އިދިކޮޅު ފަރާތްތަކުން ބޭނުންވި ވަރަށް ކޮވިޑް-19 ފެތުރި، އެ ބަލީގައި މީހުން މަރު ނުވި ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ރޭ މަޖިލިހުގައި ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި ޝިފާއު ވިދާޅުވީ ބައެއް ފަރާތްތަކުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ސިޔާސީ ފައިދާތަކެއް ނަގަން އުޅުނަސް، ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން އެ ފަރާތްތަކުން އިންތިޒާރު ކުރަމުން އަންނަ ވަގުތު ނާންނަ ކަމަށެވެ. ކޮވިޑް-19 އާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އިންތިޒާރު ކުރަމުން ދިޔައީ މުޅިން އެހެން ހާލަތެއް ކަމަށާއި އެ ހާލަތު އައިސްފައި ނުވަނީ ސަރުކާރުން އެޅި ފިޔަވަޅުތަކުން ކަމަށް ޝިފާއު ވިދާޅުވިއެވެ.

"ނަމަވެސް ﷲ ގެ ވާގިފުޅާއި މިއަދުގެ ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތާ އެކު، އެބޭފުޅުން އުންމީދު ކުރި ވަރަކަށް ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ނުދިޔަ. ރާއްޖޭގައި މި ބަލީގެ ސަބަބުން ދުނިޔެ ދޫކުރި މީހުންގެ އަދަދުތައް ވެސް އެބޭފުޅުން އުންމީދު ކުރި ވަރަކަށް ނުދިޔަ. އެހެންވެ، އެ ބޭފުޅުން ކުރިއަށް ރާވައިގެން ކުރަން ޖެހޭ ޕްލޭންތައް މިވަނީ ބަދަލު ކުރަން ޖެހިފައި،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "ޕްލޭން ބީ" ނުވަތަ "ޕްލޭން ސީ" އަށް ދާން ޖެހިފައިވާ ކަމަށެވެ.

ޝިފާއުގެ އެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި، ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ޝިފާއު އެޅުއްވީ ބުހުތާނު ދޮގެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް އެދޭނީ ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ނެތިކޮށްލާ ކަހަލަަ ވާހަކައިގެ މާނަ ހިމެނޭ ގޮތަށް މެމްބަރު ވާހަކަ ދެއްކެވީމަ ރައީސްގެ ސަމާލުކަމަށް ގެންނަން،" ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ފުރާނައަށް ގެއްލުން އެދޭނެ އެއްވެސް މެމްބަރަކު މަޖިލިހުގައި ނުތިއްބަވާނެ ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 1457 މީހެއްގެ ގައިން ކޮވިޑް-19 ފެނުނު އިރު، އޭގެ ތެރޭގައި ހިމެނެނީ 511 ދިވެހިންނާއި 946 ބިދޭސީންނެވެ. މި ބަލިން ރަނގަޅުވެފައި ވަނީ 232 މީހުންނެވެ. އަދި ބަލި ޖެހިގެން މިހާތަނަށް ފަސް މީހަކު މަރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

59 ކޮމެންޓް

 1. ޙުޔާ

  މިގަލިގޮލާ ހަހަހަ ވަޒީފާ އަށް ބިޔުން

  83
  3
  • ހހހހ

   އެއީ އަންނިގެ ޕަޕެޓެއް. އެހެންވެ އިންސާނީ ވިސްނުމެއްނުހުންނާނެ. މީނަގެ ވިސްނުމުގައި މިހުރިގޮތުން ހީވަނީ އިދިކޮޅަކީ ވަރަށްބާރުގަދަބައެއްހެން. އިދިކޮޅުގެ ބާރުހުރިމިންވަރަކީ އެމީހުންނަށް ބަލިނުޖރހޭނެކަމާ މަރުނުވާނެކަމުގެ ގެރެންޓީލިބިފައިއިތްކަން ކަމަށް މި ޕަޕެޓް ސޮރު މިކިތަނީ.

   94
   3
  • އީދުކުޅި

   ފަރީދާ ދަރިސޮރާ! ކަލޭ އިހަވަންދޫއޭ ކިޔައިގެންހުރެ އަހަރެމެން އިހަވަންދޫ މީހުން ލަދިގަންނަވާނެ ކަމެއްނެތް. ވަކި ބައެކޭ ކިޔާފަ އެއްޗެއްބުނުމުގެ ކުރިން އެއީ ކިހާތެދެއް އެކުލެވޭ ވާހަކައެއްތޯވެސް ބަލަންވާނެ. އިދިކޮޅުގައިވެސް ތިބޭ ދިވެހި ދަރިން. ދިވެހިން. ކަލެއަށް ބަލާބަލަ. ކަލޭ ތިއީ އިދިކޮޅު މެންބަރު ސައީދުގެ ކަޒިންއެއް. އެއްލެއެއް. މޑޕ ޕޕމ ވިއަސް ލޭގެ ގުޅުމެއް ނުކެނޑޭނެ.

