މީގެ ކުރިން ފުލުހުން ދޫކުރަމުން އަންނަ ބޭރަށް ނުކުތުމުގެ ހުއްދަ ދެން ދޫކުރާނީ މާލޭ ސިޓީ ކައުންސިލުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މާދަމާއިން ފެށިގެން ސޯޝަލް އަދި ބިޒްނަސް ހުރިހާ ކަމަކަށް ބޭރަށް ދާން ބޭނުންވާ ފަރާތްތަކުން އެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭނީ ސިޓީ ކައުންސިލްގެ ޕޯޓަލް އަށް ކަމަށެވެ.

ސިޓީ ކައުންސިލުން ފުލުހުންނަށް ފޮނުވާ މައުލޫމާތުތަކަށް ބަލައި ފުލުހުން އެ ހުއްދަ ދެމުން އަންނާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

"ސޯޝަލް އަދި އޭގެ އިތުރުން ބިޒްނަސް ހުރިހާ ކަމަކަށް ޕާމިޓްސް ދޫކުރާނީ މާލޭ ސިޓީ ކައުންސިލް އަދި އެމްއޯއީޑީގެ ފަރާތުން ޗެކް ކުރުމަށްފަހު ޕޮލިހަށް ފޮނުވާ ޕާމިޓްސް އަށޭ ފުލުހުން ޕާމިޓްސް ދޭނީ. ޕާމިޓްސް ނުދެވޭނެ ތަންތަނަކަށް ހުންނާނީ ހަމައެކަނި ކަރަންޓީން ކޮށްފައި ނޫނީ މޮނިޓަރިންގެ ހާލަތުގައި ހުރި ދިމަދިމާ އެކަނި ކަމަށް އަދިވެސް ހަމަ ސްޓްރެސް ކުރަން. އޭގެ އިތުރުން އިންޑިވިޖުއަލް ފަރާތްތައް ޝޮޕިންއަށް ދީފަ އޮންނަ ޕާމިޓް އެއްޕާމިޓުން ތިން ޕާމިޓަށް މި ބަދަލުކުރަނީ." ނަވީން ވިދާޅުވިއެވެ.

ނަވީން ވިދާޅުވީ، މި ޕާމިޓްސް ތަކާއި އެކީ ބޭރަށް ނިކުންނަ މީހުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ވިސްނައިގެން އެކަން ފޮލޯ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މާސްކު އަޅައިގެން ބޭރަށް ނުކުތުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ނަވީން ވަނީ މާލޭގެ ވިޔަފާރީގެ ޚިދުމަތްދޭ ތަންތަނާއި ބޭންކުތައް ކައިރީގައި ގައިދުރުކަމާއެކު ޚިދުމަތް ދިނުމަށް ޖަހަންޖެހޭ ފާހަގަތައް ޖެހުމުގެ ކަންކަން ކުރިއަށްދާކަން ފާހަގަކުރައްވައި އެ ފާހަގަތަކަށް ސަމާލުވެ އެކަމަށް ފޮލޯ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޑާސް

    ތިވީ، ދެން ފެންނާނީ ބައިކޮޅަން މިކަމުގަވެސް ފައިދާ އެއް ހޯދަދެވޭތޯ މަސައްކަތްކުރާތަން. ބޮއްސުންލައިގެން ގޮސް އަނެއްކާ ދިފާއީ ބާރުތަކާއި ހަވާލުނުޮކޮށްފިއްޔާ ރަނގަޅު.

    15
  2. ރަބަރޭ

    ވީހާވެސް ދަތިވާ ގޮތައް އުސޫލްތައް ބައްޓަން ކުރަންވާނީ ހުއްދަޔަށް އެދި ސިޓީކައުން ސިލަށް ހުށަހަޅް ފުލުހުން ހުއްދަ ދިނީމާއި ވެމްކޯޔަށް ހުއްދބަލާ ދާގޮތައް ހަމަޖެއް ސިއްޔާ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުކުޑަވާނެ ނާގާބިލް ސަރުކާރެއް

