މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލަން ގާނޫނޫ އަސާސީއަށް އިންތިގާލީ މާއްދާއެއް އިތުރުކޮށް ގާނޫނު އަސާސީ އިސްލާހް ކުރަން ސްޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދެއްވައިފިއެވެ.

މި ލަފާ ނެރުއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކައުންސިލް އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ މިދިޔަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް އެ އިންތިޚާބު ނުބޭއްވުނީ ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއި ގުޅިގެންނެވެ.

އެހެންވެ ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަށް މަޖިލީހަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ. އަދި އެ ބިލު ބަލައިގަތުމަށް ވަނީ ނިންމާފައެވެ.

މި ހާލަތުގައި ކައުންސިލަރުންގެ ދައުރު އިތުރު ކުރުމަކީ ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް ދިމާވާނެ ކަމެއްތޯ ބެލުމަށް ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައަކަށް އެދުމުން ސްޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި ވިދާޅުވެފައި ވަނީ، ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ.

އަދި އެގޮތަށް ގެނެވޭ އިސްލާހު ގާނޫނުގެ ބައެއްގެ ގޮތުގައި ހިމެނޭ ތާރީހުން ފެށިގެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން އެ މަގާމުތަކުގައި ތިބޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައި އޮންނަން ވާނެ ކަމަށް އެ ލަފާގައި ވެއެވެ.

އަދި މީގެ އިތުރުން މިގޮތަށް އިސްލާހު ގެނެސްގެން މެނުވީ 4 އެޕްރީލް 2020 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކައުންސިލުތަކުގެ އިންތިޚާބު ފަސްކުރަންޖެހުމާއި ގުޅިގެން، އެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްވެ އާ އިންތިޚާބެއް ބޭއްވުމާއި ހަމައަށް ދިމާވާ ޤާނޫނީ ހުސްކަން ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ފޫބެއްދޭނެ ކަމަށް ނުފެންނަ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލެކްސް މޮހޮދާ

    ބުއްޅަބޭގެ އައުވާނުން މިހާރު އެތިބީ މުޅި އޮޑިގަ، އެއީ އެބުނާ މިނިވަން ޝަރުއީނިޒާނަމަކީ!

    16
    2
    • ޙަސަނުގެދަރި

      ތިންބާރު ވަ ކިކ ކުރެވިފަ އޮތް ސަރު ކާރެ ކޭ ކިޔާތީ ހައިރާންވޭ މިހާރު މިއޮތީ މަސްހުނި ސަރު ކާރެއް އަންނި ކޯޓު ލައްވާފަ ތިބި މީހުން ހުރިހާ ކޯޓެއްގަ، އަންނި ކުރަން އުޅޭ ކަމަ ކާ އިދި ކޮޅަށް ގޮތެއް ނިންމާ ކަށް ހަމަހިލާ އެމީހުނަ ކަށް ނު ކެރޭނެ ވަޒީފާއަށް ބިރުން ލޮ ކް ޑައުން ކޮށްފަ އޮތީމަވެސް އެގިވާލީތާ އިތުބާރުނެތް ކަމުގެ ވޯޓުނަގާފާނަމޭ ހޭބަލިވެދާނެ
      މި ކަލޭގެ ދައް ކާ ވާހަ ކަ އަޑުއަހާމީހަ ކުވެސް

  2. ޢަބްދުއްލަޠީފު

    ރޭވިގެން ހިންގާ ޖަރީމާތަކެވެ. ގާނޫނު އަސާސީ އަށް ހިތުހުރިގޮތެއް ހަދާފަ އަހަރުމެންގެ ތެރެއަށް ފްރީވެގެން ނާންނާތި. އަބަދު ތިޔަ މަޖިލިސްކުރާގެއިން ނުނިކުމެތިބެންވާނީ. މިބުނީ ވަރަށްވާހަކަ.

