ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދުވަސްނުފުރާ ވިހޭ އެންމެ ހަގު ކުއްޖާއަށް ފަރުވާދީ، ހާލު ރަނގަޅުކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވީ މިހާރު އެކުއްޖާ ވިހޭތާ އެއްމަހާ 11 ދުވަސްވަރު ވެފައިވާ ކަމަށާއި، ވިހޭ އިރު އަންހެންމީހާގެ ބަނޑަށް 28 ހަފްތާ ކަމަށެވެ. އެއީ މިހާތަނަށް އެ ހޮސްޕިޓަލަށް ވިހޭ އެންމެ ހަގު ކުއްޖާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ފުރަތަމަ އެކުއްޖާ އަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައި ކަމަށާއި، އެ ހޮސްޕިޓަލުން ދިން ފަރުވާ ކާމިޔާބުވެ މިހާރު އެކުއްޖާއަށް އެންއައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ މިދުވަސްވަރު މާލެ ނުދެވުމުގެ ސަބަބުން ކުޅުދުއްފުށީ ހޮސްޕިޓަލަށް ވިހަންދާ މީހުންގެ އަދަދު ގިނަކަން ފާހަގަކޮށްފައެވެ. އެގޮތުން މީގެ ކުރިން އާންމުކޮށް މަހަކު އެ ހޮސްޕިޓަލުގައި ވިހަނީ 30 މީހުންނާއި 40 މީހުންނާއި ދެމެދުގެ އަދަދަކަށް މީހުން ކަމަށާއި، މިހާރު އެ އަދަދު 60 އާއި 70 އާއި ދެމެދުގެ އަދަދުތަކަކަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ބޮޑުތަން އިތުރުވެއްޖެ ކޮންމެ މަހަކު ހޮސްޕިޓަލަށް ވިހާ މިންވަރު. މާލެ ނުދެވޭތީ މިވަރަށް އިތުރުވީ." އަހުމަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެކަމުގެ ސަބަބުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ތަހައްމަލު ކުރަން ޖެހިފައިވާ ކަމަށާއި، އެކަން ހައްލު ކުރުމަށް އިތުރު ލޭބާރޫމެއް ހަދައި، އެތަން ބޭނުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕޭޝިއެންޓު 0

    ތި ހޮސްޕިޓަލުގެ ވިހާފާވާ އަންހެނުންނަށް ހާއްސަކޮށްފައި ހުންނަ ވާޑުގެ ފެންވަރު ރަނގަޅު ކުރުމަށް އާދޭހާއެކު ދަންނަވަން. އެންމެ ކުޑަމިނުން ބަލި މީހާގެ އެނދުގެ ވަށައިގެން ފޮތި ގަނޑެއް ކަހާލައިގެންވެސް ނިވާ ކުރެވޭނެ ގޮތެއް ހައްދަވާ ދެއްވުން އެދެން. އަންހެންމީހާ ބަލި ހާލަތުގައި ވާއިރު އަދި އޭސީގެ ހިދުމަތް ނުހުންނަ އިރު 24 ގަޑިއިރު އައުރަ ފުރިހަމައަށް ނިވާކޮށްގެން އޮންނަން އުނދަގޫވާނެ. ތަން މާ ބޮޑައްވެސް އޯޕެންކޮށް އޮންނައިރު ހޫނު ގަދަވެފައި މަދިރީގެ އުނދަގޫވެސް އެހާ ބޮޑު. އަދި ބޭބީ ބާއްވަން ހާއްސަ އެނދެއް ނުހުންނާތީ ބަލިމީހާގެ ސިންގަލް ބެޑުގެ ކޮންމެވެސް ކައިރިއެއްގައި ބާއްވަން ޖެހެނީ.. މިކަންކަން ހައްލު ކޮށްދޭނެ ކަމަށް އުންމީދު ކުރަން.

    32
    3
  2. ޫމުހައްމަދު

    magey darifulu negI 24 hafqtAga

    3
    1
  3. ސަލާމް

    ފަރުވާދީ ސަަލާމަތް ކޮއްފިއެއް ނޫން . ފަރުވާދީގެން ﷲ ގެ އިރާދަފުޅުން ސަލާމަތް ވެއްޖެ މިހެން ލިޔެލުން ރަގަޅު ވާނެ.

    29
    1
  4. ދަރަނި ދަންތުރަ

    ހޮސްޕިޓަލްގެ މެނޭޖަރަށް ވަރަށް އާދޭހާއެކު ދަންނަވަން ވޯޑުތަކުގައި ހުރި ބަލިމީހުން ކާންބޭނުންކުރާ އެއްޗެހި ބަހަށްޓާ ކާމޭޒުތަކުގެ ދަށް ބައްލަވާލައްވާ ވަރަށް ހިރަފުސް އެބަހުރި....

