އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ބަހުގެ އެކެޑަމީ އިން އުފައްދާފައިވާ ބަސްތަކެއް ކަަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުން އަންނަނީ ދޮގު ލިސްޓެއް ކަމަށް އެ އެކެޑަމީ އިން ވިދާޅުވެއްޖެއެވެ.

ދިވެހިބަހުގެ އެކެޑަމީން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އައިސީޓީ ދާއިރާގެ ދިވެހި ލަފްޒުތަކެއް ކަމަށް ބުނެ މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ލަފްޒުތަކަކީ އެ އެކެޑަމީން ފާސްކޮށްފައިވާ ލަފްޒުތަކެއް ނޫން ކަަމަށެވެ. އަދި އެއީ އެކެޑަމީ އާއި ގުޅުންހުރި ލަފްޒުތަކެއްވެސް ނޫން ކަމަށް އެ އެކެޑަމީ އިން ކޮށްފައިވާ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ދަރުމަވަންތަ ހޮސްޕިޓަލުގެ އެކި ކޮޓަރިތަކަށް ހާއްސަ ނަންތަކެއް އުފައްދައި ބަހުގެ އެކެޑަމީ އިން އާންމުކުރި ދުވަސްވަރުގައި ވެސް ވަނީ މިފަދަ ދޮގު ލަފްޒުތަކެއް ނުވަތަ ނަންތަކެއް އުފައްދައި މީސް މީޑިއާގައި އާއްމުކޮށްފައެވެ.

މިހެން ދައުރުވާ ގިނަ ލަފްޒުތަކުގައި ހުންނަނީ މީގެ ކުރިން އެ އެކެޑަމީ އިން އުފައްދާފައި ހުންނަ ލަފްޒުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައި، އަދި އަސްލު ދިވެހި ބަހުގައި އޮންނަ ގޮތާއި މުޅިން ހިލާފަށް ލަފްޒުތައް އުފައްދާފައެވެ.

މިފަހަރު ބަޔަކު އުފައްދައިގެން އާންމުކޮށްފައިވާ ދޮގު ލިސްޓުގައި ވަނީ ކޮމްޕިއުޓަރާއި، ކޮމްޕިއުޓަރާއި އެކު ބޭނުންކުރާ ބައެއް އާލާތްތަކަށް ކިޔާ ނަންނަމުގެ އިތުރުން ކޮމިއުނިކޭޝަން ދާއިރާއާއި ގުޅޭ ބައެއް ލަފްޒުތައް އޮޅުވާލައިގެން ބޭނުންކޮށްފައެވެ.

އެގޮތުން ކޮމްޕިއުޓަރަށް ކަމްބޫތަރުގެ ނަން ދީފައިވާއިރު ހާޑްޑިސްކަށް ރައްކައުފޮށީގެ ނަންދީފައެވެ. އަދި ހާޑްވެއާރ އަށް ހަރުވާރުގެ ނަމުގެ އިތުރުން ސޮފްޓްވެއަރ އަށް މަޑުވާރުގެ ނަންވެސް އެ ލިސްޓުގައި ވަނީ ދީފައެވެ.

ދިވެހި ބަހުގެ އެކެޑަމީ އިން އުފައްދާ ލަފްޒުތަކަށް މަލާމާތާއި ބަލައި ނުގަނެވޭފަދަ ފާޑުކިއުންތައް ރައްދުކުރުމަކީ ދިވެހިންގެ ތެރޭގައި އާންމު ކަމެކެވެ. މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެފައި ވަނީ އޭނާ ގަބޫލުކުރައްވާ ގޮތުގައި މިފަދަ ފާޑުކިއުންތައް ހާއްސަކޮށް އަލަށް އުފައްދާ ލަފްޒުތަކަށް ލިބެނީ އެއީ ބޭނުންކުރުމަށް ފަރިތަ ނޫން ލަފްޒުތައް ކަމުގައިވުމުން ކަމަށާއި، ނަމަވެސް އާންމުކޮށް ބޭނުން ކުރާ ކަމުގައިވާ ނަމަ އަލަށް އުފައްދާ ލަފްޒުތައްވެސް ބަލައިގަނެވޭނެ ކަމަށެވެ.

އެ އެކެޑަމީން އުފައްދާ ބަސްތައް އާންމުންގެ ހިޔާލާއި، ފާޑުކިއުންތައްވެސް ބަލައިގަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބަ ޚަބަރު ކުޑޭ --

    އެހެންވީމާ ދައުރުވާ އެއްޗެހީގެ ސުންކު ވަގުތުން ނެގުމަށް ގޮވާލަވަމެވެ!

