"ކޮވިޑް-19 އަކީ ރައީސް ޞާލިހްގެ ކެތްތެރިކަމާއި ހިކުމަތްތެރިކަން ވަޒަންކޮށްލި ވަރުގަދަ އިމްތިހާނެއް!" ކަމަށް ބުނެ ތިން އޮންލައިން ނޫހެއްގައި އެއް ރިޕޯޓެއް ލިޔުނީ ތައިލެންޑްގެ ބެންކޮކްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ގައި މަސައްކަތް ކުރާ މީހެއްކަން "ވަގުތު" އަށް ކަށަވަރު ވެއްޖެއެވެ.

ރައީސް ޞާލިހަށް ތާއިދުކޮށް އެއް ރިޕޯޓެއް ޝާއިއު ކޮށްފައި ވަނީ ރާއްޖެއެމްވީ، ފެށުން އޮންލައިން އަދި ސީއެންއެމްގައެވެ. ތިން ނޫހުގައި ރައީސް ޞާލިހް ޕްރޮމޯޓް ކުރަން އެއް ވާހަކަތަކެއް ލިޔުމުން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ފާޑުކިޔުންތަކުގެ ސަބަބުން ރާއްޖެއެމްވީ ފިޔަވައި އެހެން ނޫސްތަކުން ވަނީ ރިޕޯޓް ނަގާފައެވެ.

ފެށުން އޮންލައިނާއި، ސީއެންއެމް އިން ބުނީ އެ ރިޕޯޓަކީ އެ ނޫސްތަކަށް ކޮންޓްރިބިއުޓް ކުރާ ލިޔުންތެރިޔަކު ލިޔެފައިވާ ރިޕޯޓެއް ކަމަށެވެ. ރާއްޖެއެމްވީ އިން ބުނެފައި ވަނީ އެ ރިޕޯޓަކީ އެތަނުގެ ނޫސްވެރިޔަކު ލިޔެފައިވާ ލިޔުމެއް ކަމަށެވެ. ނަމަވެސް ރިޕޯޓް ފުރަތަމަ ޝާއިއު ކުރީ ފެށުން އޮންލައިންގައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޕޯޓް ލިޔުނު ލިޔުންތެރިޔާ އަކީ ބެންކޮކް އެމްބަސީގައި މަސައްކަތް ކުރާ ކުރީގެ ނޫސްވެރިއެކެވެ. އޭނާ ވަނީ ރާއްޖޭގެ ނަން މަޝްހޫރު އޮންލައިން ނޫހެއްގައި ކުރިން މަސައްކަތް ކޮށްފައެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުނީ ރިޕޯޓް ލިޔުނީ ބެންކޮކް އެމްބަސީގައި ހުރި މީހެއް ކަމަށް ވީނަމަވެސް އެ ރިޕޯޓް ނޫސްތަކަށް ފޮނުވާފައި ވަނީ އެހެން މީހަކު މެދުވެރިވެގެން ކަމަށެވެ.

ރިޕޯޓްގެ މައްސަލަ ހޫނުވެ، އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ތާކިހާ

    ކިތަންމެ ރިޕޯޓެއްލިއުއްވިޔަސް ، އެއްފަހަރާ 100 ނޫހުގައި ލިއުއްވިޔަސް އިބޫއަކީ ހިކުމަތްރެތި ހިންގުންތެރި ރައީސެއްކަމަކަށް މި ރާއްޖޭގެ ރައްޔިތުން ނުދެކޭ، ރަޢިސް ނަޝިދުވެސް ވިދާޅުވަނީ މި ސަރުކާރުގެ ދުވެލިމަޑުކަމާއި ދެން ކެތްނުވާނެކަމަށް ، ދެން އަދި އާންމު ރައްޔިތުން ދެކޭނީ ކިހިނެއް؟# ގިރިޓީ ސަރުކާރު

    196
    36
    • އުސައިދު

      ސަރުކާރު ހިންގުމަށް އެންމެ ބޮޑު އުނދަގުލަކަށް ވެފައިވަނީ ހައްދުފަހަނަ އަޅާފަހުރި ލާދީނީ ބޮޑުވަޒީރު. ހަމަ އެކަނި ސަރުކާރު ހިންގުމަކަށް ނޫން މުޅި ގައުމަށް ވެސް ހުރި ދުއްޕާނެއް

      39
      1
  2. ޜރ

    އިބޫ ފޭލިވެއްޖެ.