   46
   3
 2. ގުއިދައިތަ

  މިހިރަ ބޯގޯހާ.. އިދިކޮޅަކުން ނޫން މިބަލި ފެތުރެން ބޭނުން ވީކީ.. ކަލޭމެންގެ ރޫހާނީ ލީޑަރ ދެއިރު ދެދަޅައަށް ގޮވަމުން ދިޔައީ މިބަލި މުޅި ރާއްޖެއަށް ފެތުރޭނެއޭ. ރާއްޖޭގަ ނުޖެހޭ މީހަކު ނުހުންނާނެއޭ. އެންމެނަށް ޖެހޭނެއޭ.. މިހާރު ދެން އޭނާ ބޭނުންވާ ވަރަށް ނުފެތުރުނީމަ އެވެސް އިދިކޮޅުގެ ބޮލަށް. މިކަހަލަ މަރުމޯލެއް އިހަވަންދޫ މީހުން މަޖިލީހަށް ހޮވާފަ މިހިރީ

  150
  4
  • Anonymous

   މުޣުނީއާ، ޝިފާޒުއާ ނަޝީދުމެން އިދިކޮޅަށް ސޮއިކުރީތަ؟ އެއީ މިގައުމުގައި ބަލިފަތުރަން އެންމެ މަސައްކަތްކުރި މީހުން. އަހަރެމެން. ނަޝީދު ބުނީ ހުރިހާ ދިވެހިންނަށް ކޮވިޑް ޖެހޭނެކަމަށް. މުޣުނީ ބުނީ އިދިކޮޅަށް ކޮވިޑް ޖައްސާނެކަމަށް. އެއީ 90 ހާސް މީހުން. ރައީސް ޔާމީނަށް ލިބުނު ވޯޓް އެއީ. ޝިފާއުކީ ބޮޑުއިބިލީސް. ހެއްދެވިހާ ދިގެއްހަދާ މީހާ. މަކަރާ އޮޅުވާލުންނޫން ކަމެއް ނުކުރާނެ. އަހަރެމެން ހީކުރިން ނުބައިއެއްޗަކުންވެސް ރަނަގަޅު އެއްޗެއް ނުކުމެދާނެކަމަށް. އެކަމަކު ޝިފާއުގެ ދޮގުހެދުން ހުރިވަރުންއެނގޭ ތިއީވެސް ދައްޖާލަށް ސައިކުރާކަށްކާދޭ ބައިގައިގެ މީހެއްކަން.

   51
   3
  • އަދުރޭ

   މިކަލޭގެ ކައިރީގަ ބުނެފައޮތީބާ؟ އެހެން ނޫނީ މިކަލޭގެ މިހަދަނީ ބޮޑުވެގެންވީ ދޮގެއް! މިކަލެގެއަކީ މަޖްލީހުގައި ހުރި އެންމެ ބޮޑު ދޮގުވެރިޔާ. ﷲ ތައާލަ އަންގަވާފައިވަނީ ކޮންމެ ދޮގުވެރިއަކާ ދުރުވާން. މިމީހުން ދައްޖާލު ފޮލޯކުރާމީހުން. ދޮގުވެރިންނަކީ ބޮޑު ފިތުނައެއް. ނަމާދުގައި ދުޢާކުރަން އަންގަވަފައިވަނީ މިކަހަލަ ދައްޖާލީ ފިތުނަނައިން ސަލާމަތްވުމަށް.

   45
   2
  • ރަނާ

   ޢަދި މިބައިގަޑެއް ނޫންތަބުނީ އިދިކޮޅަށް ޕީޕީއެމް މީހުނަށް މިބަލި ޖައް ސުވާނަމޭވެ ސް ކިޔޭ ނުކިޔޭ އެއްޗެއްވެ ސް ނޭނގޭ
   ޙި ސާބަށް ދިޔައީތަ ތިމާމެންގެ ރޫހާނީލީޑަރ ދެއްކި ވާހަކަޔާ އިދިކޮޅަށް ކަންތައް ދިމާވީމަ ލަދު ހަޔާތް ނެތިގެން ކޮން އެއްޗެކޭތަ މިހާރު މިލިޔަނީ ރަށަކުން މީހަކަށް ބަލިޖެހުނަ ސް ރަށް ބަންދުކުރާކަށް ނުޖެހޭ ނެޔޭ ރާއްޖޭގެ އެންމެނަށް މިބަލި ޖެހޭނެޔޭ މީ އެހާ ނުރައްކާކަމެއް ނޫނޭކީވެ ސް ތިމާމެންގެ ބުއްޅަބޭ ދޮއްތަ

