ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު ފަރާތްތަކުން މަޝްވަރާ ކޮށްފައި ނުވާކަމަށް، ބަރުލަމާނީ ނިޒާމެއް ގެންނަން ތާއިދު ކުރައްވާ، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، އަދި މިހާރު އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ކަން ކުރައްވާ އާދަމް ޝަރީފް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ރޭ ދެއްކެވި ވާހަކަފުޅު އިތުރަށް ސާފުކޮށްދިނުމަށް މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުން އެއީ އޭނާ އަށް ފެންނަ ގޮތް ކަމަށެވެ.

ނަމަވެސް އިދިކޮޅުން ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރަން މަޝްވަރާ ނުކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑު ފޯކަސް އޮތީ ރައީސް ޔާމީން މިނިވަން ކުރުމަށް." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ރޭ ވިދާޅުވީ ސަރުކާރު ބަލިކަށިވެ "އެންމެ ފަހުން ސަރުކާރު ބައިބައިވެއްޖެ" ކަމަށާއި އެހެންކަމުން މިހާރު ރައްޔިތުންގެ އިތުބާރެއް ސަރުކާރަށް ނެތް ކަމަށެވެ. ދެން އޮތީ، "މިޑް-ޓާމް އިލެކްޝްން" އެއް ބޭއްވުން ނުވަތަ ޕާޓީ ބަދަލުނުކުރެވޭ ގޮތަށް ޤާނޫނު ބަދަލުކޮށް، ބަރުލަމާނީ ނިޒާމަކަށް ރިފެރެންޑަމް އަކަށް ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ރާއްޖެ އަށް ބަރުލަމާނީ ނިޒާމެއް ގެންނަން ތާއިދު ކުރެއްވިއިރު، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވެފައި ވަނީ ރާއްޖެ އަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ޤާނޫނު އަސާސީ އިސްލާހް ކުރި ދުވަސްވަރު، ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބަލަން އާއްމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. 2007 ވަނަ އަހަރު ނެގި އެވޯޓްގައި ރައްޔިތުންގެ ގިނަ ބަޔަކު ބުނެފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޭފުޅުންނޭވޭ މިހާރު އަދި ރަނގަޅު ޚިޔާލަކަށް އަދި ރަނގަޅު ކަމަކަށް ތާއީދު ތިޔަކުރެވުނީ، މިގައުމުގެ ވެރިކަން ހިންގަންޖެހެނީ އިންޑިއާ އާއި އެއްގޮތަށް، މިގައުމުގައި ހަމަ ހިންގަންޖެހެނީ ބަރުލަމާނީ ސަރުކާރެއް، އެއީ މިގައުމަކީ އންޑިއާގެ އަވަށަކަށްވާއިރު އިންޑިއާގައިވެސް ހިންގަނީ ބަރުލަމާން ސަރުކާރެއްވިއްޔާ

    5
    12
  2. އިބްރާހިމް މުއްތަލިބް

    މަޝްވަރާކޮށް އެއްބަސްވެގެން ގާސިމް ބަޔަށް ގެންނަން ރޭވިގިތަކީ އާއިޝާ ގެ އިތުބާރު ނެއްކަމަށް މަޖިލީހުގައި ވޯޓް ނެގުމުގެ މަސައްކަތް ތިބޭފުޅުންނާއި ނަޝީދު ފެކްޝަނުން ފެށުން. ދެން ޤާސިމް އާއެކު ބަރުލަމާނީ ވޯޓަކަށް އަވަހަށް ދިއުން. ބަލަ ހިޔަޅަކަށް އެހީތެރިވާނީވެސް ހިޔަޅުން ވަގުން، ޤަވްމު ދިރުވާލާ ޤާނޫނު އަސާސީ އަށް ފައިން އަރާ ސްޕްރީމް ކޯޓް ފުރާޅުނެގީ ތިއާދަމް ޝަރީފް ގެ އަމުރަށް ނޫންތޯ؟ ރައްޔިތުން ހެވަކަށް މިވެރިން ނޭދޭނެ.

    7
    3
  3. ޒަބީބު

    ޝަރީފު އެވިދާޅުވީ ތެދެއް. އެފަދަ މަޝަވަރާއެއް ޕާޓީގެ ކައުންސިލްގައި ރަސްމީކޮށެއް ނުހިނގާ! އެ މަޝްވަރާތައް ހިނގަނީ ރައީސް ޔާމީން އާއި ރައީސް ނަޝީދު އާއި ދެބޭފުޅުންގެ ދެމެދުގައި ސިއްރިއްޔާތުގައި! އެއީ އަޑިއަޑިން ހިންގޭ ޑީލްއެއް. އެއީ ދެބޭފުޅުންގެ މިއުޗުއަލް ބެނިފިޓް އަދި އިންޓްރެސްޓުގައި ކުރެވޭ މަޝްވަރާއެއް. އެއީ ޕީއެންސީ އާއި އެމްޑީޕީ ގެ ކައުންސިލް އާއި އާއްމު މެމްބަރުންގެ ލާބައާއި މަމްފާއަށް ކުރެވޭ ކަމެއް ނޫން. އެކަމަކު ކަން ނިންމާނީ ދެޕާޓީގެވެސް އާއްމު މެމްބަރުންގެ ނަމުގައި.

    ރައީސް ނަޝީދާއި ޔާމީންގެ އިތުރު ތައާރަފެއް ދިވެހިންނަކަށް ބޭނުމެއް ނުވާނެ. އެ ކޮންބައެއކަން ދިވެހިން ވަނީ ވަރަށް ރަންގަޅަށް ދަސްކޮށްފަ. ދެމީހުންނާއި ވެސް ރައްޔިތުން ވެރިކަން ހަވާލުކުރި. ކަންކުރި ގޮތާއި އުޅުނު ގޮތް އެއޮތީ ފެންނަން.

    އަނެއް ކޮޅުން އެމްޑީޕީ ތެރޭގައި ހަޤީޤަތުގައި ނަޝީދު ނޫނަސް އެހެން ލީޑަރުން ތިބިކަން މިހާރު އެމްޑީޕީ ގެ އާއްމު މެމްބަރުންނަށް ވެސް ވަނީ ކަށަވަރު ވެފައި. ބަރުލަމާނީ ނިޒާމުގެ ސުވާލު އުފެދިގެން އުޅެނީވެސް އެހެން ވެގެން.

    ނަޝީދަށް ވަރަށް ގިނަ ފުރުސަތު ދެވިއްޖެ. އެކަމަކު މުޅިންވެސް ވީ ފެއިލް. ފުރަތަމަ 2008 ގައި ހޮވުނީމަ އިސްތިއުފާ ދީފި، ދެން 2013 ގައި 3 ބުރަށް ވޯޓު ލައިގެން ވެސް ރައްޔިތުން ބަލައިނުގަތުމުގެ ސަބަބުން ނުހޮވުނު. އެމްޑީޕީ އިން ނަޝީދު ނޫން އެހެން ލީޑަރެއް ދެއްކީ 2018 ގައި އެކަނި. އެފަހަރު ރާއްޖޭގެ ތާރީޚުގައި އެއް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން ރައްޔިތުން ދިން އެންމެ ބޮޑު އަޣުލަބިއްޔަތާއިއެކު ރައްޔިތުން ވަނީ ރައީސް ސޯލިހު ހޮވައި އިންތިޚާބު ކޮށްފައި. ދެން އެމްޑީޕީ މީހުން ނަޝީދު ފަހަތުން ދުވަން ޖެހޭ ސަބަބެއް ކޮބާ؟

    ޕާޓިގައި އިބޫގެ އިތުރުން ޤައުމު ހިންގޭވަރުގެ އެހެން ޅީޑަރުން އަދިވެސް އެބަތިބި. ކޮންމެހެން ނަޝީދާއި ޔާމީންގެ އުފަލަކަށްޓަކައި ރައްޔިތުނގެ ޓެކްސް ފައިސާ ޚަރަދުކޮށްގެން ބަރުލަމާނީ ގެނެސްގެން ނަޝީދު ނޫނީ ޔާމީން އަށް ވެރިކަން ހޯދާދޭން އުޅޭކަށް ނުޖެހޭ!

    9
    1
  4. ދަރަނި ދަންތުރަ

    ގައުމު އިތުރަށް ހަލާކުކުރަން ތިޔައުޅެނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ވެގެން ބަރުލަމާނީ ގެންނަން ތިޔަރާވަނީ ރައްޔިތުން ނިންމީ ރިޔާސީ ނިޒާމަކަށް ވެރިކަން ކުރަން މިގައުމުގައި ކުރަންވީ ކަމަކީ ސިޔާސީ ޕާޓީ ތަށް އުވާލަންވީ ...

    17
    1