އިންޑިއާ އަކީ މުސްލިމުންނާއި ދެކޮޅު ބައެއް ކަމަށް ޕާކިސްތާނުން އިސްލާމިކް އޯގަނައިޒޭޝަން ކޯޕަރޭޝަން (އޯއައިސީ)އަށް ހުށަހެޅި ގަރާރުގެ މައުލޫމާތު ދުރާލާ ރާއްޖެއިން އިންޑިއާއަށް ދީފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

އިތުބާރުހުރި މަސްދަރުތަކާއި ހަވާލާ ދީ އިންޑިއާގެ ނޫސްތަކުން ވަނީ އެ މައުލޫމާތު ދުރާލާ ރާއްޖެ އަށް އިންޑިއާ އިން ދީފައިވާ ކަމަށް ބުނެފައެވެ. އަދި އެ މައްސަލަ ދުރާލާ އިންޑިއާ އަށް އެނގުމުން އެކަން ފެއިލް ކޮށްލުމަށް އިންޑިއާ އަށް ޖާގަ ލިބިގެން ދިޔަ ކަމަށްވެސް އެގައުމުގެ މިޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.

އޯއައިސީގެ ބައްދަލުވުމުގައި ޕާކިސްތާނުން ޔޫއެން އަށް ކަނޑައަޅާފައިވާ އެމްބެސެޑަރު، މުނިތް އަކްރަމް ވަނީ އިންޑިއާއިން އިސްލާމްދީނާއި ދެކޮޅަށް ހަރަކާތްތައް ޕްރޮމޯޓް ކުރާކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް ރާއްޖެއިން އެކަން ދިފާއުކޮށް ވިދާޅުވެފައި ވަނީ އިންޑިއާއަކީ މުޅި ދުނިޔެއިންވެސް އެންމެ ޑިމޮކްރަސީއަށް ލޯބި ކުރާ ގައުމެއް ކަމަށާއި އިންޑިއާއަކީ 200 މިލިއަން މުސްލިމުން ދިރިއުޅެމުން އަންނަ ތަނެއް ކަމަށެވެ.

އެހެން ކަމުން އިސްލާމްދީނާއި ދެކޮޅަށް ހަރަކާތްތައް ޕްރޮމޯޓް ކުރާ ކަމަށް ބުނުމަކީ ގޯހެއް ކަމަށް ރާއްޖެއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންޑިއާއިން ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކާއި މެދު ގާތްގުޅުމެއް ބާއްވާފައިވާ ކަން ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރޭގައި ސައުދީ އަރަބިޔާ، ޔޫއޭއީ، އަފްޣާނިސްތާން، ފަލަސްތީން، މޮރީޝިއަސް ހިމެނޭ ކަމަށް ރާއްޖެއިން ފާހަގަ ކޮށްފައިވެ. މިފަދަ ގައުމުތަކާއި ގާތްގުޅުމެއް އިންޑިއާއިން ބާއްވައިފާތީ އެގައުމުތަކުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ގައުމުތަކުގެ އެންމެ މަތީ ޝަރަފުގެ އެވޯޑު ދީފައި ކަމަށް ރާއްޖެއިން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުމުގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހީނަރުކަން އުފެދުނު ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރުގައި އަލުން އިންޑިއާ އާއި ގުޅުންތައް ދިޔައީ ބަދަހި ކުރަމުންނެވެ.

އަދި މޯދީ ދެވަނަ ފަހަރަށް ބޮޑުވަޒީރު ކަމާއި ހަވާލުވިފަހުން އެންމެ ފުރަތަމަވެސް ދަތުރު ކޮށްފައިވަނީ ރާއްޖެއަށެވެ. އެއީ މިދިޔަ އަހަރުއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވިފަހުންވެސް ވަނީ އިންޑިއާއަށް ގިނަ ދަތުރުތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އައްޑޫ ދޫ

    ރާއްޖޭގެ ހާރިޖީ ސިޔާސަތު މީންޒަމާނަކު ނުދާވަރައް ބަލިކަށިވެފަވާކަން މިހިރަ ފެންނަނީ ބިޔަ އިންޑިޔާ ދަޑުވެ ސޯޓުބޭލެނީ ރައީސް މައުމޫނު މަނިކުފާނުގެ ކޯލިށަން ލަދެއް ނުގަނޭތޯ...؟

    57
  2. ާަަައަބުދުﷲ

    މަންޖެ ދޮގުހެދެއްއޮންވާ ތެދެއްނަހަދާނެ

    40
  3. ސަމިި

    ދީ ހަަމަ އެކަނި ރާއްޖެއަށް ވީ ޣައްދާރެއް ނޫން ތި ޣައްދާރު ވީ މުޅި އިސްލާމީ އުންމަތަށް. ލަދު ގުޑަ ގޮތް ކުޑަ އިސްތިއުފާ ދިން ކެނެރީގޭ މޯދީ އަދި އެމްޑީޕީ ގެ ޕަޕެޓުން

    57
  4. ތިހޫ

    ޕާކިސްތާނުން ބުނިބަހާ ތިލްމީޒާ، އިދިކޮޅުވީ ކީއްވެބާ އިންޑިއާއިން މިދިއައަހަރާ މިއަހަރުވެސް އެތައް މުސްލިމުންނެއްމަރައި އެމީހުންގެ ގެދޮރާ ތަކެތި އަންދައި ސުންނާފަތި ކުރަމުންދިޔަ ވީޑިޔޯތައް މީސްމީޑިޔާގައިން ނުފެންނަނީފަ ޔާމީނު ސަރުކާރު އިންޑިޔާއިން ހައްލާނުލެވުނަސް މި ސަރުކާރު ހައްލާލެވިއްޖެތާ!

    11
  5. ހިތާމްކުރަން

    ވަރަށް ދެރަ.. މިވީގޮތުން އިންޑިއާގެ މުސްލިމުންނަށް މޯދީބާގައިގެ މީހުން ކުރަމުންދާ އަނިޔާގެ ޒިންމާއިން ބައެއް ދިވެހިންގެ ބޮލުގަވެސް މިއެޅުނީ. ހެޔޮވާނީ ކިހިނެއްތޯ މިވަރަށް ވަކި ޤައުމެއްގެ ދަށުވެ ގޮނޑިކޮށްކޮވާން!!

    11
  6. ޙަަަސަނު

    އެމް ޑީ ޕީ އެންމެނަކީ ލާދީނީ މީހުން

  7. ޔޫލާ

    ވީމާ ރާއްޖެއަށް އިންޑިޔާއިން ކުރިން ރިސްވަތުދީގެން ޕާކިސްތާނުންދެއްކި ތެދުވާހަކަތަކަށް މި ރާއްޖެއިން ދޮގު މައުލޫމާތުދިނީ މިޤައުމުގެ އެތެރޭގެ ޙާލަކީ ކޮބާ ކޮންމެފަދަ ދޮގެއްވެސް މިވެރިން ހަދައިފާނެ

  8. ސަޒަން

    ކީކޭދެން ބުނާނީ މިހާރު މަވެސް ގަބޫލްކޮށްފިން ޕާކިސްތާނުން އެބުނަނީ ތެދެއްކަމަށް ހަގީގަތުގައިވެސް ރާއްޖެއަކީ އިންޑިއާގެ ޕަޕެޓެއް ހަގީގަތުގައިވެސް ގަބޫލެއްނުކުރަން ތިވަރަށް ތިވަރަށް އިންޑިއާކޮޅައްޖެހި ބުހުތާން ދޮގުހަދާނެކަމަކަށް ނޫނޭވާ ތިވަރަށް އޮޅުވާލެވޭނީ!!! ޢެއްމެންގެ ކުރިމަތީގައިވިއްޔަ ތަޅާއެމަރަނީ މިމީހުން މިހާގޮތެއްފޮތެއްނުތުނީ އަޅެފަހެ ކޮންއިރަކުތަ؟

  9. ދަރަނި ދަންތުރަ

    މިއީ ނުލަފާ ބައިގަނޑެއް ރީދޫގުރޫޕު މިގައުމުގެ ވެރިކަމަށް އައުމާއެކު އިސްލާމް ދީނާހި ހިލާފު އެތަށް ކަންތަންތަކެއް ފެންމަތިވޭ މުސްލިމުންގެ އަދުއްވުންނާ ގުޅުންބަދަހިކުރޭ އެހެންދީންތަކަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރޭ މޯދީ އެއީ މުސްލިމުންގެ ލޭ ބޯ ގެރިއެއް ، އެކަމަކު އިބޫ ނަސީދު ލޮލާ ލޯ ދިމާވޭ ހުރިހާކަމެއްގައި ، ސޭހު އިމްރާން ، މައުމޫން ، ގާސިމް ދޫ ހަލުވާލަންވެސް ނުކެރިފައި ލަދުހަޔާތް ކޮބާ ސިޔާސީ ލީޑަރުންނޯ އަމިއްލަ އެދުމުން ފޯވެފައި...