ސ. ހުޅުމީދޫ ސިއްހީ މަރުކަޒަށް އިއްޔެއަކީ ތާރީޚީ ދުވަހެކެވެ. އެއީ 2016 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ ރަށު ސިއްހީ މަރުކަޒުގައި ކުއްޖަކު ވިއްސި ދުވަހެވެ. ސިއްހީ މަރުކަޒުން ކުރި ފޭސްބުކް ޕޯސްޓްގައި ކުއްޖާ ވިއްސަން ޖެހުނީ ނާޒުކު ހާލަތެއްގައި ކަމަށް ބުނެފައިވެއެވެ.

ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތައުރީފްކޮށް، އެތަނުން ބުނީ އެ މަސައްކަތުގައި މުވައްޒަފުން ބައިވެރިވީ ޕްރޮފެޝަނަލް ކަމާއެކުގައި ކަމަށެވެ. އެ ދުވަހަކީ ހުޅުމީދޫ ސިއްހީ މަރުކަޒަށް ފާހަގަކޮށްލެވޭ މުހިންމު ދުވަހެއްގެ ގޮތުގައި ޕޯސްޓްގައި ފާހަގަކުރިއެވެ. އަދި ސިއްހީ މަރުކަޒަށް އާއިލާ އިން ދިން އިތުބާރަށްޓަކައި އެ އާއިލާއަށް ސިއްހީ މަރުކަޒުގެ ފަރާތުން ޝުކުރު ވެސް އަދާކުރިއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ މީހަކު "ވަގުތަށް" ބުނީ ވިހެއި އަންހެން މީހަކީ ގޭހުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާ މީހެއް ކަމަށެވެ. އެ މައްސަލައިގައި ސިއްހީ މަރުކަޒަށް މީގެކުރިން އެތައް ފަހަރަކު ދެއްކި ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ގޭހުގެ މައްސަލަ ދިމާވާތީ އަންހެން މީހާ ބަލިވެ އިންތޯ ބަލަން ހުޅުމީދޫ ސިއްހީ މަރުކަޒުން އެއްވެސް ޓެސްޓެއް ހަދާފައެއް ނުވެއެވެ.

"އަބަދުވެސް ގޭހުގެ އުނދަގޫވާތީ އުޅޭނެ. ދޭތެރެ ދޭތެރެއިން އަބަދުވެސް އަންނާނެ ހޮސްޕިޓަލަށް. ދެން ޑޮކްޓަރަށް ދެއްކީމަ، އެ ޑިއުޓީގައި ހުރި ޑޮކްޓަރު ބުނީ ގޭހޭ. ދެން އިހަށް ރޭ ވެސް އައި. އައީމަ ގޭހޭ ބުނެފައި ފޮނުވާލީ. އަނެއް ދުވަހު ހެނދުނު އައީމަ، އޭރު ޑިއުޓީގައި ހުރި ޑޮކްޓަރު ޓެސްޓް ހެދީ. ހަދާފައި ބެލި އިރު އެނގުނހީ ބަނޑު ބޮޑުކަން، ދެން ގަޑިއިރެއްހާ ހާއިރު ނުވަނީސް ވިހައިފި،" އެމީހާ ކިޔައި ދިނެވެ.

އޭނާ ބުނި ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ހުޅުމީދޫ ސިއްހީ މަރުކަޒުގައި އަންހެނުން ވިއްސުމުގެ މަސައްކަތް ނުކުރަނީ އެ ތަނުގައި ވަސީލަތްތައް ނެތުމުންނެވެ.

އެމީހާ ބުނީ އެ އަންހެން މީހާ ވިހެއީ އަންހެން ކުއްޖެއް ކަމަށާއި ދެ މައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އަދި އެ ކުއްޖާ ވިއްސުމަށްޓަކާ ފޫޅުމައެއްގެ އެހީތެރިކަން ހޯދިކަން އޭނާ ފާހަގަކުރިއެވެ. އަދި ވިހެއުމަށް ފަހު ޑޮކްޓަރުގެ ލަފައާއި އެކު ސީއެމްބިއުލާންސްގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އިއްޔެ ވިހެއި ކުއްޖާގެ މައިންބަފައިންނަށް ކުއްޖަކު ލިބިފައި ވަނީ 19 ވަރަކަށް އަހަރު ފަހުންނެވެ.

