އަވައްޓެރި ސްރީލަންކާ އިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު، ރާއްޖެއިން މި ބަލި ޖެހުނު މީހުންނަށްވުރެ އިތުރުވެއްޖެ އެވެ.
ލަންކާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު އިތުރުވެފައި މިވަނީ، ފާއިތުވެދިޔަ ދެދުވަހު އެޤައުމުން އިތުރު ގިނަ އަދަދެއްގެ ބަޔަކު ފައްސިވުމުންނެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އެކަނިވެސް އިތުރު 61 މީހަކު ހިމެނޭހެން ލަންކާއިން މިހާތަނަށް ޖުމްލަ 1530 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ.
ރާއްޖެއިން މިހާތަނަށް ބައްޔަށް ފައްސިވެފައި ވަނީ ޖުމްލަ 1513 މީހެކެވެ. ރާއްޖެ މިހާރު ވެފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުން ފަސްވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ޤައުމަށެވެ.
ލަންކާއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ފަހަކަށް އައިސް އިތުރުވާން ފަށާފައި މިވަނީ، އެހެން ޤައުމުތަކުގައި ތިބި ލަންކާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިދިޔަ ދުވަސްތަކުގައި އެޤައުމުން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ ބޭރު ޤައުމުތަކުން ގެންދިޔަ މީހުންނެވެ.
މިހާތަނަށް ލަންކާއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ ތެރެއިން ދިހަ މީހަކު މަރުވެފައި ވެއެވެ. އަދި 745 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ފަރުވާދެމުން ދަނީ 775 މީހަކަށެވެ. ބަލި ޖެހިގެން އެޤައުމުގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން ސީރިއަސް ހާލުގައި ފަރުވާދެމުން ދަނީ އެންމެ މީހަކަށެވެ.
ލަންކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނައެއް (ކޭސްއެއް) ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެއާއެކު އެޤައުމުގައި ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އަޅާފައެވެ. ނަމަވެސް މި ފިޔަވަޅުތައް އެޅިތާ ދެމަހެއްހައި ދުވަސްވީފަހުން މިހާރު ދަނީ ބައެއް ލުއިތައް ދެމުންނެވެ.
ލަންކާގެ އާބާދީއާ ރާއްޖޭގެ އާބާދީ އެއްވަރެއް ނޫން. އާބާދީގެ ނިސްބަތައް ބަލަންޖެހޭނި ދޯ.
ލަންކާގެ އަބާދީއަކި 21.67 މިލިއަންމީހުން (2018)
ޜާއްޖޭގެ އާބާދީއަކީ 515،696 މީހުން (2018)
ލަންކާގެ އބާދީގެ %0.006 އަށް ބަލި ޖެހުނީ
ރައްޖޭގެ އަބާދީގެ %0.29 އަށް ބަލިޖެހުނީ
ރައްޖޭގަ ކޮވިޑު ޓާސްކުފޯސް ބޮޑުތަނުން ފޭލިވީމަ ކޮންމެރެއްކު ޓީވީއަށް އަރައިގެން މިބަވަނީ ރައްޔިތުނަށް. ރައްޔިތުން ބުނާގޮތް ނުހަދަނީއޭ، އަނެއްކަމެއް ކުރަނީ އޭ ކިޔައިގެން. ކަމެއްވީކީނޫން ފޭލިވީ.
Boahalaaku..dhen raajje molhuveetha..thikkan jeheyne faahaga kurann
..noosverinn dhoa boahalaaku
ބަލަ ލަންކާގެ އާބާދީއަކީ މިކަހަލަ ކުޑައާބާދީއެއްނޫންދޯ. އަދިވެސް މިބަލީގަ އެއްމެ ނުރައްކާބޮޑު ގައުމުތަކުގެތެރެއިން ގައުމެއް ރާއްޖެއަކީ
ސީޝެލްސް އެއޮއް ހުޅުވާލީ ޓޫރިޒަމަށް. ކޮވިޑުން އެކީ ސަލަމަތްވި. ފުރަތަމަ ކޭސް ފެނުނީ މާރިޗް ދިވެހިރާއްޖޭގަ އަތަށް ގޮވީ. މާބޮޑަށް އެގެނީ ޑަޚްޓަރުނަށް، އަނެއްކާ ހިސާބު ޖަހަން އެހުރީ ސީނާ. މިހާރު އޮތީ ބާބު2. ކޮންމެ ރެއަކު ޓީވީއަށް އަރައިގެން ރައްޔިތުންނަށް ބެވުން. ރައްޔިތުން ބުނާގޮތް ނުހަދަނީ.