    23
  3. Anonymous

    ކޮން ޕޯޓަލް އެއްތޯ

    17
  4. ައާންމުން

    މިހާރު އޮޅިއްޖެ، ސުރުހީގައޮތީ ސިޓީކައުންސިލޭ ، ކިޔާލީމަ މިއެގެނީ ސިޓީކައުންސިލުން ދޭ މައުލޫމާތައް ހުއްދަ ދޭނީ ފުލުހުންނޭ،

    16
  5. ކޮތަރު

    އަނެއްކާވެސް އިތުރު އިނދަގުލެއް. ތިޔަ ތަނަކީ ވާއެއް ނުވާއެއް އެނގޭ ތަނެއްނޫން. އެހެންނޫނަސް އިތުރު ތަނެއް މެދުވެރިވީމަ ހަމަގައިމުވެސް ކުރަންޖެހޭ މަސައްކަތް އިތުރުވެ އަރާ އޮޅުންތައް ބޮޑުވެ ޚިދުމަތް ލިބުމުގައި އިތުރު ތާށިކަމެއް އަންނާނެކަން ކަށަވަރު.

    23
  6. އާދަމުގެދަރި

    އުނދަގުލަކާއި ދުއްތުރާލެއް އޮތިއްޔާ ރައްޔިތުންނަށް ޖައްސާފައި ބަހައްޓާތި. މިނިސްޓަރު ބަޔާން ދެއްވިތާ 48 ގަޑިއިރު ހަމަވާއިރުވެސް ތިޔަ ބުނާ ހުއްދަ ދޭނީތޯ ނުދޭނީތޯ ކާކުތޯ ދޭނީ ޕޯޓަލް ހުޅުވާނީތޯ ނޫންތޯ މިހެން ކިޔާލަކިޔާލާ. މިހާރު ތިޔަކަން ތިކުރަނީ ވަކިބަޔަކު ގަސްދުގައި ވަކިބަޔަކު މުއްސަނދިކުރަން ރާވައިގެން ހިންގާ ޖަރީމާއެއް ގޮތަށްް. ވިޔަފާރި ރަޖިސްޓަރީ ކޮށްފައި ތިބި މީހުން އެނގޭނެ. ގަވާއިދުން ބިދޭސީން ގެންގުޅޭ މީހުން އެނގޭނެ. ވިޔަފާރި ރަޖިސްޓަރީކޮށްފައި ތިބި މީހުންނަށް ހުއްދަ ދީފައި، ގަވާއިދުން ހުއްދަ ނަގައިގެން ތިބި ބިދޭސީންނަށް މަސައްކަތަށް ނުކުތުމުގެ ހުއްދަ ދިނީމާ ނިމެން އޮތް ކަމެއްގައި ހާސަރު ދަމަދަމާ ތި ތިބެނީ މިނޫން ގޮތްގޮތަށް ތިބި މީހުންނަށް ހުއްދަ ދޭންވެެގެން ނޫން ދެން ކޮންކަމެއް؟ މާލޭގައި ތިޔަ ބުނާ ހުއްދަ ދީފައި ތަންތަނުގައި މިހާރުވެސް އުޅެނީ އެތަންތަނުގެ ނަމުގައި ރަޖިސްޓަރީ ކޮށްގެން ގެންގުޅޭ ބައެއް ނޫން.

  7. ބޯގޯސް

    ހުއްދަހޯދަން އައްޑޫ އާއި ހި ސާބައް ނުފޮނުވައިފިއްޔާ ކިތަމެހާވެ ސް ރަނގަޅު

  8. މުހައްމަދު ޝާހް، ރ.ވާދޫ

    މިހާރު ސިޓީކައުންސިލުގެ ކަންކަން އޮތީ ވަޅުޖަހާފަ. ހުރިތަނެއްކަމެއްވެސް މި ކޮވިޑާގުޅިގެން ނޭންގޭ. މިހާރު މިކަމުގެ ތެރެޔަށް ހުރިހާތަނެއްގެ ހުރިހާވެރިންނަށް ވަދެވި، ހިއްސާވެވުނީ. ކޭކު ފަޅާއިރު ޝިފާޔަށްވެސް ބައެއްލީބޭގޮތް މިހާރުތިވީ.

  9. ޢަނީ

    ކަރާ މަރުކޭޓު އެމީހުން އަށް އަދިވެސް ނުހުޅުވުނު އެވަރު ބަޔަކަށް މި ހަވާލުކުރީ