އައްޑޫ ސިޓީ ހިތަދޫގައި ގޭދޮށު މަސް ޕްލާންޓް ތަރައްގީކޮށް ހިންގުމަށް އައްޑޫ ސިޓީ ކައުންސިލާއި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގެވެ. އަދި އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަލީލެވެ.

ކައުންސިލުން ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން މަސް ޕްލާންޓު 280 ދުވަހުގެ ތެރޭގައި ތަރައްގީކޮށް ހިންގަން ފަށަން ޖެހޭ އިރު، މަޝްރޫއަށް ހަ މިލިއަން ރުފިޔާ ހަރަދުވާނެއެވެ. މި މަސް ޕްލާންޓް ގާއިމު ކުރަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުންނެވެ.

އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންވެސްޓް ކުރާނެ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

އައްޑޫގެ މޭޔަރު ސޯދިގް ވިދާޅުވީ މަސް ޕްލާންޓްގެ ސަބަބުން މަސްވެރިން އަތުން މަސް ގަނެވި، އެ މަސް ރަނގަޅަށް ޕްރޮސެސް ކުރެވިގެން އައްޑޫގެ ރައްޔިތުންނާއި ރާއްޖޭގެ އިތުރުން މުސްތަގްބަލުގައި ދުނިޔޭގެ ބާޒާރަށް ވެސް އެ އުފެއްދުންތައް ނެރެވޭނެ ކަމަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންގެ ވަޒީފާތައް ގެއްލިފައިވާކަން ފާހަގަކުރައްވައި މޭޔަރު ވިދާޅުވީ މި ގާއިމުކުރެވޭ މަސްޕްލާންޓްގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.

އެލްނާތު ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް މެނޭޖަރު އިބްރާހިމް ހަލީލް ވިދާޅުވީ މިއީ އަލަށް ރާއްޖޭގައި ކުރެވޭ މަސައްކަތަކަށް ވާއިރު، ގޭދޮށު މަސްފެކްޓްރީތަކުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެކްޓަރ

    ބަދިގެ މަސް ފެ ކްޓަރީތައް އަބަދުވެސް ރާއްޖޭގައި ހުރޭ... އަދި ގޭދޮށު ފެ ކްޓަރީ ނު ކިޔަސް މަސް ކައް ކައް ކާ ޕެ ކް ކުރޭ...

    10
  2. މަބޭ

    މިހާތަނައް ހިންޑިޔާއިން ހަރަދުކޮއްގެން ރާައްޖޭގަ ހިންގި އެއްވެަް ޕްރޮޖެކްޓެއް ތިޔަބުނާމުއްދަތުގަ ނިންމިފަކާނުވޭ. ޅަފާކުރެވެނީ މިދުވެގެން 5އަހަރު ތިކަމައް.ނަގާނެހެން ދެން ތިކަންކުރަން ހަވާލުވިމީހުނައް ބަދަލުގެގޮތުގަ ސަރުކާރުން 20މިލިޔަން ރުފިޔާ ދޭންޖެހިފަ އޮންނާނީ