އަންނަ އާދީއްތަ ދުވަހު ރާއްޖެއިން ބޭރުގެ ދެ ގައުމެއްގައި ތިބި 73 ދިވެއްސަކު ރާއްޖެ އަންނަނާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެެއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރަކާއި، އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވިގޮތުގައި، މި ދިވެހިން ދަތުރުކުރާނީ ލަންޑަނުން، ސްރީލަންކަން އެއަރލައިންސްގައެވެ. އަދި ބެލަރޫސްގައި ތިބި ދަރިވަރުން މި ފްލައިޓަށް ޖޮއިންކުރުމަށް ހޮނިހިރު ދުވަހު މިންސްކް އިން ލަންޑަނަށް ދަތުރުކުރާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އަދި ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާ، އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ސްރީލަންކަން އެއަރލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މި ފްލައިޓްގައި އަންނަ ދިވެހިން ޓިކެޓް ނަގާނީ އަމިއްލަ ޚަރަދުގައެވެ. އަދި ރާއްޖެ އައުމަށްފަހު މި މީހުންވެސް 14 ދުވަހަށް ކަރަންޓީން ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ވަރަށް މޮޅެއްނު. ހީވަނީ ސަރުކާރުން ހިލޭކުރާކައްހެން. ކޮންމެ ކުއްޖަކު އަތުން 2000 ޑޮލަރު ނަގައިގެން ކުރާކަމެކޯ ކިޔާތީ އިވޭ.

  2. ލޮއްލީ

    ގެނެސް ކަރަންޓީންނުކޮއް ގެއަށް ފޮނުވާލާ