ދިވެހި ސިފައިންނަށް އިތުބާރާއި އިހްތިރާމް ހޯއްދަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނެވި ވައުދު ފުއްދައި ދެއްވައިފި ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ކުރާ މަސައްކަތުގައި ސިފައިން އަދާކުރަމުން އަންނަ ދައުރާ ގުޅޭ ގޮތުން ތައްޔާރު ކުރި ވީޑިއޯ ރިޕޯޓު ޓުވީޓު ކުރައްވައި މާރިޔާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސިފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިހުތިރާމް ލިބިފައިވާ ބަޔަކަށް ހައްދަވާނެ ކަމުގެ ވައުދު ވެވަޑައިގެންނެވި ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ވައުދު އެމަނިކުފާނު ވަނީ ފުއްދަވައިފައެވެ.

"މިއަދު އެމްއެންޑީއެފްއާ ގުޅޭ ގޮތުން ރައްޔިތުން ހިއްސާކުރާ އިހުސާސްތަކުން ރައީސްގެ މި ވައުދު ފުދިއްޖެ ކަމަށް ގަބޫލް ކުރެވޭ،" މާރިޔާ ވިދާޅުވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ އެންމެ މުހިންމު އެއް ބައިވެރިންނަކީ ދިވެހި ސިފައިންނެވެ. އެގޮތުން ރާއްޖެ އިން ފައްސިވާ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ކަރަންޓީން ފެސިލިޓީ އާއި އައިސޮލޭޝަން ފެސިލިޓީތައް ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ.

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގެ މަސައްކަތުގައި ވެސް އިސްކޮށް އުޅުނީ ސިފައިންނެވެ. އަދި ސިއްހީ ބައެއް ވަސީލަތްތައް އުފުލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރަމުން އަންނަ އެއް ބަޔަކީ ވެސް ސިފައިންނެވެ.

ކޮވިޑް-19 އަށް 40 އަށް ވުރެ ގިނަ ސިފައިން ފައްސިވެ، ސިފައިންގެ ގިނަ ބަޔަކު ވަނީ ކަރަންޓީނު ވެސް ކުރަން ޖެހިފައެވެ. އެ ހުރިހާ ގޮންޖެހުމަކާ އެކުގައި ވެސް ސިފައިން ކުރަމުން އަންނަ ބުރަ މަސައްކަތަށް އެތައް ބައެއްގެ ތައުރީފް ވަނީ ލިބިފައެވެ.

ވީޑިއޯ ރިޕޯޓުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މާލޭގެ އިތުރުން ސިފައިންގެ އޭރިއާ ކޮމާންޑުތަކުން ވެސް ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ސިފައިން އެންމެ ފަހު މީހާއާ ޖެހެން ދެން ކިތަންމެ ބޮޑު ގުރުބާނީއެއް ވެސް ދިވެހި ރައްޔިތުންނަށް ވުމަށް ތައްޔާރަށް ތިބި ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސާބަހޭ

    އެމީހުންވެސް ހުވަޔައް އިހްތިރާމް ކުރަންޏާ މިހާރު މިއޮތް ސަރުކާރު ބަދަލްކުރަން މަޖުބޫރުވާނެ.

    55
    2
    • Anonymous

      އަނހާ! ކީކޭ ތިކިޔުއްވަނީ. ކަލޭމެން އަބަދު ބަޣާވާތް ނުކުރެވިގެންދޯ އުޅެނީ. ނިކަން ދެވިހިފާ ކަމެކޯ އެއީ. ތައިލޭންޑް މީހުން ބުނީ.