 3. އިރާޝާ

  އިދިކޮޅުންތަ ކޮވިޑް ފަތުރަން މަސައްކަތްކުރީ ، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނާގެ ގޮތުގެ ވާހަކަ ދައްކަވަމުން އެމްޑީޕީގެ މަޖިލިސް މެމްބަރުން މަޖިލްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ އިދިކޮޅުގެ މީހުންނަށް ކޮރޯނާ ވައިރަސް ޖައްސާފައިކަމަށް ކައުންސިލް ކާމިޔާބުކުރާނީ ، އަދި މަޖިލިސް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން އެގެންދަނީ ރާއްޖޭގެ އެންމެމެންނަށް މިވައިރަސް ޖެހޭނޭ -

  100
  1
 4. އކިޔާ

  މިހާރުވެސް އަހަރެމެން އުންމީދު ކުރި ވަރަށް ވުރެ ބޮޑަށް ފެތުރިއްޖެ. މިވަރު ވެސް މިވީ ސަރުކާރުގެ ނާޤާބިލް ކަމުން.

  96
  2
 5. ހަރީފް

  މޮޔަ ގޮލައެއްތަމީ..ނަޝީދު ބުނި ރާއްޖޭ އެއްމެނަށް ޖެހިފައޭ ނިމޭނީ..ބީރުތަ އެއަޑު ނީވެނީ..

  97
  1
  • ޙައުލާ

   އެވާހަކަ އޮޅުވާލަން މިނުކުތީ ނަޝީދުގެ ބޮންދުސޮރު. މިމީހުންނަކީ ދޮގާ މަކަރާ ހީލަތުން މުޅިގައުމު ފަސާދަކުރާބައެއް. ޑިސީވަރސް އޮފް މޯލްޑިވްސް. މިމީހުންނަކީ ހެއްދެވިފަރާތަށް ބިރުނުގަންނަ، މަރުވާނެކަމަށް ގަބޫލުނުކުރާ ޝައިތާނުންގެ އުސޫލުގައި ތިބި ބައެއް.

   41
   1
 6. ޙެެވެރި

  ކިހާ ދެރަކަމެއް އިދިކޮޅުއެންމެންން ކޮރޯނާަ ވައިރަސް މިފަރު ޖައްސާފައެ ހުއްޓާނީ ބުނީި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ މިއެމްޑީޕީގެ މެމްބަރެކޭ ވަހަކަ ދައްކަވާއިރު ތިމާމެންނައް ކިއިފަހުރި އެއްޗެއް ނޭގެ ދޯ ކިހާދެރަކަމެއް

  84
  1
 7. ގަންޖާބޯ

  ބީތާޔާ ކަލޭމެން އުޅުނީ ދިވެހިރައްޔިތުންނަށް މިބަލިޖައްސާ މަރާހުސް ކުރަންވެގެން އެ ކަން ނުވީމަ ދެން ކޮންވެސް އެއްޗެއް ކިޔައިގެން މީހުންގެ ލޮލުގާ އަދުންނާޅުވާ

  81
  1
 8. މިރުސް

  މިކަހަލަ ބޯބުރާތިން މަޖުލީހައްދިޔާމައި އެއްވެސް ކަމެއްނުވެ މިގައުމު ފުޑިގެން މިދަނީ ނާގާބިލް އެޖެންޑާ19 މިއޮތްފެންނަނީ

  82
 9. އއއ

  އިދި ކޮޅު ޕާޓީން ތޯ މީހުންނަށް ބަލިޖެހޭނެ ވަރާއި މަރުވާނެވަރު ހާހުން ލަފާ ކުރާ އަދަދުތައް
  މީސްމީޑިއާގަ ހާމަ ކުރަމުން ދިޔައީ. ﷲ ޞުބްޙާނަޙޫ ވަތަޢާލާގެ ރަޙްމަތަށް ޝު ކުރުވެރި ވުމުގެ ބަދަލުގައި އަދިވެސް ބައެއްގެ ބޮލުގައި އިލްޒާމެއް އެޅުވޭތޯ މިބަލަނީ އަދިވެސް.

  69
 10. ހިކޫ

  ގުދޯގުދޯ ނުގޮވާ މަޖިލސްތެރޭގަ ކޮވިޑް ވާހަކަދައްކަވާ ކޮވިޑް ނުޖެހިގެން އުޅުނީ ކޮންބައެއްކަން އެގޭ ހުރިހާ ރައްޔިތުންނަށް. މިއާދައިގެ ރޯގައެއްކަމަށް ބުނެ ހުރިމީހުންނަށް ރޯގާޖެހޭ ނެކަމަށް ބުނަނީ ކާކު

  64
  1
 11. ޜޮޒް

  މީ އިހަވަންދޫ މީހުންހޮވާހުރި ތަންނެ ދޮރެއް ހުޅެއް ތަންޑެ ވަކިވާ ބުރާންޗެއްނޫން...

