ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މާސްކް އަޅުއްވައިގެން ވާހަކަ ދައްކަވަން އުނދަގޫވެގެން މެމްބަރުން ޝައްކު ކުރެއްވިޔަސް، އެކަމުގައި ދުލެއް ދެއްވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ކުއްލި ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނަޝީދު ބޭނުންފުޅުވީ، ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ. މީގެކުރިން މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އޮންލައިންކޮށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުން މާލަމުގައި ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ.

ޖަލްސާގައި ބަހުސް އަށް ހުޅުވާލި ފުރުސަތުގައި ބައެއް މެމްބަރުން ވަނީ މާސްކް އަޅުއްވައިގެން ވާހަކަ ދައްކަވަން ޖެހޭތީ އުނދަގޫވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒާއި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް އެކަން ފާހަގަކުރެއްވިއެވެ. އަދި އަލީ ނިޔާޒާއި ސަލީމްގެ ވާހަކަ ކުރިއަށް ނުގެންދެވިގެން އިރުކޮޅެއް ވަންދެން ހުއްޓާލަން ޖެހުނެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. ހުރިހާ މެމްބަރުން ވެސް ތިއްބެވީ މާސްކް އަޅުއްވައިގެން. --- ފޮޓޯ: މަޖިލިސް

"ހަގީގަތުގައި ވެސް ވަރަށް އުނދަގޫވޭ މާސްކް އަޅައިގެން ވާހަކަ ދައްކަން. އެހެންވެ ކުޑަ ހުއްޓުންތަކެއް އަންނަނީ،" ސަލީމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ މާސްކް އަޅުއްވައިގެން ވާހަކަ ދައްކަވަން އުނދަގޫވާ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، މެމްބަރުން ވާހަކަ ދައްކަވަން އިތުރު ވަގުތު ދެއްވަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މާސްކް އަޅައިގެން ވާހަކަ ދެއްކުމުގެ ހުނަރު އަޅުގަނޑުމެންނަށް ލިބޭ. އަޅުގަނޑު ލަފާ ކުރާ ގޮތުގައި މިއަދު ނިމޭއިރު، އަޅުގަނޑުމެން މިކަމަށް ވަރަށް ބޮޑަށް ތައްޔާރަށް ތިބޭނީ. އަޅުގަނޑު އެބަ ބަލަން ޓެކްނިކެއް ލިބޭތޯ،" ނަޝީދު ވިދާޅުވިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. ހުރިހާ މެމްބަރުން ވެސް ތިއްބެވީ މާސްކް އަޅުއްވައިގެން. --- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަނުން މަޖިލިހަށް ފޮނުވި ސިޓީގައި ފުރަތަމަ އޮތީ މެމްބަރުން މާސްކް އަޅައިގެން ތިއްބަވަން ޖެހޭނެ ކަން އަންގާފައިވާ ކަމަށެވެ.

އެކަމަކު، ދެ ވަނަ އަށް އެޗްޕީއޭ އިން ފޮނުވި ސިޓީގައި އެ ބައި އުނިކޮށްފައިވާތީ ވާހަކަ ދައްކަވަން އުނދަގޫވާ މެމްބަރުން މާސްކް ނަގައިގެން ވާހަކަ ދެއްކެވުމުގެ ފުރުސަތު ދޭން ވާނެ ކަމަށް ވިދާޅުވިއެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ މާސްކް އެޅުމާ ގުޅޭ ގޮތުން ޑޮކްޓަރުންގެ ލަފާ ހޯދި އިރު، އެ ބޭފުޅުންގެ ލަފަޔާއި އިރުޝާދަކީ ބަދަލުވާ އެއްޗެއް ކަމަށެވެ. އެއީ މި ބައްޔަކީ ކޮން އެއްޗެއް ކަން، ޑޮކްޓަރުންނަށް ސާފު ނުވާތީ ވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނީ. ހުރިހާ މެމްބަރުން ވެސް ތިއްބެވީ މާސްކް އަޅުއްވައިގެން. --- ފޮޓޯ: މަޖިލިސް

