ކައުންސިލަރުންގެ ދައުރު ދަންމައިލަން ގާނުނުއަސާސީ ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލުގެ މަސައްކަތް ލަސްކުރެއްވި ކަމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއީލް އަހުމަދު ތުހުމަތު ކުރެއްވުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އޭނާއަށް ވަރަށް ވަރުގަދައަށް ރައްދު ދެއްވައިފިއެވެ.
ރޭ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިސްމާއިލް ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބިލަކީ މާޗް 31 ގައި މަޖިލީހަށް ފޮނުވާފައިވާ ބިލެއް ކަމަށާއި އެކަމަކު އެޖެންޑާ ކުރުމަށް ފަހު ބިލު އޮތީ "ގެއްލިފައި" ކަމަށެވެ.
"މިއަދު ކުޑަތަންވެގެން މިދަނީ، ޖޫން މަހުގެ ދެވަނަ ދުވަހަކީ ކައުންސިލްގެ މުއްދަތު ހަމަވާ ދުވަސް. އެކަމަކު އަޅުގަނޑުމެންނަށް ދެ މަސް ދުވަހުގެ ތެރޭގައި މިކަމަށް ގޮތެއް ނުހެދިގެން މިއުޅެނީ، މި ރޭވުންތެރިކަން އިތުރަށް ކުރިއަރާ ދާންޖެހޭ ކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކޮށްލަން،" އިސްމާއީލް ވިދާޅުވި އެވެ.
އޭނާގެ ވާހަކަ ނިންމަވައިލެއްވުމުން ރި ވިދާޅުވީ "މެމްބަރު ތިޔަ ހުންނެވީ ސްނޫކާ"ވެފައި ކަމަށެވެ. "ބައެއް ފަހަރަށް ސްނޫކާ ކިޔާ ކުޅިވަރެއްގައި އިއްޒަތްތެރި މެމްބަރު ތިޔަ ފާހަގަކުރައްވާ ކަންކަން ފާހަގަވީމާ އެއަށް ކިޔަނީ ސްނޫކާ ވުން،" ނަޝީދު ވިދާޅުވި އެވެ.
ސްނޫކާ ވުމަކީ އެއްވެސް ބޯޅައެއްގައި ސީދަލަށް ޖެހޭ ފަދަ ތަނެއްގައި ބޯޅައެއް ނެތް ހާލަތަކަށް ދިއުމެވެ. ބަޔަކު ކުރާ ކަމެއްގެ ސަބަބުން މީހަކު ހާލުގައި ޖެހުމުގެ މާނައިގައި މަޖާޒީ ގޮތެއްގައި އެ ލަފްޒު ބޭނުން ކުރެ އެވެ.
ޖަލްސާގައި ވޯޓަށް އަހަން ހުރި ކަންތައްތަކަށް ވަޑައިގެންނެވުމުގެ ކުރިންވެސް ނަޝީދު ވަނީ އަނެއްކާ މެންބަރު އިސްމާއިލަށް ރައްދު ދެއްވާފައެވެ. ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް މަޖިލީހުގައި ހުއްޓާލާފައި ބާއްވާފައި ދުވަހަކުވެސް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު އިންނަވާ ތަނެއްގައި ކަންތައްތައް މަޑުޖެހި ހުއްޓިފައި ނޯންނާނެ ކަމަށާއި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މިހައިތަނަށް ބޭއްވެވީ ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދެން ނަޝީދު އިސްމާއިލަށް ރައްދު ދެއްވަން ވަޑައިގެންނެވީ އެމްޑީޕީގެ މެންބަރުން ތިއްބަވާ "ވަޓްސްއެޕް" ގްރޫޕަކަށެވެ. "ރަށްވެހި ފަތިސް ލަންކާ" ނަމަކަށް ކިޔާ ގްރޫޕަށް ނަޝީދު ފޮނުއްވެވި މެސެޖެއްގައި "އިސްމާއީލް، ދެން ވަރަށް ބައްލަވައިގެން އަޅުގަނޑާ ދިމާއަށް ނުކުންނަވާތި" އޭ ވިދާޅުވެފައި ވެއެވެ.
