އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ މަޖިލީހުގެ ދެ ކޮމިޓީއެއް ގުޅިގެން ބަލަން ނިންމައިފިއެވެ.

ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި ޝަރީއަތް ކުރުން ލަސްވާން މެދުވެރިވާ ސަބަބުތައް މަޖިލީހުން ހޯދައި ދެނެގަތުމަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް މުއިއްޒެވެ.

މުއިއްޒު، އެ މައްސަލަ ފޮނުއްވީ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށެވެ.

މި ދެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ ދެ ކޮމިޓީ ގުޅިގެން، ޖޮއިންޓް ކޮމިޓީއެއްގެ ގޮތުގައި އެ ކަން ކުރިއަށް ގެންދަން ގިނަ މެމްބަރުން ވަނީ ތާއީދު ކުރައްވައިފައެވެ. އެހެންވެ، ދެ ކޮމިޓީގެ މުގައްރިރުން މަޝްވަރާ ކުރެއްވުމަށް ފަހު، ގުޅިގެން އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި މަރުތަކުގެ މައްސަލަތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ސާފުކުރަން ކޮމިޓީން ނިންމިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލުގައި ހުންނެވުމަކީި އިންސާފެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނާ

    މި ސަރުކާރުގެ ވަޢުދުތަކުން ހަމައެކަނި ނުފުދިވާ ވަޢުދުތައް ފުއްދަން މަޖިލީސް އުޅޭވަރު ނިކަންދެކިބަލަ! މިއުޅެނީ ނަޝީދުގެ އަމިއްލަ ބޭނުންގަނޑެއް ނުފުދިގެން ލޮކްޑައުންގެ ޤަވަޢިދާ ޚިލާފަށް މަޖިލީސް ހުޅުވުން މީނާގެ އުފަލަކަށް ހަދައިގެން ފިސާރިދޮގުވެރިބައެއްމީ

    6
    1
  2. ދަރަނި ދަންތުރަ

    ސޫދު ކޮމިސަނަށް ދިވެހިންގެ ހަޒާނާ އިން ދެވުނުވަރު މަދުވީ އަނެއްކާ އަނެއް 2 ކޮމިޓީ ކޮންމެ ކޮމިޓީ ޔަކަށް 32 ބިލިޔަން ދީ ، 3 މަސް ފަހުން ތިޔަ ކޮމިޓީން ކުރި ކަންތަށްތަށް ބަލަން އަނެއްކާ އިތުރު 3 ކޮމިޓީ ކޮމިޓީޔަކަށް 32 ބިލިޔަން ހަޒާނާ ދަވާލަން މޮޅު ބައެއް މިއީ ސާބަސް އިމްތިޔާޒު ފަހުމީ ހުރިހާ ގިންތިޔަކަށް ވަށްކަން ފެތޭ...

  3. ޙަސަނާ

    ނޫނޭ ތިޔަހުރިހާކަމަކައްވެސް ވަނީ ހިތްހަމަޖެހޭވަރައް އިންސާފުލިބިފަ ޔާމިނު ޖަލައްލެވުމުން މަރުތަކުގެ އާއިލާތަކައްވެސް އިންސާފުލިބި އެތިބީ އުފަލުން އަޑުއެހިން މިރައްޖޭގަ ގޭންގުހިންގާ މީހުންމަރާ ޑުރަގުއެތެރެކޮއް ޑުރަގުވިއްކާ ވައްކަންކޮއް އުޅެނީ ޔާމިނޭ ކިއާ އަޑު ވީމަ އޭނައެހުރީ ޖަލުގަ ދެން ކޮން އިންސާފެއްތޯ ނުލިބިގެން ތިއުޅެނީ...