ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްގީކުރުމުގެ ގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން އެތަނުގެ ވަށައިގެންވާ ފަރުތަކަށް ބޮޑެތި ގެއްލުން ވަމުންދާކަމަށް ބުނެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން ރައްޔިތުންގެ މަޖިލީހާއި ކަމާއި ގުޅޭ އެހެނިހެން އިދާރާތަކަށް ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގައި އެކަށީގެންވާ ވަރަށް ނުބަލާ މުރަކާއި ފަރުތަކަށް ގެއްލުން ދޭ ކަމަށް ބުނެފައެވެ. އަދި މުރަކަ ފަރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ގޮވާލާފައިވެއެވެ.

މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއަކީ މޫސުމީ ބަދަލުތަކާއި އެކު، ދެމެހެއްޓެނެވި ތަރައްޤީގެ ކަންކަން ދުޅަހެޔޮ ގޮތުގައި ކުރާނެ ގޮތެއް ހޯދުމުގެ މަގުސަދުގައި ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ފެއްޓެވި ޖަމިއްޔާއެކެވެ.

ކޮރަލް އިންސްޓްރިޓިއުޓޫން ބުނީ ގުޅީފަޅުގެ މަޝްރޫއުގެ ސަބަބުން އާއްމުކޮށް ޑައިވިން އަށް ގޮސް އުޅެ 30 ތަނަކަށްވެސް ގެއްލުންވަމުންދާކަމަށެވެ. އޭގެ ތެރޭގައި 1995 އިން ފެށިގެން ހިމާޔަތްކޮށްފައި އޮންނަ ހާންސް ހާސް ޑައިވް ޕޮއިންޓްވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާއިން ފާހަަގަކުރެއެވެ.

މީގެ އިތުރުން ގުޅޭ ފަޅަށް އަޅާ ވެލި ވިލިމާލެއާއި ހަމައަށް ދިއުމުގެ ސަބަބުން އެ ސަހައްދުގެ ކަނޑުގެ ސަރަހައްދު ކިލަނބުވެފައިވާ ވީޑިއޯތައް ވެސް ދަނީ ދައުރުވަމުންނެވެ. އެ ޖަމިއްޔާއިން ބުނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ގުޅޭ ފަޅަށް އަޅާ ވެލި ބޭރުވިޔަ ނުދިނުމަށް އަޅާ ސިލްޓް ސްކްރީން މަސައްކަތް ނުކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ވިލިމާލޭގެ ފަރަށް ވެސް ގެއްލުން ވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އަދި އެ ކަން ކުރިއަށް ގެންދަނީ މުރަކަ ހުދުވަމުންދާ އިރު ކަމަށް ވުމާއި އެކު، އެ ކަމުގެ ސަބަބުން މުރަކަތަކަށް އިތުރު ގެއްލުންތައް ވާނެތީ އެކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ވަނީ ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ފިރުޝާން

  ތިކަހަލަ ވާހަކައެއް އަޑުއިވުނު.. ކިހިނެއްތޯ ހުޅުމާލެ އާއި މާލެ އާ ދެމެދު ބުރިޖުއެޅޭނީ..

  ކޮންކަހަލަ ޓެކްނޮލޮޖީއެއް ތޯ އާއި އެއީ ނުވާނެ ކަމެއްކަމަށް ތިކަލޭގެ ބުނި..

  ތީ ފަނާކުރަނިވި ވިސްނުން ހުންނަ މީހެއްކަމަށް ބޮޑަށް ޤަބޫލުކުރެވެނީ.. އެއީ ތަޅާނެ ކުދިންކޮޅެއް ހޯދަން ވެސް ބުނި ފަރާތްކަމަށް މީހުން ކިޔާއުޅެނީ..

  ބަޔަކު ކަމެއް ކޮށްފާނެތީ އެކަމަށް ހުރަސްއެޅުން ނޫނީ ނުކުރެވޭނެ ކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭނެ..

  13
  1
 2. ޑައެލޯގް

  ބަލަތިޔަފަޅު ހިއްކަންފެށީ އަންނި މައުމޫނު ހުޅުމާލެ ހިއްކާފައިވާތީ ފޭސް 2 ނުހިއްކާ ރައްޔިތުންނަށް އެވަ ގުތު ލާބަނެތް ތިޔަފަޅުހިއްކީ ދެން އެއްޗެެއް ކިޔާނެކަމެއްނެތް

  14
 3. ާައެލެކސް

  އެންމެ ފުރަތަމަ ފުޅާ މިނުގަ 1000ފޫޓު ހަމަނުވާ
  އެތަން ހިއް ކީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
  އައްނި ެ އެއްފަރާތުން ޖަހާ ރާޅު އަނެތް ފަރާތުން ފާބައިގެންދާ ވަރު ހަނި
  އޭރު ފަރެއްވެސް ހަލާ ކުނުވެ

  13
 4. ބަނބުކެޔޮ

  ކެއުމަކީވެސް ތިމާވެއްޓައް ގެއްލުންވޭ ކަނޑައްނަޖިސްބޭރުވާތީ ވީމާ ކެއުންވެސް ހުއްޓާލަންފެނޭ!

 5. ޖޯން

  ތިޔައީ ކެނަރީގޭ ނަޝީދު ވެރިކަމުގާހިއްކިތަނެއް. ދެން ބުނޭ ގުޅީފަޅު ހިއްކީ ތިމަންނަ ބޮލުގާ ބަޑިޖައްސާފަ ބަހައްޓާފައޭ.

  11
 6. ބޮޑުހުޅު ޖަމުޢިއްޔާ!

  ގުޅިފަޅު ހިއްކަން ފެށީ ކާކު މިކަލޭގެ ނޫންތަ؟

 7. ޑިމޮކްރަޓިސްޓް

  މާލޭގެ އިމާރާތްތައްކުރަން ބޮޑެތި ހޮޅިތަކުން ކިސަޑު މާލޭގެ ފަޅަށް 24 ގަޑިއިރު ބޭރުކުރަމުންދާއިރު މުޅި ފަޅުގެ ކުލަ ތަގައްޔަރުވެ، ފަޅުގެ، ފަރުގެ ދިރުން ނެތިނުދޭބާ؟ ތިޔަނުނާ ބަޔަކަށް މިކަމެއް ނުފެނޭބާ؟ ބޭނުންވީމަ ބޭނުން ބަހަނާއެއް ދައްކައިގެން ބޭނުން ފަތުވާއެއް ނެރެންވީމަ ނެރެންވީ.

 8. މުހައްމަދު ޝާހް، ރ.ވާދޫ

  ތިޔަ ޝައިތާނު ތީ ހަމައެއްޗެއްނޫން. ތީ މި ދިވެހިރާއްޖޭގެ ހަލާކު.

 9. ނަސީދު

  ޖަމީއްޔާ އޭކިޔައިގެން އެކަން މިސަރުކާރުން ނުވާނެތީ ސްޓަންޓް ޖައްސަނީ