ބޫޓާނުގެ ޚާރިޖީ ވަޒީރު ޑރ ޓަންޑި ޑޯރްޖީ އަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ފޯނުން ގުޅުއްވައި، މަޝްވަރާކުރައްވައިފިއެވެ.

މި ފޯންކޯލްގައި ދެޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި، ސިއްހީ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެޤައުމު ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅުދެއްކެވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 އާ ދެކޮޅަށް ބޫޓާންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުންވެސް ބައިލޭޓަރަލް، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އެކިއެކި ކަންތައްތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މި ފޯން ކޯލްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ބޫޓާންގެ ޚާރިޖީ ވަޒީރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވާފައެވެ.

ބޫޓާނުން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައިވަނީ 27 މީހުން ކަމަށް، އެޤައުމުގެ އިދާރާތަކުން ބުނެއެވެ. މިހާތަނަށް އެޤައުމުން މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަސްޓޭ

    މިހާރު އަންނި ނޫޅޭބާ ރާއްޖެ އަޑިއަށް ދާތީވެ ބޭރު ގައުމަކުން ބިންކޮޅެއް ގަނާކަށް.

    13
  2. ޗާލު

    އެއްޗެއް ނުލިބިއޮތީ ބޫޓާންއަތުން އެކަނި. ޢަބްދުﷲ ކަލޭތީ މޮޔަވެގެން އުޅޭ މީހެއްތަ. ތިއުޅެނީ އެމީހާ ކޮވިޑް ޖައްސަންތަ

    17
  3. ދޮން މަނިކު

    އިންޑިޔާގެ ބޭނުނައް ރާއްޖެ ގެންނާނެ ކަމެއްނެއް ... މީ ވަރައް ވަރައް ވާހަކަ....؟