ކޮވިޑް-19 އާއި ގުޅިގެން މިހާތަނަށް 571 މީހަކަށް ޖޫރިމަނާ މަފު ކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ޓެކްސް ތަކާއި ގުޅޭގޮތުންނާއި އެކުލަވާލާފައިވާ އުސޫލަށް ފެތޭ މީހުންގެ ތެރެއިން 570 މީހަކަށް އެ ޖޫރިމަނާ މާފު ކޮށްދީފައިވާ ކަމަށެވެ.

"ޖޫރިމަނާ މާފު ކޮށްދީފައިވަނީ ޓެކްސްތަކާއި ގުޅޭ ގޮތުން އަޅުގަނޑުމެން އެކުލަވާލާފައިވާ އުސޫލަށް ފެތޭ ކޮންމެ ފަރާތެއް މީރާއަށް ފައިސާ ދައްކައިފިކަމަށް ވެއްޖެއްޔާ ނުވަތަ މީރާއަށް ފައިސާ ދައްކާނެ ގޮތަކަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ވަންޏާ އަޅުގަނޑުމެން އެ ޖޫރިމަނާ މާފަ ކޮށްދިނުމުގެ ކަންތައް ކުރިއަށް އެބަ ގެންދަން" ފަތުހުﷲ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގިނަ ފަރާތްތަކަށް ލުއި ދުނިމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"މާފު ކޮށްދޭއިރު ބަލާ ކަންތައްތަކެއް ހުންނާނެ. ހުރިހާ ޓެކްސްތަކާ ގުޅޭ ޖޫރިމަނާ ވެސް މާފުކޮށް ދޭނެ. ބަޔާން ހުށަހެޅުމާ ގުޅޭ ކަންކަމާއި، ޖޫރިމަނާ އާއި ޖީއެސްޓީ އަދި ބީޕީޓީގެ ޖޫރިމަނާ ވެސް މާފުކޮށްދޭނެ،" ފަތުހުﷲ ވިދާޅުވި އެވެ.

ފަތުހުﷲ އިތުރަށް ވިދާޅުވީ، މިހާލަތުގައި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާ ކަމަށާއި އެހެން ކަމުން އިންސްޓޯލްމަންޓް ޕްލޭންގެ ތެރެއިން ފައިސާ ދެއްކޭނެ އުސޫލުތަކެއްވެސް މިހާރު މީރާއިން ހަމަ ޖައްސާފައިވާ ކަމަށެވެ. އެގޮތުން 74 ފަރާތެއް އިންސްޓޯލްމަންޓް އެއްބަސްވުންތައް ހަދާފައިވާ ކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިދަ ދަނޑި

    އުސޫލިތަކަށް ފެތޭނީ މުއްސަނދި މަހުޖަނުން.. ދެރަ މީހާ ތިޔަ އުސޫލަކަށް ނުފެތޭނެ

  2. މަލާ

    ގޭ ތިބިމީހުންގެ އެއްވެސް އަގެއް ނެތެއްނުން އަހަރުންނައްވެސް އެހެން ދެވޭނެއެވެ

  3. މަލާ

    އެއްވެސް މީހަކު ގޭތިބޭނެކަމެއްނެއް އެހެންވީޔާ

  4. ރާއްޖެ.

    މިހެން ވީމަ އަހަރެން ސްޓޫޑެންޓް ލޯނު ވެސް ނުދައްކަނީ. މިމީހުން ހަމަ ހިތައް އަރާ ބަޔަކަށް ޖޫރިމަނާ ، ލޯނު، ދަރަނި މާފް ކުރެވޭ. ނިކަމެތި ރައްޔިތެއް ވިއްޔާ ގެދޮރު ވިއްކައިގެން ވެސް އެ ހޯދާނެ.

  5. އިލްހާމް

    ޖޫރިމަނާ ކުރުމުގައި ހަރަކާތްތެރިވި (ފުލުހުން) ނަށް އެދުވަސް ތަކުގައި ކުރެވުނީ ބޭކާރު ( ފޫނެއް ފަޔަކަށް ފެންފުރުން) ކަމެއްތާ؟؟
    ރަތްދައްކާ އަވީގައި އާއި ވެހޭ ވާރޭގައި، އާއްމުންނާއި އަރައިރުންނުވެ، ޖޫރިމަނާ ނުކޮށް ޑިއުޓީ ވަގުތުގައި ތަސްބީހަ ކިޔުމުގައި ގާގަނޑެއްގެ މަތީގައި ތިބި ނަމަވެސް މިކަން ބޭކާރުނުވެ ސަވާބް ލިބޭނެކަން ޔަގީން.

  6. އިމްރާން

    ހާދަހެއްވަޔޭ... ލާރި ދެއްކިމީހުންގެ ލާރި އަނބުރާދީ..

  7. ޖޯން

    މިތިބަ ގަމާރުންނޭ މީރާއިން އެބުނަނީ ޓެކ ކްސް ބަޔާން ހުށަނާޅާ ފަރާތްތަ ކާ ޓެ ކްސް ކްލިއަރެންސް ރިޕޯޓް ވިޔަފާރިތަ ކަށް ދޫ ކުރުމަށް ޖޫރިމަނާ މާފު ކޮށްދިންވާހަ ކަ.

  8. އަލި ރަސްގެފާނު

    ޖުރިމަނާ ކުރެވުނު މީހުން ޖޫރިމަނާ ކުރެވިފައިވާނީ އެތައް ބައިވަރު ފުލުންނެއް ރަތްދަކައަވީގައި ރޯދަމަހު އެކުރި ބުރަމަސައްކަތް ބޭކާރު ކޮށްލީ ފިނިކޮޓަރީގައި ތިބި މީރާ މީހުން، އަހަރެންމީ ފުލުހެއްނަމަ މިކަހަލަ ބޭކާރު ކަންތަށް ކުރުން ހުއްޓާލާނަން