ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅުގައި، އަލުން ސްކޫލްތައް ހުޅުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެހީ ވުމަށް ނިންމައިފިއެވެ.
ސްކޫލްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާނީ ހުރިހާ ދަރިވަރުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދު ކޮށްފައިވަނީ މިދިޔަ މަހުގެ މާޗްމަހުގެ ތެރޭގައެވެ. އޭގެ ފަހުން އޮންލައިން ކްލާސްތައްވެސް އައީ ގެނެސްދެމުންނެވެ. ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުރަބަންދުގެ މުއްދަތައް ލުއިތަކެއްދީ ސްކޫލްތައް ހުޅުވުމުގެ ވިސްނުން ހުރި ކަމަށް ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ބުނީ ސްކޫލްތައް ފަށަން މިހާރު ތައްޔާރުވަމުންދާ ކަމަށާއި އަދި އެކަން ކުރާނީ ސްކޫލްތައް ރައްކާތެރިތޯ ކަށަވަރުކުރުމަށް ފަހު ކަމަށެވެ.
އެހެން ކަމުން އެޑިއުކޭޝަންގެ އިސްބޭފުޅުން ވަނީ ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރުވިންދު މާތޫރުއާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައެވެ.
މި ބައްދަލުވުމުގައި އެ ޖަމްއިއްޔާއިން ވަނީ ރާއްޖޭގެ ސްކޫލްތައް އަލުން ހުޅުވުމަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ސެނިޓައިޒް ކުރުމަށް ބޭނުން ކުރާ ތަކެތި އަދި މީހުން ތަމްރީނު ކޮށްދިނުމަށް އެއްބަސްވެފައެވެ.
HE Dr @AMATHUR1007, WHO Representative, has graciously agreed to further support the preparations for school reopening through provision of indispensable supplies, training of staff and others in preparedness and sanitization procedures. Thank you, Dr @AMATHUR1007 @WHOMaldives pic.twitter.com/vTgKAJrzoA
— Ministry of Education (@MoEdumv) May 25, 2020
އެޑިއުކޭޝަނަނުން ވަނީ ދެން ސްކޫލްތައް ހުޅުވޭއިރު ކުދިން ސްކޫލަށް ވެއްދުމުގެ ކުރިން ހުން ހުރިތޯ ބަލާނެ ކަމަށްވެސް ބުނެފައެވެ. ސްކޫލްތައް ހުޅުވާނެ ވަކި ސީދާ ދުވަހެއް ސަރުކާރުން އިއުލާނު ކޮށްފައެއް ނުވެއެވެ.
ތިޔަފިޔަވަޅު ވާންވާނީ ޥަރަޢްރައްކާތެރި ފިޔަވަޅަކަޢް
1 ދަސުގެ ތުއްތު ކުދިން ސުކޫލު މިއަހަރު ބަންދު ކުރަން ފެންނަނީ ..
1 2 ކުދިން އޮންލައިންކޮން..
ކިތައް ޓެލި ކިލާސްތޯ ވޭތުވެދިޔަ ދުވަސްތަ ކުގައި ބޭއްވުނީ މިނިސްޓރ ގާތުން އޮޅުންފިލުވާލަބަލަ؟؟؟
އެހީވަނީ - މާނަ ކުރެވެނީ އެއްޗެހިތަކެއް ދެނީކަމަށް. (އެއްޗެއް ނެތިގެން)
އެހީތރިވަނީ - އެއްޗެހިތަކެއް ނުދިނަސް އެހީތެރި ވެވިދާނެ.
ހަމަ ކޮންމެ ކަމަކަށް އެހީ ހޯދަން ޖެހެންޔާ މިހާތަނަށް ދިވެހި ރާއްޖެއަށް ލިބުނު ފައިސާ ވީގޮތަކާ، ހުރިތަނަކާ ބަލަން ވީނު. ޢޯޑިޓް އޮފީހުން މިކަމާ އުޅެއްން ވެއްޖެނު. ޖަޕާނުން އެހީވަނީ، ލަންކާއިން އެހީވަނީ، އިންޑިޔާއިން އެހީވަނީ. އަބަދު އަބަދު ކެނޑިނޭޅި. ކަމަކު ޖެހުނު ދުވަހު ދިވެހިރާއްޖޭގަ ފޮތި މާސްކެއް ގަންނާނެ ފަދަ ވެސް ބޭތެލްމާލުގަ ނެތޭ ހީވާ ހިސާބަށް ގޮއްސި.
ސްކޫލްތަށް 19.03.2020 ގަ ބަންދު ކުރީ (ސުކޫލްތަށް ބަންދު ކުރިތާ މިއަދަށް 69 ދުވަސް / ކިޔަވައިދިނީ ޖުމްލަ 9 ގަޑިއިރު (ޓެލި ކިލާހާ އޮންލައިން ކިލާހާ އެއްކޮށްލީމަ)
ލޮކް ޑައުންގެ ކުރިން 1 ނޫނީ 2 ޓެލި ކުލާސް (15 އެޕްރީލް ލޮކްދޑައުންގެ ގެކުރިން) (ދުވާލަކު ބައި ގަޑިއިރު ޖުމްލަ 1ގަޑިއިރު
ލޮކް ޑައުން އަށް ފަހު (15 އެޕްރީލް) ގެ ފަހުން 10 މޭ އިން ފެށިގެން ގޫގުލް މީޓުގަ އޮންލައިންކޮށް 2ހަފްތާ، (14 ދުވަސް ދުވާލަކު ބައި ގަޑިއިރު/ ޖުމްލަ 7 ގަޑިއިރު)
25، 26 މޭގަ ދެ ޓެލި ކުލާސް (ޖުމްލަ 1 ގަޑިއިރު)
(މިއަދުވެސް ގުރޭޑު 6ގެ ކުއްޖާގެ ފިލާވަޅުވީ ކެންސަލް)
މީ ހާރަކަށް އިރަޔަކަސް ތި ކިޔަވައިދިން އެއްޗަކީ. އެންމެ އަކުރެއްވެސް މިޔަށް ވުރެ އިތުރެއް ނުވާނެ. މީ ހަޤީޤަތަކީ. ވަގުތު މިކޮމެންޓު ޖައްސަވާލަ ދެއްވައްޗޭ.
މިނިސްޓަރު ހާދަ ފުށެއް ޖަހާފަ.