ސ. ހުޅުމީދޫ ސިއްހީ މަރުކަޒުގައި މިދިޔަ ހޯމަ ދުވަހު ކުއްޖަކު ވިއްސި އިރު، އެކަމުގައި މަރުކަޒުގެ އިހުމާލު ބޮޑު ކަމަށް ބައެއް މީހުން ބުނެފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި އުމުރުން 40 އަހަރުގެ އަންހެން މީހާ ވިހެއުމުގެ މަސް ދުވަސް ކުރިން ތަކުރާރުކޮށް ސިއްހީ މަރުކަޒަށް ދެއްކިއެވެ. އެ އަންހެން މީހާ ޑޮކްޓަރަށް ދެއްކީ ބަނޑުގައި ރިއްސާތީއެވެ. އެކަމަކު، އޭރަކު ވެސް އޭނާ ބަލިވެ އިންކަން ޑޮކްޓަރުންނަށް އެނގިފައެއް ނެތެވެ.

ބަނޑުގައި ރިއްސާތީ އެމީހާ ޑޮކްޓަރަށް ދެއްކުމުން، ޑޮކްޓަރުން ނިންމެވީ އެއީ ގޭހުގެ އުނދަގުލެއް ވާތީ ދިމާވާ ކަމެއް ގޮތަށެވެ. އެ އަންހެން މީހާއަކީ މީގެކުރިން ވެސް ގޭހުގެ އުނދަގޫ ދިމާވާ މީހަކަށްވީމަ، ބަނޑަށް ތަދުވަނީ ކަމަށް ޑޮކްޓަރުން ގަބޫލު ކުރެއްވިއެވެ.

19 އަހަރަށް ފަހު، ދިވެހި ދެމަފިރިއަކަށް ނޭނގި ހުއްޓައި ލިބުނު ދަރިފުޅު، ބޮޑު އުފަލެއް!

މީގެ ދެ ދުވަހެއް ވަރު ކުރިން އެ އަންހެން މީހާ ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ވެސް ބޭސް ދިނުމަށް ފަހު ގެއަށް ފޮނުވާލީއެވެ. އެ މުއްދަތުގައި އެ ބަލި މީހާގެ ކިބައިން މާ ބަނޑުވުމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އޭނާ މާބަނޑުކަމަށް ބެލެވިގެން، އެއްވެސް ޓެސްޓެއް ކޮށްފައި ނުވާކަމަށް ވެސް އެނގިފައިވެއެވެ.

އޭގެ ފަހުން ހޯމަ ދުވަހު ހެނދުނު އޭނާގެ ބަނޑުގައި ރިއްސާތީ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އޭރު ޑިއުޓީގައި ހުރީ ކުރިން އޭނާ ބެލި ޑޮކްޓަރު ނޫންކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އިއްޔެ އޭނާ ބެލި ޑޮކްޓަރު އޭނާ ބެލުމަށް ފަހު މާބަނޑުކަމަށް ޝައްކު ކުރެވޭތީ، ޓެސްޓް ހެދި ކަމަށާއި އެ ޓެސްޓްތަކުން އޭނާ ބަލިވެ އިންކަން އެނގުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވިހެއި ކުއްޖާ އާއި މައިމީހާގެ ހާލު ރަނގަޅެވެ. އަދި ކުއްޖާ ވިހެއީ ދުވަސް ފުރާ ކަމަށާއި އެއީ އަންހެން ކުއްޖެއް ކަމަށްވެއެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުގައި އެންމެ ފަހުން ކުއްޖަކު ވިއްސާފައި ވަނީ 2016 ގައެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނީ ހުޅުމީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުންނަށެވެ. އަދި ސިއްހީ މަރުކަޒުން ފެނިގެން އެ ދިޔައީ ރަށްރަށުގެ ސިއްހީ ނިޒާމު އޮތް ފެންވަރު ކަމަށް ވެސް އެމީހުން ބުންޏެވެ.