"އެންމެ ފުރަތަމަ ޑަބްލިއުއެޗްއޯ އިން އިރުޝާދު ދެމުން ދިޔައީ މާސްކް އަޅާނެ ކަމެއް ނެތޭ. އެތައް ޑޮކްޓަރުންނެއް އިރުޝާދު ދެމުން ދިޔައީ މާސްކް އަޅާނެ ކަމެއް ނެތޭ. އެކަމަކު މިއަދު ބައެއް ގައުމުތަކުގައި ގާނޫނީ ގޮތުން އެބަ މަޖުބޫރު އެބަ ކުރޭ މާސްކް އެޅުމަށް. ދެން ބައެއް ބޭފުޅުންގެ ނަޒަރުގައި މާސްކް އެޅީމަ ނިމުނީ. ދެން އެހެން އިތުރު ކަމެއް ކުރާނެ ކަމެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މާސްކް އެޅުމާ ގުޅޭ ގޮތުން އެޗްޕީއޭ އަށް ލުޔެއް ދެއްވީ ކީއްވެކަން އެނގިވަޑައިގަނުގަންނަވައެވެ. އެކަމަކު، ޖަލްސާގައި ވާހަކަ ދައްކަވާ އިރު، ކޮންމެ މެމްބަރަކު ވެސް މާސްކް އަޅުއްވައިގެން ތިއްބެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"މެމްބަރަކާ ކައިރީގައި، ގާތުގައި މެމްބަރަކު ނެތް ކަމަށްވާ ނަމަ، އަޅުގަނޑަށް ހަމަ ބޮޑަށް ރަނގަޅީ މެމްބަރުން މާސްކް އަޅުއްވައިގެން މިކަން ވޭތޯ އަޅުގަނޑުމެން ބެލުން. މިހާރު ހަދަން ޖެހޭ ގޮތަކީ އެހާ ބޮޑަށް އަނގައިގެ ހަރަކާތް ބޮޑު ނުކުރާންވީ. އަޅުގަނޑަށް ފެންނަ ގޮތުގައި މިއަދު ނިމެންވާ އިރަށް މިކަން ވަރަށް އޮމާންކަމާ އެކީގައި ކޮށްލެވޭ ބަޔަކަށް ވާނެ،" ނަޝީދު ވިދާޅުވިއެވެ.

"މޫނުގެ ހަރަކާތްތައް ވީހާވެސް ހުރި ގޮތަށް ބަހައްޓައިގެން ހިންގޭތޯ އަޅުގަނޑުމެން ބަލަންވީ،"

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ރައްޔިތުން

    ކަލޯތިހެންތަޅުވަމުންގޮސް ބަރުލަމާނީ ބަޓަނަށް ފިއްތަވާފަ ބޮޑުވަޒީރުކަން ދަމައިގަނެ އަހަރުމެން ވޯޓުދީގެން ހޮވި ހިންނަވަރު މީހާ އެއްލާލާތި. ޢެއަށްފަހު ޖަލުހެ ތޭރި ދުއްވާލުމަށް ފަހު އެއްކަލަ ޑީލުދަށުން ޔާންޓެ މިނިވަންކޮށް ދައުލަތް މިލްކުވެރިކަން ސާބިތުކުރާށެވެ. ރައްޔިތުންތިބޭނީ ފެތުރެމުން މިދާ ވަބާގެ މާޔޫސް ކަންމަތީގައެވެ. ނަމަވެސް ބުއްދިސަލާމަތުންނެވެ. ދެރައީ ގޮނޑީގަ އިށިންނަތާ މަދު ހިނދުކޮޅެއްތެރޭ މާޒީ އިއާދަވާން ފެށުމެވެ. މައްސަލައަކީ އަންނެސެސަރީ ޓުވިސްޓްތައް ގިނަވުމެވެ. ޜައްޔިތުން ތިބީބަލާށެވެ.

