަމައް ނުރައްކާތެރި ނުބައި މަގެއް.. އެއްވެސް ގައުމެއްގައި މިފަދަ ބޮޑު މުސީބާތަކާއި ކުރިމަތިވެފައިވާއިރު ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކައެއް ނުދައްކާނެ. ގައުމު މިއޮތީ ފައިސާ ހުސްވެ ދައުލަތް ސަލާންޖަހައިގެން ކިރިޔާ ނޭވާލެވޭ ހުސާބުގަ. އަދި ޓުއަރިޒަމް ނޯރމަލްކޮއް ފެށި ކުރީގެ ވިޔަފާރީގެ ހާލަތައް އާދެވޭނެ ދުވަހެއްވެސް ބުނާކައް ނޭނގޭ.. މިއޮތީ އެހާ ނާޒުކު އަދި އުންމީދު ބަލިކަށިވެފަ ވާ މާޔޫސްކަމުގެ ދުވަސްވަރެއްމަތީގައި..

 18. ސީލް

  މާތް ރަސްކަލާނގެ މިނުބައި ސިޔާސީ ރޭވުން ނާކާމިޔާބުކޮއް ޢައިރު މުސްލިމުންނާއި ބައިއަތު ހިފައިގެން ރާއްޖެ ސެކިއުލާކޮއް މިތަނަކީ ޣައިރު މުސްލިމުންގެ ނުފޫޒުން ހިންގޭ ސަރުކާރަކައް ހަދަން މަސައްކަތް ކުރާ އެންމެންނައް ފިލާވަޅެއް ދެއްވައި އާރާއި ބާރު އެކީއެކައްޗަކައް ކަނޑުއްވާނދޭވެ.

  10
 19. ޢާދަނު

  ދެން އޮތް ހަމައެކަނި ހައްލަކީ ރައީސުލް ޖުމްހޫރިއްޔާ އަށް ގާނޫނނުން ލިބިގެންވާ ތެރެއިން މަޖިލިސް އުވާލުން.

 20. ީޮިެްއިމްރާން

  ބަރުލަމާނީ ނިޒާމުން ފައިދާ ކުރާނެ ، މަރުހަލާ ތަކަކައް ފަހު ، ނިޒާމާ އެކުއެކީ ވައްޓަފާޅި ބަދަލު އައުން އޮތީ ވަރައް ގާތުގައި ކަމައްދެކެން.ސިޔާސީ ފައިދާ އިތުރުވާ އިތުރުވުމަކުން ގިނަ މީހުންގެ ދިރިއުޅުމައް ބަދަލުތަކެއް ގެނުވާނެ.ހަމައެކަނި ބަރުލަމާނީ އޮތް ޝައުގުވެރި ކަމެއްނޫން ނަމަވެސް ހޮޔޮވަރުގެ ބަދަލެއް ލުއިކޮއް އަވަސްކޮއް ހޯދޭނެ ގޮތެއް ހިތުތެރޭ ހިގަނީ

  • ސޯޓު

   600 މީހުން ތަބަކަށްލައިގެން ހުދުމުހުތާރުކޮށް ގައުމު ނުހިންގުނު، މިއީ ސައިޑް އިފެކްޓް އެންމެ މިނިމަމް ސިސްޓަމް. ޢެއަށްފަހު ދެންގެނައީ ދުލަށް ފަސޭހަ އަޑުއަހަން ލޯބި އަސަރުގަދަ، ނުފެންނަހިސާބު އަނދިރި ޑިމޮކްރަސީއެކެވެ.މިއީ މިލިއަނުން ގުނާލަންދަތި ރައްޔިތުންނަށް ހިދުމަތްދޭ މަރުކާއެކެވެ. ޢެއެތިވެސް މިއޮތްގޮވަނީ އަތަށެވެ. ދެން ކައެ ތިކިއަނީ ރައްޔިތުމީހާއަށް ދޮންކަޅުވެސް ނޭނގޭ މަރުކާއެއްގެ ވާހަކަ. ފަހެ ކަލޯއަށް އޮތީ ކޮންފައިދާއެއް އޭސް އަ މޯޑިވިއަން

 21. ހުޅުލޭ ބޮޑުމީހާ

  އަންނިއަށް މިހާރު އެނގޭ ދެން އިންތިހާބަކުން އޭނައަށް ކާމިޔާބު ނުވާނެކަން އެހެންވީމަ އިދިކޮޅާއެކު ޑީލްއެއް ހަދައިގެން ވެސް ބަރުލަމާނީ ނިޒާމެއްގެ ތެރެއިން މިވަގުތު ބޮޑުވަޒީރަކަށް އަންނަން ވެގެން އުޅެނީ..އިދިކޮޅުން ޔާންޓެ ދޫކޮށްލަންޏާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މިވަގުތު..ރައްޔިތުންނޭ ސިޔާސީ މީހުންނަކީ ރައްޔިތުންނަށް ހެވެއްއެދޭ ބައެއްނޫން އެއީ އަމިއްލަ މަސްލަހަތު އިސްކުރާ ބައެއް..

