މި ބްލޮގްގައި ޙިއްސާކުރަމުން ދާނީ ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ "ކޮވިޑް-19" އާއި ގުޅުންހުރި އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.


23:08

22:22

22:01

21:40

20:02

19:23

17:25

16:45

14:29

13:25

10:48

10:27

05:39

05:20

05:14

04:47

04:19

ނޭޕާލުން އިތުރު 156 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1042 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 5 މީހަކު ވަނީ މަރުވެފައި.

04:19

ސްރީލަންކާ އިން އިތުރު 61 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1530 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 10 މީހަކު ވަނީ މަރުވެފައި.

04:18

ސޫދާނުން އިތުރު 200 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 11 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 4346 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 195 މީހަކު ވަނީ މަރުވެފައި.

04:17

އަފްޣާނިސްތާނުން އިތުރު 580 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 8 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 13036 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 235 މީހަކު ވަނީ މަރުވެފައި.

04:17

ޖަޕާނުން އިތުރު 32 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 9 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 16683 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 867 މީހަކު ވަނީ މަރުވެފައި.

04:16

މިސްރުން އިތުރު 1127 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 29 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 20793 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 845 މީހަކު ވަނީ މަރުވެފައި.

04:16

ބަންގްލަދޭޝް އިން އިތުރު 2029 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 15 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 40321 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 559 މީހަކު ވަނީ މަރުވެފައި.

04:16

ސައުދީ އަރަބިއްޔާ އިން އިތުރު 1644 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 16 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 80185 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 441 މީހަކު ވަނީ މަރުވެފައި.

04:15

ޗިލީން އިތުރު 4654 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 49 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 86943 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 890 މީހަކު ވަނީ މަރުވެފައި.

04:15

ކެނެޑާއިން އިތުރު 985 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 110 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 88504 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 6875 މީހަކު ވަނީ މަރުވެފައި.

04:15

ޕެރޫ އިން އިތުރު 5874 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 116 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 141779 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4099 މީހަކު ވަނީ މަރުވެފައި.

04:14

ތުރުކީން އިތުރު 1182 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 30 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 160797 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4461 މީހަކު ވަނީ މަރުވެފައި.

04:14

އިންޑިއާ އިން އިތުރު 7300 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 177 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 165386 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4711 މީހަކު ވަނީ މަރުވެފައި.

04:13

ޖަރުމަންވިލާތުން އިތުރު 557 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 37 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 182452 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 8570 މީހަކު ވަނީ މަރުވެފައި.

04:13

ފްރާންސުން އިތުރު 3325 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 66 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 186238 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 28662 މީހަކު ވަނީ މަރުވެފައި.

04:12

އިޓަލީން އިތުރު 593 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 70 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 231732 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 33142 މީހަކު ވަނީ މަރުވެފައި.

04:12

އިނގިރޭސިވިލާތުން އިތުރު 1887 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 277 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 269127 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 37837 މީހަކު ވަނީ މަރުވެފައި.

04:11

ރަޝިޔާ އިން އިތުރު 8371 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 174 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 379051 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 4142 މީހަކު ވަނީ މަރުވެފައި.

04:11

ބްރެޒިލް އިން އިތުރު 24151 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1294 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 438812 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 26991 މީހަކު ވަނީ މަރުވެފައި.

04:11

އެމެރިކާއިން އިތުރު 21820 މީހަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި އިތުރު 1195 މީހަކު މަރުވެއްޖެ. އެޤައުމުން މިހާތަނަށް ޖުމްލަ 1767623 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، އޭގެތެރެއިން 103302 މީހަކު ވަނީ މަރުވެފައި.

04:06

03:33

03:24

02:43

01:53

01:35

01:25

01:02

00:50


ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ގިނަ ލުއިތަކެއް ދިނުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ. ތިން ފޭސް އަކަށް ބަހާލައިގެން، އަންނަ ޖޫން މަހު މި ލުއިތައް ލިބިގެންދާއިރު ބަލި އަދިވެސް ރާއްޖެއިން ކޮންޓްރޯލް ކުރެވިފައެއް ނުވެއެވެ.

ރާއްޖޭގެ ރަށްރަށަށް މި ބަލީގެ ނުރައްކާ މި ދުވަސްވަރު ކުޑަވެފައިވީނަމަވެސް، މާލެ ސަރަޙައްދުގައި ފަބި ފެތުރިގެން ގޮސްދާނެ ކަމުގެ ބިރު އަދިވެސް އެބައޮތެވެ. އެހެންކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި ލިބިގެންދާ ލުއިތަކާއެކު ސަމާލު ނުވެވިއްޖެނަމަ ކުރިން އޮތް ހާލަތަށް އެނބުރި ދާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މާލެ ސަރަޙައްދާއި ކޮވިޑް-19 ފެތުރިފައިވާ ރަށްތަކުގައި ފުރަބަންދުގެ ފިޔަވަޅުތަކަށް ގެންނަ ލުއިތަކުގެ ދަށުން، ގެއިން ބޭރަށް ހުއްދައާއެކު ނިކުމެވޭ މީހުންގެ އަދަދު އިތުރު ކުރުމަށް ނިންމާފައި ވެއެވެ. އަދި މި އުސޫލުގެ ދަށުން ބައެއް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަވެސް ވަރަށް އަވަހަށް ލިބިގެންދާނެއެވެ. އެހެންކަމުން ބަލި ފެތުރިޔަ ނުދިނުމަށްޓަކައި މި ހާލަތުގައި ކޮންމެ މީހެއްމެ އެމީހެއްގެ ޒިންމާ އަދާކުރުމަކީ މުޙިންމު ކަމެކެވެ.

