ކޮވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމާއި ގުޅިގެން، މިހާރު ތިބި ކައުންސިލަތުންގެ ދައުރު ޖޫން 3 ގައި ހަމަވާތީ، ކައުންސިލަރުންގެ ދައުރު އިތުރު ކުރުމާއި މެދު ގޮތެއްނިންމުމަށް ވޯޓަށް އެހުން މާދަމާ އަށް ތާވަލްކޮށްފިއެވެ.
މިރޭ ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު ވަނީ ކައުންސިލަރުންގެ ދައުރާއި މެދު ގޮތެއް ނިންމުމުގެ މައްސައްކަތް ކުރިއަށް ގެންދަވާނެ ގޮތުގެ ތަފްސީލް ހާމަކުރައްވާފައެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސްކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަކަށް މިރޭ ދިއުމަށް ނިންމާ 10:15އިގައި ހުސް ވަގުތުކޮޅެއް އަރުވަން ނިންމަވާފައިވާކަން ރައީސް ނަޝީދު ހާމަކުރެއްވިއެވެ.
"އެ ކޮމިޓީގައި އަޅުގަނޑު އަރުވާނަން ބަހުސްކުރުމުގެ ފުރުސަތު. އެއަށް ފަހުގައި އަޅުގަނޑު ގަސްތުކުރަނީ 10:15 އެ ހިސާބުގައި އެ ބަހުސަށް ފަހުގައި ހުސް ވަގުތުކޮޅެއް އަރުވަން. އެއީ އިސްލާހު ހުށަހަޅަން. އެއަށް ފަހުގައި ކޮމިޓިގެ ރިޕޯޓް ފާސްކުރުން. ދެން އަޅުގަނޑުމެން އެބަ ފުރުސަތު ދޭން ޖެހޭ ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހަޅަން. އެހެންވީމާ ކޮމިޓީގެ ރިޕޯޓް ދެން އޮންނާނީ އާއްމުވެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ފަހު، އަލުން އަނބުރާ މުޅި މަޖިލީހަށް ގޮސް ކައުންސިލްތަކުގެ ދައުރު ދިގު ކުރުމާއި މެދު މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއިން އެކުލަވާލި ރިޕޯޓް ހުށަހަޅާ އޭގެ ބަހުސް ކުރިއަށް ގެންދިއުން މިރޭ ބާއްވަން ވަނީ ނިންމަވާފައެވެ. އަދި އެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް ވެސް ފުރުސަތު ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ވޯޓަށް އަހާއިރުގައި އަހާނީ ފުރަތަމަ ޤާނޫނު އަސާސީގެ ވޯޓު. އެއަށް ފަހު ލާމަރުކަޒީ ބިލްގެ ވޯޓު. އަޅުގަނޑު ގަސްތު ކުރަނީ ވޯޓަށް އެހުން އަޅުގަނޑުމެން މާދަމައަށް ތާވަލް ކުރަން" އެމަނިކުފާނު ވިދާޅުވިއެވެ.
ކައުންސިލްތަކުގެ ދައުރު ދިގުދަންމާލަން ޤާނޫނު އަސާސީ އިސްލާހުކުރުމާއި މެދު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިޔާލް ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
އަދި ދެއަހަރްކު ބައިތިއްބާ އެމީހުން. ދެންވެސް ވަކި ރަނގަޅު ބަޔަކު ނާންނާނެ. ހަމަ ތިހާކަށް ހާވަރު ވާނީ. ޚީއްކުރަން އިތުރު ޚަރަދު ކުރަން ވޯޓުލާންވީ.
މާލޭ ސިޓީ ކައުންސިލްގައި ޑރ ނާޝިދު ( އަންނި ބޭބެ ) ކީއއްތަ އެކުރަނީ އެއީ އެތާ މުވައްޒިފެއް ވެސް ނޫން، މުވައްޒަފުންނަށް ފޯނުން ގުޅައިގެން ކުރަން ޖެހޭ ކަންކަން ވެސް ކުރަނީ އޭނަ. މިއީ ކިހިނެތް ހިނގާކަމެއްތޯ ސުވާލުކޮށްލަ ބަލަ ނޫސްވެރިން
Kithamme varakah dhemmiyas jun 3gefahun rayyithun hovihasiyyathugelleyne
Dhenthibeynee majuleehun laafathibi gondikokko counclarun emeehunah rayyithun thabaavaakah nujeheyne v saaf.
މުޅިގައުމުގަ މަޖުލީހުގެބާރު ރައްޔިތުންގެބާރެއްނެތް އެކަމަކު ގާނޫނުއަސާސީގަބުނަނީ ބާރުތައްފެށިގެން އައްނަނީ ރައްޔިތުނގެކިބައިންނޯ ކިހާތާހިރު
ކެނެރީީގޭޭ ބަރުލަމާނީ ހައްޔަރު ކުރޭ!
މަރުމޯލުންގެ ދައުރު!
ކެނެރީ ސްނޫކު ބުނީމަ އަތްޖަހަން ތިބޭ ރައްޔަތުން!
ވޯޓު ނުލިއަސް ނަޝީދު ފަޅިން ބޭނުންގޮތަކަށް ނިމޭނެ! އާއިލީ ވެރިކަމެއްއޮތީމާ ބޮޑެތި ވައްކަންތައް ކުރަން ހަދަފަސޭހައޭ ދޯ! ނާޖާއިޒު ފައިދާނަދާ ނަގާބައެއްތީ