      3
      13
  2. ކާފަދ

    ސިފައިން ކުރާ ބުރަ މަސައްކަތަކީ ކުރިންސުރެ އެމީހުންގެ ރޫޓިންގ ގައި ކުރަމުންދާ ކަންކަން. މިސަރުކާރުން ސިފައިންނަށް ކޮށްދިން އާކަމެއް ފަހަގަކޮށްލަދީފަ ތިހެން ބުނެލިނަމަ ރަނގަޅުވީސް. އޮގަސްޓް 12-13 އާއި ގުޅިގެން ޤައުމު ކުއްލި ހާލަތުގައި އޮތް ވަގުތުތަކުގައި ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ގޭގޭދޮރުމަތީގަ ވެލިބަސްތާ ޖައްސައިދީ ގޭތެރެއިން ޕަމްޕުންނާއި ބާލިދީއިން ފެންހިއްކައިދޭން ދިޔައިން. އެދުވަސްވަރު ސިފައިންނަށް އެންމެ ފުރައްސާރަކޮށް އުޅުނު ތި ޕާރޓީގެ އެކްޓިވިސްޓުންގެ ގޭގޭގަވެސް އެކަންކަން ކުރަންޖެހުނު. އެދުވަހު އެމީހުން ދެރަވެފަ ނޫނީ ދެރަވަކަމަށް ހެދިފަ ބުނިއަޑު އިވުނު ތިމަންނަމެން އެވަރަށް ޖެއްސުންކޮށް ހަދާއިރުވެސް ސިފައިން މިގެއަށް މިކަންތައްކޮށްދިންއިރު ތިބީ ހަމަ ހެވިފައޭ. ހީވަނީ އެމީހުންނަށް އަހަރުމެން ކަން ނޭނގިގެން އުޅޭހެންނޭ.

    53
    1
  3. ނޭގެ

    ރައްޔިތުންނަށް ޚިދުމަތް ކުރަން ޖެހެނީ ސިފައިން ގެއަށް ވަނީމަ. ޑަކްޓަރުންނަށް ފްރަންޓުގަ މަސައްކަތް ކުރަންޖެހެނީ ޑަކްޓަރުކަން ކިޔެވީމަ. ފުލުހުންނަށް ޚިދުމަތް ކުރަން ޖެހެނީ ފުލުހަކަށްވީމަ. މީގެން ކޮންމެކަމަކީވެސް އެމީހެއްގެ އަމިއްލަ އިޚްތިޔާރުގަ ކުރާކަމެއް. މީހަކު ގަދަކަމުންތަ ޑޮކްޓަރުކަން ކިޔަވައިދިނީ. ކިޔެވި އިރުވެސް އެނގޭނެ ތިމާ މަސައްކަތް ކުަރަންޖެހޭނީ ހޮސްޕިޓަލުގަ ކަން. ބަލިމީހުން ކައިރީގަ އުޅެންޖެހޭނެކަން. ދެން ކޮން ތެލެއްތަ މިޖަހަނީ އަބަދު އަބަދު.

    40
    2
  4. ރަބަރޭ

    ތި ވައުދު އޮތީ 17/11/2018 ގެ ހުވާކުރުމަށް ފަހު ފުދި ނިފަ ތިބާއި ގަނޑު ވެރިކަމުގަނެތީ ވިއްޔާ ސިފާއިންނެ ފުލުހުން ނެއް ކޯޓްޔަކެއް މިނިވަން މުއައްސަސާތަކެއް ޖޭއެއްސީ އެއް ކަމަކުނުދޭ މިހާރު ހުރިހާ އެއްޗެއް އަންބޮނޑިޔަށް ލެވުނީމަ ހުރިހާ ވައުދެއް ފުދިނިމުނީ
    ގައުމުގެ ހަލާކު