އެތަނުން އެކަކު ބުނީ ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަން ދިޔައީމަ، ގޭސްޓްރިކްއޭ ބުނެ ފޮނުވާލުމަކީ ޑޮކްޓަރުން ކުރި "މޮޅު" ކަމެއް ކަމަށެވެ. އަދި އެފަދަ ޑޮކްޓަރުން ސެންޓަރުތަކުން މަދު ކުރަން އޭނާ އެދިފައިވެއެވެ.

ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ބުނީ އަންހެން މީހާ ބަނޑު ބޮޑުވި އިރު ފޮލިކް އެސިޑް ދިންތޯ ސުވާލުކޮށްފައެވެ. ބަނޑު ބޮޑުކަން ޑޮކްޓަރުންނާއި އަންހެން މީހާ އަށް ނޭނގުނު ނަމަ، އެހެން ބޭސްތަކެއް އަންހެން މީހާ ބޭނުންކޮށްފައި ހުރުން އެކަށީގެންވާ ކަމަށާއި މިކަމުގައި ޒިންމާ ނަގާނީ ކާކުތޯ އޭނާ ސުވާލު ކުރިއެވެ. އޭނާ ބުނި ގޮތުގައި ސިއްހީ މަރުކަޒުން ކުއްޖަކު ވިއްސައިގެން ލިބުނު ފަހުރަށްވުރެ، ބޮޑަށް މަރުކަޒުން ލަދު ގަންނަން ޖެހޭނެއެވެ.

މި ކަމާ ގުޅިގެން ސިއްހީ މަރުކަޒުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. އިރާޝާ

    ތިއަންހެން މީހާއަށް ބަނޑަށް 9 މަސް ވިއިރު ބަލިވެއިންކަން އަންހެން މީހާއަށް ނޭގުނު ކަމީ މުއުޖިޒާތެއް ފަދަ ކަމެއް ދޯ ؟ ތިކަމުގައި މަރުކަޒާއި ޑޮކްޓަރު ތޯގޯހީ . ބަލިވެގެން ދައްކަންދާ މީހާ ދޭ މައުލޫމާތު ގޯސްވެގެން ދީމާވާ ކަންކަމަށް އިހުމާލުވާންވީވެސް ޑޮކްޓަރުތޯ ؟

    113
    21
    • ލާލަ

      މޮޅެތި އެއްޗެހި ކޮމެންޓު ކުރުމުގެ ކުރިން މިކަމާ ގުޅޭގޮތުން ރިސާޗްކޮށްލުން މުހިންމު. ކްރިޕްޓިކް ޕްރެގްނަނެސީ އަކީ ވާ ކަމެއް.

      11
  2. ޙުސެން

    ތިކަމުގައި ކޮބައިތަ އެދެމަފިރިންގެ ޒިންމާ! 9 މަސް ވެގެން ދާއިރު ޕީރެޑުވެސް ނުވާނެ. ޢެވަރުންވެސް ޝައްކު ނުވަނީބާ؟

    81
    11
    • ތުނިޔަ

      ބައެއްފަހަރު ހަމަ ނޯމަލްކިާް ޕީރިަޑްވޭ ބަލިބެވެއިނަސް

      47
      6
    • Anonymous

      ނޭނގޭ ވާހަކަ ނުދެއްކެވުން އެދެން. ބަނޑުބޮޑު އިރު އެއްކޮށް ނުހުއްޓޭ މީހުން ހުރޭ

      45
      5
    • ާއަތީ

      ޕިިރިއަޑް ނުވާ މީހުންވެސް އުޅޭ 1 އަހަރު ވަންދެންވެސް..އެހެންވީމަ ނޭގިދާނެ ހަމަ..