  79
  1
  • ސައިއްޓޭ ރ އުނގޫފާރު

   އެންމެ ފުރިހަމަ ކޮއް މި ބުރާންތި ސިފަކޮއްދިނީތީ ވަރައްބޮޑައް ސުކުރިއްޔާ

 12. ހަވާ

  އިދިކޮޅުން ބޭނުންވަނީ އެއްވެސް ވަރަކައް ދިވެއްސަކައް އަދި ބިދޭސީއަކައްވެސް ކޮވިޑު ނުޖެހޭ މިންވަރައް ކޮވިޑު ފެތުރެން. އެކަމަކު މިހާރު ރާއްޖޭގައި 1000 ހުން މައްޗައް ޖެހުނު މީހުންގެ އަދަދު އަރައިފި.

  37
  1
 13. އަހުމަދު

  ޝިފާއު މެންނަކީ ޤައުމަށް އެއްވެސް ހެވެއް އެދޭނެ ބައެއްނޫން. ކޮވިޑް 19 އިން ރައްކާތެރިވެ ގައުމުސަލާމަތްކުރުމަށް، ގައުމުސަމާލުކަމަށް އެންމެ ފުރަތަމަވެސް ގެނައި އިދިކޮޅުން، އެދުވަހު ޝިފާއުމެން އެކަންހެދީ ޖޯކަކަށް. ދެންމިއަދު ކޮންމެޑަލްއެއްޖަހަން ތިޔައުޅުއްވަނީ، އިއްޒަތްތެރިވުމަކީ ތިއީ ދޯ ...... މިފެންވަރުގެ މީހުން މިތިބީ މަޖިލީހުގައި ޢައުމުގެ ހާލަތު .....

  60
  1
 14. ޫހގފ

  ކަލޯ މޮޔަނުގޮވާ. މިގައުމުގެ އެއްމެނައްވެސް އެގޭނެ މިގައުމުގެ އެއްމެނައް ތިކަންޖައްސަން ގޮވާލަމުން ދިޔަމީހުން. ކަންތައްތައްވަނީ މިކައުނާއި މިކައުނުގައި ވާހާތަކެއްޗެއްގެ ވެރިފަރާތްނޭން އެހެންފަރާތެއްގެ ބާރަކުންނޫން.

  60
  1
 15. ެއިހަވަންދޫ

  އަޅެފަހެ މަރުވާނެ އަދަދާއި ޖެހޭނެއަދަދާއި ޖެހޭނެ ދުވަސް އާންމުކުރީ ކަމުގެ ތަޖުރިބާކާރުން. އެބުނި ވަރަކަށް އާ ނުޖެހުން. އެއީތޯ ތި ވިދާޅުވާ އިދިކޮޅު ފަރާތްތަކަކީ. އަޅެ އިހަވަންދޫ ދާއިރާއަށް މިނޫން މީހެއް ކުރިމަތި ނުލާތީތޯ މީނަ މިހޮވީ. މުޅިރަށަށްވެސް ހަޑި. އައްޗީޑި

  56
  • Anonymous

   މިއީ އިހަވަންދޫ މީހެއްނޫން. އިހަވަންދޫއަށް ލެއްގި އިބިލީހެއް. ކޮންމެ ރަށެއްގަވެސް ތިބި އެނމެ ނާގާބިލް އެންމެ ޖާހިލް އެންމެ އަބުރެއް ނެތް އެންމެ ދަށު ދަރަޖައިގެ ގަދަރެއްނެތް ބަޔަކު ނަޝީދު ހޯދައި އެބަޔަކު ނަޝީދަށް ލަންބުވާފަތިބޭނީ. މިމީހުނަކީ އަމިއްލަ ސިކުނޑި ބޭނުން ކުރެވޭވަރަށްވުރެ ހާލަތުދަށް އަގުދަށް އާއިލާތަކުން އައިސްތިބޭ މީހުން. މިމީހުނަކީ ރޮބަޓުން ކަހަލަ ބައެއް. އެމީހުނަށް ފީޑް ކުރުމުން އެއެއްޗެއްކިޔާނީ. އޭގެމީހެއް މިއީވެސް.

   21
   1
 16. މޮޔަބެ

  ބަލަ ކަލޯ މޫނު ފޮހެލަބަލް އެމްޑީޕީ ތިނަދޫ މެންބަރ ބުނީ ދިވެހިންނަށް ކޮވިޑް ޖައްސާފަޔޭ އިންތިޚާބު ކާމިޔާބު ކުރާނީ. ..ތިއީ ބުއްދި ފުރިހަމަ މީހެއްތޯ... މީގެ ފަހުން އޮންނަ އިންތިޚާބު ތަކުގައި މެންބަރުކަމަށް ކުރިމަތިލާމީހުން ބުއްދި ހަމަޖެހޭތޯ ބަލަން ސައިކޯ ސެޓްފިކެޓް ހުށަހަޅަން ފެނޭ...ތަސައްރަފު ނުފެދޭ ކުދިން ވިއްޔާ....

