ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދިވަޑައިގެންނެވި ގޮތަށް އިންޑިއާާގެ އަސްކަރިއްޔާއެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ދެމެހެއްޓުމުގައި ސަރަހައްދުގެ އެންމެ ބާރުގަދަ ގައުމުގެ ހައިސިއްޔަތުން އިންޑިއާގެ މައްޗަށް އޮތް ޒިންމާ އެގައުމުން އަދާ ނުކުރާ ކަމަށް ބުނެ އެކަމަނާ ކުރެއްވި ޓުވީޓަކާ ގުޅިގެން، އެކަމަށް ތަރުހީބުދެއްވައި ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ.

ނަޝީދު ކުރެއްވި ޓްވީޓުުގައި ވިދާޅުވީ އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށް ދުންޔާ ވިސްނަވާތީ އުފާކުރައްވާ ކަމަށެވެ. އަދި އޭނާވެސް ގެންގުޅުއްވަނީ އެފަދަ ވިސްނުމެއް ކަމަށް ވިދާޅުވިއެވެ.

ރައްދުގައި ނަޝީދަށް އިހުތިރާމު ކުރައްވާ ކަމަށް ވިދާޅުވެ ދުންޔާ ވިދާޅުވީ އިންޑިއާގެ އެހީތެރިކަމަށް އެދިވަޑައިގަތަސް އަސްކަރީ އެހީތެރިކަމަކަށް އެކަމަނާ އެއްވެސް ވަރަކަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ބޭނުންފުޅުވެ ލައްވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ނުގެއްލޭފަދަ ގޮތެއްގެ މަތިން ކަންކަން ކުރައްވަން ކަމަށް ވިދާޅުވިއެވެ. އަދި ނަޝީދު ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ދުންޔާގެ ރައްދުގައި ވިދާޅުވިއެވެ.

ފެބްރުއަރީ އެކެއްގެ ހުކުމާއި ގުޅިގެން ހިނގައި ދިޔަ ކަންތަކަށް ފަހު ކުރީގެ ރައީސް ނަޝީދު ވަނީ އިންޑިއާގެެ އަސްކަރިއްޔާާއިން ރާއްޖެއަށް އެރުމަށް ގޮވާލައްވާފައެވެ. އެކަމާއި ގުޅިގެން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

މި ސަރުކާރުގެ ސްޓޭޓް ހެލްތު މިނިސްޓަރެއްގެ މަގާމުގައި ހުންނެވުމަށްފަހު ދާދިފަހުން ދުންޔާ ވަނީ ސަރުކާރުން ވަކިވެވަޑައިގެންފައެވެ. މިހާރު އެކަމަނާ ދަނީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ހައްޔަރު ކުރި އެކަމަނާގެ ބައްޕާފުޅު މިނިވަން ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަފްޞާ / މާލެ

    ބައްޕާފުޅަށާ ޢާއިލާއަށް ލިބެމުންދާ ހިތްދަތިކަމުގެ ޒިންމާ "އަންނި" ނަގަންޖެހޭނޭކަމަށް ދުންޔާ ވިދާޅުވި ވާހަކަ އޭނަޔަށް ތަރުޖަމާކޮށްދީބަލަ!

  2. ޖޮއްބެ

    ނަޝީދަކީ އަބަދުވެސް އޮޅުން އަރާފަ ހުންނަމީހެއްތާ.

  3. ާަބެއްޔާ

    ކަލޭމެން ދެމީހުން އައިލާގޮވައިގެންދާންވީނުއިންޑިޔާއައް

  4. ގަޅި

    ޓްވީޓް ކިޔާލި ކޮންމެ މީހަކަށް އެނގޭނެ! ކޮން މިލިޓަރީއެއް؟ ޓްވީޓްގަ ނެތް މިލިޓަރީ ވާހަކަ އެއް. ޙަމަޖެހިބަލަ

    • އަހްމަދު

      އިންޑިއަން އިންޓަރވެންޝަން އޭ އޮތް ތަން ފެނޭތަ، ގައުމަކަށް އިންޓަރވީން އެއް ނުކުރެވޭނެ މިލިޓަރީއަކާ ނުލާއެތް، ގެޓް ވެބަ ދޯ

  5. ޝީން

    ހިތާމަ

  6. ޝީން

    ????