    48
    4
    • ޔަމްލަމް

      ރައްޔިތުން ޖެހޭނީ ބަލަބަލާ ތިބޭ ކަށްނުން.. ކަން ކޮއް ނިންމާއިރުވެސް. ރައްޔިތުންގެ ބާރެއް މިހާރު އެބައޮތްތަ.؟

      17
      1
  2. ކިބޫ

    އެއްމެފަހުން ނަޝީދު ބޭނުންވިގޮތަށް ޖަލްސާ ބާއްވަން ހުއްދަ ދޭންޖެހުނީ!

    63
    1
    • ޖަލާލް

      ބަލަ އެ ަމނިކަށް އޮންލައިންކޮން ވާހަކަދައްކަން ނޭގެނީތަ މި ގައުމުގަި ހުރި ބޮޑު އިބިލީސް

      19
  3. ބަރުލަމާނީ

    އަޅެފަހެ ނަޝީދު މިއީ މަތިން ފައިބާފަ ހުރި މީހެއްތަ؟

    65
    2
  4. ދަރަނި ދަންތުރަ

    ނަސީދަކީ ގަވައިދަކަށް ގާނޫނަކަށް ތަބާވާ މީހެއްނޫން ގާނޫނު ތަންފީޒުކޮށް ނަގަހަޢްޓަށް ހުރީ އިބޫ އޭގަނެތް ހިއްވަރެއް 65 މެންބަރުންދެކެ ބިރުން....

    31
    3
  5. މައިސް

    މީގައުމައްޖެހިމަހުރި ބަލިމަޑުކަމެއް. މުކަމުން ސަާމަތްވޭތޯ މާތްﷲ ގެ ހަޒްރަތުން ދުވާކުރަން

    28
    2
  6. ހައްވަ

    ދަރުބާރުގޭގަ ބައްދަލުވާ ޓާސްކް ފޯރސް އާ ކެބިނެޓު މިނިސްޓަރުންތައް ތިބެނީކީވެސް މާސްކް އަޅައިގެނެއްނޫން.

    17
    2
  7. ޙަސަނު

    ހަމަ މިގޮތައް މާސްކް އަޅައިގެން މިސްކިއްތަކުގަ ޖަމާއަތުގަ ނަމާދުވެސްކުރެވޭނެ

    27
    2
  8. ރޯނު އެދުރު

    ހަބަރު ސުރުހީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަކުން ޖާގަ ނުލިބި އެންމެ ދުވަހެއްވެސް ދިއުން އެއީ ހިތަށް ތުރާ ދޭ ކަމެއް. އެހެން ވީމާ އެއުޅެނީ. ޑޮކްޓަރުންނަށް ވާނުވާ ނޭނގުނަސް ހެވެއްނު ނަޝީދު އުޅެނީ މާވެގަނެގެން ވިއްޔަ. ރޯނު އެދުރު. އަނގަ މަޑު ކޮށްގެން ގޭގަ ހުރެބަލަ. ހީވަނީ ބަލި ނުފެތުރިގެން އުޅޭހެން. މަޖިލިސް މެންބަރަކު އަދި މިގައުމުގަ ޕޮޒިޓިވް ވެ ހަބަރަކަށް ނާރާ ވިއްޔަ އެހެނވެ ތޯއްޗެ މިއުޅެނީ. ހާދަ ފޫއްސެއް ވެޔޭ. ގައުމުގެ ހަލާކު ނަޝީދު މީ

    18
    2
  9. މަބޭ

    ގޮތްދޫނުކުރުމާ ހަރުކަށިކަންދެއްކުމް އުފެދުމުގައިވާއައިބުކަމެއް

    20
    2
  10. ހިޔާލު1

    މެމްބަ ރުން އެޑްމެޓްކު ރުވަން ނޫޅުއްވާ

    13
    2
  11. ރޯދަ މުބާރިކް

    މި ހުރީ އެޗްޕީއޭ އިރްޝާދާއި އެއްގޮތަށް ގޭގައި! ޢެކަމަކު ވެރިން ވަބާ ތެރޭވެސް ވީ އައި ޕީ މި ވަނީ! ކީކޭ ދެން ބުނާނީ! ޢެއްބޭފުޅަކު ބަންދު ކުރށްވާއިރު އަނެކަކު ހުޅުވަނީ!

