ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ދަތުރު ކުރަމުން ގެންދިޔަ މާގޯ ސަޕްލައި ދޯނި ފަރަށް އެރުމާއި ގުޅިގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ ދޯނި ފަރަށް އަރާފައި ވަނީ މެއި 12 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ޑީއާރުޕީއިން ކުރީ ޓްވީޓެއްގައި ބުނެފައި ވަނީ، އެޕާޓީގެ ލީޑަރު ދަތުރު ކުރަމުން ގެންދިޔަ މާގޯ ސަޕްލައި ދޯނި ލ.ހުޅުމެންދޫ ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފްގެ އެހީތެރިކަން ލިބުނު ކަމަށެެވެ.

އަދި މިދޯނި ފަރަށް އެރުމާއެކު އެމްއެންޑީއެފް އެހީވި ކަމަށާއި، މި ދޯނި ފުން ކުރެވުނީ ދެ ދުވަހުގެ މަސައްކަތުން ކަމަށް ޑީއާރްޕީން ބުންޏެވެ.

ޑީއާރްޕީން ވަނީ ކާނަލް މުޙައްމަދު އިބްރާހިމްގެ ކޮމާންޑުގެ ދަށުން ސެންޓްރަލް ކޮމާންޑްގެ ޓީމުން ކުރި ބުރަ މަސައްކަތަށް ހިފެއްޓުމެއްނެތް ޝުކުރު އަދާކޮށްފައެވެ.

އިތުރަށް ޑީއާރްޕީން ވަނީ އެ ދޯންޏަށް އެހީތެރިވުމުގެ ކަންކަން ވަރަށް ފުރިހަމަކަމަށް ބުނެ، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ އިތުރުން ޗީފް އޮފް ޑިފެސްންސް ފޯސްއަށް ޝުކުރު ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މުހައްމަދު

  މިއީ މިހާ ރު ފަރުސޮރުތަ؟ ޖާބެ ކޮބާ؟

  • ބޭބެ

   އިއްޒަތްތެރި މްމަބަރު ޖާބިރު!! މިބޭފުޅާ އެބައުޅުއްވާ ވަރަށް ބުރަކޮށް އިންވެސްޓްކުރަމުން!! އެވެން އަނގައިން!! އަދި މިވީހާތަނަށް ލޯލާރިއެއްވެސް ޚަރަދު ނުކުރޭ!! ކާށިދޫ އާއި ގާފަރާއި ދޭތެރެވެސް އަނގައިން ބޮޑު އިންވެސްޓެއް ކުރި!! ކޭބަލް ކާރު ދުއްވަން!! މިދޭތެރެއަކުން ގއ އަތޮޅުގައި އޮތް ފަޅު ރަށަކަށް ގަވާޢިދާ ޚިލާފަށް އަރާ އެރަށަކީ ތިމަންނަގެ ރަށެކޭ ކިޔައިގެން އުޅުނު އެރަށުގައި ޑީކޯ ޗެމްބަރެއް އަޅަން އަނގައިން އިންވެސްޓް ކޮށްގެން!! މިކަހަލަ އެތައް އިންވެސްޓެއް މިބޭފުޅާ އެބަކުރައްވާ!! އަދި ތަންކޮޅެއް ކުރިން ހޮނޑައިދޫ ބީޗުގައި ސަންސެޓް ބަލަން ހައެއްގެ މީހުން ގޮވައިގެން އިންވެސްޓްކޮށްގެން އުޅެނިކޮށް ބަޔަކު އަރާ އެ އިންވެސްޓްވެސް ރޫޅާލި!! ދެން މިބޭފުޅާ މިއުޅުއްވީ މިއޮތް ބޮޑު ރަމޟާންމަހު ގއ.އަތޮޅު ފަޅުރަށެއްގައި ދުވާލު ހަތަރު ދަމު އިންވެސްޓުކުރަމުން!! އަދި ދުއްވާ އެއްޗަކަށް އަރައިފިއްޔާ އޭގައިވެސް އިންވެސްޓްކުރަމުން!! އޭގައި ތިބެނީވެސް އިންވެސްޓުކުރާ މީހުން!! އެހެންވީމަ ބައެއްފަހަރު ފަރުފަރާ ގިރިވެސް އޮޅި ދުއްވާ އެތިގަނޑުވެސް ދެތިން ފަހަރު އުރިއްޖެ!! ކުރާނެ ކަމެއްނެތް!!

 2. ވަހީދު ބެ----

  ރކޮވިޑާއި ޖެހިގެން ކޭބަލް ކާ ރު ދަތު ރުތައް މެދު ކަނޑާލައިފައިވާތީ ލޮލީ ދަތު ރު ކު ރެއްވީ ބޮއްކުރާ އެއްގައެވެ

  17
 3. ވަހީދު ބެ-- --

  ރކޮވިޑާއި ޖެހިގެން ކޭބަލް ކާ ރު ދަތު ރުތައް މެދު ކަނޑާލައިފައިވާތީ ލޮލީ ދަތު ރު ކު ރެއްވީ ބޮއްކުރާ އެއްގައެވެ