    47
  5. ގުއިދައިތަ

    ކޮން އިތުބާރެކޭ ކިޔާކަށް.. އެމީހުނަށް އިތުބާރު ނުކޮށް ވަގަށް ގޮވާ ބާގީންނަށް ގޮވި ބަޔަކީ ވެސް ތީ. މަނީ މަނީ ޔޭސް ސަރ އޭ ގޮވާ ގޮޅާ ފޯރސްގެ ނަމުން ނަންދީ އެމީހުންގެ ވާޖިބަށް ހުރަސް އަޅާ އެމީހުނަށް އަނިޔާ ދީ ހެދި ބަޔަކީ ވެސް ތީ.. މިހާރު ދެން ތިޔަކަހަލަ ވާހަކަ ބޮޑުރިޔާ މެން ދެއްކީމަ އަހަރެމެން ކައިރިއަށް އަންނަނީ ހިނި. ސިފައިންނަށް ކަމެއް ކޮށްނުދެވޭ ތާނގަ އެމީހުންގެ ދިފާއުގައި ތިވަރު ބުނެލުމަކީ ވެސް ބޮޑުރިޔާއަށް ކުރެވުނު ވަރަށް ރަގަޅު ކަމެއް. ބޮޑުރިޔާ އަކީ މިހާތަނަށް ޑިފެންސާއި ޙަވާލުވި އެންމެ ނާޤާބިލް މިނިސްޓަރު. ބާޣީ އަމީން ފައިސަލް ވެސް ބޮޑުރިޔަލަށް ވުރެ ރަގަޅު.

    44
    2
  6. ފަނީ

    ފިނދަނަތަކޭ؟

    28
  7. ހުސޭނުބޭ

    ޖޯކް އޮފް ދަ މިލޭނިއަމް! ސިފައިންނަށް ދިވެހިން އިތުބާރުކުރޭ! ސިފައިންނާ ޖެހިގަނެގެންއުޅޭ މީހާ މިއަދު ތިހުރީ އެމީހުންގެ ބޮޑަކަށް! އިތުބާރު ހޯދަންވެގެންތަ އެމީހުންގެ ޕެރޭޑަށް ވަދެ އަވަރުރާނަގޮވަމުން ދުވުނީ!

    45
    1
  8. Anonymous

    ކަހެރުވަ ކޭ ނު ކިޔާ

    35
    1
  9. ޣޮފި

    Dhenkiyaasheythihen

    15
  10. ކައުންސެލަރު

    ހަހަހަހާ! އެހެންތޯ؟ ކޮބައިތޯ ކަމެއްދިމާވާއިރަށް ފިލާ ފިނދަނަތައް. ހަހަހަ!

    28
    2
  11. ދުންތަރި

    ލަދެއް ހަޔާތެއް ނެތެއްނު ސިފައިންގެ ގަޔަށްބޮލަށްއަރާ މައިންބަފައިންނަށްގޮވާ ދޮޅިދަށަށް އަތްލާ މަލާމާތްކޮށް ފުރައްސާރަކޮށްހަދާފަ ސިފަިންނޭކިޔާފަ އަނގަ ހުޅުވަން ލަދުނުގަނޭދޯ ހިސާބަށްވުރެ ލަދުހަޔާތް ކުޑަވިޔަސް ތިދެން ބޮޑުވަރު ސިފައިންނަށްކުރި ޖެއްސުމާ ފުރައްސާރައިގެ ބަދަލުގަ ސިފައިގެ ވަޒީރިކަން ވެދުންކުރީ ޤާނޫނު އަސާސީއަށް ފައިން އަރާ ހަމައެއް ލަމައެއްނެތް