 22. އަދުރޭ

  ރައީސް މަޖިލިސް އުވާލާ.

  5
  1
 23. Anonymous

  ބޭފުޅުންނޭވޭ މިހާރު އަދި ރަނގަޅު ޚިޔާލަކަށް އަދި ރަނގަޅު ކަމަކަށް ތާއީދު ތިޔަކުރެވުނީ، މިގައުމުގެ ވެރިކަން ހިންގަންޖެހެނީ އިންޑިއާ އާއި އެއްގޮތަށް، މިގައުމުގައި ހަމަ ހިންގަންޖެހެނީ ބަރުލަމާނީ ސަރުކާރެއް، އެއީ މިގައުމަކީ އންޑިއާގެ އަވަށަކަށްވާއިރު އިންޑިއާގައިވެސް ހިންގަނީ ބަރުލަމާން ސަރުކާރެއްވިއްޔާ

  3
  2
 24. ޕާޓީއައް ޖާނާމާލުދޭމީހެއް

  އަރުޅުގަނޑުމެން ޑީ އާރު ޕީ ދޫކޮށް ނިކުންނައް ޖެހުނުހިސާބައް ޕީ ޕީ އެމްއާ ޕީ އެންސީގެ ކަންތައްދަނީބާ މިދެ ޕާޓީއަކީ އަބަދުވެސް ރިޔާސީ ނިޒާމަކައް ތާއީދުކުރާ ދެޕާޓީ ވަރައްދެރަ ބަރުލަމާނީގެ ހިޔާލު އަވަހައް ބަދަލުކޮށް އެކަން އިޢުލާން ކުރައްވާ. ނޫނީ ވަރައްހިތިވާނެ.

 25. ކައުންސެލަރު

  އާދަމް ޝަރީފެއްކަމަކު ކޮސްނުގޮވާށެވެ. ހަމަ މިކަލޭގެ ފޮޑިއެއްޖަހާއިރަށް އޭގެ މީރުވަސް ކަލޭމެންނަށް ދުވައިގެން ނުވާނެއެވެ. އިހައްދުވަހު މިކަލޭގެ ރައީސް ޔާމީނާ ބެހޭގޮތުން ފާޑެއްގެ ވާހަކައެއް ދައްކާއިރަށް އާދަނުމެންނަށް ބަރުލަމާނީ ނިޒާމު ރަނގަޅުވީމާ ސުވާލެއް ނުއުފެދެއެވެ. ހަނދާންކުރާށެވެ. މިކަލޭގެއަކީ "ފަނިއަޅުވާ" މީހާއެވެ. އަޑިއަޑިން ޑީލް ހަދައިގެން އާދަނުމެން ހަލާކުކުރަން އުޅޭއުޅުން އެއްކިބާކޮށް އަމިއްލަަދުން އެއްފަރާތްކޮށް ޤައުމާމެދު ވިސްނާށެވެ. މިކަލޭގެ މަޅީގައި ޖެހި ރައީސް މައުމޫނުވެސް ހަފުސްވީއެވެ. ހަނދާން ކުރާށެވެ. މިރާއްޖޭގައި މިކަލޭގެއާ ދިމާ އިދިކޮޅު ޤައުމުދެކެ ލޯބިވާ ބަޔަކުވެސް ތިބިކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ރައީސް ޔާމީން މިނިވަން ކުރަން އެދެމެވެ. އެކަމަކު މީނާ ބޭނުންހާ ގޮތެއް ޤައުމަށް ހަދައިގެން ނުވާނެއެވެ.