ތާކުން ތާކު ޖެހޭ ވަހަކަ އެއް ނޫން ތީ. އާބާދީ ގެ ނިސްބަތުން ބާލާ އިރު ހުރިހާ ކޮޅަކުން ރާއްޖެ އެއްވަނަ. ލަންކާގެ ފައްސިވީ މީހުން ގެ ނިސްބަތުން %50 ބަލިން ފަސޭހަ ވެފަ ކަމައް ދައްކާ އިރު ރާއްޖޭ ގެ ބަލިން ފަސޭހަ ވި މީހުން ގެ % އަކީ ގާތް ގަޑަކައް 20.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން މިވަގުތު ކޮރޯނާބަލި 2 ވަނައަށް އެންމެގިނައިން ޖެހިފައިވާގައުމުލަންކާގެ އާބާދީއަކީ 21.67 މިލިއަންމީހުން. ރާއްޖެ 0.51 މިލިއަންމީހުން. މުޅިންފެއިލް ވެފަވާސަރުކާރެއް ކިނބޫއޮންނނަން ޖެހެނީ ތަޙުތަކުނޫން ފެންގަޑުގައެވެ.
އެޕްރީލް 30 އިން ފެށިގެން ލަންކާގެ އާންމުން އުޅޭ ސަރަހައްދަކުން އެއްވެސް މީހަކު ޕޮޒިޓިވް ނުވޭ. މިހާރު ފެންނަ މީހުންނަކީ އެހެން ގައުމުތަކުގައި ތިބެފައި އަންނަ މީހުން އަދި ކަރަންޓީނު ފެސިލިޓީ ތަކުގައި ތިބި މީހުން. ލަންކާއިންވަނީ ކޮމިއުނިޓީތެރޭގައި ބަލިފެތުރުން ކޮންޓްރޯލްކޮށްފައި.
ލަންކާ ތެރޭގައި މިބަލި ޖެހުނީ އެންމެ 309 މީހުންނަށް. އެކަން މިވަނީ މިހާތަނަށް ކޮންޓްރޯލް ކޮށްފައި. މީގެ އިތުރުން 771 މީހުންނަށް މިބަލި ޖެހުނީ މިލިޓަރީ ފެސިލިޓީއަކުން. އެމިލިޓަރީ ފެސިލިޓީވެސް ވަނީ ކަރަންޓީންކޮށްފައި. ލަންކާގައި މިބަލި ޖެހިފައިވާ މީހުން އިތުރުވަނީ އެހެންގައުމު ތަކުން ގެނެސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުން. ލަންކާ ޕީކަށް ދިޔައީ އޭޕްރީލްގެ ފަހު ހަފްތާގައި. އެކަމަކު ރާއްޖެ އަދި ކިރިޔާ ފެށުނީ. ރާއްޖޭގެ ސަރުކާރާއި ގިނަ ރައްޔިތުން، ހާއްސަކޮށް އަންނި ފެކްޝަނުގެ ރައްޔިތުންނާއި އަދުރޭ ފެކްޝަނުގެ ރައްޔިތުންނަކީ މިބައްޔަކީ ފޭކް އަރިދަފުހެއް ކަމަށް ދެކި ބޮޑާކަންދައްކާ ފަރުވާ ކުޑަކުރާ ބައެއް. ރާއްޖޭގައި މިބަލި ކޮންޓްރޯލްކޮށް އާންމު ހާލަތަކަށް ދިޔައިއްޔާ މިއީ ނަސީބެއް.
ދެ ގައުމުގެ އާބާދީ އާއި ބަލިން ފަސޭހަވި މީހުންގެ އަދަދުވެސް ލިޔެލިނަމަ
ލަންކާއިން ކިތަށް ޓެސްޓުތަކުރަނީ ؟ އޮޅުދޫ ކަރައެއްކަމަކު ތި ލަންކާއަކީ ވަރަށް މޮޅުވާން އުޅޭބައެއް! ދިވެހިންނާ ވަރަށް ވާދަވެރި!! އެމީހުންބުނަނީ އަހަރެމެންނަކީ ލަންކާމީހުންކަމަށް! މަ ބުނާނީ އެމީހުނަކީ ދިވެހިންގެ ބަޔެކޭ!!! ކުރިންބުނި ކޯވިޑް ޖެހިފައިވާ މީހަކު ނުފެންނަތާ 2 ހަފްތާޔޯ!! ދިމާނުވޭ! ކިހިނެތް ކުއްލިއަކަށް ގިނަވީ ؟؟؟ މަބުރޫކެކޭ ތަފާތެއް ނެތް! ލަންކާއެއްކަމަކު ރާއްޖެއާ ޖައްސާލަންޏާ ލޭކެކޭ!
ކަންކާގެ އާބާދީ ރާއްޖޭގެ އާބާދީ ނިސްބަތް ބައްލަވާ އަޅުގަނޑު މެން އުފަލެއްނުވެ ރާއްޖޭގެ 2މީހަކަށް 2000 މީހުން ތިއްބަވާ ޤަވްމަކާ ތިޔައަޅުއްވަވާ ފަޚްރުވެރި ތިޔަވަނީ
22 މިލިއަން ގެ އާބާދީއަކާ އެންމެ 4 ލައްކަ އާބާދީ އާއި އަޅާ ނުކިޔާ!!! އަދި އެޤަވްމުން ރަގަޅުވީ މީހުންގެ އަދަދަކީ މިހާތަނަށް 754