  52
  1
 17. އާދަމުގެދަރި

  އިދިކޮޅު މީހުން ދެއްކީ ތި ފެތުރުން ހުއްޓުވަން ލޮކްޑައުންކުރާ ވާހަކަ. އެއަރޕޯޓް ބަންދުކުރަން. ރިޒޯޓްތައް ބައްދުކުރަން ގޮވާލީ. އެމްޑީޕީގެ މެންބަރަކު ގޮވާލީ އިންތިޚާބު ކާމިޔާބުކުރާނީ އިދިކޮޅަށް ކޮވިޑް ޖައްސާފައޭ. މަންޒަރު ބަދަލުކުރަން ކިތަންމެ ވާހަކައެއް ދެއްކިޔަސް މިހާރަކު އޮޅުވައެއް ނުލެވޭނެ.

  49
  1
 18. ލޯބިވާ ވަޠަން

  އިދިކޮޅެއް އެއްކޮޅެއް ކިޔާނެކަމެއް ނެތް. ކަލޭ ތިވާހަކަ ދައްކާއިރު ތިހިރީ ހަމައިގަތަ. މިގައުމުގެ އެއްވެސް ރައްޔިތަކު ބޭނުމެއްނުވޭ މިވަބާ ގައި ގައުމުގެ ދަރީންތަކެއް ދުނިޔެ ދޫކޮށްދާން.

  47
  1
 19. ޢަލިބެ

  ބަލިފެތުރުނުވަރު އެނގޭނީ އެވަރަށް ޓެސްޓްކުރެވިގެން. ލައްކައަކަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ މާލޭގައި މިބަލި ފެތުރިފައިވާ މިންވަރު ދެމަހެއްހާ ދުވަހުން ވިހިހާސް ޓެސްޓްހެދިގެން އެނގޭނީ ކިހިނެއް؟ މިބަލި މީ ބައްޔެއްނޫނޭކިޔައި ވާހަކަދެއްކީ އިދިކޮޅު މީހުންތަ؟ އިދިކޮޅަށް ކޮރޯނާޖައްސާފައި ކައުންސިލް އިންތިޚާބު ކާމިޔާބުކުރާނަމޭބުނީވެސް ކަލޭމެންދޯ.

  48
  1
 20. Anonymous

  Idhikolhahcovidjassaanameybuneemdpbogosmeehun

  15
  1
 21. އެމީހާ

  އިދިކޮޅުއެއްވެސް މީހަކު އެހެންމީހަކަށް ކޮރޯނާޖައސާނެމެކޭ ނުބުނޭ. ކޮރޯނާ އިދިކޮޅުމީހުނަށް ޖައްސާ ނަމޭ ބުނީ ހަމަތިއެށްކޮޅު ބޮޑާކިބުރުވެރި ޖާހިލުބޭފުޅުންނޫންތޯ އެވެ މިއަދު ﷲގެ ރަޙުމަތާއެކު އެކަންއެހެންނުވީމާ މީހަކުއެއްޗެކޭބުނުމުގެކުރިން ލަދުގަނެ ގޮތްހުސްވެ ތިމާމެންގެޖާހިލުކަން ހާމަވެﷲއަށްބިރެއްނުގަނެތިހެންބުނަން ޖެހުމަކީވެސް ތިމަތިމާމެންގެޖާހިލުކަމެވެ

  41
  2
 22. އަހްމަދު

  މަޖިލިސްގެރައީސް ބޭނުންވިވަރަށް ވައިރަސްނުފެތުރިގެން މަޖިލިސްތަޅުމަށް މެމްބަރުންގެނެސްގެން ވައިރަސް ފެތުރުމަށްކުރާމަސައްކަތުގެވާހަކަދައްކަބަލަ

  19
  1
 23. ހުސޭނުބޭ

  އިދިކޮޅުން ބޭނުންވަނީ ކަލޭގެ ބޮލަށް ބޭސްކުރަން ފުރަތަމަ! އޭގެފަހުން ކޮވިޑް 19 ގެ ވާހަކަ ދައްކާނީ!

  24
  1
 24. ހހހހ

  ޝިފާޢު، މާގިނަދުވަހަކު ތިހެން ދޮގުހެދުމާ ފިތުނަ ފަސާދަ އުފެއްދުނުގައި ނުހުރެވޭނެ. ومكرو مكرالله والله خير الماكرون. ބިރުވެތިވޭ!

  26
  1
 25. އެމަންޖެ

  މީންދުވަހަކު ވާހަކަ ދެއްކި ސޮރެއްވެސްނޫންމީކީ އިދިކޮޅޭ އެބަކިޔައެއްނު އަންނި ބުނެފައޮތީ ރާއްޖެ އެއްމެނައް ޖައްސާނަމޭ އެއީ ކަލޭމެންގެ ރައީސް.