      15
      1
  3. ބުތު

    ބޮޑުއާބާދީއަ އޮންނަރަށެއްގައި ނުވިއްސަޔޭބުނީމަ އެފަހުރެއްނޫން އެއީފެލްވެފަ އޮއްކަން

    57
    1
  4. މީ

    ފޮލިކް އެސިޑް ދޭނީ ވެސް ކެވޭނީވެސް ބަނޑުބޮޑުކަން އިނގިގެން ނޫންތޯ؟ ބަނޑުގަ ރިއްސައިގެން ދެއްކީމަ ބުނާނެ ގޭހޭ، މީތޯ 7000 މީހުންގެ އާބާދީއެއް އޮންނަ ރަށެއްގެ ސިއްހީ މަރުކަޒުން ދޭ ހިދުމަތުގެ ފެންވަރު ހުންނަން ޖެހޭ މިންވަރަކީ

    54
    6
  5. އައްޕި

    އަންހެންމީހާ އާއަ އޭނަގެ ފިރިމީހާއަށް މާބޮޑަށްވެސް އެގެންޖެހެއެވެ. އެއީ ބަނޑު ބޮޑުވީމާ ގައިމުވެސް ޕީވުން މެދުކެނޑުނެއް ނޫންތޯއެވެ. ޑރ ގެ އިހްމާލުވެސް ވ ބޮޑެވެ

    40
    14
    • Anonymous

      މެދުނުކެނޑޭ މީހުން ވެސް ތިބޭ

      37
      3
  6. ބަރާބަރު

    2016 ވަނަ އަހަރަކު ނުވާނެ ތިހެނެއް! 2016 ގައި ހުރިހާ ކަމެއްވެސް ބަރާބަރުވާނެ! 2018 ގެ ފަހުން ތިހެން ތިވީ!

    31
    14
  7. Anonymous

    ކޮންމެ މަހަކު ޕީރިއެޑް ނުވާމީހުން ބައިވަރު އުޅޭ.

    30
    2
  8. ޙައ

    ކޮބާތަ ރޮޒައިނާ....

    21
    2
  9. އެމަންޖެ

    ސިއްހީ ނިޒާމޭނުކިޔާ ނަސީދުމެންބަލަނީ ގައުމު ކައި ހުސްކުރެވޭތޯ.

    35
    1
  10. ފާތުން

    ތި މަރުކަޒުގެ ފެންވަރުތީ! މީހަކު ރޯގާޖެހިގެން ދިޔަސް ފަރުވާދޭނެ ނަރުހެއް ޑަކުޓަރެއް ގިނަފަހަރަކު ނުހުރޭ، ފަހުން އަންނާށޭ ކިޔާފަ ކިތަންމެ ފަހަރަކު ގެއަށް ފޮނުވާފަ އެބަހުރި.
    ނަރުހުންގެ ދުވަހާއި އެހެނިހެން ދުވަސް ފާހަގަ ކުރުމުގަ. ކާޑުޖަހާފަ ގޮސް ގޭގަ ނޫނީ މަރުކަޒުގައިވެސް ގިނަ ވަގުތު ހޭދަކުރަނީ އަމިއްލަ ކަންކަމުގައި. އެކަމުގަ ނަމޫނާ ދައްކާ!

    19
    4
  11. ކުރުނބާ

    ބަލާ ބެލުމަށއ ތިކުއްޖާ މާޝާﷲ ކުޑައެއްވެސް ނޫން! ތި އަންހެންމީހާއަށް ބަނޑުބޮޑުކަން ނޭނގި މިވަރުގެ ކުއްޖެއް ނެގީ؟ މާތްކަލާނގެ ކުޅަދުންވަންތަކަން! އަންހެންމީހާ ހަމަ އެހާސައިޒުން ބޮޑީބާ!! ވަރަށް ބައިވަރު ސުވާލު އެބަހުރި! ސިއްސައިގެން ގޮސް ހިފައިހެން ހުރި ރޯދަ ދޫނުވީ ކިރިޔާ!