    45
    1
  12. ތާކިހާ

    ދިވެހި ސިފައިންނަށް އިތުބާރާއި އިހްތިރާމް ހޯއްދަވައިދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދެއް ވާންޖެހޭކަމަށް އަޅުގަނޑުވެސް ޤަބޫލުކުރަން. އެއީ ދިވެހި ރައްޔިތުން ސިފައިންނަށް ކުރައްވާ އިހްތިރާމް ބަލިކަށިކޮށް ލުމަށްޓަކައި އެ.ޑީ.ޕީ އިދިކޮޅުގައި އޮންނައިރުދަނީ ވަރަށް ބޮޑުމަސައްކަތްތަކެއްކުރަމުން. ކޮންމެ ރެއަކު އެމް.ޑީޕީ ލޮލޮފިޔަ ޖަހާނީވެސް މަނީ މަނީ ޔެސްސަރ ގޮވަމުންކަން ދިވެހި ފުލުހުންނަށްވެސް މަލާމާތް ރައްދުކުރަމުން ކަން ތާރީޚު ހެކިދޭ. އެމް.ޑީ ޕީ މީހުން ގެތެރެއިން ބައެއްމީހުން ފިޔަވާ ގިނަ ބަޔަކު ދިވެހި ސިފައިންނަށް އަދުބުވެސް އިޙްތިރާމްކުރޭ. އަޅުގަނޑު އޭރުވެސް ދިވެހިސިފައިންނަށް މިއަދުވެސް އިޙްތިރާމްކޮށް ސެލިއުޓްކުރަން. އަދި މިނިސްޓަރ މާރިޔާދީދީ މިއަދު ދިވެހި ސިފައިންގެ ސެލިއުޓަށް އިޙްތިރާމްކުރައްވާތަން ފެނުމާއެކު އަޅުގަނޑު ނުހަނު އުފާވޭ. ތިޔައީ މަރުވުމުގެކުރީން ދެކެންބޭނުންވިދުވަހެއް. އަދި ވެސް ދެކެންބޭނުން ދެތިންދުވަސް އެބަތޮތް. ސުކުރިއްޔާ މިނިސްޓަރ

    12
    2
  13. ޑައެލޯގް

    ކޮންކަމެއްތަ ސިފައިންނަށް ކިނބޫ ސަރުކާރުން ކޮށްދިނީ. ކުރިކަމަކީ އިންޑިޔާ ގެ ބޭހެއް އައްޑޫ ގައި އަޅާ ދިވެހިސިފައިން ބާކީކުރީ ދެންއިތުބާރު މާރިޔާމެން ކުރަނީ އިންޑިޔާ ގެ ސިފައިންނަށް ނޫންތޯ ހެލިކޮޕްޓަރު ގަވެސް ރާއްޖޭ ގެ ސިފައިންނަށް އަތްނުލެވޭ

    16
    1
  14. ރައްޔިތުމީހާ

    މިހާރު މާ ސިފައިން ވެގެން ތިއުޅެނީ ވެރިކަމުގަ ތިބީމަ. ވެރިކަން ވެއްޓުނީމަ އެއީ ގޮޅާބޯ. މިހަގީގަތް ބަދަލްކުރަން ނޫޅުއްވާ މާރިޔާ

    19
    1
  15. ޢަލީ

    ބަލަ މާރިޔާ ދިވެހިރައްޔިތުންނެއް ނޫޅޭޔޭ އެއްއިރެއްގައިވެސް ފުލުހުންނާއި ސިފައިންގެ އިތުބާރުނެތިގެނެއް. އިތުބާރު ނެތިގެން ފުލުންނަށާއި ސިފައިންނަށް ތަޅާނެކުދިންހޯދީ ރީދޫކުދިންނާއި އަންނިނޫންތޯ ދެން ކޮސްނުގޮވާ

    19
    1
  16. މަބޭ

    ސިފައިންނަކީ ވަރައް ޑިސިޕްލިންބަޔެއް އެދުވަހުކަމަނާ އެމީހުނާދިމާލައް އެހާއެއްޗެހިގޮވިއިރުވެސް ހަމަހެވިފަ ބަލަހައްޓައިގެން ތިބީނޫންތޯ މިއަދުތިޔަވާހަކަދެއްކީމަވެސް އެމީހުން ހަތްޖަހާނެ ނަމަވެސް ކަމަނާއައް އެމީހުންވެސް ފުލުހުންވެސް މާފެއްނުކުރާނެ.