  23
  1
 26. އަހްމަދު

  ކަލޯ ތިޔަވާހަކަބުނަންވީ މަޖިލީހުގެ ރައީސާ ދިމާލަށް. އޭނާބުނީ މިރާއްޖޭ އެންމެނަށް މިބަލި ޖެހޭނޭ. އޭނާ ކުރެން އަހާބަލަ ކޮންއިރަކުންތޯ އެންމެނަށް މިބަލި ޖެހޭނީ. ބީތާވިއަސް ތަންކޮޅެއްބޮޑުވަރު. އިދިކޮޅު އެއްވެސް މީހަކު ބުނެފައެއްނޯންނާނެ މިވެނިވަރަކަށް މީހުނަށް މިބަލި ޖެހޭނެޔެކޭ. އެހެންވީމާ އަންނިއަށް އެއްޗެހި ކިޔާބަލަ.

  22
  1
 27. ބޯޖަލީލު

  އިހަވަންދޫ ބޮޑުމޮޔަ އިހަވަންދޫ ބޯ ބުރާންތި މިއީ ބުއްދިފިލާގޮސްހުރި ބޮޑު ގަމާރެއް އިހަވަންދޫ ރައްޔިތުން ބާރަށް އަތްޖަހާ ފައްކާ މެންބަރެއްތިހިރީ ހޮވާފައި އަނެއްކާ މަސްވެރިން ކަނޑުމަތިން ހޮވި ކަނޑު ކޮހެއްބާ މިއީ...

  22
  1
 28. އެޑްމުންޑޯ

  އިދިކޮޅެއްނޫން ، ތިމާމެން އަމިއްލައަށޭ ނުބުނީ ކިއްވެ ، މަޖްލިސްގައިވެސް ކްރޯނާ އާއި ބެހޭ ތާކުންތާކުނުޖެހޭ ވާހަކަދެއްކީ އެމްޑީޕީ މިންބަރުން ، މިހާރުވެސް ފުރަބަންދު އުވާލާ މީހުން ނުރައްކަލަށް ހުށަހަޅަން ގޮވަނީވެސް އެމްޑީޕީ މިންބަރުން

  20
  1
 29. އަޒާ

  މިކަހަލަ ދެބަންދިހާރަ ވެފަ ތިބޭ ގަމާރުން، އެއްޗެއް ބައްލަވައިގެންތޯ ހުރީ..؟

  17
  1
 30. ަިއިހަވަންދޫ

  މޮޔަސޮރެއް ގަޅިއެއް މިކަހަލަ ގަޅިގަމާރުން މިތަންތަނަށް ލައިގެން މިގައުމު ސުންނާފަތި ކޮށްފި

  17
  1
 31. ބުއްޅަބެ

  މިހާ ގަމާރު މީހަކު ރައްޔިތުންގެ މަޖިލީހަށް ހޮވަން މަސައްކަތް ކުރެވުނީތީ މާފަށް އެދެން.
  މިހާރު އެގިއްޖެ މީހަމަ ހުރިގޮތަށް ހުރި ބޯބުރާންޗެއްކަން.

  20
  2
 32. މޮންޓް

  ލަދުހަޔާތްކޮބާ! އެމްޑިބީ މެންބަރުން ދެއަްކި ވާހަކަތައ ރައްޔިތންގެގެ ހަދާނޫގައި އިބަހުރީ

  16
  1
 33. ހުވާ

  އިދިކޮޅަކީ އަންނިތަ؟ އޭނަދޯ އުޅުނީ ލޮކްޑައުންއަށް ގޮންޖަހާފަ.

  16
  1
 34. މޫސަ

  މި ފަދަ ގަމާރުން މަޖިލީހަށް ދެވަނަ ފަހަރު ނު ހޮވޭނެ ކަމަށް އުއްމީދު ކުރަން. ރާއްޖޭގައި ކޮވިޑް ފަތުރަން މަސައް ކަތް ކުރަނީ ބޮޑުވަޒީރު ބޮއްޅަ ހުއްތު ކަން އެންމެނަށް ވެސް އެނގޭ. އެ ކަމަ ކު ﷲ ގެ ރަޙުމަތުފުޅުން އޭނަ ބޭނުންވާ ގޮތަކަށް އެ ކަމެއް ނުވާނެ.

  18
  2
 35. އަހްމަދު

  މިބަލިމީހުންނަށް ޖައްސާވާހަކަ ދެއްކީ ކަލޭމެން ދެން ކޮން އިދިކޮޅެކޭ ތިކިޔަނީ! ރާއްޖޭގެ އެންމެންނަށް ބަލިޖެހޭނެ ވާހަކަ ބުނީ ޔާމީނުތޯ ނުވަތަ ބޮޑްވަޒީރުތޯ؟