އެ ދެމަފިރިންގެ ޒުވާން އުމުރުފުރައިގައި ދެ އަންހެން ކުދިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ކިޔުންތެރިއެއް

    އަލްހަމްދުލިﷲ

    129
    1
  2. ގޭސް

    ތިއީ މިރާއްޖެ ގެނެސްގެން އުޅޭ ޑޮކްޓަރުންގެ ހާލަކީ 100 ފަހަރު އެއްކަމެއް ވާތީ ދިޔަސް ބުނާނީ ގޭހޭ. ޓެސްޓްވެސް ހަދަން ޖެހޭނީ ރޮއި އާދޭސްކޮށް ޒުވާބުވެސް ކޮށްގެން. ނަސީބެއް ތިއަންހެން މީހާ މޯލްޑިވްސް ގޭސް އާއި ހަވާލު ނުކުރިކަން، ފުޅިފުޅިއަށް ގޭސް އަޅަން

    223
    9
    • ހުޅުދޫ

      އެހެން ނުންވާނީ އެއްވެސް ސަރުކާރުން އެއްވެސް ހިދުމަތެއް އެރަށުގެ ސިއްޙީ ހިދުމަތަކަށް ފޯރުކޮށްނުދޭ އެންމެން ވެސް ބަލަނީ މާލެ އާއި ހުޅުމާލެ ޗާލު ކުރެވޭތޯ . އެވެސް ކިތައް ހާސް މީހުނއ ދިރި އުޅޭ ރަށެއް

      91
      3
  3. ބޯޖަލީލު

    ސާބަސް ޑޮކަށް

    69
    2
  4. އަލީ

    ހާދަ އުފާވެރި ޙަބަރެކޭ.

    98
    • ސުނަނާ

      ލަދެއް ނުގަނޭތަ ބޮޑުއާބާދީ އޮންނަރަށެއްގައި 2016 ފަހުން ވިއްސެންނެތުން ތީކުރިއަރާފަ ހުރިމިންވަރު

      36
      3
  5. ދަރަނި ދަންތުރަ

    ސާބަސް ޑޮކަށް

    60
  6. ރައްޔިތުން

    ހާލަތު ކީތްކުރާނީ

    58
    2
  7. ގައުމުގެ ދަރި

    އަލްހަމްދުލިﷲ... މިއޮއްޒަމާނުގައި ދަރިއަ ކު ބަނޑުތެރޭގައި ބޮޑުވަމުންދާ ކަން ނޭނގި އޮވެ ވިހާ ހިސާބަށް ދިޔުން އެއީﷲ ގެ ކުޅަދުންވަންތަ ކަން ހާމަވާ ކަމެއް. މިޒަމާނުގައި މާބަނޑު ދުވަސްވަރު ދެމުންދާ ބޭހާއި ނުލައިވެސް ދަރިއަ ކު ހެޔޮހާލުގައި ވިހާފާނެ ކަން އެނގިގެންދިޔަ ހާދިސާއެއް. ދެމަފިރިންނަށާއި އާއިލާއަށް ވަރަށް މަރުހަބާ..

    294
    6
    • އީތޭން

      ވަރަށް ބޮޑު ތެދު ވާހަކަ އެއް. 100%

      29
  8. ރޯޒް

    މަރުޙަބާ ދެމަފިރިން އަދި އާއިލާ!
    ރޮޒޭނާ ވެސް ބޭނުމޯ ތިޔަ ހޮސްޕިޓަލަށް ވިހަން!

    86
    5
  9. ޢިބްރާހިމް ޝިއާޒް

    ގޭހޭކިޔާފަ ޒިންމާދާރުކަމެއްނެތި އަމަލުކުރި ޑޮކްޓަރ ކިތައްފަހަރު ގޭސް ބޭސް ދިންބާ! ބޭހުގެ ސަބަބުން ދަރިފުޅަަށް ލިބުނު ގެއްލުން ކޮބާ! ޢެފަދަ ޑަކްޓަރުން މުޖިތަމަޢުގެ ހަލާއްކަށް ބައިތިއްބަނީބާ؟

    94
    4
  10. ާނަޖޫ

    ދަރިފުޅު ނުވެސްތޮޅޭތަ 2 ފަހަރު ވިހާފަ ހުރި މީހަކައްވިއްޔާ އެނގޭނެދޯ ބަނޑު ނުވެސް ފުޢްޕާތަ

