އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ހުޅުލެ އައިސޮލޭޝަން ފެސިިލިޓީގައި މަސައްކަތް ކުރާ އަންހެން ނަރުހަކަށް ފިރިހެން ފުލުހަކު ގަދަކަމުން ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވަނީ މިފަދަ މައްސަލައެއް ފުލުހަށް ހުށަހެޅުނުކަން ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ހުޅުލޭގެ އައިސޮލޭޝަން ފެސިލިޓީގައި މަސައްކަތް ކުރާ ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް މިދިޔަ އާދީއްތަ ދުވަހު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް އޮފް ކޮމާންޑުން ބަލަމުން ދާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށާއި، އެ މައްސަލައިގެ ޖިނާއީ ތަހުގީގުވެސް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފެންމަތިވިއިރު، އއ. ވެލިދޫ ރިސޯޓުގައި ހުރި ދިވެހި އަންހެން ޑޮކްޓަރަކު، އެ ފެސިލިޓީގައި އިސްކޮށް އުޅުއްވާ ސިފައިންގެ ފިރިހެނަކާ އެކަހެރިކޮށް، ބައްދަލުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ މައްސަލަ ފުރަތަމަ ފުލުހުން ނުބަލާ ގޮތަށް އޮތް ނަމަވެސް، ފަހުން އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އަދި އެމައްސަލާގައި ހަމައެކަނި ފިޔަވަޅު އަޅާފައި ވަނީ އަންހެން ޑޮކްޓަރަށެވެ. އެގޮތުން އެ ޑޮކްޓަރު ވަނީ އެ ކަމާއި ގުޅިގެން މާލެ ފޮނުވާާފައެވެ. ނަމަވެސް އެ ފެސިލިޓީގެ ކޮމާންޑަރަކަށް ހުރީ އަދިވެސް އެ ސިފައިންގެ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޗަމޭ

    ނިކަމެތި މީހާ އަށް ނިކަމެތި ގޮތް، އަދިއެވެސް ތުހުމަތު ކުރެވޭ މައްސަލަ ، އަޅުގަނޑުގެ އަޙް ހަމީދު ޑާންސް ކުލަބްތެރޭގައި ހުރި މައްސަލަ ބަލާ ކަމެއް އެއްވެސް އިދާރާއަކުން ނުބުނޭ

    56
    2
  2. ސާޒީ

    ގިނަ ބަޔަކު ތުހުމަތު ކުރަނީ މިކަމަކީ ސިފައިންގެ އޮފިސަރު މައްސަލަ ފަޅާއަރުވާލުމުން ބަދަލު ހިފުމުގެ ގޮތުން ކުރުވިކަމެއްކަމަށް

    22
    27
    • ޕޮލިސް

      ތިގިނަ ބަޔަކީ ޕޮލިހުންތަ؟

      12
      2
  3. ހުރިއްޔާ

    ދިވެހި ރާއްޖޭގަ ޒިނޭ އާންމު ވެފަވާ މިންވަރު

    48
  4. ބިރު ކުޑޭ

    އެ ފުލުސް ކަލޭގެ ހު ރީ މީހަކާއި އިނދެގެން ތަ؟

    24
    3
  5. ލާމު

    ފުލުހުން ފުލުހުންގެ މައްސަލަ ބަލަނީ އެވެ. ޖޯކެކެވެ.

    10
  6. މަރުހަބަން

    މަރުހަބާ ހިންދުސްތާނާއި އޮންނަ ގާތްގުޅުން ދަމަހައްޓާ އެގައުމުގެ ސަގާފަތް ކުރިއަރުވަމާ.

    8
    1
  7. ާދ

    ރައްޔިތު މީހާއައް ވުރެ މިމީހުން އެބަޖެހޭ މައިތިރި ކުރަން ބޭހެއް ދީގެން ނަމަވެސް

  8. އަޒޫ

    ތިހަމަ ވެދާނެ ކަމެއް

  9. އަފީ

    ނުބައި ނުލަފާ ހުރިހާ ކަމެއްގެ ތުހުމަތު މިހާތަނައް ފުލުހުންނައް ކުރެވިފަ ވޭ. މަސްތުވާ ތަކެތީގެ ވިޔަފާރި، ޖިންސީ ފުރައްސާރަ، ވައްކަން، އެއްޖިންސުން ގުޅުން ހިންގުން.... ވަރައް ދެރަ ކަންތައް

    13
    • ކުރަފި ކެރަފާ

      އެމީހުން އެމީހުނަށް ތުހުމަތު ކުރާނީ ކިހާ ވަރެއް ވީމަދޯ...ލަދު

  10. Anonymous

    އިންޑިޔާ ނަންވާނީ އެކަމު ސުންނީ މުސްލިމުން މާނުބައި

    7
    7
  11. ބަބު

    ތިޔައީ ސިފައިންގެ މީހާ ބަސްޓް ވުމުން އެކަމުގެ ބަދަލުގަ ޖެހި މަޅިއެއް

    7
    3
  12. މަގޭ

    ޢާންއަންހެނުންނާއިދަރިންއަތުގައިހިފައިގެންގޮސްއެކުރިކަމެއްއޭނަކުރީ

  13. އެމަންޖެ

    ވަރައް ތިޔަހެންއުޅޭ ފުލުހުން ގިނަ.

  14. ނާތި

    ނަރޮހުން ނާ ޔުނިފޯމް އެޅި ބޭފުޅުންނާ ޒަމާނުއް ސުރެ ގުޅުން ވަރަށް ބަދަހި ވާނެ .މީ ވަރަށް ވާހަކަ ދެއްތޯ