ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންބަރުންގެ އަރިހުން އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ގާނޫނު އަސާސީ އިސްލާހު ކުރަން އިއްތިފާގުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުންނަށް އެއީ އެންމެ ރަނގަޅު ލަފައެއްގެ ގޮތުގައި ފެނިފައި ނުވާ ކަމަށެވެ.

"ބަންޑާރަ ނައިބު ވިދާޅުވާ ގޮތްތަކެއް އެބަވޭ. އަދި ކައުންސިލަ ޖެނެރަލް އިއްތިފާގުވޭ އެ ހަމަތަކާ. ނަމަވެސް މަޖިލީހުގެ ބައެއް މެންބަރުން އެއްބަހެއް ނުވޭ މި ހަމަތަކާއެއް." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ އިތުރުން މަޖިލީހުން ލަފައެއް ހޯދެން އޮތް މުއައްސަސާއަކީ ރާއްޖޭގެ އެންމެ މަތީ ޝަރުއީ ކޯޓު ކަމުގައިވާ ސުޕްރީމް ކޯޓު ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ލަފައެއް ހޯދޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ ގޮތަށް ފާސްކޮށްގެން ކަމަށް ވާތީ މެންބަރުން އެގޮތައް ނިންމަވައި ދެއްވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"ގާނޫނު އަސާސީގައި ދެން ލަފާ ހޯދާ ތަނަކަށް މި އޮންނަނީ ސުޕްރީމް ކޯޓުން، އެ މަގުން ހިނގައިގެން ވަގުތީ ހައްލެއް ލިބިދާނެ ކަމަށް. އެކަން ކުރަން ނިންމާނީ މެންބަރުން. މެންބަރުން ފާސްކޮށްގެން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ނިންމޭނީ." ނަޝީދު ވިދާޅުވި އެވެ.

ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ބިލު ފާސްކުރަން އެމްޑީޕީގެ މެންބަރުންނަށް ތްރީލައިން ވިޕެއް ނެރުމަށް ރޭ ވަނީ ފާސްކޮށްފައެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީ އިސްލާހު ކުރަން ނަޝީދާއި، އެމްޑީޕީގެ ބައެއް މެންބަރުން ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ފުރަމަތިމާ އިސްލާހުވެބަލަ

  ފުރަމަ ކަލޭއިސްލާހު ކުރަން ލަފަހޯދަން އެދެންޖެހޭނީ ކަލޭ އިސްލާހު ވެފައެއްނު ކަލެއަށް އެހެންއެއްޗެއް އިސްލާހުކުރެވޭނީ!

  34
 2. އަހްމަދު

  ގާނޫނުއަސާސީ އިސްލާހުކުރަން ސްޕްރީމްކޯޓުގެ ލަފައެއްބޭނުމެއްނުވާނެ. ހުރިހާ މައްސަލައެއްނިންމަން މަނިކުފާނުއިންނަވާ ޖޭއެސްސީއިން ސްލޫކީ މައްސަލއެއްގެ ގޮތުގައި ނިންމާލީމާ އެނިމުނީ.

  29
 3. އެމަންޖެ

  ތީ އޮޅުމެއް ލަފާ ތިހޯދަނީ އިސްލާހުކުރާކައްނޫން ގާނޫނު އަސާސީއަކީ ނަސީދުގެ މިލްކަކައް ހަދަން.

  23
  2
 4. ޝްރޭ

  މީނަގެ ކަން ކަން ބެލޭނެ ފަރާތެއް ނެތީތޯ..އެހެންނުވާނީ ނައިބަކަށްވެސް އާއިލާ ބޭފުޅެއް..މިނުވޭދޯ އާއިލީ ވެރިކަމަކަށް.. ބޮއެ ހަލާކު.. ގައުމުގެ ދުވަސް ދުއްވައިލުން ނޫން ކަމެއް ނުކުރޭ...

