ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފޭސް އެކެއްގެ ދަށުން ހުއްދަ ލިބޭއިރު، މާލެ ސަރަޙައްދުގައި ޓެކްސީ ތަކުގައި ޕާޓިޝަން ޖަހަން ޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.

ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ފޭސް އެކެއްގެ ދަށުން ޖޫން މަހުން ފެށިގެން ކުރިޔަށް ހިނގާ ދެ ހަފްތާގައި، ޓެކްސީ ކުރުމުގެ ހުއްދަ ދިނުމުގައި، އެޗްޕީއޭއިން ކަނޑައަޅާ އުސޫލުތައް ބަޔާންކުރާ ގޮތުން، ޓެކްސީތަކުގައި ޕާޓިޝަން ޖެހުމުގެ އިތުރުން ބިއްލޫރި ހުންނަންވާނީ ތިރިކޮށްފައެވެ.

ފޭސް އެކެއްގެ ފުރަތަމަ ދެ ހަފްތާގައި ޓެކްސީ ކުރުމުގެ ހުއްދަ އިތުރު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. ނަމަވެސް ހުއްދަ ދޫކުރެވޭ ފަރާތްތަކުން އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެއެވެ.

މިގޮތުން ފުރަތަމަ މި ހުއްދައިގެ ދަށުން ޓެކްސީ ދަތުރުތައް ކުރާއިރު، ޓެކްސީ ޑްރައިވަރު އަދި ފަސެންޖަރުން ތިބެންވާނި މާސްކު އަޅައިގެން ކަމަށް އެޗްޕީއޭގެ އުސޫލުގައި ވެއެވެ. އަދި ފަސެންޖަރުންނަށް ޓެކްސީގައި ދަތުރުކުރާއިރު ތިބެވޭނީ ފަހަތު ސީޓުގައި އެކަނި ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ދަތުރަށް ފައިސާ ދައްކަން ވާނީ އޮންލައިންކޮށް ކަމަށާއި، ހަމައެކަނި ސެންޓަރުން ނުވަތަ އެޕްލިކޭޝަން މެދުވެރިކޮށް ދަތުރެއް ބުކް ކުރާ ފަރާތްތައް ނޫނީ ކާރަށް ނޭރުވުމަށް އަންގާފައި ވެއެވެ. ހަމަ އެހެންމެ ދަތުރެއް ފެށުމަށްފަހު އެ ދަތުރު ނިމުމުގެ ކުރިން އިތުރު ދަތުރެއް ނެގުން ޑްރައިވަރުންނަށް މަނާވާނެއެވެ.

އެޗްޕީއޭއިން ބުނާގޮތުން، ޓެކްސީ ދަތުރުތައް ކުރާ ކުރުމުގައި މި ޚިދުމަތްދޭ ފަރާތްތަކުން ފަސެންޖަރުންގެ ލޮގެއް ނަގާފައި ބަހައްޓަންވާނެއެވެ. އަދި ކޮންމެ ދަތުރަކަށްފަހު އުޅަނދު ސާފުކުރަންޖެހޭނެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ފިޔަވަޅުތަކަށް ލުއިދިނުމުގެ ފުރަތަމަ ދެހަފްތާއަށްފަހު، ޖޫން މެދުތެރެއިން ފެށިގެން ކުރިޔަށް ހިނގާ ދެ ހަފްތާގައި ހުރިހާ ޓެކްސީއަކަށް މިގޮތުގެ މަތީން ހުއްދަ ދޫކުރެވޭނެއެވެ. ނަމަވެސް ކުރިން ފާހަގަކޮށްފައިވާ އިރުޝާދުތަކަށް މި މުއްދަތުގައި ވެސް އަމަލުކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން، ކޮވިޑް-19 އިން އިންފެކްޓުވެފައިވާ ފަރާތްތައް ދެނެގަތުމަށް ހެލްތު މިނިސްޓްރީން ރާއްޖޭގައި ލޯންޗުކޮށްފައިވާ، "ޓްރޭސް އެކީ" އެޕް ބޭނުންކުރަންވާނެ ކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދާމިސް

  އެއްދަތުރު ނަގާފަ އޮއްވާ އިތުރު ދަތުރެއް ނުނަގާ ޑްރައިވަރުންނަށް ކެތްވާނެބާ

  32
  2
  • ސިކު

   ހަމަހޭގަ ތޯ ތިހުއްނެވީ. މިއޮށްހާދުވަހު ކާރުވެސް ނިދުއްވާ އެމީހުން އެތިބީ. ފިތުނަ އުފައްދަން ނޫޅެބަލަ.

   3
   2
 2. ޝިހާމްބެ

  ވާރޭ ވެހެންޏާ ބިއްލޫރި އަރުވާފަ ދޮރުތައް ހުޅުވާނީދޯ

 3. ށާޜާާ

  🤣🤣🤣🤣🤣

 4. ހިތާމަ

  ވަރަށް ބޭއިންސާފު ނިންމުމެއް. ހަމައެކަނި ޓެކްސީތަކުގަ ޕާޓިޝަން ޖަހަން އެއްގުން މީ ވަރަށް ބޭއިންސާފު ނިމުމެއް. މަގުމަތީގަ ދުއްވާނަމަ ދުއްވާ ހުރިހާ އުޅަނދުގަ ތި ޕާޓިޝަން ޖަހަން އަންގަންޖެހޭނެ ކަމަށްދެކެން. ޕާޓިޝަން ޖަހާދެނީ ސަރުކާރުންތޯ. މިފަދަ އައިމަތި ދަތި ވަގުތަކު ތިފަދަ ޚަރަދެއް ކުރެވޭނެތޯ. މިއުޅެނީ އުޅޭތަނަށް ކުލިނުދެއްކި ފެންބިލު ކަރަންޓުބިލު ނުދެއްކިގެން. އެލަވަން އަށް އެޕްލައި ކުރިފަހުން ވެސް ހަފްތާއެއްވީ. އަދިއެއްނޭންގެ ލިބޭނެ ކަމެއް ވސް. މިފަދަ ކަންކަނއ ނިއްމާއިރު ރައްޔިތުން ތިބީ ކޮން ހާލަތަކުތޯބަލާލިންތޯ. ނިއްމުންތަށްނިއްމަން ތިތިބީ ބޮޑެތި މުސާރަވެރިން. މަދުވާއެކައްޗެއްވެސް ނޯންނާނެ.. އަމިއްލަ މަސައްކަތްކުރާމީހުން ހުސްއަތާ. އެއްޗެއްލިބޭނެ ދުވަހެއްވެސް ނޭގެ. ކޮންތާކުން ލާރިހޯދާގެއްތޯ ތި ޚަރަދުތަށް ކުރާނީ.

 5. ކޮޓަރި.

  މީ އަޅެފަހެ ހަތަރު ކޮޓަރީގެ އެޕާޓްމަންޓް އެއްތޯ ކާރުތެރޭގަ ޕާޓުޝްތަށް ޖަހަން. ބޯހަލާކު..