    10
    1
  5. އަލީ

    ދުރު ހިސާބުތަކުގައި ހުރި ތިފަދަ ހޮސްޕިޓާ ތަކަކީ ތަފާތު ފެސިލިޓީ ތަކުން ފުރިހަމަ ކުރަމުންދާ ތަންތަން. އެހެންވީމާ ތިސަރަހައްދު ތަކުން ކޮންމެހެން މާލެ ދާނެ ކަމެއް ނެތް. އއ. އދ. ވ. ފ ފަދަ މާލެ އާއި ކައިރި އަތޮޅު ތަކުގެ ހޮސްޕިޓާ ތަކަށް ނުދޭ އެތައް ސާމާނަކާ ޚާއްޞަކަމެއް ދީފައިވޭ.
    މައްސަލައަކީ މާލެ އާއި ކައިރިވުމުން އެހީތައް ނުދީ ހުރި ތަންތަނަކީވެސް މިއަދު ބޮޑެތި ޒިންމާ ތައް ނަގަން ޖެހިފައިވާ ތަންތަން ކަމަށް ވުން. މިސާލަކަށް އދ އަތޮޅު ހޮސްޕިޓަލަކީ މާލެއާއި އެންމެ ކައިރި އެއް އަތޮޅުހޮސްޕިޓަަލް. އަރިއަތޮލު ދެކުނުބުރީގެ އިތުރުން މާލެ އަތޮޅާއި އަރި އަތޮޅު އުތުރުބުރި އާއި ވ އަތޮޅާއި ފ އަތޮޅުން ވެސް މިދުވަސްވަރު ވިހެއުން ފަދަ ކަންކަމަށް މަހިބަދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މީހުން އެބަދޭ. ދުވަސް ނުފުރާ ވިހާ ކުދިންނާއި ދުވަސް ފުރައިގެން ވިހޭ ނަމަވެސް ރީނދޫވުން ފަދަ މައްސަލަތައް ހުންނަ ކޭސްތަކާއި އެތަނުގައިވެސް ދިމާވާ ކަމަށްވޭ. އެފަދަ ކަމެއްގައި މާލެއަށް ފޮނުވަން ހެލްތުމިނިސްޓްރީގައި އެދޭއިރަށް މިނިސްޓްރީން އަންގާކަމަށްވަނީ ތިކޮޅުން ދެވެން އޮތް ފަރުވާއެއް ދޭށޭ. ( ރަނގަޅު، ދުވަސްވަރުގެ ގޮތުން އެނޫން އެއްވެސް ގޮތެއް ނެތީ ނޫނިއްޔާ ޕޭޝަންޓުންނާއި އެމީހުންގެ އެހީތެރިންނެއްވެސް ބޭނުމެއް ނޫން މާލެ ދާކަށް) މިފަދަ އެންގުން އަންގާއިރު ކުޑަ ކުޑަ އައި ސީ ޔޫ އެއްނަމަވެސް އެތަނުގައި ހާދާލުމަކީ މުހިއްމު ކަމެއްކަމަށް މިނިސްޓްރީން ދޭކަނަމަ ކޮންމަފަދަ ރަނގަޅުކަމެއް މިއީ މިހިސާބުގަނޑުގެ ހުރިހާ ރައްޔިތުންނަށް.

    7
    1
  6. އެމަންޖެ

    ސަރުކާރުން އިސްކަންދެނީ މާލޭގެ ހޮސްޕިޓަލްތައް ކުރިއަރުވަން ދެން އަތޮޅުތެރޭ ހޮސްޕިތަލްތައް އެހާލުގަ ހުއްޓަސް ސަކުވާކުރާނެ ކަމެއްނެތް.

  7. މައްސަލަ

    ކޮންމެ އަތޮޅު ހޮސްޕިޓަލެއްގަވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެންމެ ކުޑަމިނުން ވިހާ، ކުޑަދަރިފުޅަށް ދޭންވާ ހުރިހާ ހިދުމަތެއް ދެވޭވަރު ކުރަން އެބަ ޖެހޭ ސަރުކާރުން.....
    އެގޮތައް ހުރިނަމަ އިރާދަކުރަށްވާގެން މިއަދު ދުވަހު ކިތައް ފުރާނަ ސަލާމަތް ކުރެވުނީސް....
    ސަރުކާރުން މިކަމަށް ހައްލެއް ހޯދަދޭނެ ކަމަށް އުންމީދު ކުރަން.....