މިއަރު ފިތުރު ޒަކާތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރުގެ އިތުރުން ފާއިތުވި ތިން އަހަރު ދުވަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު އަދަދުތަކުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ލިބުނު އަދަދަކީ ފާއިތުވި އަހަރުތަކުގައި ލިބުނު އަދަދަށްވުރެ އިތުރު އަދަދެކެވެ.

ފާއިތުވި ތިން އަހަރު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު:

  • 2017: 4،4 މިލިއަން ރުފިޔާ
  • 2018: 4.4 މިލިއަން ރުފިޔާ
  • 2019: 5.6 މިލިއަން ރުފިޔާ

އިސްލާމިކް މިނިސްޓްރީން ހާމަކުރީ މިއަހަރު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރުން ބޮލަކަށް ޖެހެނީ 3،800 ރުފިޔާ ކަމަށެވެ. ނަމަވެސް އެއީ މިދިޔަ އަހަރު ބޮލަކަށް ޖެހުނު މިންވަރަށް ވުރެ ދަށް އަދަދެކެވެ.

މިއަހަރު މާލެއިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި 1،715 މީހަކު ރަޖިސްޓްރީ ކޮށްފައިވެއެވެ. އޭގެތެރެއިން 1،697 މީހަކަށް ވަނީ ފައިސާ ހަވާލުކޮށްފައެވެ.

ފިތުރު ޒަކާތުގެ ފައިސާގެ ތެރެއިން ފިޔަވަތި، ކުޑަކުދިންގެ ހިޔާ އަދި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 201،097 ރުފިޔާ ވަނީ ހަވާލުކޮށްފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހ

    ޒކާތް ދައްކާފަ ތިއޮތީ. ހައްދަވާނެ ގޮތެއް އެގޭނީ ތިޔަ ފަރާތަށް. މުއްސަނދިން ނަގާފަ ހުރި ލޯނު ދައްކައިދިނަސް، ބައެއް ކާލާފަ ކުޑައެތިކޮޅެއް ބެހިޔަސް، އެއްކޮށް ކާލިޔަސް އޯކޭ. 6.6 މިލިއަން ރުފިޔާ އެއީ ސީދާ ފަޤީރުންގެ ޙައްްެޤެއް.

  2. ައައްބެ

    ބޭންކްތަކާއި މުވާސަލާތީ ކުންފުނިތައް މެދުވެރިކޮށް ރާއްޖެތެރޭ މީހުންދެއްކި ފައިސާތައް އެމީހުންގެ ރަށަކަށް ނުލިބޭ. އެހުރިހާ ފައިސާއެއް އެއްކޮށް މާލޭގައިތިބި މީހުންނަށް. މިހެންވީމަ 6 މިލިޔަން ވެގެން މެޑަލްޖަހާނެ ކަމެއްނެތް.

  3. ައަދުރޭގެ މެތްސް ސަރ

    މިފަހަރު ބޭންކްތަކާއި އޮންލައިން މީޑިއަމް ތަކުން ޒަކާތް ދެއްކުމުން ޖީބުތަކަށް ފައިސާ ވަނުމުގެ ފުރުސަތު ތިކަމުގައި ވަރަށް ކުޑަކަމަށް ތިޔަ ހިސާބުތަކުން ތިދައްކަނީ