ފުރަބަންދަށް ގެންނަ ލުއިތަކުގެ ދަށުން ކެފޭ ރެސްޓޯރަންޓް ފުރަމަތަ ދެހަފްތާގައި ޑެލިވަރީއާއި ޓެކްއަވޭ ޚިދުމަތާއި، ޓެކްސީއާއި ޕިކަޕްގެ ޚިދުމަތް ދެވޭނެއެވެ. ސިއްޙީ ޚިދުމަތް ދޭނެ ތަންތަކުގެ ތެރެއިން ފްލޫ ކްލިނިކްތަކަށް މީހުން ގޮސްގެން ޚިދުމަތް ލިބޭނެއެވެ. ކްލިނިކްތަކުން އޮންލައިންކޮށް ޚިދުމަތްދެވޭނެ އެވެ. މީގެ އިތުރުން ސުޕަމާކެޓްތަކާއި ބޭކަރީތަކާއި ކަންމަތީ ފިހާރަތަކާއި ބޭސްފިހާރަތަކާއި ބުކްޝޮޕްތަކާއި ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތަކާއި ހާޑުވެއަރ ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިނުމަށް ނިންމާފައި ވެއެވެ.

ނަމަވެސް މި ދަނޑިވަޅުގައި މިސްކިތްތަކާއި ސްކޫލްތައް ހުޅުވާލުމަށް ނިންމާފައެއް ނުވެއެވެ.

އިއްޔެވެސް ރާއްޖެއިން ވަނީ އިތުރު 56 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވިދާޅުވިގޮތުގައި އިއްޔެ ފައްސިވި މީހުންގެ ތެރޭގައި 18 ދިވެއްސަކާއި ބަންގްލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ތިން މީހަކު ހިމެނެއެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1513 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 529 ދިވެއްސަކު ފައްސިވެފައި ވެއެވެ. އަދި 984 ބިދޭސީއަކަށް ރާއްޖެއިން މި ބަލިޖެހިފައި ވާއިރު، އެންމެ ގިނައިން ބަލި ޖެހިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 232 މީހަކު ރަނގަޅުވެފައި ވެއެވެ. އަދި ތިން ދިވެއްސަކާއި ދެ ބިދޭސީއަކު ހިމެނޭހެން ފަސް މީހަކު މި ބަލީގައި ރާއްޖެއިން ނިޔާވެފައި ވެއެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުތައް އިތުރުވަމުން އަންނައިރު، މީގެ ތެރެއިން ގިނަ މީހުން ފައްސިވެފައި ވަނީ މާލެ ސިޓީންނެވެ. މާލޭގައި މުޖުތަމަޢުގެ ތެރެއިން މި ބަލި ފެތުރެމުންދާތީ މާލެ ސަރަޙައްދަށް ބަލީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. މިކަމާއި ގުޅިގެން ސަރުކާރުން އިއްޔެ ވަނީ އިތުރު 14 ދުވަހަށް މާލެ ސަރަޙައްދު ފުރަބަންދުކޮށްފައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ދުނިޔޭގެ މަޝްރަހަށް ބަލާއިރު، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ބަލީގެ ނުރައްކާ އަދިވެސް އިންތިހާއަށް ބޮޑެވެ. އެގޮތުން މިވަގުތު އެންމެ ނުރައްކާ ބޮޑުވެފައިވާ ޤައުމުތަކުގެ ތެރޭގައި އެމެރިކާ އާއި ބްރެޒިލް އާއި ރަޝިޔާ އާއި އިނގިރޭސިވިލާތުގެ އިތުރުން އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ދުނިޔެއިން ނުވަ ވަނައަށް އަދި ދެކުނު އޭޝިއާ ސަރަޙައްދުން އެންމެ ގިނަ ބަޔަކަށް ބަލި ޖެހުނު ޤައުމެއްގެ ގޮތުގައި އޮތީ އިންޑިއާއެވެ. އެޤައުމުގައި ހިފެހެއްޓުމެއް ނެތި ހަލުވިކަމާއެކު މި ވައިރަސް ފެތުރެމުންދާއިރު، ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންނާއި ބަލީގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިހާތަނަށް އިންޑިއާއިން 165,362 މީހަކަށް ބަލި ޖެހި، އޭގެތެރެއިން 4,711 މީހަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ 213 ޤައުމަކުން މިހާތަނަށް ކޮވިޑް-19 ފެނިފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 5.8 މިލިއަން އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 350,000 އަށްވުރެ އިތުރު ވެފައެވެ. މިހާތަނަށް މި ބަލިން ރަނގަޅުވެފައި ވަނީ 2.5 މިލިއަން މީހުންނެވެ.


ކޮވިޑް-19 އާއި ގުޅޭގޮތުން އިއްޔެ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިފައިވާ މަޢުލޫމާތާއި ޚަބަރުތައް ތިރީގައިވާ ބްލޮގުން ފެންނާނެއެވެ.