  25
 5. ބުއްޅަ.ކޮމް.އެމްވީ

  ބުއްޅަ ލާނީ ވެސް ބުއްޅަ ބްރޭންޑްޖެހި މާސްކުވިއްޔާ އެހެންވީމާ ވާނީ ތިޔަހެން

  21
 6. މިއަދު

  މިއުޅެނީ މުތްވެލަށް ވެއްޓުނު ގެރިނަގަން ކުރާޖަލްސާގައިދޯ ގެރިމަރުވާއިރުވެސް ޖަލްސާނުބޭއްވިދާފަދައިން ޖޫން 3 ނިމިދާއިރުވެސް މިގާނޫނެއްގެ ކަންތައް ކޮޅެއްގައި ޖެހިދާނެކަމަކަށްނުފެނެ

  20
  1
 7. ސޯދިގު

  ތި ލަފާ ހޯދަން ކެނެރީމާގެ އަށް ހުށަހެޅުން މާ ބުއްދިވެރިވާނެ ދެބޯގެރި ދުއްވާ ރައްޔިތުންނަށް ފުރައްސާރަ ކުރުމުގެ ބަދަލުގައި

  25
 8. ލާމު

  ހައްދު ފަހަނަ އަޅާފަ އެވެ. މަހެއްވީ އެވެ. މެޖޯރިޓީ އެބަ އޮތެވެ. ހަފްތާ އަކުން ކުރެވި ދާނެ ކަމެކެވެ.

  18
 9. މޫސަ

  ތިޔައީ ވަ ރަށް ދެ ރަކަމެއް. އެއްވެސް ކަމެއްގައި އެހެން ބައެއްގެ ލަފާ ކަލޭ ބޭނުންވޭތަ

  17
 10. ޙިންނަވަރުސޮރު

  ޤާނޫނު އަސާސީއަށް ބަދަލުތައް ގެނެސްގެން ކެނެރީގޭ ނަޝީދު ބޭނުންވާ ކަންތަކަށް މަގުފަހި ކޮށްދޭ މެމްބަރުން ދަންނާތި ކަލޭމެންވެސް އުޅެން ޖެހޭނީ މިފަސްގަނޑުގަ އަހަރުމެންގެ ތެރޭގަ ކަމާ އަދި މަރުވަންދެން ތިޔަމަޖިލީހުގަ ރައްޔިތުންގެ ހިތަށް ތަދު ކުރަން ނުތިބެވޭނެކަމާ އަދި މިރާއްޖޭގަ މިއޮތް ހާމަނީ މިގޮތުގާދެމިއޮންނާނީ ކަލޭމެން ކަންތައްކުރާ ގޮތެއްގެ މައްޗަށް ބިނާވެގެންކަމާ އަދި ޅައެއްޗެއް އަޅާފަ އަހަރުމެންނަށް ދުއްތުރާލެއް ކުރިމަތި ވެއްޖެނަމަ ކަލޭމެން އޭގެ އަގު ދައްކަން ޖެހޭނެކަން. ނަމަނަމަ ރައްޔިތުންގެ ވޯޓަކުން މިރާއްޖޭގަ ނިއްމާ ސިއްކަޖަހާފަ އޮތް ރިޔާސީ ނިޒާމު ބަދަލުކޮށް ސަކަރާތް ޖަހަން އެއްގޮތަކަށްވެސް ނޫޅޭތި. ރައްޔިތުންގެ ބާރު ވެރިކަމުގެ ނިޒާމުގެ ތެރެއިން ފޭރިގަންނަންވެގެން ކެނެރީގޭ ނަޝީދު ދައްކާ ބަރުލަމާނީ ނިޒާމުގެ ވާހަކަ އަހަރެމެން ގަބޫލެއް ނުކުރަމެވެ. ވީމާ މިހިރަ މިހިރަ ކަހަލަ ކަންތައްތަކަކީ އަހަރުމެން ވޯޓު ދީގެން ހޮވާފަ މަޖިލީހަށް ވައްދާފަ ތިބި މެމްބަރުންނަށް ކުރުން މުޅިން މަނާކަމެއްކަން ހަނދާން ކޮށްދެމެވެ. ނަމަނަމަ ނިޒާމާ ނުކުޅެއްޗެވެ. އޭރުން ވަރަށް ގޯސް ވެދާނެއެވެ. ކަލޭމެން ކިތަންމެ ރިޝްވަތުކެއަސް އަދި ވައްކަން ކުރިޔަސް އަހަރުމެންނަކަށް ފަރުވާލެއްނެތެވެ. 5 އަހަރުން ބާކީ އޮތީ ތިން އަހަރެވެ. އޭގެފަހުން އަންނާނީ އަހަރުމެން ރައްޔިތުންގެ ދުވަހެވެ.