ނަޝީދު ވަނީ އެމަނިކުފާނާއި މެންބަރު އިސްމާއީލާއި ދެމެދު ދެކެވިފައިވާ ބައެއް ސިޔާސީ "ސިއްރުތައް" ވެސް ރޭ އެ ގްރޫޕްގައި ހާމަ ކުރައްވާފައެވެ. ނަޝީދު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަލީ ޝިޔާމާއި ބަންދު (އައިޖީއެމްއެޗް) ގެ ސީއީއޯ އިބްރާހިމް ސަލީމް) ގާތުގައި ބުނާށޭ" އެ މަނިކުފާނުގެ ގާތުގައި ބުނި ކަމަށެވެ. އަދި ހިޔަލީއާ ގުޅޭ ގޮތުން ވެސް އިސްމާއިލް ވާހަކަ ދެއްކީ އެމަނިކުފާނުގެ ގާތުގައި ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް އެވާހަކަތަކުގެ ތަފްސީލެއް ނުދެއެވެ.
ޤާނޫނު އަސާސީ އިސްލާހް ކުރުމުގެ މައްސަލައިގައި ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން ބޮޑުވެފައި ވީނަމަވެސް މިއީ ނަޝީދަށް އަމާޒުކޮށް އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ. އަދި ނަޝީދު ވެސް އެމަނިކުފާނަށް ފާޑުވިދާޅުވި ބޭފުޅަކަށް މީގެ ކުރިން މިގޮތައް ރައްދު ދެއްވާފައެއް ނުވެއެވެ.
ސޯޝަލް މީޑިއާ ގްރޫޕް ނަން "ރަށްވެހި ފަތިސް ލަންކާ" ކިޔުއްވީ ކީއްވެބާ؟ އަނެއްކާ ދިވެހި ބަސް މަދު ވީބާ؟
ރާއްޖެއަށް އެފަތިސް ނުގެނެވޭނެތީ
މަމެން ވަރަށް ދެރަވެއްޖެއޭ އެމްޑީޕީގެ ޕީޖީ ގްރޫޕް އިން ތްރީލައިން ވިޕެއް ނެރެފައިއޮތްވާ އެވިޕް އާއި ޚިލާފަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވުމުން މިހާރު ރީކޯ މޫސާ ހުރި ސްޓޭޓަސް އެން ސިޗުއޭޝަން ބަލާލުމުން އެމްޑީޕީގެ ތްރީލައިން ވިޕް އާއި ޚިލާފުވުމުްނ އޭގެ އިމްޕެކްޓް ރީއްޗަށް ސާފުވެގެން ދެއޭ އައި ބެޓް ޔޫ ކުޑް ނެވަރ އެވަރ އެވަރ ގެޓް އެނީ ގެއިން ބައި ބްރޭކިންގް ތްރީލައިން ވިޕް މަމެން ދެރަވެއޭ ވަަރަށް ދެރަވެއޭ ރޮވެއޭ ދެރަވޭ ބެޓަރ އޮފް ދިސްވޭ...
ތީ ބަތަލެއް ތީ ފިރިހެނެއް ދެން ރީދޫވެފާ ހުރިމީހުންތިބީ ބިރުން ކެވިކެވި
ތީ ހަމަ އެކެއްޗެއް!! ތިތާކު ނެތް ރަގަނޅު އެކަތިވެސް!! ހަމަޖެހޭ ވާހަތައްކާ!! ތިއީ ތިޔަބައި ގަނޑުގެ ފެންވަރު!! ވަގުން މާބާރަށް ބަންނާނެ!! އެހެން މިހާރުމިވަނީ!! އެމަންޒަރު ފެންނަނީ!! އެހެން މީހަކު ވަގަކަށް ހަދާ ޖަލަށްލާފަ ބާއްވައިގެން ހިތުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން މިއުޅެނީ!! މިވެރިން ހަމަ އެކަށްވުރެ ބާރަށް އަނެކަކު ބަންނަތަން މިފެންނަނީ!! ގިނަ ރައްޔިތުންނަށް އެނގޭ ވާނުވާ މިހާރު!!