  19
  1
 36. ސާމީ

  މީނާ މީ ހާދަހާ ސަރުކާރުވެގެން އުޅޭމީހެއް. އަހަރެމެން ވެސް މީ އިދިކޮޅު މީހުން އެކަމަކު ކޮވިޑެއް ފެތުރި ދާނެތީ އަހަރެމެން ޢާއިލީ މީހުންނާވެސް ދުރުގައި މިތިބެނީ އެޗްޕީ އާރު އެންގުންތަކަށް ތަބާ ވެގެން . މީނަ މީ ހާދަ ޙަޔާތް ކުޑަ މީހެކޭ. ތީ ހަކަ ފަލަވަރު

  21
  1
 37. ބަނބުކެޔޮ

  މިތިބަ އިސާމްދީނުގެ އަދުއްވުންނޭ އަދިވެސް ފުރުސައެބައޮތް އަވަހައް ތައުބާވޭ ﷲ އަށް ބިރުވެތިވޭ ކިތައްމެވަރަކައް ފުމުނަސް އުޑަކައް ނޭރޭނެ!

  23
  1
 38. މޫސަ

  މި އަރޮޅި ޖުއްލާބު ގާތު އަހާލަންް ބޭނުން މަޖްލީހަށް ވަޑައިގަންނަވަމުން ކޮންއެއްޗެއްތޯ ހިއްޕެވީ؟

  14
  2
 39. ސަންގުމަރުމަރު

  ގަޅި ވިޔަސް މީ ފުކެއް ބޮޑުވަރު.
  ކޮވިޑަކީ އަދުރޭއާ ޔާމީނާ ފަތުރާ އެއްޗެއްތަ. އެމީހުން ބޭނުން ވަރަކަށް ބޭނުންތަނަކަށް ފަތުރަން. އެޗްޕީއޭގަ ތިބީ ޔާމީނުގެ އަމަޔާ ބަފަޔާތަ. ވާނުވާ ނޭގިގެން ބުހުތާން ވާހަކަ ދައްކަނީ.

  މަޤާމު ގެއްލިދާނެތީ ބިރުގަތަސް ތިވަރު ބޮޑު. ބުނަން ބޭނުންނާ ވާހަކައެއް ބުނަންވެސް ނޭނގޭ ވަރުގެ ދޯހަޅިން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި މަޖިލީހުގަ މިތިބީ. ކީއްކުރާނީ ދޯ ރައްޔިތުން މިއޮތީ ސުޕަރ މެޖޯރިޓީ ދީފައެއްނު. ލާދީނިއްޔަތަށް ވޯޓުލީ މީހުން ދެން ބާރަށް އަތްޖަހާ.

  އެޖެންޑާ 19 ގެ ކުޅިސަމާ އަދި މި ފެށެނީ.

  13
  1
 40. އައްޑޫ މީހާ

  އެއީ ކިހާވަރެއްކަން ބުނެދީފާނަންތަ؟ މީހުންނަށް ބަލި ޖެހޭނެ އަދަދާއި މަރުވާނެ އަދަދު އަދި އިދިކޮޅު އެންމެނަށް ބަލި ޖައްސާފަ ކައުންސިލް އިންތިހާބު ކާމިޔާބު ކުރާނެ ވާހަކަ ދެއްކީ ކޮންބައެއް؟

  13
  1
 41. ސަމި

  ކެނެ ރީގޭ މޯދީ އާއި ތިނަދޫ ލަދު ކުޑަ މެމްބަ ރ މުޣުނީ އެއީވެސް އދިކޮޅަށު މެމްބަ ރުން ތަ . ލަދ ކުޑަ ބައެއް މީ ދުވަހަކުވެސް ނުދެކެން މިހާ ހޮތް ކުޑަ ބައެއް

  14
  1
  • Anonymous

   ދޮގުވެރިކަމަ އޮޅުވާލުމާ ރޯމާދުވާލު އެންމެނަށް ފެންނަ ގޮތަށް ބަރަހަނާވެ މަގުމަތީ އުޅޭ ނުލަފާ ބައެއް. މަހިތަށް އަރާ މިމީހުނަކީ ޔަހޫދީންގެ ތެރެއިން ނުކުމެގެން އައި ދިގުގެ އަހުލުވެރިން ނޫންބާއޭ!

 42. ގަބުޅިފާތުމާ

  މިހާރު އިދިކޮޅާ އެއްކޮޅުވެސް އޮޅިއްޖެދޯ؟؟ ކޮންކޮޅަކުންބުނީ ކޮވިޑް ހިފައިގެން ގޮސް އިންތިހާބު ކާމިޔާބު ކުރާނަމޭ؟؟ ހެޔޮވަރުން ކޯޓްލީމާ ވާނީތިހެން

  10
  1
 43. ޙަސަނާ

  މިކަހަލަ ގާބިލުކަމެއްނެތް ބުރާންތިން މަޖިލިހައް ހޮވިބަޔަކިވެސް ހިތާމަކުރަންޖެހިފަ މިއޮތީ އިލްމީ ބަހުސެއްކުރަންނޭގުނީމަ ކޮންމެސް ފިތުނަވެރިވާހަކައެއްދައްކާލައިގެން ތިމަންމީ ފިކުރުގެ މީހެކޭ ތިމަންނައައް މީ ނަސީދުގެ އަރިސްމީހެކޭ ބުނެލަންބޭނުންވަނީ މިސޮރުވެސް ސަރުކާރައްކިތައްމީހުން ވައްދާފަފަހުންނާނެބާ އެމީހެހްގެ އެހީތެރިކަމެއް ސަރުކާރައްލިބުނުބާ ފިލާތިބީ އެގެ ގިނަމީހުން....