 26. ޒަބީބު

  އެމްޑީޕީގެ ފަލްސަފާއަކީ ބަރުލަމާނީ ނީޒާމުކަމަށް ނަޝީދު ބުނާއިރު އެކަން ޤަބޫލުކުރާނީ ކިހިނެތް. އެމްޑީޕީގެ ހަޤީޤީ މައްސޫލުވެރިންގެ ތެރޭގައި ފުރަތަމަ ނަޝީދު ނުވެސް ހިމެނޭ. ނަޝީދަކީ މާފަހުން އެމްޑީޕީ އަށް މަގުމަތީގައި ދުވާނެ ސޮރެއްގެ ގޮތުގައި ވައިކުޑައިގަ ގެނެސް ވައްޓާލި މީހެއް. ރައީސް މައުމޫން ދައުރުގައި އެމްޑީޕީގެ އަސްލު މައްސޫލުވެރިން ޖަލަށްލައި ހުސްކުރާނެ ކަން ކަށަވަރުވާތީ އެބޭފުޅުން ސިޔާސީ މަސަތްކަތް ކުރިއަށް ގެންދަން ފަރުދާގެ ފުރަގަހުގައި ނަމަވެސް ތިބެންޖެހޭނެ ކަމަށް އެބޭފުޅުން ޤަބޫލު ކުރައްވުމުގެ ސަބަބުން ލީޑާޝިޕް ލެވެލްގައި ފްރަންޓް ލައިނަށް ނުނިކުމެ ތިއްބަވައިގެން މަގުމަތީ ހަރަކާތަށް ނެރުނު މީހެއް ނަޝީދަކީ. ދެން އެމްޑީޕީގެ ފަލްސަފާ އަންނިއަށް އެގޭނީ ކިހިނެތް؟ އެމްޑީޕީ ގެ ހަޤީޤީ މައްސޫލުވެރިން ޤަބޫލުކުރި އެމްޑިޕީގެ ފަލްސަފާ އަކީ ޑިމޮކްރެސީ. ޑިމޮކްރެސީގެ އަސާސަކީ މައިނޯރިޓީގެ ރައްކާތެރިކަން ކަށަވަރުކުރެވޭ ގޮތަށް މެޖޯރިޓީ ޤަބޫލުކުރުން. އެހެނެއްކަމަކު ބަރުލަމާނިގައި ރައްޔިތުންގެ ނަމުގައި ހުރިހާ ކަމެއް ނިއްމަން ހުންނަ ބޮޑުވަޒީރަކީ 1000 މިހުން ވޯޓުލާން ތިބޭ ދާއިރާ އަކަށް 5 މީހުން ވާދަކޮށްގެން 201 ވޯޓުން ހޮވޭ މީހާގެ ބޮޑުވަޒީރުކަމުގައި ހިންގާ ވެރިކަން. ނޫނީ މިހާރު ނަޝީދު މަޖިލިސް ރައީސްކަމަށް އާދެވިފައި އެހުރި ގޮތަށް ވާދައަކާއި ނުލައި ކޮންމެވެސް ދާއިރާ އަކަށް ހޮވޭ މީހެއް ބޮޑުވަޒީރުކަމުގައި ހިންގާ ވެރިކަން. މީދެން ޑިމޮކްރެސީ؟ މިކަހަލަ ބޮޑުވާޒީރެއްގެ ކެބިނެޓްގައި ތިބޭ މިނިސްޓަރުން ނޫނޯ ވަޒީރުންނަށް ވެގެންދާނީ ބާކީ ތިބި މެމްބަރުންގެ ތެރޭގައި ހިމެނޭ ތައުލީމީގޮތުން އެންމެ ފެންވަރު ދަށް މެމްބަރުންނާއި، އާގަންނަ ހަމަޔަށް ވާހަކަނުދެއްކޭ މެމްބަރުންނާއި، ޑްރަގު ޑިލަރުންނާއި، މިހެންގޮސް ޕާޓީން ދެއްކި ބުޅަލަކަށް ވީތީ ހޮވިފައި ތިބޭ އެބައުޅޭ މިބައުޅޭއިން. ދެން މީ ހަމަ އެމްޑީޕީގެ ފަލްސަފާ؟ މީދެން ހަމަ ޑިމޮކްރެސީ؟ ނޫން މީ އަންނި ކަހަލަ ޔާމީނުކަހަލަ ޚުދުމުޚުތާރު ރައްޔިތުން ކުރިމަތީގައި ފެއިލވެފަ ތިބޭ މީހުންގެ ފަލްސަފާ. އެމީހުންނަށް ދެން ވެރިކަން ހޯދުމަށް އޮތް އެންމެ ކުރު އަދި ފަސޭހަ މަގު. އެހެންވީމާ މީގެ ދެމީހުން އަޑިއަޑިން ޑީލު ހަދަނީ!!!