ހުންނާންނަނީސް ރަޖާލާ ވާހަކަ ވިދާޅުވީ މަނިކުފާ
ނު ސްނޫކާ ވެފަ ހުރެގެން ނޫންތޯ.
މަގޭ ތާއީދު އިސްމާއިލް އަހުމަދަށް. އަންނި އަކަށް ދެނެއް ތާއީދެއް ނުކުރާނަން އޭނަ ހަތް ލޮނު ކައްކާފަ ހަތް ފެނު ކެއްކިޔަސް.
އެމްޑީޕީ މެންބަރެއްގެ ފާޑުކިޔުން ނަޝީދަށް ހަޖަމެއްނުވި! ވަގުތަށް. ވެދުން ސަލާމް. ފާޑުފާޑުގެ ސުރުޚީ ލިޔެވިދާނެ. ތިކުދިން އަދި ވަރަށް ޅަވާނެ. ރައީސް އަރިހުން މާފާއެކު ދަންނަވަން. ގ.ކެނެރީގޭ މުހައްމަދު ނަޝީދަށް ހަޖަމު ނުވި ހަޖަމެއް، ހަޖަމު ކުރާނެ، ހަޖަމު ކުރެވޭނެ އިތުރު އެއްވެސް ސިޔާސީ މީހަކު ދިވެހިރާއްޖެއަކު އަދި ނުހުންނާނެ. އަދި ނުއުފެދޭ އެވަރުގެ މީހަކު. އަންނި ނޫނީ ދިވެހިރާއްޖެއަކު ނުހުންނާނެ "ސިޔާސީ" މީހެއް. ދެންތިބޭނީ ހުސް "ސިޔާސަ" މީހުން. ކޮމެންތު ޖަހަލަދެއްވާތި. ވަރަށް ސަލާމް
ތިކަން ވަރަށް ރަނގަޅަށް އެނގޭ އެޕާރޓީގެ ރައީށްކަން ކުރި މީހުންނަށް ޖެހުނު ހާލުބެލީމަ!
ޑިމޮކްރަސީވެސް ހަޖަމު ނުވިތާދޯ މިހިރަ މަރުމޯލަކަށް ޑިމޮކްރަސީއޭ ކިޔާފަ މެންދުރު ކާޅެއްހެން އަނގަ ފޭކުރާނެ އަދިވެސް
އެ އީ އެބައިގަނޑު ގެ ގޮތް. ހަޖަމު ނުކު ރެވުނީމާ ތާ އަމިއްލަ އަށް އިސްތިއުފާ ދީފަ އަނެއް ދުވަހު ޤައުމުގަ ހުޅު ޖެހީ ވެސް.
މީނާއަކީ ވަރަށް ޒާތީ އަދި ބަދަލުހިފާ އަޱިނުބައި މީހެއް
މިގޮތަށް ރައްޔިތުންގެ މަޖިލީސް މެމްބަރުންނަށް ތުރެޓްކޮށް ބިރުދެއްކުމަކީ ކުރީގެ ރައީސްކަން ކޮށްފަ ހުރިމީހަކަސް ޤާނޫނީ ކުށެއް!