    101
    12
  3. އެކްޓަރ

    ރ.ސޯލިހުގެ ސަރުކާރުވެގެންދާނީ ހަމަ ލަތީބެގެ ޓޫޓީ އިންޖީނަށް.. އަސްލު ކެބިނެޓްގެ ގިނަ ވަޒީރުންނަކީ ނާގާބިލް ކިބުރުވެރިބަޔެއް... ރައްޔިތުންގެ ހައްގު ތަކާއިމެދު ނުވިސްނާ ވަގުތީ ފައިދާ ނަގާ އަދި ރައްޓެހިންނަށް ހޯދައިދިނީ.. ރާއްޖޭގެ ތިޔަ ވިދާޅުވާ ނޫސްތައްކިތަނީ ހަމައެކަނި އެމްޑީޕީގެ ސަޕޯޓަރުން؛ އެބޭފުޅުންގެ ތެރޭގަވެސް ވަރަށް އިލްމީ ބޭފުޅުން ތިއްބަވާނެ؛ ތިވަރުވީމަ ކަޑަ... ދައުލަތުގެ ފައިސާ މެނޭޖްކުރަނީ ވިސްނުންތެރިކަމާއި ރައްކާތެރިކަމުގެ ތެރެއިން ނޫން. ސަރުކާރު ކިޔާ މާލު ކިޔާ އަތްމޮޑި ބޮޑް ކުރާ އުސޫލުން... ކަރުތެރޭގަ ހިތިރަހަލާނެ..

    81
    6
  4. Anonymous

    މުޅިޤައުމު ލޮކްޑައުންކޮށް ސަރުކާރުބަންދުކޮށް މީހުން ތަންތަނުގަ ބަންދުކޮށްގެން ގެންގުޅޭއިރު ވިސްނާލިބާ ރައްޔިތުންގެ ނިކަމެތިހާލަށް އެންމެނަކީ ސަރުކާރުން މުސާރަދޭ ބައެއްނޫން އެކިމީހުން ކާންބޯންކުރަނީއެކިމަސައްކަތް ރެއާދުވާލު މަސައްކަތްކޮށްލިބޭ މަދު ފައިސާކޮޅުން ކުލި ދައްކައި ކަރަންޓުބިލާ ފެންބިލްދައްކައ އެހެނިހެން ޒަރޫރީބޭނުން ތައްކުރަމުން ދަނިކޮށް 3 މަސްވަނދެއްމަސައްކަތެއްނުކޮށް ތިބެންޖެހިފައިމިވަނީ ސަރުކާރުން ޒައްރެއްގެ މިންވަރުވެސްދެނީކީނޫން ކުލިނުދެއްކި ކުއްޔަށްއުޅުން ތަނުން ނުކުންނަންޖެހިފަ ކާނެއެއްޗެއްނެތް އަދިވެސް ބަނދުގައި ބައިތިއްބަނީ މަގުމަތިކޮށް ބަނޑަށް މަރަންތަ؟ ޕާޓީކުދިންނަށް ދައުލަތުގެ ބަޖެޓުން ފައިސާދިނަސް ގިނަ ބަޔަކަށް އެއްވެސް އެހީތެރިކަމެއްނުލިބޭ

    82
    4
  5. ބޮޑުމަންޒަރު

    ޑިގުއަރުވަން ކޮންމެފަދަ ކަމެއްވެސް މިވެރިން (އެމްޑީޕީ)ކޮށްފަނެ މޮޅުމީހެކޭބުނެއިތޯ ބީބީޗީއަށް ތިތަރިޕޯޓް ނުފޮނުވާކަމެއްނެތް ބޮޑުމޮޔައިން ކުރާކަހަލަކަންކަންކުރަން އެނގޭނެ!

