ކޮވިޑް-19 އާއި ގުޅިގެން މާލެ ފުރަބަންދުކުރި ފަހުން، މާލޭގެ މިސްކިތްތަކުގައި ހަރުކޮށްފައި ހުރި 16 ފަންކާއެއް ވަގަށް ނަގައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ އޮފިޝަލަކާއި ހަވާލާދީ ޕީއެސްއެމް ގައި މިކަން ހާމަކޮށް ބުނެފައި ވަނީ، 16 ފަންކާއެއްގެ އިތުރު މިސްކިތެއްގައި ބޭނުންކުރަމުން ދިޔަ މައިކެއްވެސް ވަގަށް ނަގާފައިވާ ކަމަށެވެ.

އެގޮތުން ވައްކަން ކޮށްފައި ވަނީ، މާފަންނު އީދު މިސްކިތާއި، ދަރުމަވަންތަ މިސްކިތާއި، މާފަންނު ބޮޑުގޭގައި ހަދާފައިވާ ވަގުތީ މިސްކިތުންނާއި، ހީނާމާގޭ ޕާކިންގެ ހުޅަނގު ފަރާތުން މަޖިދީ މަގަށްވާގޮތަށް ހުންނަ މަސްޖިދުލްޢާދިލް އިން ކަމަށް ޕީއެސްއެމް އިން ބުނެފައި ވެއެވެ.

މި މިސްކިތްތަކުގެ ތެރެއިން ބޮޑުގޭގައި ހަދާފައިވާ ވަގުތީ މިސްކިތުން 11 ފަންކާއެއް ވަގަށް ނަގާފައި ވެއެވެ. މި ފަންކާތައް ވަގަށް ނަގާފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ. އަދި މަސްޖިދުލްޢާދިލް އިން ވައްކަން ކޮށްފައިވަނީ ރޭ ނުވަތަ އިއްޔެގެ ވަގުތެއްގައެވެ. އެ މިސްކިތުން ވަގަށް ނަގާފައި ވަނީ މައިކެކެވެ.

ވައްކަން ކުރި މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ މިސްކިތުން ތިން ފަންކާ ވަގަށް ނަގާފައި ވެއެވެ. އަދި އީދު މިސްކިތުން ދެ ފަންކާ ވަނީ ވަގަށްނަގާފައެވެ.

މިސްކިތްތަކުން ގިނަ އަދަދެއްގެ ފަންކާ ވަގަށް ނަގާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ފާރުގައި ހަރުކުރާ ފަންކާތަކެވެ. މި މިސްކިތްތަކަކީ ތަޅުލެވޭގޮތަށް ދޮރު ހުންނަ މިސްކިތްތަކެއް ނޫނެވެ.

މީގެ ކުރިންވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ ފެންމަތިވެއެވެ. ނަމަވެސް މިއީ މަދު ދުވަސްކޮޅެއްގެ ތެރޭގައި، މިސްކިތްތައް ބަންދުކޮށްފައިވާ މި ދަނޑިވަޅާއި ދިމާކޮށް މިފަދަ ވައްކަންތައް އެންމެ ގިނަވި ފަހަރެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖުލައި

    މިސްކިތްތަކުގަ ސީސީ ކެމެރާ ލާންވެފަ.

    35
  2. މާމިގިލީ މީހާ

    ކޮބައިތަ، މާލެ ތެރޭ، ޕެޓްރޯލް ކުރާން ބައިތިއްބާފަ ތިބޭ ފުލުހުން. ކީއްކުރަ ބައެއްތަ އެއީ، ދައުލަތުން މުސާރަ ދީފަ ބައިތިއްބާ.

    10
    1
  3. ފާތުން

    ބިރެއްވެސް ނުގަނޭތަ.މާތްﷲ ކަލޭމެންގެ ތިހުރިހާ ކަމެއް މޮޅައް ދެނެވޮޑިގެންވޭ.މިއަދު ފިލާތިބެވިދާނެ ވަކަން ކޮގެންވެސް.

    15
  4. އަލިފު!

    މިސްކިތްތަކަށް އެރިޔަނުދީ މަގުމަތި ބަލަހައްޓާ ބަޔަކު އުޅޭ! މަގުމައްޗަށް މީހަކު ނިކުންނަ އިރަށް އެމީހަކު ޖުރުމާނާ ކޮށް ހައްޔަރު ކޮށް އެބަހަދައި! އެކަމަކު މިސްކިތައް ލޫޓުވައިލި އިރު އެމީހުންނަކަށް ރޭކާވެސް ނުލި! އެންމެފަހުން ހުރިހައި މިސްކިތްތަކެއް ތަޅައި ބިމާ ހަމަކުރާއިރުވެސް އެމީހުންނަކަށް ނުފެންނާމެ! އެއީ ކޮންބައެއް!

  5. Anonymous

    ވޭތުވެދިޔަ ދެމަހެއްހާދުވަހު މާލޭގެ މިސްކިތްތއް ހުރި ގޮތެއް ބެލިމީހަކު އުޅޭބާ! ވައްކަމޭ ފަޅޮލޭ މި ކިޔަނީ!! ވައްކަން ކުރަން ހިތަކަށް ދޫކޮށްލާފައި އޮތީ މާ ވައްކަން ކުރާނެ ދޮހ!!

    10
  6. މުލުވަގު

    ވަގުންނަށް ވައްކަން ކުރުމުގެ ފުރުސަތު ދިނީ ވަގުންގެ ސަރުކާރެއްނު!

    11
  7. 0ޓޮލަރެންސް

    ސީސީ ކެމެރާ ހަރުކުރިޔަސް އެކެމެރާއަކަށް ނާރާނެ އެއީ މިސރުކާރާއި އެފަދަ ވަގުންނާއި ވަރަށް ބޮޑަށް ގުޅުން އޮންނާނެ ހެހޭ !

    10
  8. ގަންޖާ ފޯސް

    މާލެތެރެ ޕެޓްރޯލް ކުރަންނަމު ފުލުންގެ ޔުނީފޯމު ލައްވާފައި ނެރެފަތިބޭ ވަގުން ވައްކަން ކުރީމަ ކިހިނެއްތަ ވަގުން ހޯދާނީ ކިތަމެ ވަރަށް ހޯދިޔަސް ފެންނާނެތަ ސީސީ ކެމެރާ އަށް އެމިހުން އަރާނެބާ!

  9. ޖ

    ވަގުންތައް ހައްޔަރު ކުރޭ... ނެތްތަ ސީސީޓީވީ ކެމެރާއެއް ހަރުކޮށްފަ....

  10. Anonymous

    إِنَّ بَطْشَ رَبِّكَ لَشَدِيدٌ
    "ހަމަ ކަށަވަރުން ކަލޭގެފާނުގެ ވެރި ރައްބުގެ ހިއްޕެވުމަކީ ގަދަފަދަވެގެންވާ ހައްޕެވުމެއްކަން ކަށަވަރެވެ."
    ސޫރަތުލް ބުރޫޖު 12

    އެމީހުންނަށް الله ގެ ގެކޮޅުން ވައްކަންކޮށްފައެއް ނުތިބެވޭނެ އަރާމަކުން.