ކޮވިޑް-19 އާ ގުޅިގެން ކަރަންޓީންގައި ނުވަތަ މޮނިޓަރިން ހާލަތަށް ގެނެއި ގެތަކެއްގައި ރައްޔިތުންގެ މަޖިލިހުގެ ފަސް މެމްބަރަކު އެބަތިއްބެވި ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިހުގެ ޖަލްސާގެ ހާޒިރީ އިއްވަވައި ދެއްވައި ނަޝީދު ވިދާޅުވީ ޖަލްސާ ފެށިއިރު، 47 މެންބަރުން ހާޒިރުވެވަޑައިގެންނެވި ކަމަށެވެ. ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ހުރިހާ މެމްބަރުންނާއި އިދާރީ މުވައްޒަފުން ތިއްބެވީ މާސްކް އަޅުއްވައިގެންނެވެ.
އަދި މޮނިޓަރިން ހާލަތަށް ގެނެސްފައިވާ ގެތަކުގައި ފަސް މެމްބަރުން ތިއްބެވި އިރު، އެ މެމްބަރުންނަށް ޖަލްސާ އަށް ވަޑައިނުގެންނެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަލާމްގައި ތިން މެމްބަރަކު ތިއްބެވިއެވެ.
ކަރަންޓީންގެ ހާލަތުގައިވާ ގެތަކުގައި ތިއްބެވީ ކޮން ފަސް މެމްބަރުން ކަމެއް ނަޝީދު ވިދާޅެއް ނުވެއެވެ.
ރާއްޖެއިން ކޮވިޑް-19 އިން ފެނިގެން މިދިޔަ މާރިޗް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. އެހެންވެ، މިއީ މާލެ ފުރަބަންދުކޮށްފައި އޮއްވައި މަޖިލިހުގެ އިދާރާގައި ޖަލްސާ ބާއްވާ ފުރަތަމަ ފަހަރެވެ.
ކުއްލި ގޮތަކަށް މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބާއްވަން ނަޝީދު ބޭނުންފުޅުވީ، ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނުއަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ.
މީގެކުރިން މަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އޮންލައިންކޮށް ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި މެމްބަރުން މާލަމުގައި ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ.
އެހެންވީމާ ލޮކްޑައުން މިނިމުނީ ...ކޮންމީހަކަށްވެސް އެމީހަކު ބޭނުން ކަމަކު ބޭނުންތަނަކަށް ދެވޭނެ، އެކަމަކުވެސް ރައްޔިތުންނޭ ބޭކާރުގޮތުގައި ނަމަ ނަމަ ބޭރަށް ނުނުކުންނާތި! އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހަކު. މީވާ ގައުމެއް
މޯލްޑިވުސް ނަމްބަރ ވަން ބޯ ބުރާންތި ނަސީދު
ބަލަ ތިހެން ބުންޏަސް އެމީހުންބައިވެރިނުވާކަމުގެ ޔަޤީންކަން ރައްޔިތުންނައް ކުރެވެނީ ކިހިނެއް ކަލޭ ނަމެއް ނުބުނަމެއްނު މުޅިންވެސް ރައްޔިތުންނައް އޮޅުވާލުމާއި ރައްޔިތުން ވާވެއްދުން
އެމީހުން ގޭގަ ބައިތިއްބާ؟ ބާކީ މީހުން ޖަލްސާ އަށް ދާނީ. ކަރަންޓީނުގަ، ބަލިވެ މަޖިލީހަކަށް ދާކަށް ނުޖެހޭނެ.
ނަޝީދަކީ މުޅިން ޖަމަޖެހޭވާހަކަ ދައްކަވާ ބޭފުޅއައނޫން
އޮން ލައިން ކޮށް އަދި ފޯނުގެ ޒަރީއާ އިން ވިޔަސް ޖަލްސާ ގައި އެމެންބަރުންގެ ބައިވެރިވުން ނެތި ނިންމާ ނިންމުމެއް ސައްހަ ނުވާނެ.