ދިވެހި ފުލުހުން ދިވެހިންގެ ހިދުމަތުގައި އެތައް މަސައްކަތެއް ކުރަމުން ދެއެވެ. މިހާރު ދިމާވެފައިވާ ކޮވިޑް-19ގެ ހާލަތުގައި އެންމެ ކުރީ ސަފުގައި ސިއްހީ ހިދުމަތްތެރިންނާއެކު މަސައްކަތް ކުރަމުން ދަނީ ދިވެހި ފުލުހުންނެވެ. ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތަށް ޝުކުރު ހައްގެވެ. އެގޮތުގައި އަބަދުވެސް ފުލުހުން މަސައްކަތް ކުރުމަކީ ހުރިހާ އެންމެންވެސް ދެކެމުން އަންނަ ދުވަހެވެ.

މިހާރު ރާއްޖެއަށްވެސް ދިމާވެފައިވާ ކޮވިޑް-19ގެ ބިރުވެރިކަމާއި ހެދި މާލެ ސިޓީ ފުރަބަންދު ކޮށްފައިވާ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ފުލުހުން ދަނީ ރައްޔިތުންނާއި ދާދި ގާތުން މަސައްކަތް ކުރަމުންނެވެ. އަދި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ ރައްޔިތުން އުޅޭ ނޫޅޭ ގޮތް ބެލުމަށެވެ. ފުލުހުން މިގޮތަށް މަސައްކަތް ކުރަމުންދާތީ އެ މީހުންނަށް ތައުރީފްކޮށް އެތައް ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

މިގޮތުން ދާދި ފަހުން ރާއްޖޭގެ މަޝްހޫރު ހެއާޑްރެސާ އަދި މޭކަޕް އާޓިސްޓް މީކާއިލް އަހުމަދު (މައިކް) ފުލުހުންނަށް ތައުރީފްކޮށް ކުރި ޓްވީޓަކަށް އެތައް ބައެއްގެ ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ.

މައިކް ކުރި ޓްވީޓުގައި ބުނެފައި، އޭނާ އާއި އަނބިމީހާއަށް ގެއިން، ވެޓް ޓިޝޫ އާއި ނެޕީ ހުސްވެފައިވާ ކަން އެނގުނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށާއި، އެ ތަކެތި ގަތުމަށް ބޭރަށް ދާން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުން ރިޖެކްޓް ކޮށްލީ ކަމަށެވެ. އެހެންވެ އިތުރު އެއްވެސް ގޮތެއް ނެތިގެން އޭނާ ހުޅުމާލެ ފުލުހުންގެ ސްޓޭޝަނަށް ގުޅުމުން އެ މީހުން އޭނާގެ ގެއަށް އެ ތަކެތި ގެނެސްފައިވާ ކަމަށް މައިކް ބުނެފައި ވެއެވެ.

މައިކް ވަނީ އެ މީހުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި އެ މީހުންނާއި މެދު ފަހުރުވެރިވާ ކަމަށް ބުނެފައެވެ.

"ހުސްވެދާނެ ކަމަށް ވިސްނަގައިގެން އެއްޗެހި ކުރިން ބެހެއްޓުން ރަނގަޅު ވާނީ". މައިކްއަށް ޕޮލިސް ޕާމިޓް ސެކްޝަނުން ދިން ޖަވާބު ހިއްސާ ކުރަމުން ބުނެފައި ވެއެވެ.

މައިކްގެ ޕޯސްޓަށް ކޮމެންޓް ކުރި ބައެއް މީހުން ވަނީ، ފުލުހުންނަށް ތައުރީފްކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ފުލުހުން އެ މީހުންނާއިމެދު ކަންތައް ކުރި ގޮތްތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.

އެގޮތުން އެކަކު ބުނެފައިވާގޮތުގައި، އޭނާ މާލެ ފުލުހަށް ގުޅައި އެހީތެރިކަމަށް އެދުމުން ބުނީ "މިއީ އެކަހަލަ ކަންތައް ކުރާ ތަނެއް ނޫން" ކަަމަށެވެ. ނަމަވެސް އޭނާ ވަނީ މައިކްއަށް ލިބުނު އެހީތެރިކަމަށް، ހުޅުމާލު ޕޮލިސްއަށް ޝުކުރު އަދާކޮށްފައެވެ.

އިތުރު މީހަކުވެސް ވަނީ، އޭނާއަށްވެސް އެފަދަ ހާލަތެއްގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރޮކް

    ފުލުހުން އަބަދުވެސް ތިޔަ ކަހަލަ ރައްޔިތުން ނަށް ހިދުމަތްދޭ ނަމަވެސް ބަޔަކު މީހުން އެމީހުން ކުރާ ކަންކަން ފާހަގަ ނުކޮށް އަބަދުވެސް ބަލި ފައިގަ ހިފާ ދަމާ ފުލުހުންގެ އަގު ވައްޓާން މަސައްކަތް ކުރަމުން ދަތީ ހިތަމަ ކުރަން ޖެހޭ

    13
    2
  2. އެމަންޖެ

    ތިޔައީ ދެއްކުންތެރިކަން ތިވާނީ ސަރުކާރާ ގުޅުންހުރިމީހަކައް ، އަހަރުންވެސް މި ފުރަބަންދުގަ ނިދާ ކޮޓަރީގެ ފަންކާ ހަލާކުވެގެން އެހީތެރިކަމަކައް ފުލުހުންނައް ގުޅީ 2 ދުވަސް ވިއިރުވެސް ފަންކާ ހެދޭނެ ގޮއްތެއްނެތި ހާރޑުވެޔާކުން ކެޕޭސްޓަރެއް ބޭނުންވެގެން ގުޅާފަ ބުނިން ކިރުބޯ ކުޑަކުއްޖެއް އޮތްވާހަކަ ގެ ކައިރި އެއްވެސް ފިހާރަކުން ނުލިބުންވާހަކަ ، ޕޮލިހުން ވިދާޅުވީ ބަލާލާފަ އެބަގުޅަމޭ މިޔައްދައް 3 ހަފުތާ އަދި ނުގުޅޭ.

    7
    7
  3. ދުންތަރި

    ފުލުހުން ވަކިބަޔަކަށް ތިހަފަދަ ޚިދުމަތްދޭނީ އެމްޑީޕީ މަޖިލިސް މެމްބަރުންނާ އެމްޑީޕީ ބޮޑުންނަށް ޚިދުމަތްދޭނެ އެކަމަކު ނިކަމެއްޗަކު ގުޅިޔަސް އަޅާނުލާނެ ކިތަންމެ ބޮޑުކަމެް ޖެހިގެން ގުޅިޔަސް ނިކަމެތިމީހާޔަކަށް އެހީތެރިނުވާނެ ބޮލުން ނައްތާލާނީ މިޤައުމުގަ އޮންނަ އުސޫލަކީ ބޮޑުންނަށް ބޮޑުގޮތް ނިކަމެތިންނަށް ނިކަމެތިގޮތް މީ ހަޤީޤަތަކީ

    7
    7
  4. ޫހ

    ދުވާލު ގަޑީގެ ފޮޓޮއެއް ތިއީ

    3
    1