މިހާރު އިންތިހާބު ކުރައްވާފައި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދޭކަށް ނުޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން މިރޭގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ އިންތިހާބާއި ގުލޭ މައްސަލާގައި ހައިކޯޓަށް އިލެކްޝަންސް ކޮމިޝަނުން މައްސަލައެއް ހުށަހެޅި ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލާގައި މަޖިލީހުން ހައްލެއް ހޯދައި ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގައި އެދުމުން އެ މައްސަލ ސުޕްރީމް ކޯޓުންވެސް ނެގީ ކަމަށް އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ލަފަޔަކަށް އޭރު އެދުމުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް އިންތިހާބާއި ބެހޭ ކަމެއްގައި މަޖިލީހަށް ހައްލެއް ހޯދި ދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އުޝާމްގެ ވާހަކައިގެ މެދުތެރެއިން ނަޝީދު ވަނީ އިންތިހާބާއި ބެހޭ މައްސަލާގައި މަޖިލީހުން މިހާރު ހައްލެއް ހޯދައި ދެއްވާފައުވާނެ ކަމަށް ވިދާޅުވެފައެވެ.

"އެކަމާއި ގުޅިގެން އިއްޒަތްތެރި މެންބަރަކު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ، "މި މައްސަލައަކި މަޖިލީހުގެ މެންބަރުންގެ މެދުގައި އިއްތިފާގު ނުވެވޭ މައްސަލައަކަށް ވާތީ އެކަމުގެ ލަފަޔަކަށް އެދި ހުށަހަޅަނީ ކަމަށް" އިއްޒަތްެރި ރައީސް މަޖިލީހުން ނިންމާ ނިންމުމަކީ އިއްތިފާގުވްާން ޖެހޭ ފަދަ ނިންމުމެއް ނޫން. މަޖިލީހުން ނިންމާ ނިންމުމަކީ އިއްތިފާގުން ނިންމަންޖެހޭ ނިންމުމެއް ކަަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައެއް ނުވޭ،" އުޝާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ނިންމާ ނިންމުންތަކަކީ މެޖޯރިޓީ ނުވަތަ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކަކަށް ވާންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުން އިއްތިފާގު ނުވެވޭ ކޮންމެ ފަހަރެއްގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުން އެއީ ކުރަންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް ލޯކަލް ކައުންސިލް އިންތިހާބު ކޮވިޑް19 ގެ ސަބަބުން ބޭއްވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހާއްސަ ގާނޫނަކުން އެ އިންތިހާބު ފަސް ކޮށްފައިވާ ކަމަށާއި މީގެއިތުރުން މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާ ކަމަށެވެ.

އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހު ހަމަވާއިރު އެކަމުގެ ސަބަބުން ކުރިމަތިވާނެ ގާނޫނީ ހުރަސްތައް ނައްތާލުމަށް ގާނޫނުއަސާސީ އަށް ފަސްވަނަ އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. މީގެއިތުރުން މި ހާލަތުގައި [ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ހާލަތު] ގާނޫނުއަސާސީ އިސްލާހު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައެއް މެންބަރުންނަށް ފާހަގަކުރެވޭ ކަމަށްވެސް އެ ގަރާރު ހުށަހަޅުއްވަމުން ގަފޫރު ވިދާޅުވިއެވެ.

ގަފޫރު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވީ ގާނޫނުއަސާސީގެ 95ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަޔަކަށް އެދެނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގައި އެއްވެސް މައްސަލައެއް ދިމާވެދާނެތޯ ބެލުމަށް ކަމަށެވެ.

ގާނޫނުއަސާސީގެ 95 ވަނަ މާއްދާގައި ބުނެފައި ވަނީ ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޗާލު

    އަންނި އަތަށް ގޮވީ. ސްޕްރީމްކޯޓުން ހައްލެއް ނުހޯދޭނޭ، ހައްލުހޯދައިދޭނީ މަޖްލިހުންނޭ ކިޔާ ބޮޑު ކެނޑި. މިހާރު ކޮންތާކު މިޖެހުނީ. ނުފޯރާފޮތުން ފުގެޅީމާ ފެންނާނީ ކޯންޗެއްތޯ އޭނަ ކައިރިން އަހާބަލަ.

    14
    2
  2. ދަރަނި ދަންތުރަ

    65 މެންބަރުން ގޮވައިގެން ދޭބަލަ ފަރުމަށްޗަށް ބޮލިހިލަން އިގެރޭސިވިލާތުގައި ބޮލީގެ އަގު ވަރަށް މައްޗަށް ގޮއްސި ނަސީދަށް ޕައުންޑު ކޮޅެއްލިބިދާނެ މިވަގުތު އަދި ރާނީގެ ހާއްސަ
    " ހިމަ ފުޅި " އެއްވެސްލިބިދާނެ ، ސުޕުރީމް ކޯޓަށް ނުދާން ވަރުދެއްކީ މިހާރު އަތަށްގޮވާ ބޮލާފޮށާ އެޅުނީދޯ

  3. ސޯކާބެ

    ބަލަ ގާނޫނު އަސާސީގައޮވޭ ވަކިމީހަކައް ވަކި ގޮތެއް ނުހެދޭނޭ ނައްސްލަކައް ކުލަޔަކައް ރަށަކައް މިގާނޫނު ފެންނަ ކިތަން މެންބަރުންތޯ ތިއްބެވީ މިމާލޭގެ ރައްޔިތުން ކައިރީގައި އާދޭސްކޮއްގެން ވޯޓް ހޮދައިގެން ރައްރަށުގަ ބިންކާފަވެސް ގޯތިދެވޭ މިމާލޭގެ ނިކަމެތި ރައްޔިތަކައް ނުދެވޭ މީގާނޫނު އަސާސީޔާ ޙިލާފައް ހިންގަވާ ނަސްލީ އިމްތިޔާޒެއް ނޫންތޯ ޙުދުތިމާޔާ ތިމާގެ މާމަ ދަރިންނާ ދަރިންގެ ގާނޫނީ ހައގްތައް ކޮބާތޯ ވޯޓް ހޯދަންވީމަ މަލޭރައްޔިތުމީހާ ދިރިއުޅޭނެ ބިންކޮޅެއް ދޭންވީމަ ނުލިބޭ ރައްރަށުގެ މީހުންނައް ދެވޭ މީއެއަނިޔާވެރި ދިގްރާސްތާ 30 އަހަރު ރައްޔިތުން އަޅުވެތި ކުރަން ހިންގި ނަސްލީއިމްތިޔާޒް އަނިޔާވެރި އަމަލެއް މިހަރު ސަގަފަތަކައް ހަދައިގެން ހުރިހާ ސަރުކާރު ތަކުން ހިންގާ ބޭޭއިންސާފް އިންސާނިއްޔަތާ ޙިލާފް ޖަރީމާއެއް ކީކޭތޯ މިކިޔަނީ ކިޔޭނީ ކޮންމެ ބޭފުޅަކުވެސް ބައްލަވަނީ ހިހޫތަނުން ........