    125
    19
    • ސަމާހަތު

      ނަޖޫ ދެ ފަހަރަށް ނުން 9 ފަހަރު ވިހާފަ އިނަސް ނޭގިދާނޭ ތީ އަންހެނަކަށް ވެ ހުރެ ތިގޮތަށް ސުވާލު ކުރީމަ އެނގިއްޖެ ތަންދޮރު ނޭގޭ މީހެއްކަން ތީ .. ﷲ ގެ ކުޅަދުންވަންތަކަން އެއީ އެކަލާގެ އެއްވެސް މީހަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ

      107
      5
      • ޢިވާ

        ދެން އަންހެން މީހަޔައް ޕީރިއަޑް ނުވެ ނުވަމަސް ވީމަ ވެސަް ހަމަ ނޭގުނު. ހެއްވައޭ ދޯ

        30
        9
        • ***

          ޕީރެޑް ވެފަ ވެސް އެބަހުރި ހަމަ ކޮންމެ މަހަކު ަހަރެން އެކަމަށް ހެކި ވަން. ޢަހަރެންވެސް ބަނޑު ބޮޑުކަން ނޭނގި އެއްމާބަނޑު ދެކުދިން ލިބުނީ!!

          13
    • ފުރަބަންދު

      އެބަހުރި ކުރިން ވިހާފަ ތިބޭ މީހުނަށް ވެސް އެއްވެސް ވަރަކަށް ނޭންގި ހުއްޓާ ވިހަން ބަނޑު ރިއްސަން ފެށީމަ ހޮސްޕިޓަލަށް ގެންދާފަހުން ބަނޑު ބޮނޑުކަން އެނގިފަ..ގިނައިން މިގޮތަށް ދިމާވަނީ މައްސަރު ކަންތައް މައްސަލަ ޖެހޭ މީހުން ނުވަތަ މައްސަރު ކަންތައް ވިހާ އުމުރުގައި ވެސް ދިމާނުވާ މީހުންނަށް..

      57
      2
  11. ރނ

    ސިއްހީ މަރުކަޒުން އެތަނުގެ މުވައްޒަފުންނަށް ތައުރީފު ކޮށްފަ ފޭސްބުކުގަ ލިޔަން ލަދެއް ނުގަނޭތޯއެވެ؟
    އެތައް ފަހަރަކު ޑޮކްޓަރަށް ދެއްކިއިރު ބަނޑުބޮޑުކަން ޑޮކްޓަރަށް ނޭނގުނީތީ ހިތާމަކުރަން.
    ނަރުހަކަށްވެސް އެނގެންޖެހޭ ބަނޑުގައި އަތްލާފަ ކުއްޖަކު އޮތްކަމާ އޮތް ފަރާތް.
    ގައިމު ޓެސްޓެއް ނުހެދިތާނގަ އެސެސްމެންޓެއް ވެސް ނުހަދަނީތޯ އޮބްސްޓެޓްރިކް ހިސްޓްރީ އެއްވެސް ނުނަގަނީތޯ؟
    ދެން މިއޮއްހާދުވަހު ނޭނގެ ކޮންފަދަ ބޭސްތަކެއް ކަމެއް ވެސް އެފަކީރަށް އެދިނީ.
    އާއިލާއިން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަނާޅާތީވެސް ހައިރާންވަން.
    ދެމައިން ހެޔޮ ހާލުގަ ލައްވާށި. މަރުހަބާ.

    54
    6
  12. ާއަބްދުﷲ

    ޢަލްހަމްދުލިﷲ

    41
    1
    • ާިއަލީ

      ކޮންމެ ކަމަކީވެސް އެއިން ޢިބްރަތް ލިބިގަންނަން ޖެހޭ ކަންތައްތައް. ތުއްތު ދަރިފުޅަށާއި އާއިލާ އަށް އުފާފާގަތިކަން މިންވަރުކުރައްވާށި!

      34
    • ޢަލީ

      ޢަލް ޙަމްދުލިއްاللہ ދަރިފުޅަށް ފުރިހަމަ ސިއްހަތެއް މިންވަރު ކުރައްވާށި . ޢާމީން?

      31
      2
    • ނަންވުން

      މިހާލުގަވެސް ރޮޒޭ އުޅުނީ މިކަމުގަ ސިޔާސީ ކުލަވަރު ޖައްސަން. ވަސީލަތެއް ނެތްތަނެއްގެ މޮޅުކަން ހާމަކުރަން. ކުޅަދުންވަންތަ ކަމުން ދެމައިންގެ ފުރާނަ ސަލާމަތްވި ކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރު ކުރިނަމަ.......

      33
  13. އަސްލުވެސް

    ބަނޑު ގައިމުވެސް މާބަނޑު އަންހެނެއްގެ ބޮޑުވާނެ، އެވަރުންވެސް ޑޮކް ބުނީ ގޭހޭ

    12
    2
    • ގޭސް

      ގޭސް ވީމަ ވެސް ފުއްޕާނެ

      14
  14. ދުއާ

    ﷲގެ ކުޅަދުންވަންތަކަން. ވަރައް ނަސީބުރަނގަޅު ދެމަފިރިން. ތިކަހަލަ ރަހުމަތެއް މަށަށް ވެސް ލައްވާނެ ނަމަ ކޮން ފަދަ.

    34
    1
  15. އެމަންޖެ

    ނަސީދޫ އެޖެންޑާ 19 ފުލުންދިޔައީދޯ.

    8
    1
  16. ޜޫޙި

    ތީގަ އެބައުޅޭ އޮޅުވާލުމެއް..ޕީރިެއެޑް،ދަރިފުޅުގެ ހަރަކާތްތައް؟؟؟

    6
    3
    • ބުނެލަން

      ކާކަށް އޮލުވާލަން! ހަމަ ޤައިމުވެސް ހެއްދެވި ފަރާތަކަށް އެެއްވެސް ކަމެއް ވަން ހަނާ އެއް ނުކުރެވޭނެ. އަނެއްކަމަކީ އެދެމަފިރީން ހަލާލު ކައިވެޏެއްގެ މަތީ އުޅެމުން އަންނަ ބައެއް. ކޮންކަމަކާ ހެދި އޮޅުވާލަންވީ. މާބަނޑު ދުވަސްވަރު ދަރިފުޅަށާ މަންމަ އަށް ލިބެން ޖެހޭ ފަރުވާ ހޯދަން ބެނުން ނުވާނީ ކާކު؟ ކޮންމެ ފެށުމަކާއި ނިމުމެއް ވަނީ ތަޤްދީރުގައި ނިޔާ ކަނޑަ އެޅިފައިވާ ގޮތަކަށް!

      16
      1
    • ކްރިޕް

      ކްރިޕްޓިކް ޕްރެގްނެންސީ ސާޗް ކޮއްބަލަ . ބަނޑު އެއްވެސްވަރަކަށް ބޮޑުނުވަންޔާ ނޭނގިދާނެ އެހެން އިތުރު ކަމެއްނުވަންޔާ . ޕީރިއަޑް މައްސަލަ ހުންނަންޏާ މީހަކު އަޅައެއްނުލާނެ އުމުރުން ދޮށިވީމަ

  17. އައިނު އެޅި ނަރުސް

    ފޮޓޯ އަށް ކުއްޖާއާއި އެކު އެޜުނު ކަމަށް ޓަކަާވެސް މިގަންނަން ޖެހުނީ ލަދު..

    11
    2
  18. ވަހީދާ

    މީހަކުވިހެއުންނޫނަސްކޮންމެކަމެއްގަވެސްބައެއްމީހުންނަށްވާގޮތަކީސިޔާސީނުކޮށެއްނުވޭ. އަދިޔާމީންސަރުކާރާނުބެހިއެއްނުވޭ. މިސަރުކާރަށްވޯޓްދިނީއޭރުނުވެއޮތްކަންތަކާއެކުއިތުރުތަރައްޤީތަށްރާއްޖެއަށްގެނައުމަށް. މިހާރުދެރަވެހިތާމަކުރަންވޯޓްދެވުނީމަ.

    5
    1
  19. ގާޑު

    ތިޔަ މީހާގެ ފިރިމީހާ ގެންގުޅެނީ ވައިޖަހާ ބުމްބާއެއްތަ ގޭހޭތިކިޔަނީ

    4
    12
  20. ހައިރާންވަން

    ސަހަރޯ ހީވޭ!ކޮންމެ ކަމެއްގަވެސް ސިޔާސީވުން. މާތް ރަސްކަލާނގެ އެދެމަައިންނަށް ރައްކާތެރިކަން ދެއްވީތީ ހަމްދުކުރަން.

  21. ޢަޒްރާ ޢަލީ

    އަލްޙަމްދު ލިއްލާހި

    3
    1
  22. ހާޖަރާ

    އަމިއްލަޔައް ހުރެގެން ދަރިން ލިބޭކަން އަދިކިރިޔާ މި އިނގުނީ.

    1
    2