    35
    1
  2. ބައްސި

    ނައްސި، ފައްސި، އައްސި، މީރަނގަޅު ބަސްތަކެއްބާ

    35
    1
  3. ކައުންސެލަރު

    ކޮންމެބަޔަކު ހެދިއެއްޗަކަސް ތިޔަ އެންމެވައްތަރީ "އެމީހުން" ހަދާ އެއްޗަކާ. މިހާތަނަށް ކަންވެފަހުރީ އެހެން. ބްރިޖަށް ހެދި ދިވެހި ނަމަކީ ބުރިޖު. މީހަކު އަންތަރީސް ވެދާނެއެންނު. އެކަމަކު ބަރާބަރަށް މުސާރަ ލިބޭ. ކީއްކުރާނީ. މީ ފެންވަރަކީ

    21
    5
    • އިބްރާހީމު

      އެހެންތަ؟ ބަރާބަރަށް މުސާރަލިބެޔޭ. ކަލެއަށް ވާނުވާ އެނގޭތަ ނޫނީ ކަލޭ ތިހިރީ ވާނުވާގައިބާ؟ ނޭނގޭ ވާހަކަ ނުދައްކާ ބަސްއަހައިގެން އިނދޭ. އެކެޑަމީގެ ކޮމެޓީތަކުގަ ތިބޭ މެންބަރުން ކިހާ ވަގުތެއް އެ ކަމަށް ހޭދަކުރޭތޯޔާ ލިބެނީ ކިހާ "މުސާރަ" އެއްތޯ ނިކަން ބަލާލަބަލަ!

      13
      12
  4. ޗަސްވި

    ދިވެހިން ބަލައެއް ނުގަނޭ!!!!!!!

    22
  5. އަހްމަދު

    ދިވެހިބަސް އުފައްދަން ޖެހެނީ ކޮންމެހެން ދިވެހިބަހުގެ އެކަޑަމީއަކުންނޫން. ކޮންމެބަޔަކު އުފެއްދިއަސް މުޖުތަމައު ބަލައިގަންނަ ކޮންމެބަހަކީ ދިވެހިބަހެއް.

    34
    1
    • އަހާ

      އައްޑޫ ހުވަދޫބަހުން ނެގެޓިވްއަށް ކިޔަނީ ކީކޭ

      6
      1
    • އަހާ

      އެކަޑަމީން އުފައްދަނީ މާލޭބަސް އެކަނި
      އެކަޑަމީ އެއީ ދިވެހިބަހެއްތަ؟

      10
      1
  6. ތާކިހާ

    ކަންކަންގޯސްވަނީ އުފެެއްދޭ ބަސްތައް އައިބުވީމަ. އަލަށްއުފެދޭ މެޖޯރިޓީ ލިސްޓް ދިވެހިން ބަލާނުގަންނާތީ. ސަބަބުތައްއެބަހުރި. އެންމެ ބޮޑުވީ ހިނގާރު. ދުވާރު ގެ ބަލާ. ފުރޭނި ތަކާއި މަތާ ތަކުގެ ބަލާ. ދިވެހިބަދަވިއެކަޑަމީ ދިވެހިން ބަލައެއްނުގަނޭ. މިފަދަ ކުރު ކޮމަންޓަކުން ހިތެއްނުފުރޭހާ ގިނަ އުދާސް އެބަހުރި. ސަލާމް އަސްރަފް

    19
    1
  7. ރައްޔިތުމީހާ

    ކަމާ ވަރަށް އެކަށީގެންވާ ބަސްތަކެއްކަމަށް ޤަބޫލު ކުރެވެނީ! އެބަސްތައް ދާއިމީ ބަސަތަކަކަށް އެކަޑަމީން ހެއްދެވިއްޔާ ހަމަ ރަނގަޅުވާނެ!

    14
  8. ބަސްކޮށާރު

    "ކޮމްބޫތަރު ފަޅާ މޭޒު" ހަރުވާރު" މަޑުވާރު" ލޮލް

  9. ރަނގަޅުބަސް

    މައްސަލައަކީ އެކެޑަމީން ރަސްމީކޮށް ހަދާ ބަސްތައް ވެސް ބައެއް ފަހަރު، އެ ތަނުގެ ބޭފުޅުންގެ ޓްވީޓަކުން ނުވަތަ މިފާޑުގެ އެހެން ވަސީލަތަކުން އާންމުކުރައްވާ ކަމެވެ. މިދޭތެރެއިން ރަސްމީކޮށް ހެއްދެވި ބަސްތައް ވެސް އެކެޑަމީގެ ވެބްސައިޓުން ފެންނަން އެބަހުރި ކަމާ މެދު ސުވާލު އުފެދެއެވެ.