    21
  6. ކަލްދޯބަޖޭންގާ

    މީސަރުކާރުން ހިންގާ ނޫސް ތަކެއް ކަމައް ފެންނަނީ

    74
    5
  7. ޢަލިބެ

    ރިޕޯޓް ކޮންމެގޮތަކަށްލިޔުނަސް މިހާރު ރާއްޖޭގައި މިއުޅެނީ ކުޑަކާފު ބޮޑުކާފުޖަހައިގެން ވޯޓްއޮޅުވާލައިގެން ވެރިކަންކުރި އިރު ތިބިމީހުންނަށްވުރެ ތަންދޮރުއެނގޭމީހުން. ރާއްޖޭގައި ކޮވިޑް19 ފެތުރެން ފެށީއްސުރެ ހަފްތާއަކު އެއްފަހަރުވެސް ރައްޔިތުންނާ މުޚާތަބުކޮށްލަން ތިބުނާ ރައީސަކަށް ނުކެރޭ. ރައްޔިތުން ވީ ޙާލެއްގައޭ ތިމަންވާނީ ބުނިމީހާ ރައްޔިތެއްގެ ޙާލުބަލައިލަން ކުރިކަމެއްނެތް. އަމިއްލަމަސައްކަތްކޮށްގެން ލިބޭ އެއްޗަކުން ދިރިއުޅުނުމީހުންނަށް މަސައްކަތެއް ކުރެވެން ނެތްތާނގައި އެއްވެސް އެހީއެއް ލިބޭނެގޮތެއްނެތް. ކޮންކެތްތެރިކަމަކާ ޙިކުމަތްތެރިކަމެއްގެ ވާހަކަލިޔެގެން ތިއުޅެނީ. ލާރިގަނޑެއް ފަސޭހައިން ކެވޭނެގޮތް ހަދައިދިނީދޯ؟

    20
    1
  8. ޑައެލޯގް

    ކިބޫއަށް ތާއިދުކުރާ މީހުނެއް ނުތިބޭނެ ރާއްޖެއަކު، ވީގޮތަކީ އަންނި،މައުމޫނު،ގާސިމް މިމީހުންނަށް ވެރިކަމަށް ކުރިމަތިލެވޭގޮތް ނުވުމުން ގޮނޑުންނެގީ ކިނބުލެއް. ދެންރައްޔިތުން ގެބަޔަކާއި އިލެކްޝަނުގެ ވައްކަމާއެކު ގެރިމޯދީގެ ފައިސާގައި އިންތިހާބުވީއެވެ. ދެންމިކިނބުލަށް ކޯޗެއްހިންގަންއެގޭނީ ކޮރާގެކުޅެންވެސް ރަގަޅަށްނޭގޭ ބީތާއެއް

    18
    1
  9. ކޮއްކޮބެ----

    މަދު ބައި ގަނޑަކަށް ހަޖަމު ނުވެގެން އުޅެނީ! ވަ ރަށް ވާހަކަ @

    1
    24
  10. ކައުންސެލަރު

    ކަކަކަކަކަކަހަހަހަހަހަހހެހެހެހެހެހެހެހޮހޮހޮހހޮހޮހޮހހިހިހިހިހިހިޑަގަޑަގަކެކެކެކެކެކެކެކެކެކިކިކިކިކިކިކިހައްހައްހައްހައްހީހީހީހަީހީހީ މަ ބަނޑަށް ގޮށް އަރާފި ????????
    އޭ ކީކޭ އަތަށް ގޮވިއްޔޭ ?????????

  11. އަލާއު

    އަޅެ މީހާގެ ނަން ރަމްޒު ކޮށްނަމަވެސް ބުނެ ލަ ދީބަލް