ރާއްޖެއިން ކޮވިޑް-19 ފެނި މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާއިރު، ފުރަބަންދުގެ އަމުރުތަކާއި ހިލާފުވެގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައިރޫޝް ވިދާޅުވީ ފުރަބަންދުގެ އަމުރާއި ހިލާފުވެގެން މިހާތަނަށް 328 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެތެރެއިން ބައެއް މީހުން މިހާރު ދޫކޮށްލެވިފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލި ގިނަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

"މިހާތަނަށް ލޮކްޑައުންގެ އުސޫލުތަކާއި ހިލާފުވެގެން 328 ފަރާތެއް މިހާތަނަށް ވަނީ ހައްޔަރުކުރެވިފައި. ދެން އޭގެތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް ވަނީ ރިލީސް ކުރެވިފައި. މިހެން ރިލީސް ކުރެވޭއިރު، މީގެތެރެއިން ވަރަށް ގިނަ ބައެއްގެ [ސީދާ އަދަދެއް ދަންނަވަން ދަތި] މައްސަލަތައް ވާނީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވިފައި، ދެން ހުރި ފަރާތްތަކުގެ މައްސަލަތައް ވެސް ފޮނުވުމުގެ ވިސްނުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮތީ،" ފައިރޫޝް ވިދާޅުވިއެވެ.

އެންގުމާއި ހިލާފުވެގެން މިހާތަނަށް 328 މީހަކު ހައްޔަރުކޮށްފައިވާއިރު އަދި ބައެއް މީހުންނަށް ދައުވާ އުފުލުމަށް ފޮނުވިއިރު މިވަގުތު ގައުމު އޮތީ އެންގުމާއި ހިލާފުވުމުން ލުއިކޮށް ނެގޭނެ ފަދަ ހާލަތަކު ނޫން ކަމަށާއި، އެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.

"މިވަގުތު ދޫދެވޭކަށް ނެތް. އޭގެ މާނައަކީ ކޮންމެ މައްސަލަ އެއްގައި ދައުވާ ކުރާނެއެކޭ ނޫން. ގައުުމު އޮތީ މިކަން ލުއިކޮށް ނެގޭ ހާލަތަކު ނޫން. އަންގާ ކަންކަމަސް ބޯލަނބަން ޖެހޭ. އެހެންނަމަވެސް ރަނގަޅު ދިފާއެއް އޮތް މީހެއް ގޮވައިގެން ކޯޓަކަށް ނުދާނެ. އެ ފަރާތުގެ ވާހަކަވެސް އަޑު އަހާފަ ދިފާއު އަޑު އަހާފަ ގޮތެއް ނިންމާނީ." ޝަމީމް ވިދާޅުވިއެވެ.

ފުރަބަންދާއި ގުޅިގެން 328 މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔައިރު 5،812 މީހަކު ފުލުހުން ވަނީ ޖޫރިމަނާ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދދ

    ތިޔަ ވާނީ ޖަމަލުފޮޑިއަށް

    10
    1
  2. ލ

    ތިއޮއް ދެއްވާ ހުއްދައެއް ތާދޯ؟ މާލޭގަ ދިރިއުލޭ ރައްޔިތުން މަރައިފި މި ސަރުކާރުން. ބާޒާރުގަ ކަރާކިލޯއެއް 15 އަށް. ދެލިވަރީ ކުރީމަ 60. ރޯދަމަސް ތިހުސްކޮށްލީ ތިގޮތަށް. ބަންގަޅީން ގަނޑު އެނބުރެނީ ރަށުތެރޭގަ ފާސް ތަށް އަޅުވައިގެން. ލާރިކޮޅު ފޭރެނީ ދެލިވަރީ އޭ ކިޔައިގެން.

    12
  3. ތެދު

    ހަމަ އެނގިގެން މިބުނަނީ. އެހެން މައްސަލަތަކުގަ ހޯދަން އިއުލާނުކޮށްފައިވާ ފަ ރާތްތައްވެސް ހިމެނޭނެ. އުއްމީދުކު ރަން ދޫކޮށްނުލާނެ ކަމައް

  4. ތާކިހާ

    " ދެން ހުރި ފަރާތްތަކުގެ މައްސަލަތައް ވެސް ފޮނުވުމުގެ ވިސްނުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮތީ،" ޔިޔަ ކަމުގެ އިންސާފަކީ ކޮބައިތޯ ސުވަާލު އުފެދޭ ގޮތަށް ކަންކަން ނުކުރެއްވުން އެދެން. ވިސްނުން އޮންނަންޖެހޭނީ އެންމެން ނަށް އެއްވިސްނުމެއް މިކަމުގައި، މި ކަމުގައި ރަނގަޅު ފިލާވަޅެއްދިނުމުގެގޮތުން އެންމެ ނަށް ދައުވާ ކުރަންޖެހޭ . ނުކުރަންޏާ އެންމެން ނަށް މަޢާފުކުރޭ ޝުކުރިއްޔާ ދިވެހިންގެ ޕޮލިސް

  5. ސާބަސް

    ތިތާ ބަންދުގައި ތިބީ ޕޮލިހުން ކު ރިން ހޯދަން އިއުލާނުކޮށްފައި ތިބި ކުށުގެ ރެކޯޑް އޮތް ކިތައް މީހުންބާ. .

  6. Anonymous

    "ތިއޮއް ދެއްވާ ހުއްދައެއް ތާދޯ؟ މާލޭގަ ދިރިއުލޭ ރައްޔިތުން މަރައިފި" ރީތީ ސިފަކުރުމެއް ރައްޔިތެއްގެ ހާލަތާއި އިހްސާސް ވެއްޖެ އެކަމަކު މި ސަރުކާރަކަށް ނުވިސްނޭނެ ރައްޔިތެއްގެ ހާލަތެއް އަދި ސަރުކާރުންމުސާރަދޭ މީހުންނަކަށްވެސް ނުވިސްނޭނެ ރައްޔިތެއްގެ ހާލަތެއް