    45
    1
  12. އަޖައިބު

    ބަނޑަށް 9 މަސް ވީ ހަމަ ކުއްޖާ ތޮޅިވެސް ނުލާބާ؟ގަވައިދުން މައްސަ ރު ވެސް ވީބާ؟ ބަލިވެ އިނުމުން ހަށިގަނޑަށް އަންނަަ އެއްވެސް ބަދަލެއް ވެސް ނާންނަނީ ބާ؟ ޓެސްޓު ކިޓަކުން ބަލާ ގޭގަ ޔަގީން ނުކު ރީ ކީއްވެބާ؟ އިޙްމާލް މި ވެވުނީ ހަަަަމައެކަނި ޑޮކްޓަ ރުބާ؟ މައުލޫމާތު ދިނުމުގަ ބަލިމީހާގެ ޒިންމާ ކޮބައިބާ؟

    36
    5
  13. ޑިމޮކްރަޓިސްޓް،ރ.ވާދޫ

    9 މަސްވެގެންދިޔައިރު، ވަެުބަލިކަމެއް، ބަނޑުފުއްޕުމެއް، ބަރުކަމެއްވެސް އިހުސާސުނުވޭ؟ ތީ ގަބޫލުކުރެވޭކަމެއްނޫން.

    30
    8
    • ގޭސް

      އަބަދު ގޭސް މައްސަލަ ޖެހޭ، ހަށިގަނޑު ބިޔަކޮށް ހުންނަންޏާ ނޭގިދާނެ..އެގޮތަށް އެބަހުރި ވަރަށް ގިނަ މީހުން ނޭނގި ވިހައިފަ?

      9
      1
    • ނޫނޭ ދިވެހިން

      ވީ ގޮތް ބަލާފަ ކޮމެންޓު ކުރުން ރަނގަޅު.

      6
      1
  14. ހުޅުމީދޫ މީހާ

    ޢަހަރެންގެ ކުރިމަތީ ހިނގާދިޔަ ކަމެއް، މިވަރަށް ދޮގު ނެހެދިޔަސް ވެދާނެ. ކާކުދިން މައުލޫމާތެއް ތީ؟

    24
    1
  15. ލ

    މިސްޓޭކެއް ތީ ތިވަ ރުގެ މިސްޓޭކެއް ހެދިދާނެ ބޭނުންކުރާނެ އަލާމާތް ނުލިބެންޏާ

  16. ******

    ބަނޑު ބޮޑުވިކަމުގައިވިއަސް ހަމަނޭނގި ދާނެ. އަޅުގަނޑު ކައިރީގައި އެތަކެއް ޑޮކްޓަރުންނެއް ބުނި ދަރިން ނުލިބޭނެ ވާހަކަ. ޕީރަޑް މައްސަލަ އަބަދުވެސް ޖެހޭ، އެހެންވެ އުއްމީދެއް ނުކުރަން ބަނޑު ބޮޑު ވެދާނެ ކަމަކަށް، އެއްވެސް ސިމްޓޮމްސް އެއްވެސް ނުފެނޭ. އެކަމަކު، އަލްހަމްދުލިއްލާހި، މިއަދު އެއްމާބަނޑު ލޯބި ދެއަންހެން ދަރިން އެބަ ބޮޑުވޭ!!

    24
  17. އަހަރެން.

    ކިތަމެ މީހެއް މިގޮތަށް ބަނޑުބޮޑުކަން ނޭނގި ވިހާފަ އެބަހުރި. ކޮންމެ ކަމެއް ވެސް މާބޮޑަށް އިނގެނީ މި ދިވެހިންނަށް. ބަނޑުބޮޑުވިޔަސް ގަވައިދުން ހުރިހާ މަހެއްގަ ލޭ ފެންނަ މީހުން އުޅޭ. އެއްބައި މީހުންނަކީ ޕީރިއަޑް މައްސަލަ ޖެހޭ މީހުން އެތައް ދުވަހެއް ވަންދެން ނޭނގިވެސް ހުރޭ. ތަނެއްް ދޮރެެއް ބަލާނުލާ ވާނެ ކޮމެންޓު ކުރެވޭތޯ ބަލަން ކޮންމެ މީހަކުވެސް..

    21
    1
  18. ާއަލީ

    އިސްލާމް ގަޑީ ގައި އަޑު ނާހާ މީހުން މި ތިބީ ?

    10