ވާން އުޅެ ނުވެވިގެން އުޅޭ ބޮޑުވަޒީރު ވެސް ސްނޫކާ ވެވުނީތޯ؟
އިސްމާލުއަށް ސާބަސް ތިޔަކުރެވުނީ ނުފުއްސަވާވަރުގެ ފާފައެއް ކަމަ އެބައި މީހުން ދެކޭނެ
65 ގޮވައިގެން ފަރުމަށްޗަށް ބޮލިހިލަން ފަހަރެއްގަ އެކަން ވެދާނޭ
އަންނިއަކީ އެއްވެސް އިރެއްގަ ހަޖަމު ކުރެވޭ މީހެއްނޫން! އެކަން އެނގޭނެ އެމް. ޑީ. ޕީ ގެ މާޒީއަށް ބެލީމަ އެޕާރޓީގެ ހުރިހާ ރައީސުންނަށްވީ ކިހިނެއް!
ނަޝީދު އެމްޑީޕީގައި ހުރެގެން ކިހިނެތްތޯ އެތެރޭގަ ޑެމޮކުރެޓިކް ވެއްޓެއް އޮންނާނީ.. ތިހިރަ ފެންނަނީ އޭނާގެ ޙުދު މުޚުތާރުކަން.. ޕާޓީތެރެއައް އާއިލާ މީހުންލައިގެން މުޅި ޕާޓީ އޮންނަނީ ހިސޯރުކޮއްފަ. ޕާޓީގެ އާންމު މެމްބަރަކައް ނޯވޭ ޗުއްޕު އޭވެސް ބުނެވޭކައް. ޕާޓީތެރޭގަ އެންމެންނައް އޮންނަނީ މީނަގެ އެރިސްޓޯ ކުރެސީ އަށް ތަބާވެގެން މީނާ ރުހޭވާހަކަ އެކަނި ދެއްކޭގޮތައް ހަދާފަ. ޕާޓީގެ ރިސޯސަަސްއަށްވެސް ހަދަނީ މީނާ ބެނުންވާ ގޮތެއް.ދެން ތިޕާޓީ ގައިއޮތީ ކޮމިއުނިޒަމާއި ޕާސަނަލެޓީ ކަލްޓު ނޫންތޯ. ޑިމޮކުރަސީ ކިޔާގެން އައި ޕާޓީއަށް ވީވަރު ތިޔަފެންނަނީ.
އިސްމާއިލު ބުނަން.. ތިއީ ރައްޔިތުން ހޮވާފަ ހުރިމީހެއް.. ރޫޚާނީ އަކަސް ތަޅުމުގެ ރައީސަކަސް ހައްގުބަސް ބުނުމަކައް ހުރަހެއް ނޭޅޭނެ.. އޭނާ އެއުޅެނީ ބިރު ދައްކަން.
ނަސީދަކީ އެއްވެސް އެއްޗެއް ހަޖަމްވާ އިންސާނެއްނޫ.
ާސާބަސް މާޢީލް
އިސްމާޢީލް ބުންޏަސް އެއީތެދެއް މިބިލްބާއްވައިފައި ދެންއުޅުނީ އަބުރުގެ ދަޢުވާއާ، މަރުތަކުގެ ބިލް ހުށައަޅައި ދޮދުހަދަން ދަސްކުރަން މިސަރުކާރުގެ ވައްތަރުއެއީ
އަދިވެސް ރައްޔިތުންގެ ޚިޔާލު ހޯދާފައި ނެތް. ވީއިރު ޤާނޫން އިސްލާޙް ކުރުމުގެ ކޮން މަސައްކަތެއް ތިޔަ މަޖިލީހުން ތިޔަ ކުރަނީ؟ ފުރަތަމަ ކަމަކަށް ކުރަން ޖެހެނީ ރައްޔިތުން ގެ ބަސް ހޯދުން. ގުނބޯލި19
ދެބޯގެރި ދުއްވުން އެވެސް ވަޢުދެއް ތޯ؟
ޕީޕީކުދިންކޮޅަށް އަންނި އަންނިއާ އިދިކޮޅަށް އެއްޗެއް ބުންޏަސް އަންނި ރަނގަޅުވެގެން ކޮމެންޓުކޮށް ހަދާނެ. އެހެންވީމާ ބުނެވޭނީ ހަމަ ނަފުރަތޭބޮޑީ!