ރާއްޖޭގައި ގަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާތީ ގޮންޖެހުންތައް ދިމާވި ކަމަށާއި ކޮވިޑް-19 އަށް ޓެސްޓް ކުރި ބައެއް ބިދޭސީން ދެނެގަންނަން އުނދަގޫވި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި "ވަގުތަށް" ދެއްވި އިންޓަވިއުގައި އަމީން ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަކީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. އެގޮތުން ބިދޭސީންގެ މެދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ގޮންޖެހުންތަކާ ދިމާވި ކަން މިނިސްޓަރު އަމީން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއް ވަޒީރު، އަމީން ވިދާޅުވީ ބައެއް ބިދޭސީންގެ ލިޔެކިޔުންތައް ނެތުމުން އެއީ ކާކު ކަން ދެނެގަތުމަށާއި އޭނާއާ ގާތުގައި ތިބި މީހުން ހޯދަން ވެސް ގޮންޖެހުންތައް ކުރިމަތިވި ކަމަށެވެ.

" ސާމްޕަލް ނެގުމަށް ފަހު ވެސް، އެއީ ކާކުކަން ދެނެގަންނަން ވެސް އުނދަގޫތަކެއް ދިމާވި. ހަމައެއާ އެކީގަ ކުރިން ވެސް ފެށިފައި އޮތް މަސައްކަތެއް ވީމަ އަޅުގަޑުމެންނަށް ފާހަގަކުރެވޭ މިހާރު ބަންގްލަދޭޝްއަށް ވަރަށް ގިނަ ބަޔަކު ފުރުވާ ވެސް ލެވިފައި ވަނީ. އެއީ ސަރުކާރުން ކުރިން ރާވާފައި އޮތް ރަނގަޅު މަސައްކަތެއް މިހާރު ފެށިގެން މިދަނީ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ބިދޭސީންގެ މެދުގައި ބަލި ފެތުރޭ ނިސްބަތް މަދު ކުރުމުގެ ގޮތުން އެ މީހުން އެކަހެރި ކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށާއި އެކި މުއައްސަސާތައް ގުޅިގެން ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

ހެލްތު މިނިސްޓަރު އަމީން "ވަގުތަށް" އިއްޔެ އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

ނަމަވެސް ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ބިދޭސީންގެ މެދުގައި ބަލި ފެތުރުނަ ނިސްބަތް ކޮންޓްރޯލް ކުރެވުމުގެ އިތުރުން، ބިދޭސީންގެ ފަރާތުން ބަލި ފެތުރޭ މިންވަރު ދަށް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ދުރާލާ ވިސްނައިގެން، މާލެ ތެރެއަށް ބިދޭސީން މެދުވެރިކޮށް ބަލި ފެތުރުނަ ނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާނެ ކަން އަމީން ފާހަގަކުރެއްވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 ޖެހުނީ ބަންގްލަދޭޝް މީހުންނަށެވެ. މިހާތަނަށް 1،457 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވާ އިރު، އޭގެ ތެރެއިން 750 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. ދިވެހިންގެ އަދަދު 511 އަށް އަރާފައިވާ އިރު، އިންޑިއާގެ 146 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

"އަޅުގަނޑުމެން ކުރިން ވެސް ލަފާކުރިން ބިދޭސީންގެ ތެރޭގައި މި ފެތުރިއްޖެ ކަމަށްވާ ނަމަ، އެއީ އުނދަގޫ ކަމަކަށް ވާނެ ކަމާއި އެކަމަށް އޭރުއްސުރެ ވިސްނުންތަކެއް ވެސް ގެންގުޅުނު. އެއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޗެލެންޖަކަށް ވެސް ދިމާވި. އެ މީހުން އައިސޮލޭޓް ކުރުމުގެ ކަންކަން އިންތިޒާމް ކުރަން. ނަމަވެސް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން ވަރަށް ގިނަ ބަޔަކު މަސައްކަތް ކޮށްގެން އަޅުގަނޑުމެންނަށް މިހާރު އެ އޮތީ ހައްލުތަކެއް ގެނެވިފައި،" އަމީން ވިދާޅުވިއެވެ.

