ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތުގެ ދަށުން 200 މީހަކު މިއަދު ފޮނުވާލައިފިއެވެ.

އެ މީހުން ފޮނުވާލީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައެވެ. ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ފޮނުވާލި މީހުންގެ ތެރެއިން 111 މީހުންނަކީ ސައްހަ އެއްވެސް ލިޔެކިޔުމެއް ނެތި ރާއްޖޭގައި އުޅެމުން ދިޔަ ބައެކެވެ.

މީގެ ކުރިން ވެސް ބަންގްލަދޭޝްގެ 1،000 އަށް ވުރެ ގިނަ މީހުން ގައުމަށް ފޮނުވާލާފައި ވެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް އިންޑިއާ އާއި ބަންގްލަދޭޝްގެ ގިނަ ބަޔަކު ވަނީ ގައުމަށް ފޮނުވާލައިފައެވެ.

ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ އެމީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރު، އެ ތަންތަނުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް 1395 މީހަކަށް ކޮވީޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 706 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. އަދި 142 މީހުންނަކީ އިންޑިއާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާފިޒް އަބުދުލް ގަނީ

    މީގެ ކުރިން ވެސް ބަންގްލަދޭޝްގެ 1،000 އަށް ވުރެ ގިނަ މީހުން ގައުމަށް ފޮނުވާލައިފިޔޯ މިގައުމައް އައީ ބަންގްލަދޭޝްގެ މަނަވަރަކާއި ދެފުލައިޓެއް މަނަވަރަކު ނުގެންދޭ ފުރަތަމަ ފުލައިޓްގައި ގެންދިޔަކަމައް ވަނީ 100 ވަރަކައް މީހުން ދެވަނަ ދެފުލައިޓްގައި 600ކަމަށްބަލާފަ މިއަދު200 ވީމަ ކިރިޔާ ހާހަކާމިކާރިކުރަނީ ސަރުކާރުން މިކަމުގަވެސް އޮލުވާލުމެއް އުލޭހެން ވަރައްހީވޭ މިފަސްއަހަރު ދެމިރިބެވޭތޯބަލާ ކުރިޔައްހަދާން ނަތާލާ މަވެސް މީރަތްލާޖެހި އެމްޑީޕީ މެންބަރެއް

  2. ޙަސަނާ

    މިހާރުވެސް ހަދަމުންދާ ބައެއްރިސޯޓުތަކުގަ ވެސް ފުނިފުންޔައް ތިޔަޒާތުގެ މީހުން ތައް އެއޮތީ ކޮންދުވަހަކުންތޯ އެފަދަމީހުންލައްވާ މަސައްކަތްކުރުވުންހުއްތުވާނީ އޭރުންނޫންތޯ ތިޔަކަންތައްކޮންޓުރޯލްވާނީ ކީއްވެގެންތޯ ސައިކަލުގަ ސްޓިކާހަހާފަ މަގުމަތީގަ ގަވާއިދާހިލާފައް އެތުރިފަތިބޭ ބިދޭސިން ނުހިފަހައްޓަނީ ހަމަހިފަހައްޓަންވީނޫންތޯ ހިފޭ ކޮންމެފަހަރަކު 350 ރުފިޔާ ގެ ޖޫރިމާނާ އެއްކުރާނަމަ ވޯކުވިސާ ފީވެސް ލިބުނީ ނޫންތޯ ކީއްވެތޯ އެމީހުނައްވަކި ދައުލަތައްދައްކަންޖެހޭ ފައިސާ ނުދައްކާ އުޅެވެންވީ