 4. އެންޓި ބޮޑުމޮހޮރާ ލެޖެންޑްސް

  ހައްހައްޙައްހައްހާ ދެން އަތްޖަހާ ލޮލީ ޖާބެ އެއޮތީ ބުއްޅަ ބުނީތީ ފަރަށް އަރާފަ! 🤣🤣🤣
  ދެންތީ ބޮޑުވަރު ތި ދޯނީގައި ރަނގަޅަށް ތަންދޮރުފިލާ ނިޔަމި ކުރަން އެނގޭ މީހަކަށް ތިވަރެއް ނުވާނެ...
  ތި ފޮޓޯގަ އަނެއްކާ ޖާބިރު ނިއްކުރީގައި ހުދުބަލި ޖެހިފަތަ އެހެރީ؟

  11
 5. ކަމަނަގޯތީ އާދަނު

  ޑީއާރުޕީންގެ ފަރާތުން ޓްވީޓް ކުރަން ހުންނަނީ ކާކުބާ..ޖާބިރުތަ؟ ނޫނީ ދިޔާނާތަ؟

  11
  1
 6. ދިވެހި ދަރިއެއް

  މިއީ ސްޓަންޓް ހަދާ ދިވެހި ސްޓަންޓް މޭން، މީނާ އާއި ބުއްޅަބެ ވާދަކުރަނީ

  16
  1
 7. ތާރަބޭ

  ޖާބިރު ޑޮން. ޙާދަ ގަޓު ފޮތޮއެކޭ. އަޅުގަނދަށް ހީވަނީ ތިޔަ ސިޔާސީބައި ދޫކޮށް ލައްވާފަ ފިލްމު ކުޅެން ފެއްޓެވިއްޔާ މާހިނގާނެހެން.

  15
 8. ތާރަބޭ

  ގައްޑާއޭ އިނގޭތޯ. ޖާބިރު ޑޮން. ޙާދަ ގަޓު ފޮޓޮއެކޭ. އަޅުގަނދަށް ހީވަނީ ތިޔަ ސިޔާސީބައި ދޫކޮށް ލައްވާފަ ފިލްމު ކުޅެން ފެއްޓެވިއްޔާ މާހިނގާނެހެން.

  10
 9. ޤައުމު

  މިހިރީ މިޤައުމުގަ ކަންތައް ހިނގާގޮތް،
  ނިކަމެތިމީހާގެ ދޯނިފަރަށްއެރީމާ ތިޔަފޯސްތަކެއް ނުފެނޭ އޮޑިވެރިމީހާ ބޮލައްކަނޑާލާފަ ދާނީ
  މިގޮތައް ވަރައްގިނަ ދިވެހިންގެ އަގުބޮޑެތި އޮޑިފަހަރު ފަރަށްއަރާ ނެތިފަނާވެ ހިނގައްޖެ
  ބޮޑުންގެ ކަންތަކުގާ މިފޯސްތައް ވ އެކްޓިވ ކޮށް !

  17
 10. ފާތިމް

  ތިވާނީ ގާފަރަށް ކަމަށް އެރީ

  10
 11. ވިސްނާލުމަށް އެދެމޭ

  ޖާބިރުގެ ކޮއްމެ ވާހަކައެއް ޑރޕގެ ލެޓާހެޑުން މައުލޫމާތުދެނީ މިނޫނީ ނެތީތަ ޕާޓީއެއްގެ ލީޑަރެ...ބަލަ ޑރޕއަކީ އާއްމު މެމްބަރުންގެ ޕާޓީއެއް އެއީ ވިޔަފާރި މުދަލެނޫން.. .ސިޔާ ސީޕާޓީގެ އަ ސާ ސީ ގަވާއިދުގަ އޮވޭތަ ޕާޓީގެ ލީޑަރަކަށްހުންނަ މީހެއްގެ އަމިއްލަ މަ ސްލަހަތުގެ ހުރިހާކަމެ ޕާޓީގެ ނަންބޭނުންކުރަން...ތިއަށްވުރެ ރަގަޅުވާނެ ހޮޑައިދޫގެ ފޮޓޯއެއް ބޭނުންކުރާނަމަ...މާދަމާ މަޖުލިހަށް ގަރާރެލާނެ ތިފަރު އޮތްތަނުންނަގަން...

 12. ޖިންނި

  ޖޫރިމަނާކޮށްލާތި ހޭ އަރާވަރަށް

 13. މުހައްމަދު ޝާހް، ރ.ވާދޫ

  ކޮބާހޭ ކާށިދޫއާއި ގާފަރާދޭތެރޭ އެޅި ބުރިޖު؟ ކޮބާހޭ މާލޭން ކާށިދޫއަށް 20 މިނެޓުން ދެވޭ ފްލައިޓްތައް؟ ކޮބާހޭ ކާށިދޫގަ ހުޅުވި ޖާބިރު ބޭންކު؟

 14. މުހައްމަދު ޝާހް، ރ.ވާދޫ

  ކޮބާހޭ ކާށިދޫއާއި ގާފަރާދޭތެރޭ އެޅި ޖޭބަލްކާރު؟ ކޮބާހޭ މާލޭން ކާށިދޫއަށް 20 މިނެޓުން ދެވޭ ފްލައިޓްތައް؟ ކޮބާހޭ ކާށިދޫގަ ހުޅުވި ޖާބިރު ބޭންކު؟