    16
    2
  12. ކުރިޔަށް ކުޅޭ ހަކުޅި

    މިކަލޭގެ މިއުޅެނީ އަނެއްކާ ކޮންތަކަށް އުނޅިބާނަށްބާ!

    21
    2
  13. ޙަސަނާ

    ނަސީދު ބޭނުމިއްޔާ ތިކިއާ ބަރުލަމާނީވެސް ހަމަގެންނަންވީ އެކަމާރައްޔިތުންވެސް އޯކޭ ރައީސްމީހާވެސް އެންމެހިދުކޮޅަކައްވެސް ހަދާނުން ނައްތާނުލާތި ތިމަގާމަކީ ތިމާއައް ނަސީދު ދިނީމަ ލިބުނު މަގާމެއްކަން އަދިބުނަން ރުޅިއަޔަސް ފުފުނަސް މިގައުމުގަ ނަސީދު ބޭނުން ނޫންކަމެއް ނުހިންގޭނެ އަދި ބޭނުންވާ ކަމެއް ނުކުރެވިވެސް ނުހުންނާނެ..ވަރައްސަލާމް

    6
    27
    • ޝައިޚާން

      ނަސީދު ބޭނުންވާއިރައް ކޮވިޑެއް ވެސް ނުފިލާނެ.. ނަޝީދު ބޭނުމެއް ނުވި ވެރިކަން ވެއްޓޭކަށެއްވެސް އެކަންވެސް ވި. .. ނަޝީދު ބޭނުމެއް ނުވި އޭނާ ނޫންމީހަކު ބުރިޖު މާލެ އެޔާޕޯޓާއި ގުޅާކައް.. އެކަން ވެސް އޭނާއަކައް ނުވި.. ނަޝީދު ބޭނުމެއް ނުވި ޔާމީން ވެރިކަމައް އަންނާކައްވެސް އެކަންވެސް ވީ.. ވީމާ މީގެން ޙަސަނާއަށް ލިބެނީ ކޮންފިލާވަޅެއްތޯ.؟

      11
  14. އެމްއެމް

    ދެން މާސް ކު ނަންގަވާލާފަ ވާހަ ކަ ދައް ކާލާ.. ދައް ކާ ނިމުނީމަ ފަހުން އަޅާނީ.. މިހާރު މަޖިލީސް އެތެރޭ އަނެއް ކާ ވައިރަސްގަނޑު އުތުރިއަރައަރާ ކަންނޭނގެ ހުންނާނީ.. ހުރިހާމެމްބަރުންވެސް ނި ކަން ގަދައަށް ބަހުސް ކުރަންވާނެ.. އަތާފައިން ހަރަ ކާތް ކުރަމުން..

    12
  15. ފަރީދާ

    މީނައަކީ ގާނޫނެއް ގަވައިދެއް ހިގާމީހެއްތަ ގޮތެއް ފޮތެއް އުޅުމެއް އަދަބެއް ސަދަބެއް ހުރި މީހެއްނޫން ތަނެއްގަ ހުރި ޖާހިލެއް މި ކަހަލަ ކިތައްމެ މީހުނެއް ވަނީ މީގެ ކުރިއްވެސް ފާޅުވެފަ އެކަހަލަ މީހުންގެ ނިމުން ވަރަން ހިތިވާނެ ދުނިޔޭގަތިބި ބަޔަކަން ފެންނާނެ

