ށ.އަތޮޅު ބިލަތްފަހިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނީ ގެއްލިގެން ހޯދަމުން ދަނީ އުމުރުން 63 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މިއަދު މެންދުރު ގޭތެރޭގައި ހިނގި ކަމެއްގެ ސަބަބުން އޭނާ ގެއިން ނިކުމެގެން ދިޔަ ގޮތައް އެނބުރި ގެއަށް ނާންނަ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.

"މިއަދު ހަވީރު ވެސް އާއިލާ މީހުން މަސައްކަތް ކުރި އެނާ ހޯދަން. ނަމަވެސް ޚަބަރެއް ނުވުމުން މިހާރު ރައްޔިތުން ނިކުމެ، އޭނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން." މައުލޫމާތު ދިން މީހާ ބުންޏެވެ.

ބިލަތްފަހިން މީހަކު ގެއްލިގެން ހޯދަމުން ދާއިރު، އެރަށަށް ވެސް ދަނީ ވިއްސާރަ ކުރަމުންނެވެ. މިއަދު މެންދުރުން ފެށިގެން އެރަށަށް ދަނީ ވާރޭ ވެހެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލިވަޙީދު

    ފެނިއްޖެ ފެނިއްޖެ ހަމަ ހެޔޮހާލުގައި ހުރީ

  2. ކޮތަރު

    ކޮންތާކަށް ވަދެއޮތީ؟

  3. ދދދދ

    މަރަނީ، ގެއްލުވަނީ.. މިއޮތީވާ ސަރުކާރެއް!

    1
    2