  10. ތާކިހާ

    ތިޔަފަދަ ކަންކަންވުމުގައި ވަރަށް ގިނަ ސަބަބުއެބަހުރި. ޤައުމުދެކެ ލޯބިވާމީހަކު ޤައުމަށްދެރަގޮތެއްވާހިނދު ނަފްސާނީ ބަލި މީހަކަށްވާފަދައިން، ދިވެހިބަސް ދެކެ ނުހަނު ލޯބިވާ މީހަކު ދިވެހިބަސް ބަޔަކު އުފައްދާގޮތުން މޮޔަވަނީ ކަމަށްވެސް ވެދާނެ. ދެން ކުރާ އަސަރަކުން ނަފުސާނީ މައްސަލަބޮޑުވެ، ބަސްލިސްޓް ނެރެވެނީ ކަމަށްވެސް ވެދާނެ ދެއްތޯ. ނައްސި އާއި ފައްސި ނޫސްތަކުން ފެނި ބޯގޮވީކަމަށްވެސް ވެދާނެ. ދެއްތޯ ނޫނީ ދިވެހިބަސް އުފައްދާ ހިތުން މޮޔަވަނީ ކަމަށްވެސް ވެދާނެ ދެއްތޯ. މީހަކަށް ލިބެންޖެހޭ ހައްޤެއް ކަމަށް އޭނަޔަށް ޤަބޫލުކުރެވޭ ހައްޤެއް ނިލިބޭހިނދު ހަޤީގަތުގައިވެސް މޮޔަ ވެދާނެ. މިކަމުގެ ފަރުވާއަކީ ދިވެހިބަސް އުފެއްދުމުގެ ހައްޤު ކޮންމެ ދިވެއްސަކަށްދީ ބަހުގެ މިނިވަންކަންދިނުން ޝުކުރިއްޔާ

    8
    1
  11. ފުނާ ވަނީމާ

    ވެގެން ތިއުޅޭހާވެސް ގޮތަކީ އެކަޑަމީއަށް ވަރަށް ހެޔޮއެދިގެން ކަމަށް އެތަން ތޮރުފިގެން އުޅޭ ބައެއްގެ އުނދަގޫ ޖެހެނީ. އެތަނުގެ ކޮމިޓީތަކުގައި މިހާރު އުޅޭ މީހުން ދުރުކުރުމަށްފަހު އެގޮނޑިތައް ބޭނުންވާ ބަޔަކު އުޅެނީ. އެމީހުންގެ ކިބައިގައި އެހާ ފެންވަރާއި ތަޖުރިބާ ނެތަކަސް ނަންބޭނުން މީހުން އެއީ. މީސްމީހުން އިންޓަނެޓުގެ އެކި މަންސަތަކުގައި ހަދާ ސޮފުހާތަކަށްވެސް އަރައިގަނެ، އެހެންޏާ ވެރިކޮށްލަން ނޫނީ ފަނާކޮށްލަން އުޅޭމީހުން އޭގެތެރޭގައި ހިމެނޭ. އެމީހުންގެ އަސްލު މޫނު ފޮރުވައިގެން ތިބެ އެކަޑަމީއަށް ވަދެ މާ ހެޔޮބަޔަކަށް ހެދިގެން އެތަނުގެ އިސްމީހުންގެ ލޮލުގައި އަނދުން އަޅުވައިގެން ގަންނަ ގަނޑުގެ ނަތީޖާ ތިހިރަ ފެންނަނީ. އަދިވެސް ހޭލާކަށް ނުވޭތަ؟

  12. އަލީ މުއާޒު

    އައްސި، ނައްސި ކަހަލަ ތާކުންކުރެތާކު ނުޖެހޭ ބަސްތައް ހެދިޔަސް މީހުން ބަލައެއް ނުގަންނާނެ.

    8
    1
  13. ޢަލިބެ

    ބަހުގެ އެކަޑަމީގައިވެސް ތިބެނީ ދިވެހިން. ޤާނޫނީ ބާރު ލިބިފައި އޮތުމުން އެތަނުގައި ތިބޭބަޔަކު ހިތަށްއަރާގޮތަކަށް ބަސްހަދައި ޢާންމުކޮށްފައި އެނޫންބަސްތައް ކަމުނުދާކަމަށް ތިހަދަނީ. ދިވެހިނަންތައް އުފައްދައި ކިޔެންއޮތްތޯ ނުބަލައި "ދިވެހިބަހުގެ އެކަޑަމީ" އެއީ ދިވެހިބަހެކޭ ބުނީވެސް ތިތަނުންދޯ. ޕޭމަންޓްގެ ބަދަލުގައި ދުވާރުކިޔުމުން ހިނގާރު ނުކީ ކީއްވެތޯ މީހުން ކިޔާއުޅުނު. ޙަޤީޤަތުގައި އެއީ ހިނގަން އޮންނަތަންދޯ. އެހެންބަޔަކު އެއްޗެއް ލިޔެގެން އުޅެންފެށުމުން އެއީ ގޯސްއެއްޗެތިކަމަށް ބުނުމުގެކުރިން އެބަސްތަކާމެދު ތިތާތިބޭ ދިވެހިބަހުގެ އެންމެމޮޅު މީހުންވެސް ވިސްނާލުމަކީ އެވަރުކަމެއްތަ؟

  14. ފިތާ ފޯލި

    ތިތަން އުވާލާ އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި ވެސް އެމީހުން ބަރާބަރަށް ވާހަކަ ދައްކާއުޅޭ އެމީހުން ދައްކާ އުޅޭބަހުރުވަ އެންމެންނަށް ފަހުމުވޭ އޭރަކު ނޯވޭ އެކަޑަމީއެއް މިކެޑަމީއެއް