  9
  1
 44. ޖަޒީރާ

  ކަނޑު ކޮސް 5 އަހަރުވަންދެންގޮވާ ރާއްޖޭގެ އާބާދީއަކީ ޒުވާން ތައުލީމީ އާބާދީއެއް މީހުންގެ ސިކުނޑީގެ ފެންވަރު އެގޭނީ ހަރަކާތުނާ ބުނާބަހުން ނުރައްކާތެރި ކަންތަކުގެ ވާހަކަ ސިޔާސީ ބޭނުމަކައް ސިކުނޑި ހަމަޖެހޭމީހަކު ނުދައްކާނެ އަނެއްކާ ބައްޔެއްގެ ވާހަކަދެއްކޭނީ އެދާއިރާއިން ތައުލީމުހޯދުމައްފައު ތިވަރުތަނެއްގަ

  11
  1
 45. މުހައްމަދު ޝާހް، ރ.ވާދޫ

  އިދިކޮޅޭ މުރާތްކޭ ނުކިޔާ ކަލޭމެން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެވޭތޯ ބަލާބަލަ! މިހާރުތީ ކަލޭމެންގެ ސްޕަރ މެޖޯރިޓީސަރުކާރު! ކަންކަންނުވާއިރަށް ކޮން ކުރީސަރުކާރެކޭ ފަޅޮލޭ ބަރަބޮލޭ ކިޔާކަށް! ތިތިބީ ފެއިލްވެފަ! ޕާޓީވެސް ހައިޖާނުވެފަ! ނުވަންޏާ އިސްތިއުފާދީފަ ގޮސް ގޭގަތިބެބަލަ!

  10
  1
 46. ރައްޔިތުމީހާ

  މީ މޮޔައެއްތަ؟ އިދިކޮޅަށް ކޮވިޑު ޖައްސާފަ އިންތިޚާބު ކާމީޔާބު ކުރޏް ބުނީ ކާކުތަ މަރުކޮހާ؟ ކިޠޭނުކިއޭ އެއްޗެއް ނޭގެންޏާ މަޑުން ހުރެވޭތޯބަލާބަލ. މިކަހަލަ ޑެބޯގެރިން ގިނަވެން މިޤައުމުހަލާކުވެގެން މިދަނީ.

 47. ދުމައިން

  ބޮލައްފިތިފަތިބޭ ތާވަޅަވެސް ތިއަށްވުރެ ހަމަޖެހޭ. އުޑެއް ބުޑެއް، ދޮރެއް ދޮރޯއްޓެއް ނޭގޭ މީހުން ތިތަންތަނަށް ވަނީމަ ވާނެ ތިހެން. މިވެސް ދެން ހަމަ "އިއްޒަތްތެރި" ޔެކޯ. ތިކަލޭގެއަށް އިއްޒަތްތެރި މަ ކިޔަންޖެހޭދުވަހެއް ނުދައްކަވާށި.

 48. އިތާ

  ބޯ ބުރާންތީނަކަށް ނޭނގޭނެ ކިޔޭނުކިޔޭއެއްޗެއްވެސް މި ޤައުމު މިޙާލަތަށް ދިޔައީ އިދިކޮޅުމީހުން ބުނިގޮތް ނަހަދަން އުޅުނީމާ،

 49. ޢހ

  ތި ގަޅިސޮރައް ވުރެ ތިދާއިރާއަށް މުހައްމާވެސް މބ ކަމުދޭ

 50. ާަބިޖޫ

  މުޣުނީއާ، ޝިފާޒުއާ ނަޝީދުމެން އިދިކޮޅަށް ސޮއިކުރީތަ؟ އެއީ މިގައުމުގައި ބަލިފަތުރަން އެންމެ މަސައްކަތްކުރި މީހުން. އަހަރެމެން. ނަޝީދު ބުނީ ހުރިހާ ދިވެހިންނަށް ކޮވިޑް ޖެހޭނެކަމަށް. މުޣުނީ ބުނީ އިދިކޮޅަށް ކޮވިޑް ޖައްސާނެކަމަށް. އެއީ 90 ހާސް މީހުން. ރައީސް ޔާމީނަށް ލިބުނު ވޯޓް އެއީ. ޝިފާއުކީ ބޮޑުއިބިލީސް. ހެއްދެވިހާ ދިގެއްހަދާ މީހާ. މަކަރާ އޮޅުވާލުންނޫން ކަމެއް ނުކުރާނެ