    19
    1
  17. ބަނބުކެޔޮ

    މާރިޔާ އެއްޗެއް ބުނެވެން ނެތްބަޔަކު އެއްޗެކޭ ނުބުނެތިބިއްޔާ ތަންކޮޅެއް މީހުން ބަވާލެއްކުޑަވާނެދޯ

  18. ބބ

    މާދަމާވެސް ވެރިކަން ވެއްޓޭއިރަށް އިތުބާރު ފެންނާނެ

  19. Anonymous

    ނާހަމަތެދެއްތަ؟ ކޮން ވަޢުދެއްތަ ރައީސް ވެފައިވަނީ. ސިފައިން އެއުޅެނީ ގިނަމީހުން ބޮޑުއަގުގަ ތަންތަން ކުއްޔަށް ހިފައިގެން. ސިފައިންގެ އަދި ފުލުހުންގެ ފުލެޓްތައް އެހުރީ ބިމުއަޑިއަށް ފައިބާގޮތަށް. އިބޫގެ ވަޢުދެއް ވެރިކަމުގެ އެއް އަހަރުތެރޭ ފުލެޓްތަކަށް ވެއްދުން. އަދިވެސް އެއް އަހަރު ނުވާތީ ހަމަ ހުރިގޮތަށަ ހުރީ. މިހާވަރަށް ދެން އިތުބާރު ދެމެހެއްޓޭނީ. ކަލޭމެންތީ ތިޔަހެން ހޮޅިއަނގަތަޅަން ތިބޭ ބޯކާބައެއް.

  20. ކާޅު ކާ

    ބަލަ ރީނދޫމީހުނެއް ނޫތަ ދިވެހިސިފައިން ކުރިމަތީގައި ޖަނަވާރު ތަކެއްހެން ކުރިބައްދައި ދޮޅިދަށަށް އަތްބާނައި މަގުމަތީގައި ހަޔާތް ގިރިގެ ތެޅުނީ ކޮންބަ އެއްތަ ބަލަ ސިފައިން ގެހިތްވަރަކީ އިބޫގެ ވަޢުދަވާންވީ ކީއްވެ ކޮބާ ފުރަތަމަ 100 ދުވަހުން ފުއްދަން ބުނިވައުދުތައް އަދި 100 ވުދަސްނުވަނީތަ ޖަނަވާރުން ނާއި އިންސާނުންގެ ހުރިތަފާ ތުފެންނާނެ އެމްޑީޕީގެ މަގުމަތީ ޕެރޭޑް ބަލާލީމަ ކޮބާ ލާދީނީ ރިޕޯޓް ނެރުނު ބައިގަނޑު އެކަމުން ވެސްއެނގިގެން ދަނީ ތިމާމެންގެ ނުކުޅެދުން ތެރިކަން ހުރިމިންވަރު ހުނދުތިމާ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީމައްޗަށް ފައިން އަރާހުރި މަންޒަރުން ވެސް ތިމާގެ ފެންވަރަކީ ކޮބައިކަން ރައްޔަތުނަށް އޮތީ އެނގިފަ ތިމާމެން ތިކަމަށް ކުފޫހަމަނުވާ ކަން ވަރަށްސާފު ދެންކޮށް ވަޢުދެއް ފުއްދޭނީ އަނގަ އޮތީޔަކާ ކާޅެއް ނުކާނެ!

  21. ލާމު

    އަދިކިރިޔާދޯ ކަލެއަށް ސިފައިންގެ ކުޅަދާނަ ކަން ތިފެނުނީ ގުއި ގުއި ނުދެކޭ ކާޅަށް ގުއި ގުއި ފެނުނީމަ ތިހެންވެސް ވާނެ!

  22. މުރާސިލް

    މާރިޔާއެވެ. އަޅެ ލަދެއް ނުގަނޭ ހެއްޔްވެ؟

  23. ސަމިި

    އެއް އި ރެއްގަ ވެސް ސިފައިންގެ އިތުބާ ރެއް ނުގެއްލޭ އަހަރ ރުމެން ނަކަށް