ރެޖިސްޓްރީ ވާން ބިދޭސީން ގަލޮޅު ދަނޑު ފުރާފައި-- ފޮޓޯ-: އިކޮނޮމިކް މިނިސްޓްރީ

ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު އެއް ތަނެއްގައި ދިރިއުޅެމުން ދިއުމުގެ ސަބަބުން އެ މީހުން ރައްކާތެރި ތަންތަނަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭ އާއި ފުލުހުން އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ވަގުތީ ހިޔާ ބޭނުންވެފައި ތިބި 800 ބިދޭސީންނަށް ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީސީ) އިން ލޭބަ ކްއާޓަރެއް ވަނީ އަޅައިދީފައެވެ. އަދި ގުޅިފަޅާއި ވިލިވަރާއި ހުޅުމާލެ ފަދަ ރަށްރަށުގައި ބިދޭސީން ބޭތިއްބުމަށްޓަކައި ކަރަންޓީން ފެސިލިޓީތަކެއް ސަރުކާރުން ގާއިމުކޮށް، ބިދޭސީން ބައެއް ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ.

800 ބިދޭސީންނަށް އަޅައިދިން ލޭބާ ކުއާޓަރުގެ މަސައްކަތް ޗައިނާގެ ސީއެސްސީއީސީ އިން ނިންމާލައިފި

އަދި ގިނަ އަަދަދެއްގެ ބިދޭސީން ދިރިއުޅޭ ތަންތަން ފާހަގަކޮށް، މޮނިޓަރިންގެ ހާލަތަށް ވެސް ބައެއް ތަންތަން ވަނީ ލައިފައެވެ.

ހަމައެހެންމެ ސިއްހީ ގޮތުން ބިދޭސީންގެ ހާލަތު ދެނެގަތުމަށް ޚާއްސަ މަސައްކަތްތަކެއް ފާއިތުވި ދުވަސްތަކުގައި ކުރިއެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ބިދޭސީންނަށް ހާއްސަކޮށްގެން ސިއްހީ އޮޕަރޭޝަނެއް ފެށިއެވެ.

ބިދޭސީންނަށް އެހީވާން ހުޅުވި ފަންޑަށް މިހާތަނަށް އަށް ލައްކަ ރުފިޔާ ލިބިއްޖެ

ރާއްޖޭގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މާސްކް އަޅާކަށް ނުޖެހޭތަ؟ މިމީހުން ދައްކާ ނަމޫނާ ދޯ އެހެންމީހުންވެސް ބަލައިގަންނާނީ.

    7
    2
    • މެންބަރު

      އެމީހުންއެތިބީ މިހާރު ހާޑު އިމިޔުނިޓީ ވެފަ....އެމީހުނަށް ޖެހިރަނގަޅު ވެފަ ކަމަށްވާނީ.

      6
      1
  2. ސީދީ

    ރާއްޖޭގަ ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅެނިއްޔޭ ނުކިޔާ. ޤަވާއިދާ ޚިލާފަށް ބިދޭސީން އުޅެން ފުރުސަތުދެނީ ސަރުކާރުން. އުނދަގޫވާނެ. އަދި މާލޭގެ ރައްޔިތުން މިއުޅެމުން ދަނީ ކޮންމެ ދެގެ ދޭތެރޭގަ ތީގެ ބަނގާޅު ކޮއްޓެއް ހުރެގެން. ދެން ވިސްނަވާ އުނދަގޫ ވާނެވަރު. "ފުޅަށްނެތް ތަނަކަށް، ބަކަރި ވަދެގެން" އުޅޭ މިސާލުގަ ބިދޭސީން މިރާއްޖޭގަ އުޅެމުން އުޅެމުން އެދަނީ؟ އަޅެ މީޤައިމެއްތަ؟ ނޫނީ ކާޅު ހާއްޔެއްތަ؟

    13
    1
  3. މަޖިލިސް

    ރެންޑަމް ސާމްޕަލުން ދައްކަނީ ބިދޭސީންގެ 75% މީހުންގެ ހަށިގަޑުގަ ކޮވިޑު އެންޓިބޮޑީސް ހުރިކަން، އެހެންވީމަ އެއިގެ ތެރެއިން ބަލިޖެހުމުގެ ފުރުސަތު އޮތީ 25% މީހުންގެ. ..ވެދާނެ ގާއްޖޭގަ މިދިޔައަހަރުވެސް ގިނަބަޔަކަޢްޖެހިފަ ހުރިކަމަށް، މިހާގިނަބައެއް ބަލިޖެހި ރަނގަޅު ވެފަތިބީމަތާ އެންޓިބޮޑީސް އެހާ ބޮޑު އިންސައްތައެއްގެ ހަށިގަނޑުގަ ހުންނާނީ...

    8
    1
  4. އަލީ

    ލިޔެކިއުން ނެތަސް ކާކުކަން ނޭގުނަސް އެމީހުންގެ ފަ ރާތުން ބަލިފެތުނަސް ، ކު ރާނެކަމެއްނެތް..އެއަށްވު ރެ ދިވެހިން ނިކަމެތިވެއްޖެ..މިގޮތަށް މިމީހުން މިގައުމުގަ ބައިތިއްބައިގެން ގިނަކު ރަމުންގޮސް ބަގްލަދޭޝްގެ ބާ ރު ހިނގާ 2 ވަނަ ފަލަސްތީނަށް މިގައުމު ނުވެއްޖެއްޔާ ކިތައްމެހާވެސް ރަގަޅު.މީވަ ރަށް ގިނަ ވާހަކަ..މިގައުމުގަ ގަވާެިދާއި ހިލާފަށް އުޅޭ ލިޔެކިއުން ނެތް މީހުންގެ ގައުމުތަކުން އެމީހުންނާއި ހަވާލުނުވާނަމަ އެއީ ދިވެހިން ބަލަން ޖެހިފަތިބި ބަންގ ރާއްޖޭ ރައްޔަތުން..މިކަމުގެ ޒިއްމާ އުފުލަން ޖެހޭނީ ހަމަ ދިވެހިން

    10
    1
  5. ބަސްކޮށާރު

    އަމީންގެ ވާހަކަފުޅުގައި "ގޮންޖެހުން" މިބަސް ބޭނުންކުރާ ވަގުތާއި ހާލަތު ނުބައި ކަމުގައި ވަރަށް އަދަބު އިހްތިރާމާއެކު ދަންނަވަން..

  6. ދިވެހި ޤައުމުގެ ޚައްޤުގައި

    ޤަވައިދާ ޚިލާފަށް މި ޤައުމުގައި ތިބި ހުރިހައި ބިދޭސީން މި ޤައުމުން ފޮނުވާލާ، މި ރާއްޖެ ހަމަ މަގަށް އަޅުވާ، ޤާނޫނީ އިމުގެ ތެ ރެއަށް ބިދޭސީން ވައްދާ، ދިވެހިން ނަށް ވެސް ރާއްޖެއިން ބޭރުގައި ހިތު ހުރި ގޮތަކަށް ނޫޅެވޭނެ، އެޤައުމެއްގައި އުޅެން ޖެހޭނީ އެޤައުމެއްގެ ހެދިފައިވާ ޤާނޫން ތަކާއި، ޤަވާއިދު ތަކާ އުސޫލް ތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަން ވެގެން.

  7. ހުސެން

    ވެރިންގެމުސާރަ ކުޑަކަމުން