    13
    • މުހަންމަދު

      އޭނާގެ މައްޗައްވެސް މާތްރަސްކަލާންގެ ލައްވަވާފައިވާ ގުދުރަތުގެ އިލާހީ ގާނޫނު ހިނގާނެ.. އެހެން މީހުންނެކޭވެސް އެއްގޮތައް މި ދުނިޔޭގައި އޭނާއަށް ދިރިއުޅެން ދީފައިވާ ވަގުތުކޮޅުގައި ކައިބޮއެ ހަދާފަ ފަނާކުރާ ތަކެއްޗާއި އަދި ފަސް ކުޅަނދުން ލިބިގަތް އެއްޗެއް މެނުވީ ނުވޭ. ދެން އެޔައްފަހު ވަގުތު ޖެހުމާއި އެކި ހަމަ ކޮންމެ މީހަކުވެސް ކައްވަޅައް ގެންދަވާ އުސޫލުން ކަށްވަޅައް ގެންދެވޭނެ.. އަދި ފުރިހަމަ އަށް ސުވާލު ކުރެވި އޭނާ ކިރުކަމެއްގެ ފޮނި ނުވަތަ ހިތިކަމުގެ ޖަޒާދެވޭނެ. ޖައްބާރުންނައް ވެގެންތިބެ ދުނިޔެދޫކުރާ މީހާއަށް އޮތީ ވޭންދެނެވި ޖަޒާ. ކިބުރުކަމާއި ބޮޑާ ކަމާއި މީސްތަކުންގެ ހައްގުތަކައް އަރައިގަތް މީހާއަށް އޮތީ ވޭންދެނިވި ޖަޒާ.. ދޮގުހަދައި އޮޅުވާލައި ކައްޒާބުންގެ ގޮތުގައި ދުނިޔެ ދޫކުރާ މީހާއަށްއޮތީ ވޭންދެނިވި ޖަޒާ.. އެމީހަކު ކުރި އަމަލެއްގެ ޖަޒާގެ ރަހަ ނުދެކޭނެ އެކަކުވެސް ނުހުންނާނެ އަދި
      މާޒީއަކުވެސް ނުވޭ.. އެއީ ޖައްބާރަކަސް..ރަސްކަލަކަސް.. މަހުޖަނަކަސް..ފަގީރަކަސް..އަޅަކަސް..ނޫސްވެރިޔަކަސް..ރައީސަކަސް...އަދި ތަގުވާވެރިޔަކަސްމެވެ. ވީމާ ގާނޫނު ހިނގާނެ. އަދި ފުރިހަމަ އިންސާފު ލިބޭނެ.

  16. ޒަމް

    މަޖިލީހުގެ ފާފައިގެ ތަޅުންގަނޑު..

  17. އާރިފާ

    މަރުމޯލު

  18. ރަޖާ

    މަނިކުފާނު ވިދާޅުވިއެއްނޫންތޯ ހުންނާންނަނީސް ރަޖާ ލާކަށް ނުޖިހޭނެއޭ މިހާރު އުދަނގޫ ޙާލަތުގައިވެސް މާސްކު އަޅައިގެން ތިއައިންނެވީ އަނެއްކާ ކޮވިޑް ޖެހުނީތޯ ޤައުމުގެ ހަލާކު

  19. ޖައްސާތި

    ގާނޫނުއަސާސީ އިސްލާހުނުކޮށް ނުވަ ކަމަކާއެކު އިންތިގާލީ ގާނޫނެއް ހަދަން ހުށަހަޅައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ....

  20. މަހަށްދޭބަލަ

    ތަމެން ހަމަ ޖެހޭނީ މަހަށް ދާން ސަރުކާރު ވެސް ހޭރި ހޭރި އޮތްވާ އެއޮތީ މަޖްލީހުގެ ޖަލްސާ ތައް ބާއްވާަފައި އެޗްޕީއޭ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ....

  21. މަހަށްދޭބަލަ

    ކޮބާ ލޮކްޑައުނޭ މެންނޭ ތަމެންނަށް ފެނޭތޭ ލޮކްޑައުން އޮޅާލާފައި އެއޮތީ މަޖްލީހުގެ ރައީސް ބޭނުން ވުމުން މަޖްލީހުގެ ޖަލްސާ ބާއްވާފައި ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ..