ސަރުކާރު މިވަގުތު ވަނީ ފެއިލްވެ "ޕެރެލައިޒް" ވެފައި ކަމަށާއި، އެކަމާއި ގުޅިގެން ސަރުކާރު މިވަގުތު އޮތީ "ސެކަންޑް-ހޭންޑް" ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް އަދުރޭ ވިދާޅުވީ، ސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު ޕެރެލައިޒް ވެފައިވާ ކަމަށެވެ. އަދި ޕެރެލައިޒް ވެފައި ހުރި ގުނަވަންތަކަށް ފަރުވާކުރަންދާ ޚަރަދަށްވުރެ، ސަރުކާރު މިވަގުތު އޮތް ސެކަންޑް-ހޭންޑް ވެންޓިލޭޓަރު މަރާމާތަށް ކުރަން ޖެހޭ ޚަރަދު މާ ބޮޑު ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މި ސަރުކާރުގެ ހުރިހާ ގުނަވަނެއް މިހާރު މިވަނީ ޕެރެލައިޒްވެފަ. ސަރުކާރު މިވަގުތު އޮތީ ސެކަންޑް-ހޭންޑް ވެންޓިލޭޓަރެއްގެ އެހީގަ. ޕެރެލައިޒް ވެފައިހުރި ގުނަވަންތަކަށް ފަރުވާކުރަންދާ ޚަރަދަށްވުރެ ވެންޓިލޭޓަރު ރިޕެއާކުރަން ޖެހޭ ޚަރަދު މާ ބޮޑު،" އަދުރޭ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ ކަންކަން ފެއިލްވެފައިވާ ކަމަށް ވިދާޅުވެ ކުރިންވެސް އަދުރޭ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވެއެވެ. އެގޮތުން މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ފެއިލް ވެއްޖެ ކަމަށާއި، ސަރުކާރަށް އަމިއްލައަށް ވެސް އެކަން ޤަބޫލުވެސް ކުރެވޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ގެންގުޅޭ ސިޔާސަތްތައް ހިމެނޭހެން ސަރުކާރުގެ އެއްވެސް ސިޔާސަތަކަށް އޭނާ އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވެސް ތާޢީދުނުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުކުކު

    މިފަދަ ވާހަކަ ދެއްކުމަކީ ކުށެއް ހައްޔަރުކުރޭ.. ޔާމީނުޢިރު ހެފީ އެހެން

    7
    5
  2. އަލްޖިބްރާ

    ކަލޭގެ ތާއިދު މިސަރުކާރަކަށް ބޭނުމެއްނޫން ! ފޭލްވެފައި ތިބި މީހުން އަދިވެސް ކަލެއަށް ނޭގެނީތަ ! ތިވަރު ގަމާރު ވާކަށް ނުވާނެ ! ހުރިހާގުނަވަނެއް ފޭލްވެގެން ތިތިބީ ބޭރު ކޮށްފަ !ދެން ހަދާނެ އެއްވެސް ފަންޑިތައެއް ކަލޭމެނަށް ލިބިގެނެއް ނުވޭ ! ކަލޭމެން ކަހަލަ މީހުނަށް މިހާރު އޮތް ތަނަކީ މޮޔައިންގެ ޖަލު !

    6
    12
    • ބޭބެ

      ވަރަށް ދެރަ! މިގައުުމުން ފެންނަނީ ބައިވަރު ސަރުކާރުތަކެއް އުފެދި ހިންގަމުންދާތަން! އެބަޔަކު ބޭނުން އެއްޗެއް ހަދަނީ؟ ހޮސްޕިޓާތަކަކީ ވަކި ސަރުކާރެއް! ކައުންސިލްތަކަކީ ވަކި ސަރުކާރެއް! މަޖްލީހަކީ ވަކި ސަރުކާރެއް! 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ރައިސް އޮފީހުގައި ހިންގަނީވެސް ވަކި ސަރުކާރެއް!! ކިހިނެތް މިހާގިނަ ސަރުކާރު މިރާއްޖޭގައި ހިންގަނީ؟ އަދި ބޭރު ދުނިޔެއިން އެބަގޮވާ މިތާ މިއޮތީ އިިންޑިޔާގެ ޕަޕެޓް ސަރުކާރެކޭވެސް! މިހެންވީމަ ކިޔާނެދޯ މީހުން އެއްޗެހި!! އެއްސަރުކާރެއްގެ ފުރިހަމަ ބާރު ހިނގާތަން ނުގެނަނަމަ ފެއިލްވީކަމަށް ބުނެވިދާނެ!! ދެން ކިހިނެތް ރައްޔިތުން ހަަދަންވީ؟ ހަމަ ރޯލަރޯލަ ތިބެންވީތަ؟ ބޭނުންހާ އެއްޗެއް ހަދާތަން ބަލަން ހަމަ ތިބެންވީތަ؟ 2023 ގެ ދޯ ގޮތެއް ހެދޭނީ؟

  3. ނާނު

    ސާބަހޭ އަދުރޭ ތެދެއްވާނީ ހަމަ ތެދަކަށް މީވާ ސަރުކާރެއް ރައްއަތުން ވޯޓްލީ ވެރިމީހާގެ އެއްވެސް ކަމެއް ނެއްކަން މިއަދު މިވަނީ މުޅިންހާމަވެގެން ގޮސްފަ

    14
    4
  4. ތާރަބޭ

    ޢިދިކޮޅޭ ކިޔައިފެން އުޅޭ ތިން ކަޗޯރުން މިހާރުތިބީ ތަނަކުން ވަގަށް ނެގި 12 ޓިނު ގަނގު މަތީގަ ކޮންމެ މީހެއްގެ ބޮލަށް ކޯސްޓް ހުސްކުރި ދަޅެއް ފައްތައިގެން ނޭވާ ނުލެވިފަ.

    1
    2