    16
    3
  3. ދުންތަރި

    ސްޕްރީމްކޯޓަށް ލާފަ ތިބީ އެމްޑީޕީ ޕަޕެޓުންތަކެއް އެމްޑިޕީ ސަރުކާރުން ބުނިހާކަމަކަށް އާނހޫ ކިޔާނެ އެޅިހާ ބަތަކަށް ރިހަ ވާނެ އެހެންނޫނީ ގޮނޑީގަ ނުތިބެވޭނެކަން އެނގޭ ރޯމާދުވާލު މީ ރޭގަނޑޭ ބުނާށޭ އެމްޑީޕީ ސަރުކާރުން ބުންޏަސް އެގޮތަށްބުނާނެ ފަނޑިޔާރުން ސްޕްރީމް ކޯޓުގަ ތިބީ މުސްތަޤއްލުކަމެއް ނޯންނާނެ

    13
    1
  4. ޗޮޕްސީ

    ހުރިހާ ބޭ ކަލުންނަށް އަވަހަށް އަންގާ

  5. ބޭކާރު

    ރަނގަލު 13 ވަނަ ބާބުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރިޔަސް އެނަންބަރު ވެގެންދާން ޖެހޭނީ ގާނޫނު އަސާސީގެ 80 ވަނަ މާއްދާގެ މަފްހޫމާ ތައާރަޒް ނުވަތަ ތަފާތު ނުވާ މާއްދާއަކަށް
    ޢެއީ ރައްޔިތުން އިންތިހާބުކުރެވޭ ބަޔަކާމެދު ކުއްލި ނުރައްކަލުގެ ހާލަތުގަ ދެގޮތަކަށް އަމަލު ކުރުން 17 ވަނަ މާއްދާ ތަންދޭކަމަށް ނުފެންނާތީ

  6. ޖައްސާތި

    ސްޕްރީމް ކޯޓުގެ ލަފަޔަކީ އެއީ މަޖްލީހުގެ ރައީސަށް ލިބުނު ލައިސެންސެއް ކަމަށޭ މަމެން ދެކެނީ މަޖްލީހުގެ ރައީސް ނަޝީދު ލާރޖް ކޮށް ޖައްސާ ކިކް އޮފް ކުރަންވީއޭ ބަލަން...

  7. ާބޭކާރު

    ޜިޓަޔަރ ކުރި ބޭފުޅާއި އިތުރުކުރި މަގާމަށް ލެއްވި 2 ބޭފުޅުން ފިޔަވާ ދެންތިއްބެވީ ހުސަ އޢިރު ގާނޫނީ ބޭފުޅުން ކަމަށް ދެކެން އެއީ ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަސްއަލަނިންމޣޮތަކުން ސްލޫކީ މައްސަލަޔަކަށް ބަލާ ފިޔަވަޅެއް ނޭޅޭނެ.ގާނޫނުއަސާސީއާ ހިލާފު އިޖްރާތަކުން ފަށައިގެން ގޮސް ނިމޭ ކޮންމެ އިޖްރާތްތަކަކީ ބާތިލް ނިންމުމެއް. ވީމާ މިހާރުވެސް ހަގީގީ އުއްތަމަ ފަނޑިޔާރަކި ދީދީ .ދުނިޔޭގަ ތިބި ބަޔަކަށް ފެންނާނެ މިކަން ކުރިފަރާތްތަކާ ދައުވާކޮށް ބަދަލު ހޯދާ ވަކިކުރި މީހުނަށް ބަދަލުދެވޭތަން .މަޖިލީހުން 2008 ގަ ވަކިކުރި8 މެމްބަރުންނަށް ބަދަލުދެވުނު.އެކަމަކު އެ އަމަލު ހިންގުމުގެ ސަބަބުން ދަވްލަތަށް ލިބުނުގެއްލުމުގެ ބަދަލަށް ގާނޫނުގަވާ ގޮތަށް ޒިންމާ ކުރެވިގެން ނުދޭ.މިފަދަ އަމަލު ހިގަނީ މިހެންވެ

  8. ލުކްވެލް

    ސުޕްރީމް ކޯޓުން ލަފާ ދިނީ ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ކަމަށްވާނަމަ މީ މަޖްލީހުގެ ރައީސް ނަޝީދަށް ލިބުނު އެކްސްޕްރެސް ލައިސެންސް އެއް ކަމަށޭ މަމެން މިދެކެނީ ނޫންތޭ...

  9. ރަބަރޭ

    ގޭދޮށު ކުދިންކޮޅު ވައްދާއިގެން ނުވާނެ ކަމެއް ނެތް

  10. ބޯގޯސް

    ނުލަފާ ބަޔަކު ތިބި ކޯޓަކުން ކޮންކަހަލަ ސަހަލަ ލަފައެއްދެވޭނީ ލިޔުމުގަވެސް އޮންނާނީ ނަސީދު ބުނާގޮތައް ލިޔެވި ނިމިފަ ލޮލް