ރާއްޖޭގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) އާއި ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ އާއި ގުޅިގެން ފައިސާ ދައްކާފައިވާ މަދު ބައެއް ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފިއެވެ.
މީރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވީ، ފުރަބަންދާއި ހިލާފުވެގެން 5 މިލިއަނެއްހާ ރުފިޔާ ލިބޭ ވަރަށް މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފައިސާ ދައްކާފައިވަނީ މަދު ބައެއް ކަން އޭނާ ފާހަގަ ކުރިއެވެ.
"މި ފައިސާއަކީ މިވަގުތުވެސް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު މީރާއިން ހަމަޖައްސަ ދީފައިވާ ފައިސާ. އޭގެ ތެރޭގައި އެޗްޕީއޭއިން ކުރާ ހުރިހާ ޖޫރިމަނާތަކެއްވެސް އޮންލައިންކޮށް ދެއްކޭނެ ގޮތަ ހަމަޖައްސަ ދީފަ ވާނީ. އެހެން ނަމަވެސް ހާއްސަ ގޮތެއްގައި މީރާ ބަންދުވެފައި ހުރުމާއި ގުޅިގެން އަދި ހަމަ ފައިސާ ދެއްކިވަރު ބަލާލަން ޖެހޭނީ ވަރަށް މަދު އަދަދެއްގެ ބޭފުޅުން އަދި ފައިސާ ދައްކާފައިވަނީ. އެކަމް ކޮންމެވެސް ވަރަކަށް ބޭފުޅުން ފައިސާ ދައްކާފައި އެބަވޭ" ފަތުހުﷲ ވިދާޅުވިއެވެ.
މިދުވަސް ކޮޅަކީ މީރާގެ އޮފީސް ބަންދު ދުވަސްކޮޅެއް ކަމަށްވުމާއި އެކު މީރާގެ އޮފީސް ހުޅުވުމުން އެ ފައިސާ ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ/
ފުލުހުން މީގެ ކުރިން ވިދާޅުފައި ވަނީ ފުރަބަންދާއި ހިލާފުވާ ފަރާތްތަކުން 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ކަމަށެވެ. އަދި މިހާތަނަށް ފުރަބަންދާއި ހިލާފުވެގެން 5000 އަށްވުރެ ގިނަ މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޖުރުމަނާ ކުރިޔަސް ދައްކާނެ ފައިސާއެއް ނެތިއްޔާ ނުއެއް ދެއްކޭނެދޯ؟؟؟؟ އަދި ބަންދުކުރިޔަސް ގެއިން ނުނުކުމެ ނުވަންޏާ ޖެހޭނީ ހަމަ ނުކުންނަންދޯ! ދަރިން ނުކައިތިބެ ބަނޑަށް މަރުވާތަން ބަލާކަށް ނުތިބެވޭނެދޯ!! ޑެލިވަރީޔޭ ކިޔާ އެއްޗަކުން ވާކަމެއް ހަރާންވިއްޔަ!
ކީއްކުރަން ބޭރަށް ދިއައީ.... ބޭރަށް ގޮސް އެއްޗެހި ގަނެވެންޔާ ޖޫރިމަނާ ދެކެވެން ޖެހޭނެ... ޕާރމިޓް ދިން ދޯ ވިޔަފާރި ކުރަން..
މައްސަލައެއްނެތެއްނޫންތޯ، ފައިސާ ނުދެއްކީމަ ދެން ކުރަންއޮތްކަމަކީވެސް މަޢާފުކުރުން.އެވެސް ފެންނަ ބަޔަކަށް މި ސަރުކާރަށް ތަންފީޒުކުރެވޭ އެއްވެސް ކަމެއް ނެތޭ ދެންނެވުން ވާނީ ކަންކަމުން ހަމަވާންޖެހޭ ގަރީނާ ހަމަނުވާ ބައި ގަރީނާފަދަ ދޮގަކަށްނުވާ ބައި ދޮގަކަށް ، އެހެންވީމަ މި ކޮމެންޓްގައިވެސް ފުރިހަމަ ދޮގެއް ނެތެއްނޫންތޯ ރައްޔިތުން ފައިސާ ނުދެއްކިޔަސް ދެން ދެއްތޯ
ދެން އަންނަ އިންތިހާބާ ދިމާކޮއް މާފް ކޮއްލާ
ރަށްޔިތުން ފެލާ ސަ ރުކާ ރެއްމީ....
ތެދެއް ތިބުނުއްވީ...
މީކޮންކަހަލަ ހަޔާތްކުޑަ ޖަނަވާރު ބައިގަނޑެއް. ރައްޔަތުމީހާ ނިކަމަތިވެ އާމްދަނީ ބަންދުވެ ގޮތްހުސްވީދުވަހު ބަނޑުފުރާނަ މުއްތިނުވެ ކާއެތިކޮޅުގަންނަން ނިކުތުމުން 1000ރ އިން ޖޫރިމާނާ ކޮށް އަތުގައި ކާންބޯންއޮތް ފައިސާކޮޅުވެސް ފޭރިގަންނަ އުސޫލެއް ގެންގުޅޭ ބައިގަނޑެއް. ރައްޔަތުންނަށް ލިބުނުހާ އެހީއެއް ހަޅަޕުކޮށްގެން ތިބޭއިރު މިއިންއެއްޗަކަށް ނޭގޭ 1000ރ އަކީ މިއަދު ނިކަމެތި ރައްޔަތަކަށް ލައްކައަކަށްވުރެން ބޮޑު އެއްޗެއްކަމެއް. ފިސާރި ރަގަޅަށް ރައްޔަތުންގެ ބަދުދުއާ ޖެހިގެން ނީމޭނެ ބައިގަނޑެއް ތިއީ.
