ލޯކަލް ކައުންސިލް އިންތިޚާބު ފަސްކޮށްފައިވާތީ، ކައުންސިލަރުންގެ ދައުރު ދިގުދެންމުމަށް ސަރުކާރުން ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަށް ތާޢީދުކޮށް، އެ އިސްލާހާއި އެއްގޮތަށް ފާސްކުރުމަށް ވެރިކަންކުރާ އެމްޑީޕީގެ ޕާލެމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ސަރުކާރުން ހުށަހެޅި އިސްލާހަށް އެއްވެސް ބަދަލެއް ނުގެނެސް، އެ އިސްލާހު އޮތްގޮތަށް ފާސްކުރުމަށް ނިންމާފައިވަނީ އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުން މިރޭ ނިންމާފައި ވަނީ، ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަށް ކޮމިޓީ މަރުޙަލާގައި ވެސް އެއްވެސް ބަދަލެއް ނުގެނައުމަށެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ޤާނޫނު އަސާސީއަށް ހުށައަޅާފައިވާ އިޞްލާޙުގައި ވަނީ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އެ ކައުންސިލްތަކަށް އަލަށް އިންތިޚާބުކުރެވޭ މެންބަރުން އެމީހުންގެ މަޤާމާއި ހަވާލުވަންދެން މިހާރު މަޤާމުތަކުގައި ތިބި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުން މަޤާމުގައި ދެމިތިބޭނެކަމަށެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް އެ އިންތިޚާބު ނުބޭއްވުނީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތާކިހާ

    ކައުންސިލްތަކުގެ މެޖޯރިޓީ އޮތީ އެމް. ޑީ ޕީ އަތުގައި ކަމަށްވާތީ ޕާޓީ ސަލާމަތްކުރަން ދިވެހިރައްޔިތުން ބަނޑަށް ޖައްސާފަވެސް މަޤާމުތައް ދިފާޢުކުާނެކަން ކުރިންވެސް އެނގޭ އިގޭތޯ ، ރަޢިީސް ޞާލިހުއާއި އަންނަ ރިޔާސީ ޕްރައިމަރީގައި ހަނގުރާމަ ކުރަން އޮތް"ރަށްފުށުލަސްކަރު " ދިފާޢު ކޮށްލީ ، ޕާޓީ މެންބަރުންގެ ބަނޑުފުރާލީ ހެއްވާލީ ސާބަސް ސުންބުލިސަރުކާރު
    ޑްރާމާ 19 ޓްރެއިލަރ

  2. ރައްޔިތުމީހާ

    Jun 6kun feshigen Rayyithun Hovibayaku NuthibeyneEygefahun Emeehunah KiyamanvumehNonnaane Varah Vedhun.

  3. ބޯގޯސް

    ކޮންބަހުސެއްތޯ ކުރަން ދެން އޮތީ އެހެންވީމަ ބުނެވެނީ ހަމަޔަހޫދީންގެ ވިސްހުން