ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ އެއްގެއިން އަނެއް ގެއަށް ނުދެވޭއިރު މިސްކިަތްތަކަށް އަރާ ނަމާދު ނުކުރެވޭ އިރު މި ދަނޑިވަޅަކީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ކޮންކަހަލަ ބައެއްތޯ އަޅުގަނޑުމެންނަކީ، ކޮންކަހަލަ ވިޕުތަކެއްތޯ މި ނެރެނީ، ކޮންކަހަލަ ނިންމުންތަކެއްތޯ މި ނިންމަނީ، ކޮން ކަހަލަ ލަފާތަކެއްތޯ ލިބެމުން މިދަނީ، މިނޫން ގޮތެއް ނެތީތޯ އިއްޒަތްތެރި ރައީސް. އޮތްކަމެއް ނެތް ކަމަކަށް ދެކިގެން ހަދައިގެން އަޅުގަނޑުމެން ގާނޫނުއަސާސީ އިސްލާހު ކުރަން ޖާގަ ހޯދުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން އިއްޒަތްތެރި ރައީސް،" އިންތި ވިދާޅުވިއެވެ.

ގާނޫނުއަސާސީއާ އިސްލާހު ކުރުމާއި ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕް އިން ވަނީ އެ ބިލު ފާސްކުރުމަށް ނިންމާފައެވެ. ނަމަވެސް އިންތި ވިދާޅލުވީ މިއީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ އެކަށިގެންވާ ވަގުތު ނޫން ކަމަށް ހުދު އެމަނިކުފާނަށް ވެސް ގަބޫލުކުރެއްވޭ ކަމަށާއި އަމިއްލަޔަށް ގަބޫލުކުރެވިފައި އޮތް ގޮތަކާ ހިލާފަށް ވޯޓު ނުދޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް-19 ގެ ސަބަބުން ނުބޭއްވުމުން ވަގުތީ ބިލެއް މަޖިލީހަށް ހުށަހަޅާ އިންތިހާބު ވަނީ ފަސްކޮށްފައެވެ. އަދި މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ބިލެއް ހުށަހެޅިއެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި އެކި މިއީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވެ އެ ބިލު ޕާކު ކޮށްލިއެވެ.

ނަމަވެސް ލާމަރުކަޒީ ކޮމެޓީން ބިލު ދިރާސާ ކުރިއިރު ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފާ ހޯއްދެވިއެވެ. ދެ ބޭފުޅުން ވެސް ވިދާޅުވީ އާއްމު ގާނޫނަކުން ދައުރު ދަންމާ ނުލެވޭނެ ކަމަށެވެ. އެހިސާބުން ޕާކު ކޮށްފައި އޮތް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހު އަލުން އެޖެންޑާކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކާފަދ

    ޤާނޫނު އަސާސީ އިސްލާހު ކުރަން ވަކި ވަގުތެއް އޮވޭތަ؟

    11
    7
  2. މޫސަ

    ތިޔައީ ބާވާލައްވާފަ އޮތް އެއްޗެއްނޫން ތިޔަބަދަލު ކު ރެވޭނެ. ތިޔަ ހެދީ ވެސް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން. މިހާ ރު ޚާއްޞަ މަޖިލީހެއްނެތް. އެހެންވީމަ ރައްޔިތުންގެ މަޖިލީހަށް ތިޔަކަން ނުކު ރެވެންވީ ސަބަބެއް ނެތް

    5
    16
  3. ތާކިހާ

    " އޮތްކަމެއް ނެތް ކަމަކަށް ދެކިގެން ހަދައިގެން އަޅުގަނޑުމެން ގާނޫނުއަސާސީ އިސްލާހު ކުރަން ޖާގަ ހޯދުމަކީ އަމިއްލަ ނަފްސަށް މަކަރު ހެދުން އިއްޒަތްތެރި ރައީސް،" ޝުކުރިއްޔާ ފަހުމީ، މަނިކުފާނުގެ އެބަހުރޭ ރަގަނގަޅުގޮތެއް، މި ގެންނެވީ އެމް. ޑީ ކުދީންނާއި ތަންކޮޅެއްތަފާތުގޮތެއް، ހިތާމަޔަކީ މަނިކުފާނުގެ ކިބައިންވެސް ބައެއް ފަހަރު މި ސިފަތައް ފެންނާތީ. އަޅުގަނޑު މަނިކުފާނަށް މިފަހަރު ދޭނީ ބީ ޕްލަސް

    24
    2
  4. ބަބުރު

    ކަލޭ ތިޔަތަނުގަ ނެތް ނަމަ ކިހާ ރަގަޅު.

    13
    12
  5. ެައަހްމަދު

    އަލްހަމްދުﷲ އިންތިއައް ﷲހެޔޮވިސްނުންދެއްކަމަށްޓަކާ ﷲއައް ހަމްދުކުރަން

    31
    3
  6. ޢަބްދުއްލަޠީފު

    ސާބަހޭދަރިޔާ. ނަޝީދަށް ތާއީދު ކުރުމަކީ އޭނަބޭނުންގޮތަށް މުޅިގައުމު ހިބަކޮށް ދިނުމެއްނޫންކަން ސާބިތު ކޮށްދޭށެވެ! އޭރުން ތިޔަ ލިބޭފައިސާކޮޅު ދިގުމުއްދަތަކަށް ދެމި އޮންނާނެކަން ޔަގީނެވެ.

    7
    1
  7. ޙަަަސަނު

    ކާފަރު ޑިމޮކްރަސީ މާ ކަ ރަނގަޅެއް ނުވިތާ ދޯ

    8
    1
  8. ވަސަރުލީ

    ތީކީ އާކަމެއް ނޫން. ބަޖެޓަށް ވޯތް ނުދިނުން. މަޖިލީސްތެރޭ ލަވަކިޔާ ސަރަކާތް ޖެހުން ތިޔަ އީ މެންބަރުން ނުހަނު ފަރިތަ ކަންކަން. ބޮޑުކަމަކަށް ކައުންސިލް ހުސްކަން ހައްލު ގެނައުން އޮތް އިރު ފާއިތުވީހާ ދުވަހަކު ތިޔަ ތެޅޭގޮތުން އެބައެނގޭ ތިޔަތަނަށް ސަހަލަ މީހަކު ހޮވިފައި ނެތްކަން.

  9. ތިއްތި

    ޤަނޫނު އަސާސީ އަކީ ބަޔަކު އަމިއްލަޔަށް އެބަޔަކު ޢާންމުގޮތެއްގައި އުލޭނެ ގޮތް ލިޔެފަ އޮންނަފޮތަކަށް ކިޔާނަމެއްހެން ހީވަނީ. އެއީ ބަދަލު ނުކުރެވޭނެ އެއްޗެއްނޫން. އެ ބަދަލު ކުރާކަށް ވަކި ވަގުތެއް ނޯވޭ. މި ވަގުތަކީ މި ވަގުތާ އެއްގޮތަށް ބަދަލް ކުރަން ބޭނުންވަންޏާ ބަދަލު ކުރަން އެންމެ ފުރިހަމަ ވަގުތު. މި ވަގުތު ދިޔައީމަ މި ވަގުތަށް އެކަށޭނަ ބަދަލެއް ފަހަކުން ނުގެނެވޭނެ. "ރާތް ގައީ، ބާތް ގައީ" އެހެން ނޫންތޯ؟

  10. ރައްޔިތުމީހާ

    ތިޔަބުނާގޮތަށް އަމިއްލަ ނަފްސަށް މަކަރު ހަދައިގެން ކިތައްފަހަރު ކިތައް ޤާނޫނު ފާސްކޮށްފިންތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުން ރަނގަޅު!

  11. ޒ

    ރަނގަޅު ވާހަ ކައެއްް. ކޮށްގެންވެސް ނުވަަނެ.