މީފޭރޭ ސަރުކާރު. ރައްޔިތުމީހާ ފޭރި ފޭރި ލާރިހޯދާބައެއްމީ.
ވަޒީފާގެއްލި ބޯގޮވާފަ މިތިބެނީ.. އަތުގަ އޮތް އެއްޗެއް ހިފައިގެން ޖެހިގެން ހުރި ފިހާރައަށް ވަނީމަ 1000/- ރުފިޔާއިން ޖޫރިމަނާ.. އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރު ވަގުތުން ޖޫރިމަނާ ދައްކަނީ ކިހިނެތް؟؟ މިދެން ފުކެއް ބޮޑުވަރު، 1000 ވެސް މަދު .. 10000 ވަރު ޖައްސާލަބަލަ
ގަދަ ކަމުން ވެސް ދައްކުވާ... ނޫނީ ޖަލަށް ލައި...
ގަދަ ކަމުން ދައްކުވާ... ނޫނީ ޖަލަށް ލައި... ގޭގަ އަޅުގަނޑުމެން ތިބިއިރު ތިހެން ބޭރުގަ އުޅޭ މީހުންގެ އަތުން ޖޫރިމަނާ ފައިސާ އަތުލަން ޖެހޭނެ....
މީކޮންކަހަލަ އިނެސާފެއް އޮންނަ ޤައުމެއް ފުލަބަންދު އޮއްވާ ހުއްދަނޮހޯދާ ބޭރުގައި އުޅުނީމާ ޖޫރިމަނާ އެކަމަކު މިދިވެހި ރާއްޖޭގެ ޤާނޫނާއި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސިންނަށް ސަރުކާރު ބަޖެޓް އިން މިލިޔަން ރުފިޔާ ޚަރަދުކޮށްފަ ބޯހިޔާވަހިކަމާއި ، އެހެން ހުރިހާކަމެއް ހުއްދަ ، ސަދޫމް ޖަސްޓިސް ، މިހުރިހާކަމެއް ދިމާމިވަނީ މިޤައުމުގައި އަދުލުއިންސާފު ނެތީމަ ވ.ސަލާމް
ފެލަނީ ފެލަނީ ފެލަނީ ހަންދަމަނީ
ދިވެހިން ޖޫރިމަނާ ކޮށް ހަފުސްއަރުވާލަނީ ދެން ހަރަދު މި ކުރަނީ ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީންނަށް.
ފުރަބަންދުކޮށް ސަރުކާރު ބަންދުކޮށް ބޭރަށް ނުކުތުން މަނާކުރީމަ އެ އެންގުމާއި ޚިލާފުވެ ކެތެެއްނުވާނެއޭ ބުނެ މަޖުލިސްގެ ރައީސް ޖަލްސާތައް ބޭއްވުމަކީ ޤާނޫނަށް ފައިންއަރާ ސަރުކާރުގެ ބާރު ކަނޑުވާލުމުގެ ޢަމަލެއް. ދެން އިތުރަށް ރައްޔިތުން ގޭގަ ނުތިބޭނެ. ޖޫރިމަނާކުރިޔަސް އެފައިސާވެސް ނުދައްކާނެ.
ކުރިއަށް އޮތް އިންތިހާބްގަ ކުޅިދައްކާ ލާންވާނެ،
އަބަދުވެސް ދައްކާ މީހުން ދައްކާ... ނުދައްކާ މީހުންނަށް އޭރަކު އޮންނަ ސަރުކާރްކުން މާފްކޮށްދޭނީ.. މީކަން އޮތް ގޮތް... ގިނައިން އުޅޭނީވެސް ތިއުޅޭ ގޭންގް ކުދިންކޮޅު.. ޑީސަންޓްކޮށް އުޅޭ މީހަކަށް ތިވެސް މާފެއް ނުވާނެ..
މިނޫން ހައްލެއްނެތީތޯ ވަޒީފާއެއްނެއް އަބަދު ކޮއްމެވެސް ޖުރިމަނާއެއް ފުރަބަންދު ކުރިއަސް ނުކުރާނަމަ ވެހިކަލެއްގެ ކޮމެވެސް ބާވަތެއްގެ ޖުރިމައިނާއެއް މަހު މުސާރަ ނުލިބި ލަސްވާނަމަ މީހަކު ދައްކަންޖެހޭ ޖުރިމަނާތައް ފެންބިލް ކަރަންބިލް ގޭކުލީގެ10ފަސް ކުނިއުކާލަދޭބިލް ފޯންބިލްް ނެޓްބިލް ޓީވީބިލް ބެންކްލޯން ތަކުގެ ކިއެވުމުގަދައްކަންޖެހޭ ކާންދޭ ތަނައް ހޮޓާ މަސްނިމޭއިރު އައްފޯރާފަށުގަ ބޯލަކިންކިރިމާ