 11. އަންނި

  ސްޕްރީމު ކޯޓުގެ ލަފާ ބޭނުންވަނީ އެދޭގޮތަށް އެލަފާ ލިބުން. އެނޫންގޮތަކަށް އޮވެއްޖެ ނަމަ ބުނާނީ ވިސްނުން ބަދަލު ކުރަން.

 12. ބޭކާރު

  ގާނޫނުއަސާސީގެ 80 ވަނަ މާއްދާގަ ބުނާ ރޫލްގެ ތެރޭން ގެންގޮސް ސްޕްރީމް ކޯޓަށް ހުށަހެޅުމުން ހުރިހާކަމެއް ހަމަ ޖެހޭނެ ގާނޫނުތަކާ ގާނޫނުއަސާސީއާ ހިލާފުވާގޮތަށް ނޫނީ އެއްވެސް ކަމެއް ކުރާކަށް ނަސީދު ބޭނުމެއްނުވޭ

 13. ސަންތިމަރިޔަބު

  ގައުމުގެ އެންމެ އިސް މަގާމުތަކަށް ސަފީހުން (ދެއުޅިއެއްނުވާ) މީހުން އިސްކުރުމުން ނުވެނުދާނެ ގޮތްތަށް މިހިރަދަނީ ވަމުންނެވެ. ހައްލު އޮތީ ތިމަން މަނިކުފާނު ރަސްކަން ކުރަށްވާ އިއްޒަތްތެރި މަޖިލިހުގާކަމަށް ވިދާޅުވެ ބޮޑާވެ އީސީގެ އެންމެ އިސްކޮށް ހުރި ސަފީހު(ދެއުޅިއެއްނުވާ) ގެބޮލަށް ޗިޕްޖަށްސަވާ އެންމެ ފަހުން މައްސަލަ ހައްލު ނުވުމުން އަގުޅިނެތް ކަންނޭލަކަށްވެ “އުނބައް” ޖައްސަވާ ސިއްހީ ކުއްލި ނުރަށްކާ އިއުލާނުކޮއްފާވަނިކޮއް ތިޔަވިދާޅުވާ އިއްޒަތްތެރި މަޖިލިސް ހުޅުވާ އެންމެ ފަހުން އެންމެ އިސް ކޯޓަށް އިސްކޮއްފާވާ ބާއިކުދިން ކޮޅުލައްވާ ބޮނޑިބަތް ގަޑު ހިލާލާ ތިމަތިމާ މެންބޭނުންވާހާ ގޮތަކަށް ގާނޫނު ތައް
  ކޮށާމަށަމުން ދާއިރު ޕާޓީގެ އިއްޒަތްތެރި ކުދިންކޮޅު ޢާދެ އާދޭ ގާއި ބެރުދުންމާރި ތާޅަފިލީ ގާތިއްބެވީ އެވެ
  ހަމަހިނިއަންނަނީ

 14. ކޮރަލް

  3 ބާރު ވަކި ވެފަ އެވެ. ލަފާ ނާހާ މީހަކު ނެތެވެ. ނޭނގެނީ އެވެ.

 15. ބިރިޔާނީ

  މަޖިލީހުން ކައުންސިލް އިންތިހާބާ، ރައީސުންގެ އިންތިހާބު ފަސްކުރުމަކީ ނުވަތަ އަވަސްކުރުމަކީ ވަރަށްބޮޑު މައްސަލައެއް އެހެންވެގެން މިކަލޭގެ މިހާރު ޤާނޫނަށް ބޭނުންގޮތެއްހަދަންވެގެން އެއުޅެނީ މީ ބޮށު ބަހުލޫލެއް