ހދ. ކުޅުދުއްފުށީގައި ކުއްލިގޮތަކަށް ކުޑަކުއްޖަކު ނިޔާވެއްޖެ އެވެ.
މިކަން ހާމަކޮށް "ފެށުން" ނޫހުގައި ބުނެފައިވަނީ ނިޔާވެފައިވަނީ އުމުރުން ހަތަރު އަހަރުން ދަށުގެ އަންހެން ކުއްޖެއް ކަމަށެވެ.
އެ ނޫހުގައި ބުނެފައިވާ ގޮތުން އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވިންދެއް ނެތެވެ.
އެ ކުއްޖާ ނިޔާވާން ދިމާވި ސަބަބެއް އަދި އެނގިފައިނުވާކަމަށާއި، ކުއްޖާ ކޮވިޑް-19 އަށް ޓެސްޓު ކޮށްފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުދުއްފުށީ އޮންލައިން ނޫހެއް ކަމަށްވާ "ކޭއޯ" އަށް މައުލޫމާތު ދެއްވަމުން ކުއްޖާގެ ބެލި ޑޮކްޓަރުންނާ ހަވާލާދެއްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، ކުއްޖާ ހޮސްޕިޓަލަށް ގެނައުމުގެ 15 ވަރަކަށް މިނެޓްކުރިން ކުއްޖާ ނިޔާވެފައިވާކަމަށް ލަފާކުރެވޭކަމަށެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެނައީ މިއަދު 16:20 ގައި އެވެ. ކުއްޖާ ނިޔާވިކަން ޑޮކްޓަރުން ކަށަވަރުކޮށްފައިވަނީ 16:47 ގައި އެވެ.
ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ ކޮވިޑަށް ޝައްކުކުރެވޭ ކޭހެއް ނޫންނަމަވެސް ކުއްލި މަރަކަށްވުމުން މިހާރު އޮންނަ އުސޫލުގެ ތެރެއިން ކުއްޖާ ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ކަމަށެވެ.
ނިޔާވި ކުއްޖާއަކީ އާއިލާގެ އެންމެ ހަގު އަދި ދެމަފިރިންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ.
ތިވާނީ ރޔާމީނުގެކަމަކަށް
އަހަރުމެން މުސްލިމުންނަށް ވެތިބެ ތިމާފަދަ އަނެއް އަޚު ނުވަތަ އުޚުތެއްގެ މަރުގެ ހަބަރު ލިބުމުން ތިގޮތަށް ވާހަ ކަ ދެއް ކުމަ ކީ އެއްގޮތަ ކަށްވެސް ކޮއްގެންވާނެ ކަމެއްނުން، އެ ކުއްޖާ އަށާއި ޢާއިލާއަށް ހެޔޮދުޢާ ކޮށް ދެއްވާ.
ކުރީ ސަރުކާރުގެ ކަމެއް
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْنَ