ރައީސް ޔާމީން ފަދަ ވެރިއެއްް މިގަރުނުގައި ދިވެހިރާއްޖެ ނުދެކޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން މިރޭ ފުވައްމުލަކުގައި ބާއްވަމުންދާ "އެކަލަސް، މިކަލަސް، ދެނަސް، ރައީސް ޔާމީން" ނަމުގައި ބާއްވަމުން ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އައިބީ ވިދާޅުވީ ރައީސް ޔާމީން އާއި މެޑަމް ފާތުން ގެންދަވަނީ ދިވެހިރާއްޖެއަށް ގިނަގުނަ ތަރައްގީ ގެނެސްދެއްވަމުން ކަމަށެވެ.

"ރައީސް ޔާމީން ވަނީ ޒުވާނުންނަށް ފަހި މުސްތަގުބަލެއް ހޯދައިދެއްވާފައި, ދިވެހި ރައްޔިތުން ބަލިތަކަަށް ފަރުވާހޯދަމުން ދަނީ ހިނިތުންވުމާއެކު" މެންބަރު އައިބީ ވިދާޅުވިއެވެ.

މެންބަރު އައިބީ ވިދާޅުވީ ރައީސް ޔާމީން ސަރުކާރު އައި ހިސާބުން އިދިކޮޅު ފަރާތް ތަކުން ރައްޔިތުންނަށް މުސީބާތު ޖައްސަން ފެށި ކަމަށެވެ.

"މިސަރުކާރު ވުޖޫދައް އައިސުރެން, ދިވެހި ލޮބުވެތި ރައްޔިތުންނަށް ކޮންފަދަ މުސީބާތެއްތޯ އިދިކޮޅުފަރާތްތަކުން މިޖައްސަމުން ގެންދަނީ, މިއަދު އަޅުގަނޑުމެން މިތާގައި މިތިބީ ފަސޭހަ ކަމާއެކު ތޯ" މެންބަރު އައީބީ ވިދާޅުވިއެވެ.

ރައީސް ޔާމީން އާއި މެޑަމް ފާތުން ހައްޖު ދަތުރެެއްގައި ވަޑައިިގެންފައި, މާލެ ވަޑައިގެންނެއްވި ތަނާ މުޅި އާއިލާ ގޮއްވާލަން ލޯޗުކޮޅުަގައި ބޮން ގޮއްވި ކަން ދިވެހި ރައްޔިތުން ހަދާން އެބަހުރި ކަމަށް އައިބީ ވިދާޅުވިއެވެ.

"އެ ހާދިސާއަށް ފަހު އެ ހާލަތުން އަރާގަތީ ކިތައް ދުވަހުން ތޯ, ކިތައް ފަހަރު ތޯ އެކަމަނާއާއި އެކަމަނާގެ އާއިލާ, ގޮއްވާލަން މަސައްކަތް މިކުރަނީ އިދިކޮޅު ފަރާތްތަކުން" އައީބީ ވިދާޅުވިއެވެ.

އައީބީ ވިދާޅުވީ މެޑަމް ފާތުން މިޓާމް ނިމުމުގެ ކުރިން ފުވައްމުލަކަށް ސަލާމަތްތެރިކަމާއެކު ވަޑައިގެންނެއްވުމަކީ ނަސީބު ކަމަށެވެ.

މެންބަރު އައިބީ ވިދާަޅުވީ މެންޑަމް ފާތުން ވަޑައިގަންދަވާނީ ޒުވާނުންގެ ފަހަތުން ކަމަށާއި ކަބަލުންނާއި އިސްރައްވެހިންގެ ފަހަތުން ކަމަށެވެ.

" ރާއްޖޭގެ އެއްވެސް ޕަސްޓް ލޭޑީއަކަށް މެޑަމް ފާތުން އެކުރައްވާހާ އިހުލާސްތެރި މައްސަކަތެއް ކޮއްދެއްވާފައެއް ނުވޭ , ދިވެހި މުޖުތަމައު ރަގަޅު މުޖުތަމައު އަކަށް ހަދަން މެޑަމް ފާތުން އެގެންދެއްވަނީ މައްސަކަތް ކުރައްވަމުން " މެންބަރު އައިބީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަހާ

    މަވެސް ބުނާނީ ނުދެކެއެވެ. އަދި ދެކޭނެހެން ހީނުކުރެވެއެވެ. އެހާވެސް ހިޔަޅެވެ.

  2. ޙަފްޞާ / މާލެ

    މާނަ ނަގާނޭގޮތަކަށް އިދިކޮޅުމީހުން މާނަ ނަގަންވީ! ދިވެހިރާޢްޖެ މިދެކޭފަދަ ހެޔޮ ތަރައްޤިއެއް ، މިދެކޭފަދަ ބާރު އިޤްތިޞާދެއް ، މިދެކޭފަދަ ޒަމާނީ ކުނިއެރުންތަކެއް ، މިދެކޭފަދަ ފަހި ދުވަސްތަކެއް ދިވެހިރާޢްޖެ ދުވަހަކުވެސް ދެކިފައެއްނުވޭ! އަދި ނުވެސް ފެންނާނެ!

  3. ސީދި އިބްރާ

    ޔާމީން ތިބޭފުޅާ ދެން ކައިރި ނުކުރާނެ. އަދީބުގެ ބަސްއެހި ހުރިހާ މެމބްަރުން (ނިހާނު އަދުރޭވެސް ހިމެނޭ ގޮތަށް) ދުރަށް ޖައްސާލާނެ. އެއީ ވެރިކަމަށް ހޮވިއްޖެއްޔާ 2019 ގައި.

  4. ބޮޑު ކައްކާ

    މިގައުމުގައި ތައުލީމީ އެތަށް މީހުނެއް މިދައްކަނީ ގޯހުން ގޯހަށް ގޮަސް އޮތްކަމުގެ ހެކި. އެކަމަކު އިހައްދުވަހު ވެއިޓަރަކަށް ސައުތުލޭންޑްގައި ހުރި މީހަކު ކޮސްގޮވީމާ އަންނަނީ ހިނި. އަދި ތިބޭފުޅާގެ އިލްމީ ގާބިލްކަމެއް ނެތް ކަމުގެ ހެކި.
    ބްރޯ ސަލާމް ބުނި