ރާއްޖެ އިން އިތުރު 56 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ މިރޭ 22:00 އާއި ހަމައަށް 18 ދިވެއްސަކާއި ބަންގްލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1513 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި 529 މީހުންނަކީ ދިވެހިންނެވެ. އަދި ކޮވިޑް-19 އަށް ފައްސިިވި ބިދޭސީންގެ އަދަދަކީ 984 އެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން 5 މީހަކު ނިޔާވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ އަދަދު 232 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، މީގެ ތެރެއިން ގިނަ މީހުން ފައްސިވެފައި ވަނީ މާލެ ސިޓީންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ އަނެއްކާވެސް ވަނީ އިތުރު 14 ދުވަހަށް ފުރަބަންދުކޮށްފައެވެ. މިފަހަރު ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ، ލުއިތަކާވެސް އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޝާހް، ރ.ވާދޫ

    ބަލިޖެހޭމީހުންގެ އަދަދު ހުންނާނީ 50-30 އާ ދޭތެރޭކަމަށްވަނީ. އެ 50 މީހުން ގެ ފަރާތުން އެހެން މީހުނަށް ބައްޔެއް ނާރާނެ. ތަޖުރިބާކާރުން ދައްކާވާހަކަމީ. އަހަރެމެންނަކަށް ނޭންގޭނެ.

    24
  2. އާދަނު

    ތިވަރަށް ފެތުރެންޏާ ދެން ކީއްކުރަން ލުއި ދެނީ..

    29
    2
  3. ޔަމްލީހާ

    މިދަނީ ހަމަ ރަނގަޅުވަމުން ނޫންތޯ.. ރަށްޔިތުން ބަސްއެހީމަ ލޮކްޑައުނު އުފުލުމައް ގައުމު މިދަނީ ދޮންވެ ފައްކާވަމުން ނޫންތޯ..

    26
    2
  4. ައަހުމަދު

    ދެން ވެއްޖެއެއްނުުން އެންމެގިނައިން ޕޮޒިތިވްވާ ބައިގަނޑަށް ކޮންމެވެސް ހައްލެއް ހޯދަން މިޤައުމުގެ ރައްޔިތުންނަށް ޖެހޭވަރަށްވުރެ ދެގުނަ ގިނަ މީމީހުން ވާނުވާއެއް އެނގެނީކީނޫން އަދިވެސް ތިމީހުން އެންމެގިނައިން މަގުމަތީގައި އުޅެނީ ...

    16
    1
  5. ރޯދަ މުބާރިކް

    ކޮންމެވެސް އެއްބޭފުޅަކު ދެންނެވީ ބޭރު ފުޅުންގެ ފަރާތުން ބަލި ނުފެތުރޭނެ ކަމަށް ދެން!

    14
  6. ރަނާ

    އަޅުގަނޑުމެން ރައްޔިތުން ގެއިން ނުނުކުމެ ތިބޭތާ 2 މަސްވަނީ، ބަލިޖެހޭ މިންވަރު ދަނީ މައްޗަށް. މިވަނީ ކިހިނެއްތޯ

  7. މައުދޫމާ

    ބަލި ޖެހޭ މީހުން މަދުވަނީ ލޮކުޑައުން ލުއި ދެނީ ކީއްތަ މިކުރަނީ ލޮކްށައުނގެ ރައްޔަތުން ތިބޭތާ 2މަސް ވެއްޖެ ބަލިޖެހޭ މިނވަރު މަފުވަތަނެ ނުފޭނޭ އަދިވެސް ބުނާނެ މިހާރު މަދުވެއްޖެޔޭ