 27. ޗާލު

  ޕީޕީއެމް ތިއެޅީ މުޅި ހަޔާތުގައިވެސް އަޅާނެ އެންމެ ޅައެތި. ޔާމީން ދޫކުރެވިދާނެ އެކަމަކު ވެރިކަމެއް ދެން ދުވަހަކުވެސް ޕީޕީއެމަކަށް ނުލިބޭނެ. މިގައުމު ހަލާކުނުވެ، ލާދީނީ ނުވެ، އަޅުވެތި ނުވެ އޮތީ އިދިކޮޅުން ގަބޫލުނުވާތީ މިހާރު އަމިއްލަ އެދުމާހުރެ މުޅި ގައުމު ހަލާކުކޮށްލީއެވެ. އަނެއްކާ ރައީސް މައުމޫނުއަށް ވީގޮތަށް އިންޑިޔާއިން ލާރިކޮޅެއް ލިބުނީތަ. ތިމާއަށްވުރެ ގައުމު ބޮޑުވާނެކަން ހަނދާންކުރަންވީ ވަގުތުމީ. ތިކަމަކީ ހަގީގަތެއްނަމަ ޕީޕީއެމްއެމްއިން ވަކިވީމި. އަދީބުހެދި ޑީލްއިން އޭނައަށް ފައިދާއެއްވިތަ. ގައުމު ހަލާކުވެ ޕާޓީ ބައިބައިވުންނޫންކަމެއްނުވި. އެކަން ހަނދާނުގައި ބަހައްޓާތި.

 28. އެކްޓަރ

  ރާއްޖޭގެ ދައުލަތު ދަވާލުން ހުއްޓުވޭނީ ބަރުލަމާނީ ނިޒާމެއްގައި. މިހާރު މިއޮތީ ސެންޓްރަލް ޔުނިޓަރީ ނިޒާމަކީ ޚޮދު މުޚުތާރު 3 ބާރު ނަމުގަ ކަމުން ވަކި ނުވާ ނިޒާމެއް.
  ނަމަވެސް ފެޑެރަލް ޔުނިޓަރީ ނިޒާމެއް ރަގަޅުވެދާނެ. އެއީ އެމެރިކާފަދަ ޤައުމުތަކުގެ ނިޒާމު. އަބަދު މާލެއައިސް ސަލާމް ޖަހަން މިޖެހެނީ ނިޒާމުގެ ސަބަބުން ރަށްތަކަށް އަތޮޅުތަކަށް ބާރު ނުދީ އޮތީމަ. ރައީސު، ހުވާކޮށްފަ 5 އަހަރު ރައްޔިތުންނަށް ފެނިނުލާ ހުއްޓަސް މިނިޒާމު އޯކޭ ކުރެވޭނެ އެއްވެސް ކަމެއްނެތް..
  މިސާލު މިއޮތްފަދަ ބޮޑް ބަލި މަޑުކަމުގައި ރ.އާއި ވަޒީރުން ހަނު ނުފެނޭ.. ހުރިހާކަމަކަށް އަންޑަ ސެކްރެޓަރީ މަބްރޫކް.
  ބަރުލަމާނީގައި ބޮޑް ވަޒީރު ކޮންމެ ދުވަހަކު ރައްޔިތުންނަށް ޖަވާބު ދާރީ މަޖްލިސްގަ ވާންޖެހޭނެ...ފިލާ ނޮއޮވެވޭނެ.. ސަރުކާރު ވެއްޓިދާނެކަމުގެ ބިރު އަބަދު އޮންނާނެ....

 29. ބޯޖަލީލު

  މަޖިލިސް އުވާލަން ވެއްޖެ މިހާރު ނަސީދު ދުއްޕާން މާބޮޑުވެއްޖެ

  2
  2
 30. ޟަން

  ޔާމީން ދޫކޮށްލާތޯ ބޮޑުވަޒީރުކަން ނުކުރެވިގެން އުަޅޭ އަންނި އާއި ޑީލެއްހަދާލަނީ.

 31. ޟިނާ

  ޢަންނި މިހާރުވެސްބުނެފި ޔާމީން އެކަނި ޖަލުގަ އޮތުމަކީ އިނސާފެއް ނޫނޯ. ޢެހެންވީމަ އެބައިނގޭ ވާން މިއުޅޭގޮތް. ޖާބިރުވެސް ހަމަ އެހެން. ޙުރިހާއެންމެންވެގެން ރައްޔިތުން ގުނބޯ ހައްދައިނިމިއްޖެ.

 32. އަންބޮޑިބޮޑުކުރުން

  ރާއްޖޭގައި އެބަ އުޅޭތޯ ވެރިކަމެއް ކުރަން ދަންނަ ބަޔަކު.